މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ފައި ބުރިކޮށްލަން ޖެހުނު އަންހެން މީހާ ޗަސްކޮށްލާނެ ކަމަށް ބުނެ މީހަކު ފޭސްބުކްގައި ކޮމެންޓެއް ކޮށްފިއެވެ.
އާޒިމް ނޫހް ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކޮމެންޓް ކުރީ އެކްސިޑެންޓްގައި އަންހެން މީހާގެ ފައި ބުރިކޮށްލަން ޖެހުނު ޚަބަރު ނޫހެއްގެ ފޭސްބުކް ޕޭޖްގައި ޖެހުމުން އެޕޯސްޓަށެވެ.
އާޒިމް ނޫހުގެ ކޮމެންޓްގައި ބުނެފައި ވަނީ މަގު ނުބަލާ ހުރަސް ކުރަނީ "ގރ****" ކަމަށެވެ. އަންހެން މީހާ ވައްކަޅިން ވެސް ޕިކަޕަށް ބަލައި ނުލާ ކަމަށާއި "މަ ނަމަ އަދި ފަހަތައް ޖަހާފައި ރަނގަޅަށް ޖައްސައި ޗަސް ކޮށްފައި ބާއްވާނީ." ކަމަށް އޭނާގެ ކޮމެންޓްގައި ބުނެފައި ވެއެވެ.
އަންހެން މީހާ މަގަށް ނުބަލާ ކަމަށް އާޒިމް ބުނި ނަމަވެސް އެކްސިޑެންޓް ހިނގީ އަންހެން މީހާ މަގުގެ އެއްފަރާތުގައި ހުއްޓާ ޕިކަޕުން ޖެހިގެންކަން އެކްސިޑެންޓް ހިނގި ވަގުތު ރެކޯޑް ކުރެވިފައިވާ ސީސީޓީވީ ފުޓޭޖުން އެނގެއެވެ.
ރާއްޖޭގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާ ގޮތުން މީހަކަށް އަނިޔާވެރިވުމުގެ ގޮތުން އޭނާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެކެވެ. އެފަދަ އަމަލެއް ކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ވެސް ގާނޫނު ބުނާ ގޮތުން ކުށެކެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބުނަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގާނެކަމުގެ އިންޒާރުދިނުމަކީ ނުވަތަ ޓެރަރިޒަމްގެ ޢަމަލެއް ހިންގަފާނެކަމުގެ ބިރުދެއްކުމަކީ ކުށެއް ކަމަށެވެ. މި މާއްދާގައި "އިންޒާރުދިނުން" ގެ މާނައިގައި މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ޛަރީޢާއެއް މެދުވެރިކޮށް، ލިޔުމުން ނުވަތަ އަނގަބަހުން ދެވޭ އިންޒާރު ހިމެނޭނެ ކަމަށް ވެސް ގާނޫނު ބުނެއެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމަކީ ގާނޫނު ބުނާ ގޮތުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އިއްވޭނެ ކުށެކެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެހިކަލަކުން މީހަކުގެ ގައިގަ ގަސްދުގައި ޖައްސައި އަނިޔާ ކުރުން ބަލަނީ ޓެރަރިޒަމްގެ ކުށެއްގެ ގޮތުގައެވެ. އަދި އެފަދަ ކަމެއް ކުރާނެ ކަމުގެ އިންޒާރު ދިނުން ވެސް ބަލަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ކަމަށެވެ.
ނަމަވެސް އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ އަށް އިންޒާރު ދިން މީހާގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.
ވާންޗޯ ގޮލާ ގޮޅިއަކަށް ފެތުނީދޯ... ބޭކާރު އަނގަ ނުތަޅާ އުޅެވޫތޯބަލާބަލަ..
ދެން މިކަހަލަ ޚަބަރަކަށްނުވާ ކަހަލަ ހަބަރެއް ނުޖަހަބަލަ. ޒިންމާ ނަންގަވަންޖެހޭ ފަރާތްތަކުން އަވަހަށް ޒިންމާ ނަންގަވާ!
