ރޯދަ މަހަށް ހާއްސަކޮށް މާލެ ސިޓީ ކައުންސިލުން މާލޭގައި ބާއްވަން ގަސްތު ކުރާ ނައިޓް މާކެޓް ނުބާއްވަން އެ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލުން ރޯދަ އަށް ހާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ސިޓީ ނައިޓް މާކެޓް" ވަގުތު ނެތުމުގެ ސަބަބުން ކުރިއަށް ނުގެންދިއުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ކައުންސިލުން ނައިޓް މާކެޓް ކުރިއަށް ގެންދަން ހަމަޖެއްސީ މިއަދު އެވެ. އެއީ އުސްފަސްގަނޑުގައި 10 ދުވަހަށެވެ.

މާލެ އާއި ހުޅުމާލޭގައިވެސް ދާދި ފަހަކުން ނައިޓްމާކެޓް ބާއްވާފައި ވެއެވެ. މި ނައިޓްމާކެޓްތަކުގައި ގިނަ އަދަދެއްގެ ކުދި ވިޔަފާރިތައް ބައިވެރިވިއެވެ. ފަހުން ނައިޓް މާކެޓްތައް ހުއްޓާލީ މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމުންނެވެ.

ކޮވިޑް 19 ގެ ކުރިން ރާއްޖޭގައި ރޯދަ މަހާއި ބޮޑު ޗުއްޓީއާއި ދިމާކޮށް އަބަދުވެސް ނައިޓް މާކެޓް ބާއްވަ އެވެ. ނައިޓް މާކެޓަށް ވިޔަފާރިކޮށްލަން ދިއުމަކީ ގިނަ ބައެއްގެ އޭރުގެ އާދަ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިޝާމަ

    ބޭއްވެން ޖެހޭނެ. ކީއްވެ ނުބޭއްވެންވީ މަހާ ފުއްޕާ މިހަކު ނެއް. ނައިޓް މާރކެޓު ބާއްވަ

  2. Anonymous

    ދެން އަހަރުމެން އެއްޗެހި ގަންނަނީ ކިހިނެއް؟ ބޮންދު ސްޓައިލްގެ ދެރަ ކަންކަން.