ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއަންޓް އޮމިކްރޮންއާ ގުޅިގެން ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފިއެވެ.
އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ މި ވޭރިއެންޓް ފުރަތަމަ ފެނުނު ދެކުނު އެފްރިކާ އާއި ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، ދެކުނު އެފްރިކާ ސަރަހައްދުން ފެނުނު ކޮވިޑްގެ އާ ވޭރިއެނޓާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށްޓާކައި މިރޭ 12:00 އިން ފެށިގެން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށް އެޗްޕީއޭއިން ކުރި އިއުލާނުގައި ބުނެފައިވަނީ ރާއްޖެއަށް އައުމުގެ 14 ދުވަސް ދުވަސްކުރިން މިގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުންވެސް ހިމެނޭނެ ކަމަށެވެ.
މީގެއިތުރުން ރާއްޖެއަށް އައުމުގެ 14 ދުވަސް ކުރިން އެގައުމުތަކުގައި އުޅެފައި ރާއްޖެ އަންނަ ދިވެހިންނާއި ވާރކްވިސާގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ވުމަށް އެޗްޕީއޭގެ އިއުލާނުގައި ވަނީ ބުނެފައެވެ.
މިފަދަ ފަރާތްތައް ކަރަންޓީނުން ދޫކުރާނީ 14 ދުވަސް ހަމަވުމުން ކޮވިޑު-19 އަށް ޓެސްޓް ހަދައި ނަތީޖާ ނައްސި ވުމުންނެވެ.
މިއިއުލާނުގައި އިތުރަށް ބުނެފައިވަނީ އެފްރިކާގެ ގައުމުތަކުން ރާއްޖެއަށް ދަތުރު ފަށާފައިވާ ފަރާތްތަކުންނާއި، ވޭތުވެދިޔަ 14 ދުވަސް ތެރޭގައި އެ ޤައުމުތަކުން ރާއްޖެއަށް އެތެރެވެފައިވާ މީހުން ވަކި ގޮތްތަކަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
އެގޮތުން އެފަރާތްތަކުން މިވަގުތު ޕީސީއާރު ޓެސްޓް ހެދުމަށާއި 14 ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި ހޭދަކުރާ މީހުން 14 ދުވަސް ފުރިހަމަވުމުން ޕީސީއާރް ޓެސްޓު ހެދުމަށާއި، ރާއްޖޭގައި 14 ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަކުރާ ފަރާތްތަކުން ރާއްޖޭން ފުރުމުގެ ކުރިން އިތުރު ޕީސީއާރް ޓެސްޓެއް ހެދުމަށް ވަނީ އަންގާފައެވެ.
ދެކުނު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އާވައްތަރުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އެގައުމުތަކުން މީހުން އެތެރެވުން މަނާކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.
ތިޔަ 7 ޤައުމުންކުރެ ޤައުމަކުން ދުވަހަކުވެސް މި ރާއްޖެއަށް މީހަކު އައިސްފައިވޭތޯ؟ ނޫނީ ބޭރުގެ ޤައުމު ތަކުން ތިޔަ ގޮތަށް އެޅުއްވި ފިޔަވަޅު ކޮޕީ ޕޭސްޓު ކޮށްލެއްވީތޯ؟
އަޅެ ކަލޭ އަސްލަށް ރަނގަޅު އެއްގޮތެއްވެސް އެބައޮތްތަ.
އަޞްލަށް ނޭގުނަސް ސައުތު އެފްރިކާއިން ރާއްޖެއަށް މީހުން އާދޭ. އަޞްލަށް މިކަން ނޭނގުމަކީ އެހެން މީހުން ކުރާނެ ކަމެއް ނޫން.
ދެން ބާކީ ތިބި ގައުމުތަކުގެ ވާހަކަ އެދައްކަވަނީ އިނގޭތޯ.
ރަނގަޅު ނިންމެވުމެއް
ތީ ދުވަހަކިސް ބައެކެން އާ ގައުމެކެ. މިހެނަސް އޮޅޮވާލުން.
ބޭރުން އަންނަމީހުން ކަރަންޓީން ވުމަށް އަމިއްލަ އަށް ދޫނުކުކޮށް....ސަރުކާރުގެ ފުރިހަމަ ނިޒާމުގެ މަތިން ކުރުމަށް ދަންނަވަން...ނުނީ ފޫނެއްފަޔަށް ފެން ވެރުން ނަުނީ ނުވާނެ
އިބޫ އަށް ކުޑައިމީސް ބަހެއް ބުނާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ގޫގަލް އިން މިއީ ކޮންކަހަލަ ވެރިއެންޓް ތޯ އަމިއްލަ އަށް އިބޫ އަށް ބަލާލެވޭހާ ތަޢުލީމީ ފެންވަރު އިބޫގައިގައި ނެތީމާ ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުން އެބަވެއެވެ. ރާއްޖޭގައި ޖަހާ ވެކްސިނަށް މި އާ ވެރިއަންޓް ގުޑާތޯ ވެސް ބަލަން އެބަ ޖެހެއެވެ. ގޫގަލް ގައި ހުރިހާ މަޢުލޫމާތެއް މިހުންނަނީ އިނގިރޭސި ބަހުންނެވެ. އަމިއްލަ އަށް އިބޫ އަށް ނެޓުން ނުބެލޭތީ ކައިރީގައި ތިބޭ މީހުން ހަދަނީ މަކަރެވެ. މިކަމުގެ ހެއްކަކީ: ރާއްޖެ އަކީ ކޮވިޝީލްޑް ކަހަލަ މުޅި ދުނިޔޭގެ މާކެޓް ގައި އެވަޤުތު ލިބެންހުރި އެންމެ ފެންވަރު ދަށް (އެފިކަސީ %63) ވެކްސިން ޖަހަން ޖެހޭވަރުގެ ފަޤީރު ޤައުމެއް ނޫނެވެ. ރާއްޖޭ ގެ ރައްޔިތުންނަކީ ފެންވަރު މޮޅެތި އެއްޗެހި ބޭނުން ކުރަން ލޯބި ކުރާ ބައެކެވެ.
