އިދިކޮޅު ޕީޕީއެމްގެ މެންބަރުންނަކީ ކާފަރުން ކަމަށް "ރާއްޖެޓީވީ" ގެ ވެބްސައިޓް ކަމަށްވާ "ރާއްޖެ އެމްވީ" ގައި ޝާއިއު ކުރި ލިޔުމެއްގައި ސިފަ ކޮށްފިއެވެ.

"ރާއްޖެ އެމްވީ" ގައި ލިޔެފައިވާ ލިޔުމެއްގައި ބުނެފައި ވަނީ "ބަދުރު ހަނގުރާމައިގާ މަރުވި ކާފަރުންގެ މައްޗަށް ރޮއެދޭން ނުކުތް ޖާހިލިއްޔަ ޒަމާނުގެ މީހުންނެކޭ ޕީޕީއެމެކޭ ތަފާތެއް ނެތް" ކަމަށެވެ. މިލިޔުމަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ޕީޕީއެމް އިން ހިންގަމުން އަންނަ ހަރަކާތްތަކަށް ފާޑުކިޔާފައިވާ ލިޔުމެކެވެ.

މިލިޔުން ލިޔުނު ނޫސްވެރިޔާގެ ނަމެއް ވެބްސައިޓްގައި ފެންނާކަށް ނެތެވެ. ނަމަވެސް ލިޔުން ރިވިއު ކުރީ ނޫސްވެރިކަމުގެ ރަން ގަލަން ވެސް ހާސިލް ކޮށްގެން ހުރި ކުރިން "ހަވީރު" ނޫހާއި "ވީޓީވީ" ގައި މަސައްކަތް ކުރި އިމާދު ލަތީފެވެ.

ޕީޕީއެމްގެ މެންބަރުން ކާފަރުންގެ ގޮތުގައި ސިފަ ކޮށްފައިވާ ލިޔުމުގައި ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށް ވެސް ފުރައްސާރަ ކޮށްފައެވެ. އެލިޔުމުގައި ވަނީ ރައީސް ވަހީދަކީ "ދެތަލި ތަތްލި ވަހީދު" ކަމަށް ބުނެފައެވެ.

އިދިކޮޅު ޕީޕީއެމްގެ މެންބަރުންނަކީ ކާފަރުން ކަމަށް "ރާއްޖެ އެމްވީ" އިން ސިފަކުރިއިރު މިއީ ދާދިފަހުން ޤާނޫނުލް އުޤޫބާތަށް ގެނެވުނު އިސްލާހާއި އެކު ޖިނާއީ ކުށެކެވެ. މިހާރު ޤާނޫނުލްއުޤޫބާތު ބުނާ ގޮތުން ތަކްފީރު ކުރުމުގެ އަމަލާއި، މީހެއްގެ ނަސްލާއި، އުފަންވީ ޤައުމާއި، ކުލައާއި، ސިޔާސީ ވިސްނުމާއި ގުޅިގެން ހިންގާ ބައެއް ކަހަލަ އަމަލުތަކަކީ ކުށްތަކެވެ. ޤާނޫނުލް އުޤޫބާތުގެ 124 ވަނަ މާއްދާގެ (ހ) ގައި ބުނާގޮތުން މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅު ނުކުރާހާ ހިނދަކު، ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު އާންމު ތަނެއްގައި އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދު ވެފައިވާ މީހެއްގެ ގޮތުގައި ސިފަ ކުރުމަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ 4 މަހާ 24 ދުވަހަށް ޖަލަށްލުމެވެ.

މިއީ ސަރުކާރުން މަޖިލީހަށް ހުށަހަޅައި އެމްޑީޕީ މެންބަރުންގެ ވަރަށް ބޮޑު ތާއީދަކާއިއެކު ފާސްކުރި ގާނޫނެކެވެ.

ޕީޕީއެމްގެ މެންބަރުންނަކީ ކާފަރުން ކަމަށް "ރާއްޖެ އެމްވީ" އިން ސިފަ ކުރުމުން ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަން ކުށްވެރިކުރަމުންނެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން މައްސަލަ ބެލުމަށް ވެސް ގޮވާލަމުންނެވެ. ނަމަވެސް މީޑިއާ ކައުންސިލުން އެމައްސަލަ ބަލާކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. މުހަންމަދު

    އިމާދު ލަތީފަކީވެސް ހަމަ ފައްކާ.....ޗެކެވެ.

