ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީ އާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެއް ބަޔަކު އަނެއް ބަޔަކަށް އިލްޒާމުތައް އެޅުވުމުން މަޖިލީހުގެ ހައިބަތު ދަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެއްބަސްވުންތައް ދިރާސާކޮށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވާލި ރިޕޯޓްގެ ބަހުސްގެ ތެރެއިން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން ވަނީ އެއްބަސްވުންތަކާ މެދުގައި ހިތްހަމަޖެހިވަޑައިގަންނަވާ ކަން ހާމަކުރައްވައިފައެވެ. އެކަމަކު، އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނަށް އެއްބަސްވުންތައް ކަމަކު ނުދިޔައެވެ. އެ މެމްބަރުން ވަނީ އެއްބަސްވުންތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މެމްބަރުންގެ މެދުގައި ބަހުސް ކުރިއަށް ދަނިކޮށް ނަޝީދު ވިދާޅުވީ އެއްބަސްވުންތައް މެމްބަރުންނަށް ފެނިވަޑައިގެންފައިވާ ކަމަށެވެ.

"ޕްރެޒެންޓޭޝަނަކުން އެ ދެއްކި. ދެން އޭގައިވާ އެއްޗަކަށް އެއްބަސްވުމާޢި އެއްބަސްނުވުން އެއީ އެހެން ކަމެއް. ޕްރެޒެންޓޭޝަންއަކުން ދެއްކީ ކޮންމެ އަކުރެއް ކޮންމެ މާއްދާއެއް އެ ތަނުގައި މީހަކު ބުނެދީގެން، އެއިން ކޮންމެ ކަމަކާ ގުޅޭ ގޮތުން މެންބަރުން ދިރާސާ ކުރަން ފަސޭހަ ކުރަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެކަކު އަނެކަކަށް އިލްޒާމުތައް އެޅުވުމުން މަޖިލީހުގެ ހައިބަތު ދަށްވާނެ ކަމަށެވެ.

މަޖިލިހުގެ 241 ކޮމިޓީގައި މާލެ އަތޮޅު އުތުރުތިލަފަޅުގައި ކޯސްޓްގާޑް ޑެކްޔާޑެއް ގާއިމް ކުރުމުގެ އެއްބަސްވުމާއި، ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމާއި، ހައިޑްރޯގްރަފީ ސާވޭ ހެދުމުގެ އެއްބަސްވުން ޑިފެންސް މިނިސްޓްރީން ދާދި ފަހުން ދެއްކީ ޕްރެޒެންޓޭޝަނެއްގެ ގޮތުގައެވެ.

ޕްރެޒެންޓޭޝަންއެއް ގޮތަށް ސްކްރީންއަކުން އެއްބަސްވުން ދެއްކުމުން ކޮމިޓީގެ މެންބަރުންނަށް އެ އެއްބަސްވުން ދިރާސާ ކުރަން ރަނގަޅު ފުރުސަތެއް ލިބިވަޑައިގެންފައިނުވާ ކަމަށް ވިދާޅުވެ، އިދިކޮޅު ބައެއް މެމްބަރުން މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން އިންޑިއާގެ ޖާސޫސީ މީހުނާއި އިންޑިއާގެ ސިފައިން ރާއްޖޭގައި ދާއިމަށް ގާއިމްވެ ތިބުމުގެ ފުރުސަތު އޮތް ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކުރެއެވެ. ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒުތަކެއް ގާއިމް ކުރުމުގެ ތުހުމަތު ވެސް ކުރެވެއެވެ. މި ތުހުމަތުތައް ދެ ގައުމުގެ ސަރުކާރުން ވެސް އަންނަނީ ދޮގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ދަރަނި ދަންތުރަ

  މި ކަލޭގެ މިއީ މިގައުމާ ދިވެހިންގެ ހަލާކު ، މިއީ ބޮޑު މުސީބާތެއް

  36
 2. ގުރަހާ

  އެހެންނޫނަސް ތިޔަތަނަކީ ހައިބަތުހުރިތަނެއްނޫން ހައިބަތުހުރީ 0 ގަ ތިޔަތާ ޕީޕިއެމް ފިޔަވާތިބީ ހުސް މަކަރުވެރިން މީދޮގެއްތޯ ދާދިފަހުން މަޖުލީހުގެ ރައީސް މީހަކަށް ހަމަލާދިނުމަށް އަމުރުވެސް ކުރި އެދުވަހު އެމީހަކު ތަޅާބޭރުކޮށް އެއްލާލާ ލޭއޮހޮރުވާލި ދެންކޮން ހައިބަތެއް.

  32
  1
 3. ކޮވިޑް

  ސުވާލަކީ ތީ ހައިބަތެއް އޮތް ތަނެއްތޯ؟ ބަލަ މިހާރުވެސް އިއްޒަތްތެރީ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ މެމްބަރުންނޭ ރައްޔަތުންނަށް ހަމަ ތީ ގްބޯއިން .

