ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފުރިހަމަކޮށްފިއެވެ.

ފައިނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 8.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ގިރާ ސަރަހައްދަށް 8،100 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި، ރަށްގިރުމުން ރައްކާތެރިކޮށްދިނުމުގެ ގޮތުން 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއެވެ.

ރ. ފައިނު ގޮނޑުދޮށް. --- ފޮޓޯ: އެމްޓީސީސީ

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުމަށް ފަހު، އެމްޓީސީސީގެ އިޖުތިމާއީ މަޝްރޫއުގެ ދަށުން އެ ރަށުގެ ދޯނި އެހެލާ ސަރަހައްދު ލެވެލްކޮށްދީ، ރަށުގެ އެކި ސަރަހައްދު ސާފުކޮށްދީ، ރަށުގެ ބައެއް މަގުތައް ސާފުކުރުމާއި، މަގުތަކަށް ވެލިއަޅައި އެއްވަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެމްޓީސީސީން މިވަގުތު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 62 މަޝްރޫއެއްގެ މަސައްކަތް ކުރަމުންދާ އިރު، އޭގެ ތެރެއިން އަށް މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުނިން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ހަތް މަޝްރޫއެއް ވަނީ ނިންމައިފައެވެ.

އެމްޓީސީސީ 1980 ވަނަ އަހަރު އުފެދުނީއްސުރެ އެ ކުންފުންޏަކީ އްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.