ނޫހުގައި ޖަހަންވީ ޚަބަރު އެނގޭނީ ނޫސ ހިންގާ މީހުންނަށް. މަނިކުފާނުމެން ތިބޭ އަނގަތަޅަން.
އާޒިމް ނޫހު އާ ދޭތެރޭގަ އެންމެ ހަރުކަށި ފިޔަވަޅު އަޅަން ގޮވާލަން..ކޮބާ ބާ އެއްކަލަ އަޑު ގަދަ ޕޮލިޓިށަނުން!ނެތް ތަ ބަހެއް ބުނެލާނެ ބޭފުޅެއް...🙄🙄
ނިކަމެތިންނަށް ލިބޭ އަނިޔާއަށް އިންސާފު ނުލިބޭހާ ދުވަހަކު އެތަނެއްގައި އަމާންކަން ޤައިމެއްނުވާނެ. ކޮބައިތަ އަހަރެމެންގެ ކައްޒާބު އިމްރާން.
މިކަހަލަ ހަބަރު ގިނަގިނައިން ގެނެސް ދޭތި. މިފާޑުގެ މީހުން ފަލީހަތް ކޮއްފަ ބަހައްޓަން ވާނީ. ހަމަ ވަރަށް ރަނގަޅު ހަބަރެއް މިއީ.
ފުރަތަމަ ތިމާގެ އަނގަޔާ ސިކުނޑި ސަލާމަތުން ބަހައްޓާފިއްޔާ މާރަނގަޅެއްނު.ކިޔޭ ނުކިޔޭ އަދި ލިޔެވޭ ނުލިޔެވޭ އެއްޗެއްވެސް ހަމަ ނޭނގެނީތަ.އެއަންހެންމީހާގެ ކުއް މީނަޔަށް މިފެނުނީ ކިހިނެއްބާއޭ އަހަރެންގެ ހިތަށް އަރާ.ހަމަ ދެލޮލުން ރަނގަޅަށް ވީޑިއޯ ބަލާފަތަ މީނަ މޮޔަމިގޮވަނީ.އަދި ބުނެފިއެއްނު އެއަންހެންމީހާ ދެލޮލުން ނުބަލާ ވާހަކަ.😡😡😡
ޓައިއަޅާފަ ހުރި ބުރާންޗެއް.
ތީގަ ނެތް ޓެރެރިޒަމް އަށް ފެތޭނެ ގޮތެއް ވަގުތު.އެމް.ވީ ގާނޫނު އަދި މުރާޖާ ކޮށްލުން ރަނގަޅު މީހެއްގެ އަބުރު ދުއްވާލުމުގެ ކުރިން...... ވރށ ސލމ
ފުލުހުން މި މައްސަލަބަލަން ޖެހޭ، އެ ނިކަމެތި އަންހެން މީހާއާ އަށް އަވަސް ސިފާއެއް ދެއްވާ، ކުރިއައް އޮތްތާންގަ އުޅެންޖެހޭ ހާލައް ކެއްތެރިކަން ދެއްވުމައް އެދި ދުއާ ކުރަން.
އޭނަގެ މަންމަ އަށް އެހެންވެގެން، ފައި ބުރިކޮއްލަން ޖެހުނީމާ އެހެން މީހެއް އެގޮތައް ކޮމެންޓް ކުރީމާ ތިޔަ އާޒިމައް ކިހިނެއްބާ ފީލްވާނީ.. ހާދަ ނުބައި ނުލަފާ ސޮރެކޭތީ
އާޒިމް އައް އެކަހަލަ ހާލަތެއް މެދުވެރި ނުކުރައްވާށި، އަދި އާޒިމް އަށް ހެޔޮ ވިސއނުން ދެއްވާށި
މަސްތިވެގެން ކުރި ކޮމެންޓަކާ ވައްތަރީ
ހަގީގަތުގައިވެސް ބުނަންތަ ވާހަކައެއް މިހާރު ކުދި ޕިކަޕުގައި ގިނައިން އުޅެނީ ދެބައި އުމުރުގެ މީހުން ، ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެހާ ފަރިތައެއް ނޫން ދުއްވާކައްވެސް ، މަގު ހުސްކޮއް އޮތަސް ގޮސްދާނެ ހަމަ ކިރިޔާ ހިރޭވަރައް ، ވަރައް ސާފް ކޮއް މިބުނަނީ ފަރިތަ މީހުން ، ހުންގާނުގައި ދެއަތުން ހިފައިގެން އިންޗިއަކުން އިންޗިއަކުން އަނބުރާކައް ނުހުންނާނެ ، މީހަމަ ހަގީގަތުގަވެސް ދެތުވާހަކައެއް.
