ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ތަހާރަތު ވަހީދު (ތަހާ) އަށް ސަރުކާރުގެ ސިޔާސީ މަގާމެއް ދީފިއެވެ.

ތަހާއަށް ދީފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމެެވެ. އޭނާއަށް މަހު މުސާރައިގެ ގޮތުގައި 15،000ރ. ލިބޭނެއެވެ. އަދި އެލަވެންސްގެ ގޮތުގައި 10,000 ރުފިޔާގެ އިތުރުން ފޯން އެލަވަންސަށް 500ރ. ލިބޭނެއެވެ.

ރާއްޖެ ޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން ތަހާ މަސައްކަތް ކުރި އިރު، އެތަނުން ވަކިވުމަށް ފަހު އޭނާ ގެންދިޔައި "ހަމަ" ނޫހުގެ ނަމުގައި އަމިއްލަ ނޫހެއް ހިންގަމުންނެވެ.

ތަހާއަށް ސިޔާސީ މަގާމެއް ދީފައިވާއިރު ރާއްޖެޓީވީގައި މަސައްކަތްކުރި ގިނަ ނޫސްވެރިންނަށް ސިޔާސީ މަގާމުތައް ވަނީ ދީފައެވެ. ދާދި ފަހުން ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް ރާއްޖެ ޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ރިޒްނާ ޒަރީރު ވަނީ ހަމަޖައްސައިފައެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު އާއި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހުސިން އަކީވެސް ރާއްޖެ ޓީވީގައި ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.

ރާއްޖެ ޓީވީއަކީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާއި ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ހިންގަވާ ޗެނަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހުސޭނުބޭ

    މިއީ ސޯލިބޭ އެބުނާ ކަހަލަ ތަރައްޤީގެ ޕްރޮޖެކްޓެއް. އެކޮނޮމިކްސް މިނިސްޓަރުގެ ބަހުން އެގޭގޮތުގައި މިކަކަހަލަ ޕްރޮޖެކްޓްތަކާ ހުރެޔޯ ބަޔަކުން ހަސަދަވެރިވަނީ..

    45
    1
  2. ނުބުނާނަން

    މީޑިއާ ދާއިރާގައި މަސައްކަތް ކުރާ މީހުން ކުރި އެރުވުމަކީވެސް އޮއް ކަމެއް ދެއްތޯ

    7
    46
    • ޙާލަތު

      ތިޔަބުނާ މީޑިޔާތަކުގެ ދާއިރާ އަކީ ރާޓީވީ އެކަނި ވީމަ މައްސަލައަކީދޯ

      52
      4
  3. މާނިއުމާނި

    ގާބިލުކަން ހުންނަ މީހުންނަށްދޯ ވަޒީފާ ލިބޭނީ

    8
    56
    • ލަކްނައު

      އަނެއް ހެން ބަލާއިރު ގާބިލުކަންވެސް ކުޑައެއް ނޫން. ހަމަ ހެޔޮވަރު.

      9
      2
  4. ޑިރާސާ

    ރާއްޖެ ޓީވީއަށް ޖޮބަށް ދިޔަ ކުދިން މީހުންނަށް ހަދައިފި. ޢެތަނުން ކުރިޔަށް ނުދެވި ކެރިއަރ ޗޫސް ނޭގި ތިބި އެތައް ކުދިންނެއް މުޖުތަމައު ބަލައިގަންނަ ފަދަ ބަޔަކަށް ހަދައިދިން.. އެތަނުގެ ވެރިންނަކީ މީހުން މީހުންނަށް ހަދަން އެނގޭ މީހުން..

    15
    • ހަތަރެސް

      ސިޔާސީ މަގާމު ދީފައި ދުބާއީއަށް ގެންގޮސް ބާ ފޮށާގަނޑަކަށް ހެދުމަކީ މީހުން މީހުންނަށް މި ސަރުކާރުން ހަދާދޭގޮތް. ޕަކާސް.

  5. ރުމާލު

    ތަހާރަތަކީ ޤާބިލް ޒުވާނެއް. ޤާބިލް މީހަކަށް އެމީހެއްގެ ދާއިރާއިން ވަޒީފާ ހަމަޖެހުމަކީ އުފާކުރަންޖެހޭކަމެއް. ކޮންމެ ސަރުކާރަކުން ކުރިޔަސް، ރަގަޅުކަމެއް އެއީ ހަމަ ރަގަޅުކަމެއް. ބޭނުންވަނީ ތެދުވެރިކަމާއި އިޙްލާސްތެރިކަމާއެކު ޤައުމަށް ޚިދުމަތްކުރުން. މަރުހަބާ

    11
  6. ރަން ރީނދޫ

    ކުރީ ސަރުކާރު ގެ ސިޔާސީ މަގާމުތައް މާގިނަ އޭ ކިޔައިގެން ރިޕޯޓު ހަދާ ހަޅޭލެވި މީހާއަށް މި އޮތީ ސިޔާސީ މަގާމު ދީފައި.

    17
  7. އދ

    ރާއްޖެ ޓީވީ ކޮންމެ ބަޔަކު ހިންގިއަސް އެތަނަކީ ސަރުކާރު
    ގައި ވިއްދާފައި ހުރި ކައްތިރިއެކެވެ ހުރިހާ ޚަރަދު ބަރަދެއް
    ހިންގަނީ ނަނުގައި މޑޕ އެވެ ކަމުގައި ސަރުކާރުންނެވެ
    އެހެންވީމާ އެތަނުގެ މުވައްޒަފުންނަކީ ހަމަ ސަރުކާރު
    ބޭފުޅުންނެވެ.

    13
  8. ބަބޫ

    ވަރު ހުރި އަންހެނއްތާދޯ

    12
    2
  9. ނ

    ދެން އޮތީ ބާކީ...20 މަސް ދުވަސް....އިރާދަ ކުރެއްވިއްޔާ
    ޢެމްޑީޕީ ކަފުންވާނެ...މަގާމު ގެއްލޭނެ

  10. އަ

    ވަގުތު ނޫސް އިން ބަލައިދީބަލަ ނޫސްވެރިޔާ ފައިރޫޒް ގެ ޓްވިޓާތައް.

  11. ނަރެލް

    ކޮބާތަމައްސަލައަކީ ބޮޑުމާލޫދުކިޔާ ކޭންކައްކާވަރުކަމެއްނޫންތީކީ ކޮންމެކަމެއްގަ ތިތިބައުޅޭ ވައްތަރެއްދޯ ތިމާމީހާނޫން މީހަކަށް މިގައުމުގަ ނޭވާލުމުގެ ހައްގުވެސް ނުދޭނަމޭ ހިތައިގެން ތިދެން ފުކެއްބޮޑުވަރު ދެން އެފަކީރު ދިރިހުއްޓާ ވަޅުލެވުނީމަނޫނީ ކަލޭމެން ގެއަށްނުވަންނާތި

  12. ސުވައިދާ

    މަތީ ތައުލީމް ލިބިފައިތިބި މީހުންނަށް ބޮޑެތި މަގާމްތައް ދިނުންމައްސަލައެއްނުން.