ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑު ޖާގައަކީ މާލޭގެ ރައްޔިތުންނަށް ސޯޝަލް ހައުސިން އަށްދޭ ބިންތަކަކަށް ނޫނީ ގޯތި ގެދޮރު ދިނުމަށް ކަނޑައަޅާ ތަންތަނަށް ވާން ޖެހޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިމެއް ހިއްކާފައި މިވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކަމަށެވެ. އެކަމަކު، އެ ތަނުން ފައިސާ ހޯދުމުގެ ގޮތުން އަގުބޮޑުކޮށް ބިން ވިއްކަން ޖެހޭނެ ކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މުއްސަނދިންނަށް ވިއްކާ އެ ގޯތިތަކަކީ ނިސްބަތުން ބޮޑު އެއްޗަކަށް ހަދައިގެން ނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވަން ކަނޑައަޅުއްވާފައި ދެން އެ ޕްލޭންގައި ހުންނާނެ ބީޗް ފްރަންޓުގައި ވިއްކާ ޖާގަތަކެއް. އެ ޖާގަތައް ބޮޑު އަގުގައި ވިއްކިޔަސް، ބޮޑު ޖާގައަކީ މާލެ ރައްޔިތުންނަށް ސޯޝަލް ހައުސިން އަށްދޭ ބިންތަކަކަށް ނޫނީ ގޯތި ގެދޮރު ދިނުމަށް ކަނޑައަޅާ ތަންތަނަށް ވާން ޖެހޭ." މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ވަގުތު" އަށް އިންޓަވިއު ދެއްވަނީ.. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

"އެކަންނުކޮށް ހުރިހާ ބިމެއް އަގުބޮޑުކޮށް ވިއްކާލީމަ މުއްސަނދިންނަށް އެކަނި ނޫންތޯ ލިބެނީ؟ އާންމު ރައްޔިތުން ތިބެން ޖެހެނީ މަގުމަތިވެފައި".

މުއިއްޒު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑު ބައެއް ސޯޝަލް ހައުސިން އަށް ހާއްސަ ކުރަން ސަރުކާރުގައި ދަންނަވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ސޯޝަލް ހައުސިން މަޝްރޫއުތަކަކީ ސަރުކާރުން ހިންގަން ޖެހޭ މަޝްރޫއުތަކަކަށްވާ އިރު، އެފަދަ މަޝްރޫއުތަކެއް ސިޓީ ކައުންސިލް ނޫނީ ކައުންސިލްތަކަށް އަދި ނުހިންގެއެވެ. އެކަމަކު، ސަރުކާރުން މަޝްރޫއެއް ހަވާލުކޮށްފި ނަމަ، އެ މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު ކައުންސިލަށް ފަހިވެއެވެ.

މާލެ ސިޓީ ކައުންސިލުން އެކަން ކުރުމުގެ ޝައުގުވެރިކަން އިންތިހާ އަށް އެބައޮތެވެ. އެކަމަކު، ސިޓީ ކައުންސިލަށް މިވަގުތު ކޮށްދެވެން އޮތް ހަމައެކަނި ކަމަކީ ހައުސިން މަޝްރޫއުތައް ހިންގުމަށް އެދި ސަރުކާރަށް "ދެންނެވުން" އެކަންޏެވެ. މާލެ ސަރަހައްދުގައި އެކަން ކުރެވޭނެ ގޮތްތައް ސަރުކާރާ މިހާރު ވަނީ ހިއްސާ ވެސް ކޮށްފައެވެ. ސިޓީ ކައުންސިލްގެ ލޭންޑްޔޫސް ޕްލޭންގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ރެސިޑެންޝިއަލް އިމާރާތްތަކެއް އަޅަން ޕްލޭންކޮށްފައިވެއެވެ.

ހިޔާ ފްލެޓްތައް ރޭގަނޑު ދިއްލާފައި
ފޮޓޯ: ހައްމާދު/ފޭސްބުކް

މުއިއްޒު ވިދާޅުވީ ގޯތިގެދޮރު ނުލިބުން ފަދަ ބޮޑެތި މައްސަލަތަކަކީ ސަރުކާރުގެ އެއްބާރުލުން ލިބިގެން ހައްލު ކުރެވެން ހުރި ކަންކަން ކަމަށެވެ. އެކަންކަމުގައި ސިޓީ ކައުންސިލުން މުހިންމު މަސައްކަތްތަކެއް ކުރައްވާފައި ވާނެ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މުއިއްޒުގެ ވިސްނުމަކީ ކ. ގުޅީފަޅުގައި ބައިނަލްއަގުވާމީ ބަނދަރެއް އެޅުމުގެ ބަދަލުގައި އެތަނުން ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމެވެ. އެކަމަކު، ސަރުކާރުގެ ވިސްނުން މިކަމުގައި ވަރަށް ބޮޑަށް ތަފާތެވެ. ސަރުކާރުގެ ވިސްނުމަކީ ގުޅީފަޅު ބައިނަލްއަގުވާމީ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ. މުއިއްޒު ވަނީ މާލޭގެ ވިޔަފާރި ބަނދަރު ކ. ގުޅީފަޅަށް ބަދަލުކޮށްފައި ވެސް، އެ ތަނުން މާލޭގެ މީހުންނަށް ގޯއްޗާއި ފްލެޓު ދެވޭނެ ބިން އޮތް ކަމަށް ވިދާޅުވެފައެވެ. އަދި އެތަނުގައި މަދުވެގެން 30،000 މީހުންނަށް ބޯހިޔާވަހިކަން ދެވޭނެ ކަމުގެ ޔަގީން ވެސް ސަރުކާރަށް ވަނީ ދެއްވައިފައެވެ.