ޑެތު ވަރަށް
ގައުމު ހަލާކުވަނީ މިކަހަލަ ސުންޕާމީހުންނާ ހެދި
އަދި ވަކިން މިއުޅޭ ތުއި ދެއްކޭ އަންހެންކުދިން ، މަގު ހުރަސް ކުރާނީ ހަމަ އެއްވެސް ވަރަކައް ބަލާލުމެއް ނެތި ، އެވެރިންނައް ހީވާ ކަހަލަ ، ނުކެރޭނެޔޭ ޖައްސާކައް މަ އެހާ ރީތިވީމަ.
ތިމައްސަލައެއް ނުބަލާނެ އެއީ ވެރިލަންކުރާ ބައިގަނޑުގެ މީހަކަށްވާނީ އިސްލާމްދީނާޚިލާފު ތިޔަކަހަލަ ވާހަކަ ދައްކާނީ އެމްޑީޕީއަށް ނިސްބަތްވާމީހުން އިސްލާދީނުގަ އަނިޔާވެރިކަން ވަނީ ޙަރާމް ކަމެއްގެ ގޮތުގަ ކަނޑައަޅުއްވާފައި
ގަމާރީ ހިސާބައްވުރެ
ހަމަ ނޫން މީހެއްކަން ފޮޓޯއިންވެސް އެނގޭ ،،،،
މީނާ އާ މެދު ފިޔަވަޅު އަޅަންޖެހޭނެ.
ހިތެކޭ މިކިޔާ އެއްޗެއް ނެތީބާ
ވަގުތު ކުދިން ތިބޭނީ ވާނުވާގަ، މީހުން ގަޅިޖައްސަން، އޭނަ ބުނީ ތިމަންނަ ނަމަ އެހެންނޭ ހަދާނީ. އެއީ އެކަމުގެ ނުރައްކާ އެހާމަ ކުރީ. އައްޑޫ މީހުންގެ ބަސްމޮށުން އެންމެ ރަނގަޅަށް އެނގޭނިީ ވެސް ވަގުތޭމެންނަށް. އަސްލު ޕިކަޕުގެ އަޑާއި އަލިން އެނގޭނެ ޕިކަޕު ކައިރި ވެއްޖެކަން. ދައްތަ ބަލާލިނަމަ ދައްތަ އަށް މަޑު ކޮށްލެވޭނެ. ދައްތަ މަޑުކޮށްލި ނަމަ ފިކަޕްގައި އަޅައި ނުގަނެ ސަލާމަތް ވީސް.
ކަލެއަށް ލިޔަން ކިޔަން އެނގުނުކަން ނަސީބު
ވާއު.... ވިސްނުންތޫނު ކުއްޖެއް... ހާދަ މޮޅޭ ދޯ..
ތި މައްސަލަ ބަލަންޖެހޭ. ޢަންނި އަށް އިންޒާރު ދިން މީހާ ފަދައިން.r
ތިއަށްވުރެ މާބިރުވެރި އިންޒާރުދީ މީހުންގެ ފުރާނައާއި ހަށިގަނޑަށް ގެއްލުންދޭނެ ކަމަށް ބުނާ މީހެއް އަދި އޭނަ މީހުންގެ ގެދޮރަށްވަދެ އިންޒާރުދޭ އޭނައަކީ މާރިއާގެ ތިމާގެ އަންހެނަކާ އިނދެގެންއުޅޭ އެމްއެންޑީއެފް މީހެއް. ކީއްވެ އޭނަގެ މައްސަލަ ނުބަލަނީ. އެއީ ވެސް ޓެރަރިސްޓެއް.