    84
    2
    • ރާއްޖެއެމްވީ

      ދެން ކަކޭމެން މިއޮއްހާ ދުވަހު އެމްޑީޕީއާ އެ ޕާޓީގެ މެންބަރުންނަކީ ލާދީނީއޭ ކިޔަސް އޯކޭ ދޯ؟؟ ނަވާޒުމެންނާ ބެހޭ ގޮތުން ދެއިރު ދެދަޅައަށް ބޮޑެތި ރިޕޯޓު ހަޖަހާ އަވަސްގަ އޮތް ހަބަރު ވެސް ގެނެވިދާނެ ނިކަން ގިނައިން ކަންކަން ކުރަން ނޭނގިގެން ނެއް ނޫނޭ.. ފައިޓަކަށަ އަރަމާ..

      3
      32
      • ކޮވިޑް

        ބަލަ އެމްޑީޕީ އަކީ ލާދީނީ އޭ ގޮވާތީ އެކަމަށް ކެތް ނުކުރެވިގެންނޭ ޤާނޫނު މާމޮޅަށް އެމްޑީޕީ މެމްބަރުން އެއޮތީ ހަދާފަ އޭގަ ނެތޭ ވަކިބަޔަކު ލާދީނީ އޭ ކީމަ އޭ ކުއްވެރިނަނީ. ހަމަހޭގަ ހުރެގެން ތަންދޮރުފިލާ ހުރެ މޮޅެތި ކޮމެންޓް ކޮށްބަލަ؟ ޕީޕީއެމްގެ ކޮންމެ މެމްބަރަކަށް މިހާރު މިމައްސަލަ ޖެއްސިދާނެ.

        10
  2. ތެދު

    ﷲއާއި ރަސޫލާއަށް ފުރައްސާރަކޮއްފަ ރައީސް އޮފީސްތެރެއަށް، ޕޮލިސްކޮމިސިނަރ، ސުޕްރީމްކޮޓައް މުރުތައްދުބައިގަނޑު (އެމްޑީއެން) ލާފަމިގޮވަނީ ކީކޭ.؟ސުބުހާނައްﷲ ރައްޔިތުން މޮޔަހައްދަނީ..؟؟!!

    98
    3
  3. ވިސްނާ

    ކިހާދެރަކަމެއް މި ސިޔާސީވެރިންނަކީ ކިހިނެއްވެފަ ތިބޭބައެއްތަ....އަހަރުމެން އެއްބަޔަކު އަނެއްބަޔަކަށް ކާފަރަށް ގޮވަމުން ދުވަނީ..... މިހެންވެގެން ބުނަނީ ހުޅަގުގެ ޑިމޮކްރަސީ އަކީ އިސްލާމްދީނާއި ބީރައްޓެހި އެއްޗެކޭ.

    99
    2
  4. ކޮކަޑިކޭމީދާ

    ތިޔަ ރީނދޫ ދޮންރިހަ ޕާޓީގެ މައްސަލައެއް މިސަރުކާރަކިން ނުބެލޭނެ ނުވެސް ބަލާނެ އެހެންބަޔަކު ތިޔަކަހަލަ އެއްޗެއް ބުނެބަލަ ފުރަތަމަވެސް ބިރުދައްކާނީ ދެން ބުނާނީ ފިޔަވަޅު އަޅާނަމޭ

    86
    5
  5. Anonymous

    ކަލޭމެން ކިތަންމެ ރުޅިއަޔަސް އިންޑިޔާ ސިފައިން މިގައުމުން ފައްސާނަން. މިއީ ދިވެހިންގެ ގައުމު، މިގައުމުގެ އަމަން ބަލަހައްޓާނީ މިގައުމުގެ ސިފައިން.

    116
    5
    • ލޯޑްއޮފް އަންޑާރގުރައުންޑް

      إِنْ شَاءَ ٱللَّٰهُ‎, އިންޑިޔާ ސިފައިން މިގައުމުން ފައްސާނަން. މިއީ ދިވެހިންގެ ގައުމު، މިގައުމުގެ އަމަން ބަލަހައްޓާނީ މިގައުމުގެ ސިފައިން.

