އުމުރުން އެންމެ ފަސް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަސް އަަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ ރޭ ދަންވަރު 12:50 ގައި ކަމަށެވެ. އެމައްސަލަ ހުށަހަޅާފައި ވަނީ ފުލުހުންގެ ނޯތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށަކުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ލިބޭ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ ރަށެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެއީ ކުއްޖާގެ ޒާތީ މައުލޫމާތުތައް ހާމަވެދާނެތީއެވެ.
ފަސް އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް ވެސް ނުވަތަ ނޫން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ވިދާޅުވީ ފަސް އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.
ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގެ ޝަކުވާ އާއްމުން ގެންދަނީ ކުރަމުންނެވެ. އަދި އެފަދަ ބައެއް މައްސަލަތަކުގައި ހިމެނޭ މީހުންނަށް އަދަބު ނުދެވޭ ކަމަށް ބުނެ ވެސް ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައެވެ..
އޮރިޔާން ސައިޓް ތަކަށް ފަސޭހައިން ވަދެވެ އެވެ. ސައިޓް ތަކަށް ވަދެ ފާޑު ފާޑުގެ ވީޑިއޯތައް ބަލައިގެން ހިފި ނުހުރެވިގެންނެވެ. އޮރިޔާން ސައިޓް ތައް ބްލޮކް ކޮށް ބަލާށެވެ. އެންމެ ގިނަ އިން ވަންނަ 10 ސައިޓް ތެރޭގަ ޕޯން ސައިޓް ތަކެވެ.
ޖިންސީ ގޯނާއާއި ޖިންސީ ގޯނާއެއް ކަމަށް ބެލެވޭ އެނޫން އެހެން ޢަމަލުތަކާއި މުޅިން އެއްގޮތް ނުކުރެވޭނެއެވެ. އެހެންކަމަށްވާނަމަ، އެބާވަތުގެ ނުބައި ފާޙިޝް ކޮންމެކަމަކީ، ޖިންސީ ގޯނާގެ ނަމުގައި ތަރުޖަމާ ކުރެވޭނެ ކަންކަމެއްނޫނެވެ. ޔަޢުނީ، ނުބައި ހީކުރުންތަކާއި ޝައްކާވަހުމްތަކުގެ މައްޗަށް އެބަހީ، ވަންހަނާވެގެންވާ ގޮތްގޮތުގެ މައްޗަށް ކަން ކުރެއްވުމަށްވުރެ ހެކިބަހުގެ މައްޗަށް އެބަހީ، ފާޅުވެގެންވާ ޢަލާމާތްތަކުގެ މައްޗަށް ކަން ކުރެއްވުން މުހިންމެވެ.
ޔޭ ތޯ ހޯނާހިތާ ރޭޕިސްތާނުން ވިއްޔަ މިތާގަ ވެރިކަން ކުރަނީ
ކުއްކުރާ މީހާ ގެ ހިމާޔަތުގަ ތިރަށެއް ވެސް ހާމަނުކުރާނެ ..ކުއްކުރާ މީހުން ބާރައް ކުރިޔަށް
ޢެވަރު ކުޑަކުއްޖަކު ހަލާކު ކުރުމުން ލިބެނީ ކޮންފައިދާޔެއް. ޙަމަ ޝައިތޯނީ އަސްލު ކުޑަކުދިންނާ ބެހޭ މީހުންނަށް މަރުގެ އަދަބު ކިތަންމެ ގައުމެއްގައި އެބަދޭ ގާނޫނުގެ ވެރިކަން ނުކުރާތީ ވާގޮތް އުތެމަ ކޮބާ އެކުއްޖާގެ ހައްގު ހޯދަން ކުއްވެރިޔާ އަށް ދިގުއަތް ދިއްކޮށް އިންސާފު ހޯދަން ފޫގަޅައިގެން ދުވަންވވީނު
އިބޫގެ ގަދަ ތިން އަހަރައްފަހު ހަތަރުވަނަ އަހަރުގެ ފުރަތަމަ ދެދުވަހުވެސް ސިފައިންގެ މީހަކު ރަހިނުކުރުމާ ކުޑަކުއްޖަހު ނިޅާލުން ނޫނޭގަދަ އިބުރާހިމްފުޅާ ވެރިކަމެ އްތިޔަކުރަނީ