ކަލޭގެ ގާތްތިމާގެ މީހަކަށް ނުވަތަ ރައްޓެއްސަކަށް މިފަދަަ ކަމެއް މެދުވެރި ވީނަމަ ކަލޭވެސް އެކަމާ ދެރަވެ ހިތާމަ ކުރާނެ، ކަލޭތީ އިހުސާސްއެއް ވެސް ނެތް ބީތާއެއްތަ؟
ސައިކޯ ގޮލައެއް ތީ...އޭނަ ސާލާމަތް ވާނެ....
އެއްބަސް އޭނަ ބަަލާނުލާ ހުރަސް ކުރިކަން އަދި އަލި އެޅުނީމަ ވެސް ބަލާނުލާކަން އެހެންނަމަވެސް އޭނައަށް އެހާލު ސަބްކޮންސިއަސް މައިންޑެއްގަ ހުންނަން ޖެހުނު ސަބަބު ވެސް ހޯދާލުން ބުއްދިވެރި އޭނަ އަކީ މާލޭ މީހެއް ބަހައިގެން ލިބުނު އަލިފާން ފޮއްޓެއްވަރު ތަންކޮޅެއްގަ އޭނަގެ ދަރިންނާއެކު ދިރިއުޅެނީ ފިރިއެއްނެއް އެހީއެއްވާނެ މީހަކުނެއް ފިހާރައެއްގަ ސޭލްގާލްއަކަށް މަސައްކަތް ކޮއްގެން ލިބޭ ކުޑަ ލާރިކޮޅުން ކައިބޮއި ހުރިހާކަމެއް ކުރަންޖެހެނީ...
ކަލޭ ހަމަތަ. މީހަކު މަގު ހުރަސް ނުކުރޭ
މީނާގެ ފޮޓޯ ޖަހާ އޭނާއަށް ނުރައްކާ ކުރުން އެއީ މިނޫހަށް ލިބިގެންވާ ހައްގެއްތަ ؟؟؟؟
ކޮންމެ ކަމެއް އަންހެންމީހަ ބޮލަށް ކަނޑާލާ އިންސެލްއެއް.
ތިކަހަލަ ފަރިތަ މީހުންނާއި ހެދި ގިނަފަހަރު އެކްސިޑެންޓް ހިނގަނީ. މަގުމަތީގައި އެއްޗެހި ދުއްވަން އޮންނާނެ ގަވާއިދެއް. ފަރިތަ މީހާވެސް ފަރިތަ ނޫން މީހާވެސް އަމަލު ކުރަންޖެހޭނީ ގަވައިދާ އެއްގޮތަށް. ކަލޭ ކިތައްމެ ފަރިތައަސް ފުރުޅުކަހާފަ އަށެއް ޢަޅަމުން ދުއްވަގޮތަކަށް ނޫން ގަވައިދު ހަދާފަ އޮތީ. ވ ސަލާމް
މިހާރު އެކަން ވަނީ ހިގާނިމިފަ، މިކަލޭގެ ކޮމެންޓުގައި އެބުނީ އޭނަނަމައޭ، ކުރިޔަށް ކުރާނެ ވާހަކައެއްނޫން، ވީމާ މިކަލޭގެ މަށްޗަށް އެއްވެސް ދައުވާއެއް ނޫފުލޭނެ، މިފަދަ މީހުނަށް މުޖުތަމައުގައި އުޅުމަށް އިތުރު ކައުންސިލިންގް ދޭންފެނޭ.
މީނާޔަށް ހެޔޮވިސްނުން ދެއްވާށި. މިހެއް ހުރިހާލަތެއް ދެނެވޮދިގެން ވާނީ ﷲ.
..ދެންބުނޭ މީނަޔަކީ ޢޯޓިޒަމް ކުއްޖެކޭ..
