ވެރިކަން ކުރާ މާލޭ ސިޓީގައި ނައިޓު މާކެޓު ބާއްވާނެކަން އިއުލާނުކުރި ނަމަވެސް އެކަން ކުރާނީ މާލޭގައި ކޮވިޑު ފެތުރުން މަދުވުމުން ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މާލޭގައި ނައިޓް މާރކެޓް ބޭއްވުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެހެންވެ، ނައިޓް މާރކެޓް ރާވާ، ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޖުލައި 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަން ( ހ.ހުޅުގަލި 3 ވަނަ ފަންގިފިލާ) އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވެސް ވަނީ އެދިފައެވެ.

އެކަމަކު މިއަދު މީޑިއާތަކަށް މޭޔަރ ވިދާޅުވީ ނައިޓު މާކެޓު ބާއްވާނެކަން އިއުލާނުކުރި ނަމަވެސް މާލޭގެ ކޮވިޑު ކޭސްތައް އެންމެ މަދުން ފެތުރުނުއިރު ހުރި ވަރަށް ދަށް ނުވަނީސް ނައިޓްމާކެޓު ނުބާއްވާނެ ކަމަށެވެ. އަދި ކޮވިޑާއި ޑެންގޫ ފަދަ ބަލިތައް ފެތުރެމުންދާ ދުވަސްވަރެއްގައި ނައިޓްމާކެޓު ނުބާއްވާނެ ކަމަށެވެ.

"އިއުލާނު ކޮށްފައިވީ ނަމަވެސް ނައިޓް މާކެޓް ބާއްވާނީ މާލޭ ސިޓީގާ ކޮވިޑު ކޭސްތައް އެންމެ ބޮޑަށް މަދުވި އިރު މަދުވި ވަރަށް މަދުވީ ދުވަހަކުންކަން ދަންނަވަން" މޭޔަރ ވިދާޅުވިއެވެ.

އެހެންވެ، ނައިޓްމާކެޓް ބާއްވާނެ ސީދާ ތާރީހެއް ކަނޑައަޅާނީ މި ކަންކަމަށް ބަލާފާ ކަމަށް ވެސް މޭޔަރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރަސްފަންނު ސަރަހައްދުގައި ކުރިއަށްދާ ސިޓީ ނައިޓް މާކެޓުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮވިޑް ފެތުރުން ވަރަށް ބޮޑަށް މަދުވެފާ އޮތުމަށް ފަހުގައި އަނެއްކާވެސް އަންނަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތައް ވެސް އަޅާފައެވެ.

މާލެ ސިޓީގައި ރޯދަ މަހަށް ހާއްސަކޮށް ބާއްވަން ގަސްތު ކުރި ނައިޓް މާކެޓް ވަނީ ކެންސަލްކޮށްފައެވެ. އެފަހަރު ވެސް ކެންސަލް ކުރީ ކޮވިޑު ފެތުރެން ފެށުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިސްތިއުފާ

    މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ޖެއްސުން ކޮށް ދުއްތުރާ ކުރުމަށް ޓަކައި ދަފްތަރު ބަންދު ކޮށްގެން އުޅޭތީވެ މާލެ ސިޓީ ކައުންސިލް މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ މޭޔަރު މުއިއްޒު އިސްތިއުފާ