      74
      2
  6. ޢަސްލު

    ކޮބާ އިހައްދުވަހު ފާސްކުރިބިލް؟ މުސްލިމަކަށް ދިމާލަށް ކާފަރެކޭ ބުނީމަ، ވާގޮތް ހިސާނުގެ ހުށަހެޅި ބިލުން އެނގެން އެބައޮތްތޯ؟

    58
    2
  7. އުދަރެސް

    ކާފަރުންނާއި މުސްލިމުން މިގައުމުގަ މިއޮތީ ވަރަށްސާފުކޮށް ފެންނަން ފޮތުން ނާއި ދުލުން ވެރިކަމުންނާއި މަޖުލީހުންނާއި އަވައްޓެރި ގައުމެއްގެ ޓީޗަރުންގެ ފަރާތުން ދެން މުސްލިމުންގެ ދިފާއުގަ މަސައްކަތް ކުރާ ބަޔަކަށް ގުދޯ ނުގޮވާ ބޮޑުމަންޒަރު މިއޮތީ ފެންނަން .

    46
    2
  8. ހިސާނު

    އެހެންވީމާ އެހަށް ދުވަހު ފާސް ކުރި ޤާނޫނު ގެ ދަށުން ދަޢުވާ ކުރެވޭނެ ތާ

    48
    2
  9. ލ.ގަމު

    އެމްޑީޕީ ސިފަވަނީ ފިރުއައުނާއިހާމާނުގެ ލަސްކަރުގޮތައް އެއްވެސްތަފާތެއްނެން

    48
    2
  10. އައިޝް

    ވާނުވަގަތިބެނެރޭ ރިޕޯޓް ހަމައެއްނުވާނެ ބަލަ ކާފަރުންގެ ކޯލިޝަނަކަށްނޫނޭ ބަދުރުހަގުރާމައިގަ ނަރުޝްލިބުނީ ރައީސްޔާމީން މިނިވަންވިފަދައިން މުސްލިމުންގެ މަދުމީސްކޮޅަކަ މާތްﷲ ނަޝްދެއްވީ

    35
    2
  11. އަމީމް

    ނަފްރަތް ގާނޫނު ޓެސްޓް ކޮއްލަން ރަގަޅު ފުރުސަތެއް މިއޮތީ. ކެކެކެ --------------------ފޭހުނު އިލޮށި ލޮލަށް

    42
    2
  12. ދިވެހިލޭ

    އިންޑިޔާ އައުޓް ގޮވާނަން. ހަޖަމުނުވާ އިންޑިޔާގެ ޗަމްޗާއިން ކިޔާނެ އެއްޗެއް ކިޔަންވީ. މިކަމެއް ނުހުއްޓާނަން އަދި އިންޑިޔާ މިލިޓަރީ ޖެހޭނީ މިޤައުމުން ފައިބަން. އެހެންނޫނީ ފައްސާ ނަގާލާނަން. އިންޝާﷲ

    43
    2
  13. ماشاﷲ

    ބަދުރުހަނގުރާމައަކީ އެމްޑީޕީފަދަ ބޮޑުބިޔަ ލަސްކަރެއްހިމެނޭޔަހޫދީ ކޯލިޝަނެއްގެ މަޗަށް ޕޕއެމްފަދަ މަދު މުސްލިމުންކޮޅެއްގެ މަޗަށް މާތްﷲ އެންމެފުރިހަމަ ނަޝްރެއްދެއްވި ހަނގުރާމަ ރައީސްޔާމީން މިނިވަންވުން ޢިބުރަތަކަށްނުވޭބާ ތިމާމެންއަތު ހުރިހާއާރަކާބާރަކާ ވެރިކަމާ އިންޑިޔާގެ މިލްޓްރީއާ ކަނޑިޔާ ބަޑިޔާ އޮވެމެ ރައީސްޔާމީން މިނިވަންވުމީ ބަދުރު ހަނގުރާމައިން ލިބިގެންދިޔަފަދަ ޢިބުރަތެއްލިބިގެންދިޔަދުވަހެއް ماشاﷲ

    37
    3
  14. ކިމް

    ކެނެރީގޭ ނަޝީދު ގެ ފަރާތުން ނޫސްވެރިކަން ތަރުބިއްޔަތުވި ބައެއް ތިޔަ ނޫހަކީވެސް ! ދެން ވާނެ ގޮތްވިސްނާ! ނަޝީދު ވެރިކަމަށް އަންނަންވެގެން ނުކުރަނީ ނުދައްކަނީ ކޮންވާހަކައެއް! ހަަމަ އެތާ މި ޖެހޭނީ! 2023 އަށް ތިޔަ ހުރިހާ ޖަރީމާއެއް ހިންގާނެ! ގާނޫންތައްވެސް ހަދާ އެގާނޫނުތައް ވެސް މުގުރާނެ! ގާނޫނުަމައްޗަށް ކޮޅަށްތެދުވި ތިލަފަތަށް ދެފުށްކެޑޭ ބައިގަނޑެކޭ މި އެމްޑީޕީއަކީ!

