ޔުނިޓީ އިވެންޓްސް އެންޑް އެންޓަޓެއިންމެންޓުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޔުނިޓީ ނައިޓް މާކެޓް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

ޔުނިޓީ އިވެންޓްސް އެންޑް އެންޓަޓެއިންމެންޓްގެ ޗީފް އޮޕަރޭޝަންސް އެންޑް ކޮމިއުނިކޭޝަންސް އޮފިސަރ އަޙްމަދު ސަވާދު ބުނީ، ހުޅުމާލޭ ރުއްގަނޑު ދެ ސަރަހައްދެއްގައި މި ނައިޓް މާކެޓް ކުރިއަށް ދާނީ އަންނަ މަހުގެ އެކަކުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 00:00 އަށް ކަމަށެވެ.

ޖުމްލަ 140 ސްޓޯލާއި އެކީ ކުރިއަށް ގެންދާ މި ނައިޓް މާކެޓުގެ 85 އިންސައްތަ ސްޓޯލްތައް ގިނަ ބަޔަކު ބުކް ކޮށްފައިވާއިރު، މި ނައިޓް މާކެޓްގައި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ.

އެގޮތުން ނައިޓް މާކެޓްގައި ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުން 7893653 އަށް ގުޅައިގެން އެކަން ހަމަ ޖެއްސެވުމަށް ޔުނިޓީ އިންވެންޓްސް އިން ވަނީ އެދިފައެވެ.