ސާފުތާހިރުކަން ދަށްވެެގެން "ދޮންގޮއްޔެ" ބްރޭންޑުގެ ކާބޯތަކެތި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

އެމްއެފްޑީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެން 'ދޮންގޮއްޔެ" ބްރޭންޑްގެ ކާބޯތަކެތި އުފައްދާ ތަން އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.

އެ އިންސްޕެކްޝަންގައި ތަނުގެ އާއްމު ސާފުތާހިރުކަން ވަރަށް ދަށްކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީން ބުންޏެވެ.

އެހެންކަމުން އެ ކާބޯތަކެތި ތައްޔާރުކުރާތަން އިސްލާޙު ނުކޮށް އެތަނުން އުފައްދާ އަދި ބަންދުކުރާ ތަކެތި ބޭނުންކުރުމަ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރުވާ އަދި ކާބޯތަކެތީގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރި ވުމުގެ ފުރުސަތު އޮތްކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެހެންކަމުން މިހާތަނަށް ބާޒާރުގައި ހުރި މި ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމުގައި އާއްމުކޮށް އަންގާ، އެމްއެފްޑީން ވަނީ އިއުލާންކޮށްފައެވެ.

އަދި އެތަކެތި ބޭނުން ނުކުރުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖުއްބާ

    ހެހެހެހެހެހެހެ... (ލައްކަ ވާހަކަ މިބުނީ)

    • ނނނ

      ހެހެހެހެ (ގެޓު ވެއްޖެ ތިބުނި ވާހަކަ)

  2. ޒާ

    ބައެއްގެ ވިޔަފާރި ހަލާކުކޮށްލަން މީހަކު ކުރި މަސައްކަތާ ވައްތަރީ. ކާހިތްވާ އެއްޗެއްނަމަ ގަންނާނަން ހުރިތާކުން. ވަރަށް ވާހަކަ ހީހީހީހީ

    1
    1
  3. ޔ

    ދޮންގޮއްޔެ ބްރޭންޑަކީ މިހާތަނަށް އަޅުގަނޑަށް ފެނުނު ރާއްޖޭގެ އެންމެ ކޮލިޓީ އަދި އެންމެ މީރުކޮށް ކާއެއްޗެހި ޕެކްކޮށްވިއްކާ ބްރޭންޑް. ދޮންގޮއްޔެ ބްރޭންޑަށް އަޅުގަނޑުގެ ތައުރީފް