    39
    2
  15. އިންޑިއާ އައުޓް

    އިންޑިއާ ގެރިމޯދީ އެޢުޅެނީ ބަދުރު ހަނގުރާމަ ކުރަނީ މިސްކިއްތަކު ހުޅުޖަހާ މުސްލިމުން ދިހުރިއްޓާ އަންދާ ޗިހާރަތައް ލޫޓުމާރުއަރުވާ މީއެމްޑީޕީ ޖާހިލުން ތަބާވާ ގެރިމޯދީގެ ލަސްކަރު ބީޖޭޕީ ކާފަރުކަމުން އިންޑިޔާގެ މުސްލިމުންނަށް ލިބޭައނިޔާއާއި ދުއްތުރާ

    33
    2
  16. ތަޤުދީރު

    ވެރިކަންލިބި މަޖިލިސްލިބި އިންޑިއާގެ މިލްޓްރީ އާއިކަނޑިއާ ބަޑިއާހުރެމެ ބޮޑު ބިޔަ ކާފަރުންނަށްތަބާވާ ފިރުއައުނާހާމަނުފަދަ ބިޔަބޮޑު ކާފަރުންގެ ލަސްކަރެއްއޮވެމެ ހުރިހާ އާރަކާބާރެއް އޮވެމެ ރައީސްޔާމީން މިނިވަންވުމީ ބަދުރު ހަނގުރާމައިން އެމްޑީޕީންފަދަ ޔާހޫދީންގެ ބޮޑު ލަސްކަރުގެމައްޗަށް ޕޕއެމްފަދަ މަދު މުލިމު މީސްކޮޅެއްގެ މައްޗަށް މާތްﷲ ނަޝްދެއްވިފަދަ ހަނގުރާމައެވެ ރައީސްޔާމީން މިނިވަންވުން ވިސްނާފިކުރުކުރާބަޔަކަށް ޢިބުރަތަކައްނުވޭތޯއެވެ.

    31
    1
    • މުހައްމަދު

      ކޯޓް ތަކުން ކުރާ ހުކުމް ތަކަށް ދިވެހިން މިހާރު އިތުބާރެއް ނުކުރޭ..ކޮންމެ ފަދަ ބޮޑު މުޖުރިމަކުވެސް މިނިވަން ވެދާނެ އެމީހަކީ އާރާއި ބާރާއި ފައިސާ ހުރި މީހަކު ކަމުގައި ވާނަމަ އެކަމަކު އާދައިގެ ނިކަމެތި ރައްޔިތުމީހާ ވަރަށް އާދައިގެ ކުށެއްގެ ތުހުމަތުގައި ވެސް ހުކުމް ނުކޮށްވެސް ބަންދުގަ ބަހައްޓަން މުއްދަތު ޖަހަމުން ހިނގައިދާނެ އެތައް ދުވަހެއް

      4
      1
  17. އަހުމަދު

    ރާއްޖެ އެމްވީ އަކީ ފިތުނަ އުފެއްފުމާ ދޮގުވެރި ހަބަރު ތަށް
    ފެތުރުމުގެ ކައްޒާބުން އު ޅޭ ތަނެއް.

    32
    2
  18. ރިލޭ

    އިމާދުލަތީފް އަކީވެސް ފުށްކެނޑިގެން އެނބުރޭ މީހެއް ،،،

    28
    2
  19. ވަކި ފަރާތަކަށް ނުޖެހޭ

    ރާއްޖެ އެމްވީ، ޗެނަލް13 ފަދަ ޓީވީތަކަކީ ސިޔާސީ ބައެއް ފަރާތްތައް ޕްރޮމޯޓްކޮށް ދެންތިބޭ މީހުންނޭ ކިޔައިގެން ކޮންމެފަދަ ހަބަރެއް ވެސް ފަތުރަފާނެ ބައެއް އެއީ ހަގީގަތަކަށް ނުވިޔަސްމެ.

