އދ. ފުށިދިއްގާ (ރަށްދިއްގާ) ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދިނުމަށް ފަހު ޑިޕޮސިޓްގެ ގޮތުގައި ދެއްކި 50،000 ޑޮލަރު (770،000ރ.) އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރި މައްސަލައިގައި، އެ ފައިސާ ދައުލަތަށް ދައްކަން ހައި ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގައި އިސްކޮށް ބައިވެރިވިކަން ސާބިތުވެ ޖަލަށް ލާން ހުކުމް ކޮށްފައިވާ ނަމަވެސް ރައީސް ސޯލިހަށް ވެރިކަން ލިބުމުން ގޭބަންދަށް ބަދަލުކޮށްފައިވާ އަބްދުﷲ ޒިޔަތު އެޗްއެމްއެޗްއައިގެ ޗެކް އެމްއެމްޕީއާރްސީއަށް ލިބިފައިވާ ކަމުގައި ބުނެ ޕޭމަންޓް ވައުޗަރުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ ޒިޔަތު އެވެ. އެމްއެޗްއާރު ޓްރޭޑިން އަކީ ޒިޔަތުގެ ބޮޑުބޭބެއެއްގެ ކުންފުންޏެކެވެ.
މިމައްސަލައިގައި ސިވްލް ކޯޓުން ނިންމާފައި އޮތީ އެފައިސާ ދައުލަތައް ދައްކަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލް ކުރައްވާފައެވެ.
ހައިކޯޓުގެ ހުކުމުގައި ވިދާޅުވީ އެމްއެމްޕީއާރްސީ އިން އެޗްއެމްއެޗްއައި އަށް އެޑްރެސްކޮށްފައިވާ (20 އޮކްޓޫބަރު 2014) ސިޓީ އަށާއި، އެޗްއެމްއެޗްއައި އިން އެމްއެމްޕީއާރްސީ އަށް ދޫކޮށްފައިވާ ޕޭމަންޓް ވައުޗަރ އަށާއި، އެމް.އެމް.ޕީ.އާރުސީގެ ފަރާތުން އެޗް.އެމް.އެޗް.އައި އަށް އެޑްރެސްކޮށްފައިވާ ޕޭމަންޓް ރިސީޕްޓް އަށާއި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ސިވިލް ކޯޓަށް ފޮނުވާފައިވާ ސިޓީއަށާއި، ދައުލަތުން އެގްޒިބިޓް 3 ގެ ގޮތުގައި ހުށަހެޅި އެމް.އެޗް.އާރު ގެ ބޭންކް ސްޓޭޓްމަންޓް އަދި އެޗް.އެމް.އެޗް.އައި އިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 10 ޖަނަވަރީ 2016 ތާރީޚުގައި ފޮނުވި ސިޓީ އަށް ބެލުމުން، އެޗް.އެމް.އެޗް.އައިގެ ޗެކަކީ އެޗްއެމް.އެޗް.އައި އިން އެމް.އެމް.ޕީ.އާރުސީއަށް ދޫކުރި ޗެކެއް ކަމާއި ނަމަވެސް އެ ޗެކު ޖަމާވީ އެމް.އެޗް.އާރުގެ ބޭންކް އެކައުންޓަށްކަން އެނގޭ ކަމަށެވެ.
ނަމަވެސް އެޗް.އެމް.އެޗް.އައިގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ އެކައުންޓުގެ ނަންބަރު 0484879 ޗެކުން އެމް.އެޗް ބޭންކް އެކައުންޓަށް ޖަމާވެފައިވާ ބައިލައްކަ ޑޮލަރަކީ އަކީ އެ ދެ ކުންފުނީގެ މެދުގައި ޑޮލަރު ވިއްކުމުގެ މުޢާމަލަތަކާ ގުޅިގެން ޖަމާވެފައިވާ ޗެކެއް ކަމަށް ބުނެ އެމް.އެޗް.އާރު އިން ދަށު ކޯޓުގައި ބުނިކަން ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.
އެގޮތައް އެކުންފުނިން ބުނިނަމަވެސް ސާބިތުކުރުމަށް އެމް.އެޗް.އާރްގެ ފަރާތުން ދަށު ކޯޓަށް "ޑޮކިއުމަންޓް 2" ގެ ގޮތުގައި އެޗްއެމް.އެޗް.އައި އިން އެމް.އެޗްއާރު އަށް 21 ނޮވެންބަރު 2017 ތާރީޚުގައި ދޫކޮށްފައިވާ 21,000 ޑޮލަރުގެ ޗެކެއް ހުށަހަޅާފައިވެއެވެ. ނަމަވެސް މި ޗެކަކީ އެޗް.އެމް.އެޗް.އައިގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި ހުޅުވާފައިވާ ނަންބަރު 12604068820202 އެކައުންޓުގެ ނަންބަރު 0484879 ޗެކުން އެމް.އެޗް.އާރުގެ ބޭންކް އެކައުންޓަށް 26 އޮކްޓޫބަރު 2014 ގައި ޖަމާވެފައިވާ ބައިލައްކަ ޑޮލަރު ޖަމާވުމުގެ މާ ފަހުގެ ތާރީޚެއްގެ ޗެކެއްކަމާއި އަދި ޗެކަކީ އޭގެ ޒާތުގައި މުޢާމަލާތެއް ސާބިތުކޮށްދެވިދާނެ ކާފީ ހެއްކަކަށް ނުވާއިރު، ޑޮކިއުމަޓް 2 ގެ ގޮތުގައި އެމް.އެޗް.އާރު އިން ހުށަހެޅި ޗެކަކީ ނަންބަރު 0484879 ޗެކުން ކުރެވުނު މުޢާމަލާތް ސާބިތުކޮށްދެވިދާނެ ހެއްކެއް ނޫން ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.