ރަނގަޅައް ވިއްޔާ މިސޮރުވާނެ ރޯޔަލް ބޭފުޅަކައް ނޫނީ ރޯޔަލް ބޭފުޅުންނާ ވަރަށް ގުޅުން އޮންނަ ސޮރަކައް.
ޓެރަރިޒަމް އަށް ވަނީ މީހާގެ ސިފަ ވަކި ގޮތަކަށް ހުރުމުންނެވެ. ސިފައިންގެ މީހާ އަށް ދިން ހަމަލަ ވެސް ޓެރަރިޒަމް ގެ ހަމަ ލަ އެއް ކަމަށް ބުނެފަ ނެތެވެ. އެކަމު ވެފަ ހުރި ވަރު އެހެރީ ފެންނާށެވެ.
ގަމާރު މީހަކާ ވައްތަރު ފޮޓޯއިންވެސް
މީ ހާދަ ނުބައި ނުލަފާ ރަހުމު ކުޑަ މީހެކޭ. ޢެ އަންހެން މީހާއަކީ މީނަގެ މަންމަ، ނޫނީ އަންހެނުން ނަމަ އެބުނި ގޮތަށް ޗަސްކޮށްލާނަމޭ މީހަކު ބުނަން އެދޭނެބާ؟ އޭނަ ބެލީމާވެސް ޖަހާ ރަހުމު ކުޑަ މީހަކު ވައްތަރު.
މީ ހާދަ ނުބައި ނުލަފާ ރަހުމު ކުޑަ މީހެކޭ. ޢެ އަންހެން މީހާއަކީ މީނަގެ މަންމަ، ނޫނީ އަންހެނުން ނަމަ އެބުނި ގޮތަށް ޗަސްކޮށްލާނަމޭ މީހަކު ބުނަން އެދޭނެބާ؟ އޭނަ ބެލީމާވެސް ޖަހާ ރަހުމު ކުޑަ މީހަކު ވައްތަރު.
ޢެހެން އެބުނި މީހަކަށް އިންސާނެއްގެވޭނާ ތަދު އިހޮސާސްވާނީ ހޮދު ތިމާޔަށް ނުވަތަ ތިމާ އެންމެ ލޯބިކުރާ މީހާޔަށް މުސީބާތެއް ކުރިމަތިވެ ކަރުނަ އަންނަންޖެހިއްޖެނަމަ އަނެކާޔަށް ތިމާ އެއްޗެއްބުނާއިރު ލައުހުލް މަހުފޫޘް ގައި ތިމާޔަށް ލިޔުއްވާފައިވާ ގޮތެއް އެގޭބާ
ޢެހެން އެބުނި މީހަކަށް އިންސާނެއްގެވޭނާ ތަދު އިހޮސާސްވާނީ ހޮދު ތިމާޔަށް ނުވަތަ ތިމާ އެންމެ ލޯބިކުރާ މީހާޔަށް މުސީބާތެއް ކުރިމަތިވެ ކަރުނަ އަންނަންޖެހިއްޖެނަމަ އަނެކާޔަށް ތިމާ އެއްޗެއްބުނާއިރު ލައުހުލް މަހުފޫޘް ގައި ތިމާޔަށް ލިޔުއްވާފައިވާ ގޮތެއް އެގޭބާ
މީނަ ހައްޔަރުކުރުމަށް ގޮވާލަން.ހާދަ ގޮތެއް ފޮތެއްނެތް މީހެކޭ ދޯ.އަންހެންމިހާގެ އެއްވެސް ކުށެއްނެތް.އަވަސް ޝިފާއަކަށް އެދެން.