  31
 4. ހުސެން

  ކެނެރީގޭ މަޖުލިސް އެގަންޖާ މަޖުލީހުގެ މެޖޯރިޓީ އަކީ ހައިބަތު ގެއްލިފައި އޮތް މެޖޯރިޓީ އެއް

  31
 5. ނާހަމަ ތެދެއް

  އާދޯ، ކުރިން ބުނި ނުދެއްކޭނޭ ގަޢުމީ ސަލާމަތައް ނުރައްކާވާނެޔޭ. އަސްލު ބަދަލުކޮއްފަ މިހާރު އެދެއްކީ، އޭގެ މުހިންމު ބައި ކަޑާލާފަ އެދެއްކީ

  25
 6. ހަސަން

  އެއްގޮތަކަށްވެސް ދޮގުނު ހަދާ އިލްޒާމު ނާޅުވާ ބައެއް އެމްޑާޕީ އަކީ އިދި ކޮޅުގަ އޮތްއިރު.
  ވެރިކަން ހޯދަންށާ ވެރިކަމުގަ ދެމިތިބުމަށް ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެ ބައެއް ތިއީ

  25
  1
 7. ބޭރުމީހާ

  މިކަލޭގެ މީހުންގެ ބޮލުގައި އިލްޒާމް އަޅުވައި ބަދުނާމް ކޮށްހެދިއިރު އެކަން ރައްދުވިމީހުން ހިއްދަތިވާނެކަން މީނާއަކަށް ނޭނގުނެވެ. ޤާނޫނުއަސާސީ މައްޗަށް ފައިން އަރައިގެން ތިބިއިރު މަޖިލީހުގެ ގަދަރު ކުޑަވާނެކަން މީނައަށް ނޭނގުނެވެ!

  28
 8. ޢިޔާބު

  ކަލެއާއި އެކު އައި 65 އައިފަހުން ތިޔަތަނުގެ ހައިބަތު ގެއްލިއްޖެ.

  31
 9. ޜަނާ

  ހައިބަތެއް އޮތް ތަނެއްތަ ތިޔައީ.
  ކަލޭމެން އަމިއްލައަށް އިއްޒަތްތެރި ވެގެން ހައިބަތު ހުރިތަނަކަށް ހަދައި ގެން ތިޔައުޅެނީ . ބަކަރި ކޮއްޓެކޭ ތަފާތެއްް ނެތް ތަނެއް ތިޔައީ

  29
 10. އަޒްމީ

  ހައިބަތެއް ރައްޔިތުންގެ ކުރިމަތީއޮތް ތަނެއްތަތީ.. ކުކުޅުކޮށްޓެއްވެސް ތިޔައްވުރެ ރަނގަޅުވާނެ. ކުކުޅު ބަކްބަކް ކިޔާހެން ބަކްބަކްލައްވާ ބައެއް.

  27
 11. މާޟީ

  ކިހާ ދުވަހަކައް މަކަރާ ހީލަތުން ކަލޭމެނައް އުޅެވޭނެބާ؟؟؟

  27
 12. ޢަދުރޭ

  ބޮޑައްވައްތަރީ ހައިބަތައްފައިންއެރިގެން އުޅޭހެން

 13. މުރާސިލް

  ތިޔަމަޖުލީހުގައި މިހާރު އޮތީ ކޮންހައިބަތެއް ހެއްޔެވެ؟!ތިހެން އަމިއްލައަށް އިއްޒަރްތެރި މަޖުލީހާއި އިއްޒަތްތެރި މެންބަރުން ކިޔެއް ކަމަކު ތިމާމެންގެ އަމަލުތައް ހުރިގޮތުން "އިއްޒަތްތެރި" ހަޤީޤީ މާނައިގައި ނެތްކަން އަމިއްލައަށްވެސް އެނގެނެއެވެ.

 14. ޢަދުރޭ

  އެމްޑީޕީގެ މަޖުލިސް މެމްބަރުން ވަގެކޭ ބުނާ މީހުންނަކީ ވަގުން " މިގޮތަށް ތިމަޖުލީހުން ގާނޫން ހަދަންވީނު ؟ އޭރުންތާ ފަނޑިޔާރުންނަށް އެ ގޮތަށް ޙުކުމް ކުރެވޭނީ . އޭރުން މަޖުލީހުގެ ގަދަރު އުފުލިދާނެ . އޭރުން މަނިކުފާނުވެސް އަލިފަކަށް ތެދުވެދާނެ

 15. އުވަގޭ ގޫބެރާ

  މިޔައްވުރެން ދޮގު ހަދާ މީހަކު މިގައުމަށް އުފަންވޭ. އެކަމެއް ކުރާނަމޭ ބުނެފީއްޔާ ނުކުރާނެ ނުކުރާނަމޭ ބުނެފީއްޔާ ކުރާނެ.

 16. ބަރުގޮނު

  ތިޔަ މަޖްލީހުގެ ޤަދަރާ ޢިއްޒަތްނަގާލާ ތަނުގެ ހައިބަތު ނެއްތާލީ އެމް.ޑީ.ޕީ އިން. ސިޔާސީ ޕާޓީތައް ވުޖޫދަށް އައުމުގެ ކުރީއްސުރެ އޭރު މަޖްލީހުގައި ތިބި މިހާރުގެ އެމް.ޑީ.ޕީ މެމްބަރުން ގެންދިޔައީ މަޖްލިސް ތަޅުމުގައި ހޯބޯލަވާ ހަޅޭލަމުން. 2000 ގެ އަހަރުތަކުގެ ނޫސްތަކުންނާ ވީޑިއޯތަކުން މިކަން ހާމަވާނެ.

 17. އަދުހަމް

  ތިޔައީ ކޮން ހައިބަތެއް އޮތް މަޖިލިހެއް؟ އަޚުލާގީ ގޮތުން ދަށް ، ގައުމުގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމަށް ގޮންޖަހާ ފުރައްސާރަކޮށް ބޭރުގެ ނުފޫޒުތަކުން ގައުމު ބެދި ދިވެހިންގެ އަޅުވެތިކަމަށް ގޮވާ ވަކަރުގޭ މީހުންނަށް ވުރެ ދަށު ދަރަޖައިގެ ބައިގަނޑެއްގެ ވާހަކަ ތިޔަ ދައްކަނީ!