އެޗްއެމްއެޗްއައި ކުންފުނީގެ ނަމުގައި އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކީ އެ ކުންފުނިން އެމްއެމްޕީއާރްސީއަށް ނުވަތަ ދައުލަތަށް ދޫކޮށްފައިވާ ޗެކެއްކަން އެނގެން އޮތުމުން، އެ ޗެކުން އެމްއެޗްއާރުގެ ބޭންކް އެކައުންޓަށް 26 އޮކްޓޫބަރު 2014ގައި ޖަމާކުރި 50،000 ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ހައި ކޯޓުން ބުންޏެވެ.
50000 ޑޮލަރު އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށް އެމްއެޗްއާރް ޓްރޭޑިންއަށް ހުކުމުގައި ވަނީ އަންގާފައެވެ.
މިގޮލާވެސް މީ ތިމާގެ އަމިއްލަ މުންޑުގައި ހޭކިފަހުރި ގުއި ނުބަލާ އެހެން މީހުންގެ މުންޑުގައި ހޭކިފަހުރި ގުއި ހޯދަން އުޅުނު ގޮލައެކެވެ. މިއޮތީ ސަޅިވެފައެވެ.
ޓިޔައީ ބުހުތާން ދޮގެއް!! މިކަލޭގެ ނުޖެހޭނެ އެއްވެސް ވަގު ފައިސާއެއްގަ، މިގައުމުގައިތިބި އެއްމެ ތެދުވެރި ބޭފުޅުންނަކީ ޒިޔަތު އަދީބު ރ.އިބޫސާލިހު ފަދަ ވަރަށް މަދުބައެއް، މި ބޭކަލުންނަކަށް ކެރިވަޑައިނުގަންނަވާނެ އެއްވެސް ޚިޔާނާތަކާއި ކާރިވާކަށް އުތެ.
ހުރިހާ ފައިސާއެއް ހޯދާ. އެއީ ރައްޔިތުންގެ ފައިސާ. އިފްލާސްކޮށްގެން ނަމަވެސް ހޯދަންޖެހޭ.
މިއީހަމަ ރައްޔިތުންނަށް ދައްކާ ދަޅައެއް، މިކަލޭގެ ކިތައްމެބޮޑު ވައްކަމެއްކުރިޔަސް މިސަރުކާރުން މީނައަށް އެއްވެސް އުގޫބާތެއް ނުދޭނެ، ރ.ޔާމީންގެ ޝަރީއަތަށްވެސް މިސަރުކާރާއި ރ.އިބޫއާއި އެމްޑީޕީގެ އިސް ގުންޑާއިން އެއްމެ ރުއްސަވާގޮތަށް މިކަލޭގެ ހެކި ދީފައިވާތީއާއި އަދި ރ.ޔާމީނަށް މިގުންޑާސަރުކާރުން އުފުލާފައިވާ އިތުރު އެހެން ދަޢުވާތަކަށްވެސް ރ.އިބޫސާލިހާއި މިސަރުކާރު ރުހޭގޮތަށް ހެކިހޯދަން މިކަލޭގެ ބަހައްޓާނީ ފްރީކޮށްފައިކަން ޔަގީން.
މމޕރސ ކަންތަކުގައި ސަލާމަތް ނުވާނީ ޔާމީން އެކަނި.
އިންޑިއާއިން ބޭނުމެއްނުވޭ ޗައިނާ - ރާއްޖެ ގުޅުން ރަނގަޅުވާކަށް.
ޔާމީން ދޫކޮށްލައިފިއްޔާ މިވެރިކަން ވެއްޓޭނެ. ވީމާ ހުކުމް އަންނާނެގޮތް ވަރަށް ސާފު.
ހުކުމް ކުރުމުގެ ކުރިން މީގެ 5 އަހަރު ކުރިން ނިމިފައި ހުރި ޕްރޮޖެކްޓްތަކާއި ދެންވެސް އިތުރު ކަޑަ ޖެހުން ކުރިޔަށް ގެންދަނީ ރައްޔިތުންގެ ބޮލަށް ޗިޕްޖަހަން، ހުކުމް އަންނާނެގޮތްވެސް އިނގޭތީ.