މާލެ ސިޓީ ކައުންސިލްގެ އާ ލޯގޯ އަށް ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ފާޑު ވިދާޅުވުމާ ގުޅިގެން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު މަހްމޫދުހް ފާޑު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސިޓީ ކައުންސިލްގެ އާ ލޯގޯ ވަނީ ދައްކާލައިފައެވެ. ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ލޯގޯގައި ހިމެނޭ ކުލަތައް ރަމްޒުކޮށްދެނީ މާލޭގެ ހަ އަވަށެވެ.
ލޯގޯ، ނިޝާން އަދި ނަންނަމަކީވެސް ބަދަލުކުރެވޭ ތަކެތި. އެކަމު ގެނެވޭ ބަދަލު އިހަށްވުރެ ފުރިހަމަވުމަކީ މުހިންމު ކަމެއް. މާލެއާއި މުޅި ރާއްޖޭގެ ތަރިކައާއި ޘަޤާފަތާއި ދީން ރަމްޒުކޮށްދޭ ‘ހުކުރު މިސްކިތު މުންނާރު’ ފުހެލާފައި ހަމައެކަނި ޕީޕީއެމް/ޕީއެންސީ ކުލަވަރު ނެރެން އުޅުމަކީ ޖޯކެއް. https://t.co/wiEc9JJDRC
— Waddey (@waddey_) November 27, 2021
މި ލޯގޯއާ މެދުގައި ބައެއް މީހުން ހިޔާލު ތަފާތުވީ، ލޯގޯގައި ފިޔާތޮށި ކުލަ ވެސް ހުރުމުންނެވެ.
މެމްބަރު ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޯގޯ، ނިޝާން އަދި ނަންނަމަކީވެސް ބަދަލުކުރެވޭ ތަކެތި ކަމަށެވެ. އެކަމަކު، ގެނެވޭ ބަދަލެއް ކުރިން ހުރި ވަރަށް ވުރެ ފުރިހަމަވުމަކީ ވެސް މުހިންމު ކަމެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.
މި ވެސް ހަމަ ޖޯކެއް ނޫން ތޯ? ނުވީތާކައް މުޅި ވެބްސައިޓް ގަ ވެސް ރީނދޫ ކުލަ. https://t.co/RVC9igh1bm pic.twitter.com/lgqmez63dJ
— Ahmed Mamdhooh (@Mandey77) November 27, 2021
"މާލެ އާއި މުޅި ރާއްޖޭގެ ތަރިކައާއި ސަގާފަތާއި ދީން ރަމްޒުކޮށްދޭ ހުކުރު މިސްކިތު މުންނާރު ފުހެލާފައި ހަމައެކަނި ޕީޕީއެމް/ޕީއެންސީ ކުލަވަރު ނެރެން އުޅުމަކީ ޖޯކެއް." ވައްޑެ ވިދާޅުވިއެވެ.
އޭގެ ރައްދުގައި މާލެ ސިޓީ ކައުންސިލްގައި ކޮންސަލްޓަންޓެއް ގޮތުގައި މަސައްކަތް ކުރަމުން އަންނަ މަމްދޫހް ކުރެއްވި ޓުވީޓެއްގައި ހާމަކުރައްވާފައި ވަނީ އެމްއާރުޑީސީގެ ކުރީގެ ލޯގޯ އާއި ނަން މި ސަރުކާރުން ބަދަލު ކުރުމާ ގުޅިގެން އެކަމަށެވެ. އެ ޓުވީޓުގައި އެމްއާރުޑީސީގެ ކުރީގެ ލޯގޯ އާއި އާރުޑީސީގެ މިހާރުގެ ލޯގޯ ދައްކާލެއްވިއެވެ.
ކުލައިގެ މައްސަލަ ޖެހޭނީ ތިޔަބޭފުޅުން. ހިތްވަރެއް ހުރިއް ޔާ މި ވެރިކަމުގައި, ތިލަ މާލެ ބްރިޖް އަޅުއްވާފަ , މުޅި ބްރިޖް ގައި ރީނދޫ ކުލަ ލައްވަވާ?
— Ahmed Mamdhooh (@Mandey77) November 27, 2021
މީގެކުރިން، އެމްއާރުޑީސީ ނަމުގައި އެ ކުންފުނި ހިންގި އިރު، ލޯގޯގައި ބޭނުންކޮށްފައި ވަނީ އޮރެންޖު ކުލަ އާއި އަޅި ކުލައެވެ. އެ ކުންފުނި، މި ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ބަދަލު ކުރި ފަހުން ބޭނުން ކުރާ ލޯގޯގައި ހުރީ ރީނދޫ ކުލަ އާއި އަޅި ކުލައެވެ.
"މިވެސް ހަމަ ޖޯކެއް ނޫންތޯ؟ ނުވިތާކަށް މުޅި ވެބްސައިޓުގައި ވެސް ރީނދޫ ކުލަ،" އާރުޑީސީގެ ލޯގޯ އާއި ވެބްސައިޓަށް އިޝާރާތް ކުރައްވައި މަމްދޫހް ވިދާޅުވިއެވެ.
"ކުލައިގެ މައްސަލަ ޖެހޭނީ ތިޔަބޭފުޅުން. ހިތްވަރެއް ހުރިއްޔާ މި ވެރިކަމުގައި, ތިލަމާލެ ބްރިޖް އަޅުއްވާފައި, މުޅި ބްރިޖް ގައި ރީނދޫ ކުލަ ލައްވަވާ"
02 ގޮތް ވެސް ރަނގަޅެއް ނޫން.އެއްވެސް ފަރާތަކަށް ބަރުވާގޮތަށް ދައުލަތުގެ / ސަރުކާރުގެ އިދާރާތަކުގެ ނަންތައް ހުރީމަ އެހާ ހިތްގައިމެއް ނޫން.