    19
    4
    • ފުއްގިރި

      ތިޔަބުނި ހެޔޮކޮށް މީހުންގެ އަބުރު ކަތިލުން ތި ކޮންމެޕާޓީ އެއް ވެސް ރަނގަޅު ބަޔަކު ނެތް

    • Anonymous

      ޗެނަލް 13 އިން ދޮގު ހަދައިގެން ގެނެސް ދިން އެންމެ ހަބަރެއް ބުނެލަބަލަ. އޭރުން ދޯ ކޮމެންޓް ފުރިހަމަވާނީ. ރ ޓީވީގެ ދޮގު ހަބަރު މި އޮތީ މިހަބަރުން ފެންނަން

      18
      4
  20. އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    18
    1
  21. ފާރިސް

    "ރާއްޖެ އެމްވީ" ގައި ލިޔެފައިވާ ލިޔުމެއްގައި ބުނެފައި ވަނީ "ބަދުރު ހަނގުރާމައިގާ މަރުވި ކާފަރުންގެ މައްޗަށް ރޮއެދޭން ނުކުތް ޖާހިލިއްޔަ ޒަމާނުގެ މީހުންނެކޭ ޕީޕީއެމެކޭ ތަފާތެއް ނެތް" ކަމަށެވެ. ނޫސްވެރިން ބަހުގެ ކުފޫ ހަމަވެބަލަ ސިފަކުރުމުގައި ދިވެހި ބަހުން ބަޅެއްގެ ނަގޫ ސަންފާއޮނަކަށް.... މިބަސް ބޭނުން ކުރަނީ އިންސާނުން ބަޅަކަށް ހަދާކަށް ނޫން. ރުޅިގަދަ ކަމުގެ ސިންގާ މިހެން ކިޔަނީ އިންސާނާ ސިންގާ އަކަށް ހަދާކަށް ނޫން ތިޔަ ބުނުމުން ކާފަރުންނަށް ޕީޕީއެމް މީހުންވާ ގޮތެއް އަޅެ ބުނެދީބަލަ ބޯހަލާކު ހުވާ،

    1
    13
  22. ދރ

    ރާއްޖެ އެމްވީ އިން ޕޕމ މެންބަ ރުންނަށް ދީނީ
    މަލާމާތް ކޮށްފައިވާތީ އެކަން ކުށްވެ ރިކު ރަމެވެ އަދި އެމައްސަލަ ތަހްގީގްކޮށް ރާއްޖެ އެމްވީ އާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މީޑިއާ ކައުންސިލަށް ގޮވާލަމެވެ.

    16
    1
  23. މީން

    ކިއްވެތަ އެކަކުވެސް ކުރިންދުވަހު ފާސް ކުރި ނަފްރަތުގެ ބިލްގެ ވާހަކަ ނުދައްކަނީ؟ މިކަމާ ދައުވާ ކުރެވޭނެ.

    18
  24. އެދުރުބެ

    ޗެނަލް 13ގައި ގޮވާ މިއައްވުރެ މާ ހަޑިވާހަކަތައް ވަގުތައް ޚަބަރައް ނުވުމަކީވެސް މައްސަލައެއް. ވަގުތުބުނާ ގޮތުންވެސް ވަކި ޕާޓީއެއްގަ އުޅެނީ ދީނީ މީހުން. ކޮމެންޓްތައްވެސް ސިޔާސީކޮށްފަ ތިޔަ ޕޯސްޓްކުރަނީ!

    1
    11
  25. އ މ ރ ބ

    އެހެންވެއްޖިއްޔާ ރާއްޖެ އެމް ވީ ގެ ހުރިހާ މުވައްޒަފުންނާއި، އެމީހުންގެ އާއިލާތަކަކީވެސް ކާފަރުންގެ ގޮތުގައި އަހަރުމެން ( ޕީ ޕީ އެމް ގެ މެމްބަރުން ) މި ސިފަކުރީ، ހަޖަމް ނުވިޔަސް ފުކެއް ބޮޑުވަރުތީ! މީހުން ކަންކަމާގެންވެސް އުޅޭ އެކަމު ރާއްޖެއެމްވީ ވަރުގެ ބައެއް މަ ނުދެކެން

