މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ ކޮންފަރެންސް، ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހަވީރު ރާއްޖެ ވަޑައިގެންފައިވާއިރު، ނަޝީދު ހުންނަވާނީ ރައްޔިތުން މަޖިލީހުގެ ރައީސްއަށް ހާއްސަކޮށްފައިވާ މުރައިދޫ ގޭގައި ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު "ވަގުތު" އަށް ވިދާޅުވީ، ރައީސް ނަޝީދު ހުންނަވާނީ މުރައިދޫގޭގައި ކަމަށެވެ. އަދި މުރައިދޫގެ ރަސްމީކޮށް މަޖިލީހުގެ އިދާރާއާއި ހަވާލުކޮށްފައި ނުވާ ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ.

ނަޝީދަށް ވަގުތީ ގެކޮޅަށް ހަމަޖައްސަން ނިންމީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ދާދި ފަހަކުން ގެނައި އިސްލާހުގެ ދަށުން މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ގެކޮޅާއި ގެކޮޅުގެ ހަރަދާއި އެ ތަނުގައި މަސައްކަތް ކުރާނެ މުވައްޒަފުންގެ ހަރަދު ހަމަޖައްސަން ލާޒިމު ކުރުމުންނެވެ.

މި ގޮތަށް ގާނޫނުތަކަށް ބަދަލު ގެނައީ، މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅު ގ.ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމާއި މަޖީދީ މަގުގެ ކަންމައްޗަށް ހުރި ސައިކަލެއްގައި އައީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެންނެވެ.

އެކަމަކު މިދިޔަ މަހުގެ 11 ވަނަ ދުވަހު ނަޝީދު ރާއްޖެ އެނބުރި ވަޑައިގެންނެވިއިރު، މުރައިދޫގެގެ މަސައްކަތް ނިމިފައި ނުވާތީ އެމަނިކުފާނު ހުންނެވީ ހޮޓެލް ޖެންގައެވެ. އެ ކަމަށް ހިނގާ ހަރަދުތައް ވެސް ކުރީ ދައުލަތުންނެވެ. އެކަމަށް ހަ ލައްކަ ރުފިޔާ ދައުލަތުން ހޭދަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނަސީ

    ގުރައިދޫއައް ގެންދޭ

    21
  2. ޢަދުރޭ

    ރަން ފާޚާނާ ތައްޓަށްދޯ ހަމަ ޙާޖަތައް ވަޑައިގަންނަވަން ތި ޖެހުނީ . މައުމޫނު އެ ހުންނެވީ އަމިއްލަ ގެކޮޅުގައި . ދެން ލަލަލާ .

    23
    1
  3. ހިޔާލު

    ބަކަރިކޮއްޓެއްގަ އުޅުއްވިޔަސް ހެޔޮ

    21
  4. އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  5. އިސްތިއުފާ

    މަޖްލީހުގެ 241 ކޮމެޓީ ވަނީ ގަައުމަށް ގައްދާރުވެފައޭ އެހުރިހާ މެމްބަރުން މެމްބަރު ކަމުން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  6. އުސްތާޒް

    އަސްލު ހުންނަވަން ޖެހިވަޑައިގަންނަވާނީ ގުރައިދޫގަ

  7. ޖަމީލް

    މިފަހުގެ ފިރުއައުނު

  8. އަލީ

    ލަދެއް ހަޔާތެއްހުރިއްޔާ އެމް ޑީ ޕީ ބައިގަނޑައް އެއްޗެއް ވިސްނެންވާނެ. ކޮބާ އެއްކަލަ މައުމޫނަށްގޮވި ސާހީގޮތްގަނޑު.

  9. އަލީ

    ލަދެއް ހަޔާތެއްހުރިއްޔާ އެމް ޑީ ޕީ ބައިގަނޑައް އެއްޗެއް ވިސްނެންވާނެ. ކޮބާ އެއްކަލަ މައުމޫނަށްގޮވި ސާހީގޮތްގަނޑު. މިބައިގަނޑުގެ ކިބައިން ދިވެހި ރައްޔިތުން ސަލާމަތްވާން އެބަޖެހޭ.