"ގެދޮރަކީ އެންމެ ބޮޑު މައްސަލަ މާލޭގައި. އެ މައްސަލައަށް އެކަށީގެންވާ ހައްލެއް އަންނާނީ ގުޅީފަޅު އެއްކޮށް ހިއްކާފައި އެތަނަކީ ހައުސިން އަށް ހާއްސަ ކުރެވޭ ތަނަކަށް ހަދައިގެން ޕޯޓެއް އަޅާ ނަމަ ޕޯޓު އަޅާފައި ވިޔަސް އެ މަސައްކަތް ކުރެވޭ ގޮތަށް އެ ތަން އޮތީ ޖާގައިގެ ގޮތުން. އެހެންވީމަ އެއީ ސަރުކާރަށް ހުރަހެއް އޮތް ކަމެއް ނޫން. އަޅުގަނޑު މި ދަންނަވަނީ ޕްރެކްޓިކަލީ އެކަން ކުރެވޭނެ ގޮތެއް." މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސޯޓު

  މުއިއްޒު މިކަހަލަ ވާހަކަ ދައްކާތީ ޕީޕީއެމް ތާއީދު ދަށްވަނީ. ރޔާމީން މިނިވަން ވީމާ މުއިއްޒު ހިތްޕުޅާ ނުވީތޯ؟

  13
  5
 2. Anonymous

  ހުޅުމާލެ 2 ވަނަފިޔަވަހީބިން ހިއކީދިވެހިހުރިހާ ރައްޔަތުންގެ ފައިސާއިން ވީމާއެބިން ހައްގު ވާނީމުއިއްޒުއައް އެކަނި ވީމާކުރަންވީ މސައްކަތް ނުކުރެވުނީމާ ވަކިބަޔަކު ގޯނިފުލައްލުމުގެ ވިސްނުން ދޫކޮއްލާ

  13
  8
 3. އަލީ

  ރައީސް ޔާމީންގެ ވެރިކަން ވެއްޓުނީ މުއިއްޒު ކަންކުރި ގޮތުން. ދެން ޔާމީނުއަށް ވެރިކަން ލިބިގެން މުއިއްޒުއަށް ހައުސިން މިނިސްޓަރުކަން ދިނަސް އިރާދަކުރެއްވިއްޔާ ވެރިކަން ވެއްޓޭނެ. މުއިއްޒުއަކީ ނުބައި ނުލަފާ ޖައްބާރެއް. ރައީސް ޔާމީނު ބުނި ވަރަށް ހިޔާ ފްލެޓްވެސް ނާޅާ. މާމަދުން ފްލެޓް އެޅީ.

  2
  2
 4. މުންޖީނު

  ކަލޭވެސް ރައީސަކަމަށް ފައިނަގާފަ ދައްކާވާހަކަތީ. ދިވެހިންގެ ނަމުގައި ލޯނުނަގައިގެން ހިއްކާފަ މާލޭމީހުންނަށް ދިނީމަ ލާރިކޮޅު ޑޮލަރަށް ހަދައިގެން ވިލާތުގަ އަޅިބުރުވީމަ ގައުމުގަ އެއްވެސް އުފެއްދުންތެރިކަމެއް އާރޯއެއްނުވެ ވާނީ ގެެއްލުން.

  2
  2
 5. Anonymous

  މާލޭގަ މާލޭ މީހުނައް ވާވަރައް ގޯތި އެބައޮތް ގޯތި ނެތިގެން ތިޔަ އުޅެނީ އެމީހުންގެ ގެދޮރު މާލޭ ތެރޭ މީހުނައް ބޮޑު އަގުގަ ކުއްޔައް ދޭތީ.

  3
  1
  • ޓަކުރޭ

   ކުއްޔައް ކީއްކުރަން ވިއްކަންވެސ ވިއްކީ.. ހިލޭ ދިނީމަ ވިއްކާފަ އަނެއްކާ ހިލޭ ދޭށޯ..މި ހީވަނީ ވިޔަފާރިވެރިންވެސް ތަން ނަގައިގެން އުޅެނީ ގަދަކަމުންނޭ އެކަމަކު ފައިދާއަށް ދެނީ ހަމަ