ރޯޑް ކޯޕަރޭޝަންގެ ލޯގޯ އެއީ ބަދަލުކޮށްފަ އިން އެއްޗެއް ނޫން.. އެއީ ކުރީ ސަރުކާރުން އެމްއާރުޑީސީ އުވާލަން ނިންމީމަ މިސަރުކާރު އައިސް އަލުން އުފެއްދި ކުންފުންޏެއް.. އެ ކުންފުނީގެ ސިއްކަ އާއި ލޯގޯ ވެސް ތަފާތުވާނެ.. އަޅި ކުލައާއި ރީނދޫކުލަ ބޭނުންކޮށްފަ ހުރީ އެއީ މަގުތަކުގެ ކުލަޔާ ގުޅުވަން..
ފިޔާތޮށި ކުލަޔަކީ މާލޭގެ އެއް އަވަށްކަމަށްވާ މާފައްނު އަވަށު ކުލަ..މިކަން ބޮޑުކަމަކަށް ވަނީ މާލޭގެ އަވައްތައްކުގެ ކުލަ ނޭގޭ މީހުންނަ..ގޮލޮޅު ފެހި ކުލަ..މައްޗަށްގޯޅި އަޅި ކުލަ..ހެންވޭރު ނޫކުލަ.. ދެންއަލަށް މާލެއަށް އިތުރުކުރެވުނު ދެއަވަށް ކަމަށްވާ ވިލިމާލެ ހުޅުމާލެ މި ދެއަވަށު ކުލަ އަހަންނަވެސް ނޭގޭ އަވަށު ހަރަކާތްތަ މިހާރު ނުހިންގާތީ..މޑޕ އަށް ކުލައިގެ މައްސަލަ ބޮޑުވީމަތާ މނޑފގެ ގަސްމުށިތަކުގަވެސް ރީ ދޫކުލަހާކާފަހުރީ 2008ގަ ވެރިކަމަށް އާއްސަ..ކުޅު ދުއްފުށީ ނެރުން ވަންނައިރު މަރުހަބާކިޔަން ނެރުގެ ދެފަރާތުގަ މޑޕގެ ދި ދަ ހަރުކޮއްފަ ހުންނަތާ ކިތަންއަހަރު..މިއީ މައްސަލައެއްނޫންތަ..ރާއްޖެއަށް ޒިޔާރަތްކުރާ މެހެމާނުންނަ އިގޭނެތަ މޑޕ ދި ދަޔާ ގައުމީ ދި ދަ ވަކިކުރަން..މިއީވެސް އެއްވެސް ބަޔަކަށް މައްސަލަޔަކަށްނުވޭ.
ވައްޑެ ކަލޯ އަނގަ މައިތިކުރޭ!
ހިތުން އެހެރީ ޢަލީ ވަހީދު ހެދިފައެއްނު، ދެން އެންމެންވިއްޔޯ މީވަރައްމޮޅުމީހެކޭ ގޮވަން،
ރޯޑް ކޯޕަރޭޝަންގަ އެއީ ރޯޑްގެ ކުލަތައް އެހެން ނޫނަސް އެއީ ވިޔަފާރި ކުންފުންޏެއް.. ރައްޔިތުން އިންތިޚާބުކޮށްފަ އޮތް އިންތިޚާބީ ބޮޑީއެއްވެސް ނޫން. ތިޔައީ ހޮޅި ރައްދެއް
ވަރަށް ފުރިހަމަ ޖަވާބެއް ތިދެއްވީ ، ތި ވައްޑޭ އަށް
ޖުޑިސިއަރީގެ ނުވަތަ ސްޕްރިން ކޯޓްގެ ލޯގޯ އެން ޑީ ޕީގެ ދިދައިގާ ހުރުމަކީ ޖޯކެއްނޫންތޯ
މިދެން މާމޮޅުމީހެއް ހިތުން. ލޯގޯައަކުން ނޫނޭ ޙިދުމަތް ދެނީ. 82 ހާސް ރުފިޔާ ނަގައިގެން އޭގެ އިތުރުން ކޮންމެ ބިލަކުން ކަޓުނަގަމުންދާ މިބައިގަނޑު ރައްޔިތުންނަށް ފައިދާހުރި މަޖިލީހެއް ހިންގާދޭނީ ކޮންއިރަކުންބާ.
މާފަނނުގެ ކުލަ ރީނދުލަށް ބަދަލު ކުރަން ވީ ނޫންތޯ
އެބުނާހެން އެމްޑީފީމީހާ ގެ ފޫކޮޅުގައި ހުންނަށް ގުއި އެމްޑީފީމީހާއަށް ނުފެންނާނެ އާރުޑީސީ ވެބުވެބުސައިޓުގައި ލާދީނީ އެމްޑީފީކުލައެހުރީފެންނަށް
ބުނަން ވައްޑެއައީ އުނގޫފާރުދާއިރާގެ އިލްމުވެރިޔާގެ ގަތުލުގެ ޙާޤީގަތް ހޯދަންވަޢުދުވެ ދާއިރާގެ މީހުންގެ ތާއިދުހޯދައިގެން މިކަލޭގެ ވަޢުދުން ފުދުނުކަމެއްޙަރާން ހީވަނީ މަޖީހަކީ ތިމާގެ މުދާގަނޑެންހެން މީ އަނގަގަދަ މިތުރެއް