ހަރުދަނާ ޒުވާނަކަށް ވުމަށްޓަކައި މަދަރަސީ ތައުލީމުގެ 12 އަހަރު މުހިއްމު ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ކަލާފާނު ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޭނާގެ ނަޒަރުގައި ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ އަހަރުގެ އޭލެވެލް ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. ކޮންމެ ދާއިރާއަކުން ކުރިއަށްދާން ބޭނުންކަމުގައި ވިއަސް އެ ދެ އަހަރު ސްކޫލު މާހަވްލުގައި ދަރިވަރު ހޭދަކުރުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ދަރިވަރަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"އެ ދެ އަހަރުތެރޭގައި ދަރިވަރަށް އޭނަ ކިޔަވަން ބޭނުންވާ ދާއިރާއިން އިތުރަށް މައުލޫމާތު ލިބިގެންދާނެ. އޭނަ ހެދިބޮޑުވުމަށް އިތުރަށް ވަގުތު ލިބިގެންދާނެ. މީހުންނާއި މުއާމަލާތްކުރުމާއި އެ އުމުރުފުރާގައި އެ ދިމާވާ ކަންތައްތައް ތަޖުރިބާ ކުރުމާއި އެކަންތައްތައް ހެޔޮގޮތުގައި ކުރިއަށް ގެންދިއުމާއި މި ހުރިހާކަމެއްގެ ތަޖުރިބާ އަޅާލާ އޯގާތެރި ވެއްޓެއްގައި ލިބުން މުހިއްމު. ދަރިވަރުންނަށް އަމިއްލައަށް އުނގެނުމަށް މަޖުބޫރުކުރުވާ މުގައްރަރެއް އޭލެވެލް މުގައްރަރަކީ. " މިނިސްޓަރ ވިދާޅުވި އެވެ.

ހަޔާ އެޑިޔުކޭޝަނުން ހުޅުވާލާ ސްކޮލަޝިޕްގެ ފުރުސަތުތަކަށް ކުރިމަތިލެވޭނީ އޭލެވެލް އޮވެގެންކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އޭލެވެލް އޮވެއްޖެނަމަ ދުނިޔޭގެ ކޮންމެ ޔުނިވާސިޓީއަކުން ކޮންމެ އެއްޗެއް ކިޔެވުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.

ކާމިޔާބު މީހަކަށްވުމަށްޓަކައި މައިގަނޑު ދެ ސިފައެއް ހުންނަން ޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ކުރިއަށްދާން ބޭނުންވާ ރޮނގަކުން އެކަށީގެންވާ މިންވަރަށް ތައުލީމާއި ހުނަރު ލިބިފައި ހުރުމަކީ ވެސް ކާމިޔާބު މީހަކަށްވުމަށްޓަކައި މުހިއްމު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޖާއިބެއް

    މަގުމަތިން ޑިގްރީ ލިބޭ ފެންވަރަށް ތަރައްޤީ ވެފައި އޮތް ނިޒާމެއްގައި 2 އަހަރު ބާކީކުރަން ތިބުމުގެ ބޭނުމެއް ނެތް. ކޮލެޖްތަކުން ފައިސާ ހުރިއްޔާ ޑިގްރީ ލިބޭ. މަގުމަތިން ޑިގްރީ ނަގާ މީހުންނަށް ސިޔާސީ މަގާމުތައް ލިބޭ. ކީއްކުރަން ވަގުތު ބޭކާރުކުރަންވީ.

  2. ސަނާ

    ވިލާ ކޮލެޖުން ޑިގްރީއެއް ހޯދައިލުމަކީ ފައިސާހުރިއްޔާ ދާދި ފަސޭހަކަމެއް! ކެމްޕަސްހިންގަންހުރިމީހަޔަށް ލައްކައެއްހާ ރުފިޔާދީފައި އެ ކޮލެޖުން ޑިގްރީ ގަނެގެން ތިބި މީހުން ގިނަވާނީ! ދެން ޑ، އިބްރާހީމް ޙަަސަން އެ ވިދާޅުވީ ކޮންވާހަކއެއްކަމެއް ނޭގުނު!

  3. ހުސޭނުބޭ

    ވީމާ މަގޭ ދަރިން ސްކޫލަށް ވައްދާނީ 18 އަހަރު ވީމާ! މަނިކުފާނު ޖެހޭނެ މަގޭ ދަރިންނަށް ހެޔޮވަރު ޔުނީފޯމް ހޯދައިދޭން!