ވައްތަރީ އެއަންހެން މީހާ ގައިގާ ގަސްތުގައި ޕިކަޕްގައި އިން މީހާ ޖައްސާފައިވާ ކަމަށް.. ތަހުޤީގު ކުރަން ޖެހޭ
ފުރިހަމައަށް، ބަރާބަރަށް، ޕޮރްމަލްގޭޓް ކުރެވޭނަމަ، ޤާނޫނީ ހޭލުންތެރިކަން މުޖުތަމަޢުގައި އިރުވާނެއެވެ. ޤާނޫނީ ހޭލުންތެރިކަން އިތުރުވާނަމަ، މުޖުތަމަޢުގައި ކުށްކުރުން މަދުވާނެއެވެ. ފަސޭހައިން ކުށްވެރިވާއިރު، ދެވޭ އަދަބު ބޮޑުވާނަމަ، އަދި ޚާއްޞަކޮށް އަދަބު ތަންފީޒު ކުރުމުގެ މަރްޙަލާގައި އިޞްލާހުވުމަށް މަގުދެއްކުން ނުވާނަމަ، މިކަންކަމުން ރަނގަޅު ރިޒަލްޓެއް ޖަމާޢަތަށް ނުލިބޭނެއެވެ.
ކަލޯގެ މަންމަ ނުވަތަ އާއިލީ މީހަކުނަމަ ކިހިނެއްބާ ހަދާނީ.އަސްލު މައްސަލައަކީ .މިރާއްޖޭގައި މަގުހުރަސްތަށް ލާފަހުންނަނީ އެއްވެސްކަހަލަ ގަވައިދަކަށް ބެލުމެއްނެތި..ހަތަރަންގޮޅި ނިމޭހިސާބަށް މަގުހުރަސްލީމަ ދުއްވާ މީހުނާއި ހިގާގާމީހުނަށް ވާއުދަގޫ އަދި ނުރައްކާ ވިސްނޭނީ އެފަދަ އިލްމެއްގެ ބޭނުން ކުރާނަމަ ނުވަތަ އެފަދަ ކަންކަމަށް ޒިންމާދާރުވެރިން ތަހުޒީބުވެގެން…
ތިކަލޭގެ އަވަހައް ހައިޔަރު ކުރޭ...
މި ހަމަ މަރުގެ އިންޒާރު ދިނުން. މިކަން ފުލުހުން ބަލަންވާނެ
ކިތަންމެ ރުޅިއަޔަސް ބުނެގެން ނުވަނެ ވާހަކައެއް ފަހަތު ޖުމްލާގައި އެވަނީ ﷲ ތައާލާ މި ހާދިސާގައި ގެއްލުން ލިބުނު އަންހެނާއަށް ހެޔޮރަހުމަތް މިންވަރު ކޮށްދެއްވާށިއެވެ.
އެކަމަކު މިކޮމެންޓް ކުރި މީހާ މިހެން އެބުނީ އޭނާގެ ފްރަސްޓްރޭޝަނެއް ބޭރުކޮށްލަން ކަމަށް ބެލެވޭ. އެހެނީ، އާދަޔާ ހިލާފު ބާރު މިނެއްގައި ދުއްވަމުން ނުދިޔަ ޕިކަޕެއްގައި ޖެހި މިހާ ބޮޑު ގެއްލުމެއް ވީއިރު، ވީޑިއޯއަށް ބަލާލާއިރު، މަގު ހުރަސްކުރެވުނީ ގާގްތަގަނޑަކަށް 4 ފަސް ދިކުންތުގެ ތެރޭގައި. މަގުގެ އެއްކަންމަތިން ޕޭވްމަންޓުން މަގަށް ފައި އެޅިއިރު، ޕިކަޕްގެ އަލިގަނޑު ރީތިކޮށް ފެނޭ މަގުގެ ކަންމައްޗާ އަރާ ހަމަކުރާތަން. ދެންވީ 4 ވަރަކަށް ސިކުންތު އެހާދިސާ ހިނގާން.
ސުވާލަކީ، އެއްޗެއް އާދޭތޯ ބަލާލެވުނު ނަމަ ކޮންމެވެސް ވަރަކަށް މަޑު ކޮށްލެވޭނެކަން. ނުވަތަ ޕިކަޕަށްވުރެއް ބާރަށް ހުރަސް ކޮށްލެވިދާނެކަން.
