މާލެ ސިޓީގައި އަނެއްކާވެސް ނައިޓް މާކެޓް ބާއްވަން މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާލޭސިޓީ މާލޭގައި ނައިޓް މާރކެޓް ބޭއްވުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން ނައިޓް މާރކެޓް ރާވާ، ހިންގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ޖުލައި 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަން ( ހ.ހުޅުގަލި 3 ވަނަ ފަންގިފިލާ) އަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެދިފައި ވެއެވެ.

މާލެ ސިޓީގައި ރޯދަ މަހަށް ހާއްސަކޮށް ބާއްވަން ގަސްތު ކުރި ނައިޓް މާކެޓް ވަނީ ކެންސަލްކޮށްފައެވެ. މާލެ ސިޓީގައި އޭގެ ކުރިން ބާއްވަން އުޅުނު ނައިޓް މާކެޓް ކެންސަލް ކުރިއެވެ.

މާލެ އާއި ހުޅުމާލޭގައިވެސް ދާދި ފަހަކުން ނައިޓްމާކެޓް ބާއްވާފައި ވެއެވެ. މި ނައިޓްމާކެޓްތަކުގައި ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް ބައިވެރިވިއެވެ. ފަހުން ނައިޓް މާކެޓްތައް ހުއްޓާލީ މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމުންނެވެ.

ކޮވިޑް 19 ގެ ކުރިން ރާއްޖޭގައި ރޯދަ މަހާއި ބޮޑު ޗުއްޓީއާއި ދިމާކޮށް އަބަދުވެސް ނައިޓް މާކެޓް ބާއްވަ އެވެ. ނައިޓް މާކެޓަށް ވިޔަފާރިކޮށްލަން ދިއުމަކީ ގިނަ ބައެއްގެ އޭރުގެ އާދަ އެކެވެ.