ދެން މަޖާވާނީ ފައިޒާ ވެކްސިން އަށް މި އާ ވެރިއަންޓް ގުޑާފައި، ރާއްޖޭގައި މި ޖަހާ ފެންވަރު ދަށް ވެކްސިނަށް ނުގުޑައިފިއްޔާ! ކީއްވެ ރާއްޖެ އަށް ފައިޒާ ފުރަތަވެސް ނުގެނައީ؟ ފައިޒާ ގަންނަން ޖެހެނީ ސީދާ ކުންފުނިން ކަމަށް ވާތީ ކަޓު ނެދޭ.
އިންޑިއާގަ އެއްމެބާރައް ކޮވިޑްފެތުރުނުއިރު ރާއްޖެއަށް ބޭނުންވަރަކައް އިންޑިޔާއިން މީހުންއެތެރެވި އަދި އެދުވަސްވަރު ރާއްޖޭން
ޢެއްމެގިނައަދަދެއްގެމީހުން މަރުވީވެސް ނަމަވެސް ތިފަދަނިއްމުމެއް ނުނަގާފަ މިއަދުރައްޔިތުންބޮލުގަ ތެއްގޯނިދޯތިއެޅުވީ..!!؟؟ ސައުތުއެފްރިކާ ނޫނީ ތިތާއެބައޮތްތަ މިތަނައް ގެސްޓުންއަންނަގައުމެއް..؟! އެތަނުންވެސް މިހާރަކުނެއް ޑައިރެކްޓް ފުލައިޓެއް ދެއްތޯ..؟!
އިންޑިއާ ނުހިމެނުނީ ކީއްވެގެން؟ ބަނޑަށް ޖެހިދާނެތީތަ؟ މަނާ ކުރާ ޤައުމު ތަކަކީ ދުވަހަކުވެސް ރާއްޖެއަށް މީހުން އަންނަ ޤައުމުތަކެއް ނޫން. އީރާން، އަފްގާނިސްތާން،ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީ ފަދަ ޤައުމު ތަކަކީ ދުވަހަކު ދިވެހީން އަޑު އެހި ނަންތަކެއްބާ؟ ކަމަކަށް ކަމެއް ކުރުމަކީ ނިޔަތް ރަގަޅު ނޫން ކަމުގެ ނިޝާނެއް.
އޭ ކޮބާ އިޒްރޭލު ސެޓްލަރުން؟ ގައިމު ނޫހުގައޮތް އެމީހުންގެ ގައިންވެސް ފެނުނުކަމަށް
ތިބަލީގަވާގޮތްބުނެދެއްވުން މުހިއްމު ނުރައްކަލޭބުނުމަކުން ދެކޮޅެއް ނުޖެހޭ
އަލާމާތްތަކަކީ ކޮބާ ބޮޑުއޮޅުވާލުމެއް
އިނގިރޭސި ވިލާތާ، ދުބާއީ ފަދަތަންތަނުން މި ވޭރިއަންޓް ފެނިއްޖެނަމަ ރާއްޖެއަށް ވަރަށް ނުރައްކާވާނެ ކުރީފަހަރުގެ ތަޖުރިބާ!
އިނގިރޭސި ވިލާތުން ފެނިއްޖެވާހަަކަ އެބައޮތް ނޫހެއްގަ..ދެމީހުން އެބަތިއްބޯ...ޖަރުމަނުން ވެސް ޝައްކު މީހަކު އެބައުޅޭޔޯ....
ތީ ރާއްޖެއަށް ބަޔަކު އަންނަ ގައުމުތަކެއް ނޫން.. ކަމެއްކުރަން ހަމަ ކަމެއްކޮލީހެންހީވަނީ. މާރަނގަޅެއްނުން ސަހާރާ ޑެޒްޓުން ފުލައިޓު އައުން މަނާކުރަމޭބުނިނަމަ.
އާވޭރިއެންޓް އަންނަނީ 2023 ގައި ނުންތޯ އަވަހަށް ފުރައުންޓު ލައިން ކުދިންގެ މުސާރަ ބޮޑުކޮށް އެކުދިން ހިންއުފާ ކޮށްލަދީ ވޭރިއެންޓް އައުމުގެ ކުރިން !
ވ ކުރިއްސުރެ ދިވެހިންނަށް ލޮލުގައި އަޅައި އަނދުން އެނގޭ
އަންންމީހުން އަމިއްލަްއަށް ކަރަންޓީނުވާޏް ދޫނުކޮށޤ އެޗްޕީއެއިން އެބަޖެހޭ ރަނގަޅަށް މޮނީޓާރކުރަން ..ހަމައެކަނި އެލަވަންސް ނަގައިގެން ލާރިގަނޑު ބައްކުރިއަކަސް ކަމަކުނުދާނެ...
މިޔަށް ކިޔަނީ އަމާބުނީތީ ފަރަށް ދިއުން މިއީ ބޮލުގަތެއްކަމެއްވެސް ހުންނަ ސަރުކާރެއްނޫން.