ނިރުބަވެރިކަމުގެ ޙަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމަށް ހާއްސަ ސެންޓަރެއް ހުޅުވައިފިއެވެ.

މިއީ ނިރުބަވެރިކަމުގެ ހަމަލާތައް ފަދަ ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައި ގައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި އޮޕަރޭޝަނަލް ހަބެވެ. މިތަނަށް ދީފައިވާ ނަމަކީ، ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް)އެވެ. މިތަން ހުުޅުވާ ދެއްވީ ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވީ ޖަޔޮކްގެ މަސައްކަތަކަށްވާނީ، ނިރުބަވެރިކަމުގެ ހަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުން ކަމަށެވެ.

ޓްރާންސްނޭޝަނަލް ސެކިއުރިޓީ ތްރެޓްތައް ނުވަތަ ޤައުމެއްގެ ބޯޑަރު ފަހަނައަޅާ، މުޅި ސަރަހައްދަށް އޭގެ ބިރާއި ނާމާންކަން ފެތުރިފައިވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ކްރޮސްބޯޑަރ ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ، ސަލާމަތީ ނަޒަރަކުން، ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގައި ނިރުބަވެރިކަމާއި ހަރުކަށި ފިކުރުގެ މޫތައް އިތުރަށް ވަރުގަދަވެ، ނިރުބަވެރި ނެޓްވަރކްތައް އިތުރަށް ފުޅާވެ، ދިވެހި އެތައް ދަރިންނެއް، އުފަން ފަސްގަނޑު ދޫކޮށް، ހަނގުރާމަތަކުގައި ބައިވެރިވުމަށްޓަކައި ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފައިވެއެވެ. މިއާއެކު 2019 ވަނަ އަހަރު، ރައީސް ސޯލިހްގެ ސަރުކާރުން ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ ދިވެހި ގައުމާއި ރައްޔިތުންނަށް އޮތް ނުރައްކަލެއްކަން ދެކެވަޑައިގެން، އެކަންކަމާއި ދެކޮޅަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާނީ "ޒީރޯ ޓޮލަރެންސް ޕޮލިސީ"އެއްކަން އިއުލާންކުރައްވާފައެވެ.

އަދި މި ސަރުކާރުން އިސްނަންގަވައިގެން، ޓެރަރިޒަމްގެ ޤާނޫނަށް އިސްލާޙުގެންނެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޜިބަން ޕުރެޒިޑެންޓް

  ރަގަޅުކަމެއްތީ ނަމަވެސް ހުޅިވިފައިން ކޮއްޓެއްގެ ތެރޭއިންތަނެއް ވީމަގިނަމީހުން ހޯދާނެ އިބޫގެންގުޅޭ ރިބަންފަތް އޮޅުކޮއްގެންގެންގުޅޭ އިރުވެސް ޖަހާފަހުރޭ ޗެނުވެސް ބައެއްމީހުން ދޫނިތަކުގަ އިބޫވެރިކަން ލިބުނުފަހުން މުޅިންވެސް ދޮރުތަކުގަ ރިބަންއަޅާ ކަނޑާވެރިއަކައްވެފަވަނީ އިދިކޮޅުން ބުނާގޮތުން ވީމަ ދަލަތުގެ ބަޖެޓް ފާސްކުރިއިރުވެސް ނުފެނޭ ރިބަން ގަނެއެތެރެކުރުމައް ބަޖެޓެގަހިމަނާފަހުރިތަނެއް

 2. ސސ

  ހުޅަގުން ނާއި މެދުއިރުމަތިން ފައިސާ ހޯދަން ގެންގުޅޭ ލޭބަކް ޓެގެއްތީ "ނިރުބަވެރިން " !

  11
 3. Anonymous

  ގައުމުގެ ނިރުބަވެރިން ތި ފޮޓޯއިން ތި ފެނިވަޑައިގަންނަވަނީ.

 4. Anonymous

  ތާކުންތާކު ޖެހޭ އެއް ބުރާންތިނެތް ތިފޮޓޯގަ.

 5. ހުސެންބެ

  މިތިބީ ތިން ޙާއިނުން.ގައުމު އިންޑިއާ އަށް ވިއްކާފަ.މިތިބީ އަސްލު ނިރުބަވެރިން.ޖަލަށް ދާން ގުނުން ޖައްސަވާ މާރިޔާ އިބޫ ޟަމާލު ކެނެރީ ކުރުސީ.