މިއީ، ދިވެހި އަންހެނުންގެ ވަރަށް ބޮޑު އާދައެއް. މަގު ހުރަސް ކުރިއަސް، ކަފިހި ހުރަހުން ހުރަސްކުރިއަށް، ހަމަ ބަލާވެސް ނުލާ އިސްޖަހާލައިގެން ދާކަން. އެހާލަތުގައި ކިތަންމެ މަޑުން އަންނަ އުޅަނދެއްވެސް މެކޭނިކަލް ފޭލިއާއަކުން އައިސް ޖެހިދާނެކަމަކަށް ނުވިސްނާ. މިއީ، ވަރަށް ދެރަކަމެއް. މިކަމަށް އެބެޖެހޭ މުޅި މުޖްތަމަޢޫ ހޭލުންތެރި ކުރުވަން.
ދެން އޮތް ސުވާޅު އޮތީ ޕިކަޕަށް. ޕިކަޕުގެ ބްރޭކް ފެއިލްވިކަން އިނގުމާއެކު ބަރުގޮނު ނާޅާތީވެސް މިކަން މެދުވެރިކަން ސަބަބަކަށް ބެލެވޭ. އެހެނީ ކުޑަކޮންވެސް ބަރުގޮނު އަޅާލެވުނު ނަމަ އަންހެން މީހާއަށް ސަލާމަތްވާން ފުރުޞަތު ލިބިގެންދާނެތީ.
އާއިލާއަށް ކެތްތެރިކަން ދެއްވާ އައިލާއަށް ލިބުނު މިބޮޑު ގެއްލުމުން އަވަހަށް އަރައިގަތުމަށް މާތް ﷲ މިންވަރު ކޮށްދެއްވާންދޭވެ.
އޭ ވާންޗޯ، ކަޔޭ ދާންވީނު ހުތުބާ ކިޔުމުގެ މުބާރަތަކައް...
މި މީހާ ގަނޑު ހައްޔަރުކުރޭ!
މިފަދަ އިންޒާރު ދޭ މީހުންނާ މެދު ވެސް އަޅައެއް ނުލާނެ. ދެން ރައްޔިތުން ކަންބޮޑުވެގެން އެތައް ޝަކުވާއެއް ކުރަން ފެށެމުން ފުލުސް އޮފީހުން ބުނެފާނެ މައްސަލަ ބަލަނީއޭ. އެހިސާބުން ނިމުނީ ދެން ވާނުުވާނޭނގި އެކަން އެހިސާބުން ނިމުނީ
މަގަކީ ހިނގާ މީހުންނަށް އޮތް ތަނެއް،ދުއްވާމީހުން އެމީހުންނަށް ބަލަންޖެހޭނެ. އެމީހާގެ ބޮޑާކަމުގެ ވާހަކަ ދައްކާއިރު، ތިމާއަށް ކިޔޭ އެއްޗެއް އެބަ އިނގޭ ތަ! ތިއީ ޝައިޠާނަކު ނޫނީ ނުބުނާނެ ކަހަލަ ވާހަކައެއް
އާޒިމް ނޫހު ހައްޔަރުކޮށް ޤާނޫނުންލިބިދޭ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަން. މިއީ އިންސާނިއްޔަތުކަމެއްވެސް ނެތް ބީތާ އެއްތަ؟
ސައިކޯ ގޮލައެއް، ތީނަ ބޮޑުގެއަށް ފޮނުވާލަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން
މަގުހުރަސްކުރި އަންހެން ކުއްޖާ އެ ޕިކަޕާ ދިމާލަށް ވަށް ކަޅިއަކުންވެސް އަދި ދިގު ކަޅިއަކުން ވެސް ބަލާކަށް ނުޖެހޭ އެހެނީ އޭނާ ހުރަސްކުރީ ކަފިހިހުރަސް މަތިން. މިއީ މިކަލޭގެ އިނދެގެން އުޅޭ މީހާއަށް ދިމާވިކަމެއް ނަމަ މީނާގެ ބަސްމަގު ހުރީހީ ހަމަ މިގޮތަށްބާ…؟