މާލޭގައި ސިފައިންގެ މީހަކު ރަހީނުކޮށް ފައިސާތަކެއް އަތުލަން އުޅުނު މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ކޯސްޓްގާޑުގައި މަސައްކަތް ކުރާ ސްޓާފް ސާޖަންޓް ހަސަން ފަހީމަށް ގުރޫޕަކުން ދިމާކޮށް، ފައިސާ ހޯދަން މަސައްކަތް ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އެ ގްރޫޕްގެ މީހުން ފަހީމަށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ. އޭނާގެ އަތުން ފައިސާ ނުލިބޭނެ ކަން ޔަގީންވުމުން އަނިޔާ ކުރުމަށް ފަހު އެއްލާލީ އައިޖީއެމްއެޗް ކައިރިއަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިސާ ފޭރެން އުޅުމުގެ ތެރޭގައި ފަހީމްގެ ފޯނުވެސް ފޭރިގެންފައިވާ ކަމަށެވެ. އަދި ފުލުހުންގެ ސީރިޔަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ސީރިޔަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އައިޖީއެމްއެޗްގައި ހުންނަވާ "ވަގުތު"އާ ވާހަކަ ދައްކަވަމުން ވައިސް ޗީފް ވިދާޅުވީ އެ މިހާގެ ހަށިގަނޑުގެ ބޭރުން ފުށުން އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އެކަމަކު ހަށިގަނޑުގެ އެތެރެއަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދެއްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.
"ބޮލުގައިވެސް އެއްޗަކުން ޖަހާފައި ހުރި. މިހާތަނަށް ޑޮކްޓަރުން ވިދާޅުވި ގޮތުން ނަމަ އިންޓާނަލީ އަަނިޔާއެއް ނެތް ލިބިފައި" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އަނިޔާވި މީހާގެ އިތުރު ޓެސްޓުތަކެއް ހަދަން ހަމަޖެހިފައިވާ ކަމަށެވެ. ރަހީނު ކުރުމުގެ ތެރޭގައި ހަމައެކަނި އެ ސިފައިންގެ މީހާ ހަނދާނުގައި ހުރީ އޭނާ ހިނގާފައި ދަނިކޮށް ބޮލުގައި އެއްޗަކުން ޖެހި ހިސާބެވެ.
"އޭގެ ފަހުންވީ ކަމެއް އޭނާއަށްވެސް ނޭނގެ. މިއީ ސީދާ ސިފައިންނަށް އަމާޒުކޮށްގެން ނުވަތަ ރެންޑަމްކޮށް ފައިސާ ހޯދަން މީހުން ރަހީނުކުރި ކަމެއް އަދި އެނގިފައެއް ނެތް" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެ ގުރޫޕްގެ މީހުން މަގުމަތިން ފަހީމް ރަހީނުކޮށްގެން ގެންގޮސް ކޮޓަރިއަކަށް ވެއްދުމަށް ފަހު، ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ އިރު އަބްދުއްރަހީމް ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފައެވެ.
ރާއްޖޭގައި މި ފަހަކަށް އައިސް މީހުން ރަހީނުކޮށް ފައިސާ ހޯދުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެކަން ފުޅާކޮށް ކުރަމުންދާ ބަޔަކު ރާއްޖޭގައި އުޅުމަކީ ގިނަ ރައްޔިތުންގެ ތެރޭގައި އޮތް ކަންބޮޑުވުމެކެވެ. އެފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންވެސް، އެކަށީގެންވާވަރުގެ އެކި ނެތުމުގެ ދޫވެގެންދެއެވެ.
އަބަދުވެސް ސީރިޔަސްކޮއްބަލާނެ އެންމެފަހުން ހަރާންވާނެކަމެއް
ޙުރިހާ މަޝްރޫޢުތަކެއް ކުރިއަށް ދަނީ ފޭރުމާ ވައްކަން ކުރުންވެސް ކުރިއަށް ދަނީ. ޜޯމާ ދުވާލުވެސް މީހުން އަތުން ފޭރެނީ . ފަތްބޯ ބައިގަނޑު ފައިސާ ހޯދަން ހޭދެ ބައި ވެފަ. މިކަމަށް މިސަރުކާރުން ހައްލެއް ނުލިބޭ.ހަމަ ގައިމުވެސް މިސަރުކާރު އައިފަހުންް ފޭރުމުގެ ކަންތައް ވަރަށްބޮޑަށް މަތިވެއްޖެ.
