ރާއްޖޭގެ ރަށްރަށަށް ފޮނުވަން ނިންމި އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެ ގެނެސްފިއެވެ.

ރަށް ރަށަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ސަރުކާރުގެ ބޮޑު އެއް ކުންފުނި، އެސްޓީއޯއާ ހެލްތު މިނިސްޓްރީން ހަވާލު ކުރީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން އެސްޓީއޯ އިން އެމްބިއުލާންސްތައް މިނިސްޓްރީ އަށް ހަވާލު ކުރަން ޖެހޭނީ ހަ މަސް ތެރޭގައެވެ.

ހެލްތް މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނައި 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް ކަސްޓަމްސްއިން މިއަދު ކްލިއާ ކޮށްފައިވާ ކަމަށެވެ. އަދި އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީއިން މިހާރު ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

މި އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް މިދިޔަ މަހު ވަނީ ރާއްޖެ ގެނެވިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިދިޔަ މަހު ވިދާޅުވީ އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ގެނައުން ކަމަށެވެ. ނަމަވެސް ބާކީ 36 އެމްބިއުލާންސް ރާއްޖެ ގެނެވޭނެ ދުވަހެއް ނޭނގެއެވެ.

ގާޑިޔަލާއި، ޕިކަޕުގައި ބަލިމީހުން އުފުލަންޖެހޭ މައްސަލަ އަކީ ރާއްޖޭގައި ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލައެވެ. އެމްބިއުލާންސްތައް ގެނައުމުން އަތޮޅުތެރޭގައި އެމްބިއުލާންސް ހަލާކުވެ ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓ

    5 ލައްކަ ރުފިޔާ އަށް ލިބޭ އެންބިއުލާންސް 1.2 މިލިއަން ރުފިޔާ އަށް ގަތީ...މިކަން އޭސީސީ ނުބަލާނަންތޯ..މިކަން ދޮގުކުރާކަށް ލާހިކެއް ނޫން...ބައި އެޅެނީ...އަމީރު. ކެރަފާ ނަސީމް. ޢާދިލް ބޯއީ...އަދި މިނިސްޓްރީގައި އުޅޭ ކުޑަ ކެންޔަކަށް

  2. ގަލަން ތުނޑު

    މިފަހަރު މިގެނައީ ހަލާކުނުވާ ޖަޕާނު މޮޅު އެއްޗެކޯ