މެޑިކަލް ކޭމްޕްގައި ބައިވެރިވާ ޑޮކްޓަރަކަށް ލިޔުން ހަވާލުކުރަނީ - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

ސްޕެޝަލިސްޓުންގެ ހިދުމަތާ އެކު މާލެ އާއި އަތޮޅުތެރޭގައި މެޑިކަލް ކޭމްޕެއް ފަށައިފިއެވެ.

މޯލްޑިވްސް – ޕާކިސްތާން މެޑިކަލް ކޭމްޕު ގެ ނަމުގައި ސުޕްޝަލިސްޓުންގެ ހިދުމަތާއެކު ކުރިޔަށްދާ މި ކޭމްޕްގައި މިމަހުގެ 12 އާއި ހަމައަށް، ޑރ. މުހަންމަދު މުނީރު އަމާނުﷲ (ކާޑިއޯ ތެރަޕިސްޓް ސާރޖަން) ޑރ އާބިދާ ހަލީލު ސައްތާރު ( ބުރެސްޓް ސާރޖަން ) ،ޑރ. މުހަންމަދު ޝަޒްހަދު ޝަމީމް (ނިއުރޯ ސާޖަން ) ޑރ ނުޒުހަތު ފާރޫގީ ( ޔޫރޮލަޖިސްޓް ) ،  އައިޖީއެމްއެޗްގައި ބައްލަވާނެއެވެ.

މެޑިކަލް ކޭމްޕްގައި ބައިވެރިވާ ޑޮކްޓަރަކަށް ލިޔުން ހަވާލުކުރަނީ - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

މީގެ އިތުރުން ހދ ، ށ ، އަދި ހއ އަތޮޅުގަ ޑރ އައިޝަތު ކަމަރާން (ނިއުރޯލަޖިސްޓް ) މިމަހުގެ 8 ވަނަ ދުވަހުން ފެށިން 13 ވަނަ ދުވަހާއި ހަމައަށް ބައްލަވާނެއެވެ. އަދި ޑރ އަންވަރު ސުހެއިލް (އީ.އޭން.ޓީ ސާރޖަން) ލ، ތ ،ދ ، އަތޮޅުގައި އަދި ޑރ މައްސޫދު އުމާރު (އޮޕްތެޑިކް ސާޖަން) ތ ، ދ ، ފއަތޮޅުގައި މި ދުވަސްތަކުގައި ބަލިމީހުން ބައްލަވާނެއެވެ.

މި ކޭމްޕް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ވަސީމްް އަކުރަމް ވަނީ މި ކޭމްޕް ހަގީގަތަކަށް ހެއްދެވުމަށް ރައީސް އަބްދުﷲ ޔާމިން ބެހެއްޓެވި އަހައްމިއްޔަތު ފާހަގަ ކުރައްވާ އެމަނިކުފާނަށް  ޝުކުރު އަދާކުރައްވާފައެވެ. އަދި މި ކޭމްޕްގެ ސަބަބުން ދިވެހިންނަށް ހެޔޮ އަސަރެއްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ ސަފީރު ވާހަކަދައްކަވަނީ - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

މި ކޭމްޕްގައި ހަރަކާތްތެރިވާ ޑޮކްޓަރުންނަކީ ވަރަށް ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް ކަމަށާއި އަދި މި ޑޮކްޓަރުން ގެ ތަޖުރިބާގެ އަލީގައި މި މެޑިކަލް ކޭމްޕް ވަރަށް ކާމިޔާބުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މި މެޑިކަލް ކޭމްޕްގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރު ނުޒުހަތު ފަރުގީ ވިދާޅުވި ގޮތުގައި
މި ކޭންޕުގެ ސަބަބުން ބަލި މީހުންނާއި ގުޅުން ބަދަހިކުރެވި ޑޮކްޓަރުންނަށްވެސް ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށެވެ.

ޑޮކްޓަރު ނުޒުހަތު ފަރުގީ - ވަގުތު އިމޭޖެސް: ޖިމީ މުހައްމަދު

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓުރީގެ ސުޓޭޓް މިނިސްޓަރު ޑރ.އައިޝަތު ރަމީލާ ވިދާޅުވިގޮތުގައި މި މެޑިކަލް ކޭމްޕްގެ ސަބަބުން ދިވެހިންނަށް ވަރަށް ގިނަ ގުނަ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މެޑިކަލް ކޭމްޕް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމަށް ރަމީލާ އިލްތިމާސް ކުރެއްވިއެވެ.

މި މެޑިކަލް ކޭމްޕް ކުރިއަށްދާނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުސްލިމު ޔޫރޮލޮޖިސްޓް ނުޒުހަތަށް މަގޭ ޔޫރޯވެސް ދައްކާލަން ވެއްޖެ