ބޮންޑެއއަށް ވަރަށް ސަލާމް .
ކުއްވެރި ކޮއްލީމަ އޯކޭ ވާނެ.
ރާއްޖޭގައި ހިނގާ ޑިމޮކްރަސީ ގައި މީހުންގެ ފުރާނަ އާއި މުދަލާއި ޢަބުރު ރައްކާތެރި ކުރުން ނެތީބާ؟ ފުލުހުންގެ މަސައްކަތުގައި އިޚްލާޞްތެރިކަން ކުޑައީބާ؟ ނުވަތަ ވަރިހަމައީބާ؟
ކުއްވެރި ކޮއްލީމަ އޯކޭ ވާނެ.
ރާއްޖޭގައި މިއޮތީ ކޮންނަމެއްކިޔާ ޑިމޮކްރަސީއެއްބާ؟ މީހުންގެ ފުރާނައާއި މުދަލާއި ޢަބުރު ރައްކާތެރި ކުރުމަށް ދަެންޖެހޭ ޝަމާލުކަން ދެވޭބާ؟
އާންމުންނަކަށް ރައްކާތެރިކަމެއްނެތް މިތާކު ސިޔާސީންނަށް ް ޓެކްސް ލާރީގައި ހެސްކިޔާފައި ސެކިއުރިޓީ ދީފައިބަހައްޓާ
ހެޑް އޮފްސްޓޭޓަކައް މީސްބޮލެއް މުޅިދައުލަތް އެކީފެއިލްވެފަ ހިތާމައިގެ ކޮޅެއްނެތް
މިގައުމުގަ އަމާންކަމެއް ނެތް، މިގައުމުގެ ފުލުހުންނަކީ ރައްޔިތުނަގެ ފައިސާއިން މުސާރަނަގާގެން ކީއްކުރާ ބައެއްބާ؟
ރޯމާދުވާލު ތަންތަށް ފަޅަނީ، މީހުން ރަހީނު ކުރަނީ، މާލެ އަކީ ސައިޒުގެ ގޮތުން އެއްމެ ގިނަ ފުލުހުން އުޅޭތަން.
ފަހީމު ބުނަނީ، މަގުމަތީގައި ހުއްޓާ އެއްޗަކު ބޮލުގައި ޖެހީ، އޭގެ ފަހުން ދެން ވީގޮތެއް ނޭނގޭ. އެހެންވިއްޔާ ކޮޓަރިޔަށް ގެންދިޔަކަން އެނގުނީ ކާކަށްބާ؟ އަނެއްކާ މިކަން ހިނގިއިރު އެތަނުގައި އެހެން މީހަކު ހުރީބާ؟ އެއީ ކާކުބާ؟
އެފިނޑިންތައް ފިލާތިބި ތަނަކުން ހައްޔަރުކޮށް ނުކުޅެދޭ ވަރަށް ހޭއަރުވާލާތި!!
ހެޔޮނުވާނެ މާލޭގެ ގޭންގުތަށް މައިތިރި ކޮއްބަލަ. ގޭންގުތައް ސައިޒް ކޮއްލެވޭނެ ބަަޔަކަށް މަގޭ ވޯޓް ލިބޭނެ
ނޮވެމްބަރ 3 ގައި ޝަހީދުކޮށްްލި ސިފައިންނަށް ގޮވީ ފިނދަނައަށް.
ސިފައިންގެ ބޭކަލަކަށް ޓެކްލްކޮށް ވައްޓާލައި ތަޅައި ހަފުސްކުރީމާ ޓެކްލްކުރި މީހާއަށް ދިނީ ބަތަލެއްގެ ނަގާމު.
އެކަމަނާ މިފަހަރު ކިޔާނެއެއްޗެއްވެސް ނޭނގޭ.
މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ މާރިޔާ ވަކިކުރޭ
އަހަރުމެންގެ ގައުމުގެ ދިފާއުގައި ގައުމަށް ގުރުބާންވާން ތިބި ބަޔަކަށް އަނިޔާ ކުރުމަކީ އަމިއްލަ ނަފްސައްވެސް އަނިޔާ ކުރުން ފަދަ ކަމެއް. އުދުވާނީ ހަމަލާއެއް ގައުމަށް ދިމާވެއްޖެ ނަމަ އެންމެ ފުރަތަމަވެސް ނުކުންނާނީ ހަމަ ސިފައިން. ތަންދޮށަށް ވަދެ ފިލާނީ ހަމަ ތިޔަ ގޭންގު މީހުން.
ސީރިޔަސްކޮށް ލޮލުން ބަލަނީ. 😄
އަނީޔާ ލިބުން މީހާ އެންމެ ފަހުން ކުއްވެރިވާނީ. ފުލުހުންގެ ތަހުޤީގު ދާނީ ޗޮކުން. މިހާރު ނެތް ދޯ މަގުމަައްޗަށް ނުކުމެ އުޅެވޭކަށް..... ގޯޅިއަކުން އަޅައިފިއްޔާ ފައި ޗިސް ކޮށްލާނެ ، އަނދިރި މަގަކުން ގޮއްސީޔާ ރަހީނު ކޮށްފާނެ
ސަލާމަތީ ބާރުތަކުގެ ބޭކަލުންނަށް އަނިޔާކުރުމުގެ ތަރުބިއްޔަތަކީ ބަޔަކު ޤަވްމުގައި ފަތުރާފައިވާ އެއްޗެއް.
" އަޅުގަޑަށް ފެންނަނީ ޕޮލިހުންނާ ތަޅާނެ ކުދިބަޔަކު ހޯދަން. " މިހެން ބުނީ ކާކުތޯ؟އެމީހާ މިހާރު ހުރީ ކޮން މަޤާމަކުތޯ.؟ އެމީހާ މިހެން ބުނީ ކަމަނާއެއް ކައިރީގައިތޯ.؟ އެކަމަނާ މިހާރުހުރީ ކޮން މަޤާމެއްގައިތޯ.؟
ދައިތަ ގަނޑު ބޭރުކުރަން ފެންނަނީ.
ޤައުމު އަބަދުވެސް އޮންނަނީ ގޭންގު ތަކުގެ އަތްދަށުވެފާ. ދަޢުލަތަށްވުރެ ގޭންގު ތަކުގެ ބާރު ގަދަވީމާ ވާނެ ހަތަރެއްޗެއް މިވަނީ. ޤައމުގެ ރައްޔިތުންވެސް ތިބެންޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި.
ގޭންގުތައް ސައިޒު ނުކޮށެއް މި ޤައުމު ހަމަ މަގަކަށް ނޭލުވޭނެ.
50 ގަޑި އިރުގެ ސީސީޓީވީ ފްޓޭޖް ބެލީމަ އެމީހުން އެނގޭނެ އެވެ. ކުރީން ވެސް އެގޮތައް ބެލިއެވެ . މިހާރު ނުބެލެނީ އާދައިގެ މީހަކަށް ވީމަ ހެއްޔެވެ؟
މި އްޮތީ އަނެންކަންތައް ހިގަާފަ.އިންސާފު ލިބެނީ ކިހާވަރަކަން ކަން ފެންނާނެ.
މި ސަރުކާރުން ސީރިއަސްކޮށް ބެލި އެއްވެސް މައްސަލަޔެއް ނއތް ކޮޅެއްގައި ޖެހިފައެއް
މި ސަރުކާރު އައި ފަހުން މިނޫން މަންޒަރެއް ނުފެނޭ. އިސްތިއުފާ ދީބަލަ. ހެޔޮނުވާނެ.
މާރިޔާއާ ތިމާގެ އަންހެނަކާ އިނދެގެންއުޅޭ ސިފައިންގެ މީހަކު އާންމު ރައްޔިތުންނަށް ބިރުދައްކައި ގޭންގު ހަދައިގެން މާލެތެރޭގައި އެބައުޅެއެވެ. އޭނާގެ މައްސަލަ ވެސް ބަލަންޖެހޭނެއެވެ.