    12
  26. ތެދު

    ނޫސްވެ ރިންވެސް އެކަކަށްވު ރެ އަނެކަކު މޮޅެތި އެއް ޗިހި ލިޔަން ހަދައިގެން އެކަކު އަނެކަކު ކާފި ރު ކު ރެވޭއި ރުވެސް ނޭނގޭ ވަކި ވަ ރަކަށް ސިޔާސީވީމަ ދެންނޯވޭ ރަންގަލަމުގެ މާނައެއްވެސް ތިމާއަށް ދެއްވި ވިސްނުމުގެ އަގެއްވެސް މީދެ ރަކަންކަން

  27. މުހައްމަދު

    މަމި ފިތުނަ ޓީވީ ޗެނަލް ގަނޑު ނުބަލަން ދުވަހަކުވެސް.

    12
    1
  28. ނަމަ

    ރާއްޖެއެމްވީ ރާއްޖެއެމްވީ ރާއްޖެއެމްވީ އަކީ އިހުބަހާ ފަހުބަސް ބުނާބަޔަކީބާ

    5
    3
  29. ސސސ

    ކާފަރުންނަށް ގޮވާ މީހުން ހިތަށް އަރާނެ ދެން އުޅޭނީވެސް ހުސް ކާފަރުންނޭ.......2023 ޕީ.ޕީ.އެމް/ ޕީ،އެން.ސީ..އިންޝާ ﷲ........

  30. އަލީ

    އިމާދު ލަތީފު މާ ދީނައް ފުރައްސާރަ ކުރާހިތް ވަނީ ކަންނޭންގެ

  31. ތުައްތަ

    އެމްޑީޕި އިން ތހިހެނ ބުނީމާ އޯކޭ.އެހެންމީހުނ ބުނެފިއްޔާ އޮންނާނީ ތި އުސޫލު

    6
    1
  32. Anonymous

    "ބަދުރު ހަނގުރާމައިގާ މަރުވި ކާފަރުންގެ މައްޗަށް ރޮއެދޭން ނުކުތް ޖާހިލިއްޔަ ޒަމާނުގެ މީހުންނެކޭ ޕީޕީއެމެކޭ ތަފާތެއް ނެތް" ރާއްޖެ އެމްވީ ގެ ނޫސްވެރިޔާ

    "އެމްޑީޕީ ސިފަވަނީ ފިރުއައުނާއިހާމާނުގެ ލަސްކަރުގޮތައް އެއްވެސްތަފާތެއްނެން" ވަގުތު ގެ ނޫސްވެރިއަކު އެޕްރޫވް ކޮށް ޕަބްލިޝް ކޮށްފައިވާ ކިޔުންތެރިއެއްގެ ކޮމެންޓެއް.

    🤣🤣🤣

  33. ހަގީގަތް

    ބަޔަކު ލާދީނީއޭ ބުންޔަސް އަދި ނުވާނެ އެކަމަކު ލާދީނީ ބަޔަކީ ކޮން ބަޔެއްކަން ނޭބޭ ބަަޔަކު ނޫޅޭނެ، ލާދީނީ ކަންކަމުގަ ފިޔަވަޅު އަޅަނީވެސް މަޖުބޫރު ވެގެން

  34. އާވިމް

    މީ މިބުނާ މީޑިޔާ ބޭނުންވާ މިނިވަނކަން. އެއްވެސް ކަހަލަ އަޚްލާގެއް ނެތް.

  35. ޑައެލޯގް

    މިސަރުކާރަކަށް ނުކެރޭނެ ރާއްޖެއެމްވީ އަކަށްފިޔަވަޅުއަޅާކަށެއް މިސަރުކާރު ދުވާނީ ޔާމީނުގެ ކަމެއްއޮތްތޯއެވެ.

  36. ޖާދު

    ޖާހިލިއްޔަ ޒަމާނުގަ ރޯގޮތަށް ރޯވާހަކަ ބުނީމަ ކާފަރު ވަންޏާ ރޮނާލްޑޯ ކުޅޭ ގޮތަށް ދަގަނޑޭ ފުޓްބޯޅަ ކުޅެއޭ ބުނީމަ ދެންވާނީ ކިހިނެއް؟

  37. އައްޔު

    ފައިސާއަށް ލިޔެވިދާނެ ލިޔާކޮންމެ ލިޔުމަކީ ފަތުގައި ލިޔުއްވޭނެ އެއްޗެއް