އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭންގައި އެއްވެސް ދިވެހި ރައްޔިތަކު ބައިވެރިނުވާން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތިދ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބެން އެންއެމްޕީން ވެސް ތާއީދު ނުކުރާ ކަމަށެވެ.
ނަމަވެސް ޕީޕީއެމް ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ ގޯސްތައް ފޮރުވަން ވެގެން އެމަނިކުފާނު ހިންގަވާ "ޖަރީމާއެއް" ގޮތުގައި ނާޒިމް އެ ކަން ސިފަ ކުރެއްވިއެވެ.
"އެއީ ގައުމީ ކެމްޕޭނެއް ގޮތަކު އަޅުގަނޑުމެން ނުދެކެން، އެއީ ދިވެހި އިގްތިސާދަށް ވެސް ގެއްލުން ލިބޭ ގޮތަށް، އެއްވެސް ވިސްނުމެއް ނެތި ކުރާ ކަމެއް، އޭގައި އެއްވެސް ރައްޔިތަކު ބައިވެރިނުވާން އަޅުގަނޑުމެން އިލްތިމާސް ކުރަން،" ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތު ގޯސްވެގެން ވަކި ގައުމަކަށް ބަރޯސާވެގެން އުޅުމަކީ އެ ގައުމަކާ ދެކޮޅަށް ނުކުންނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ޕީޕީއެމް ސަރުކާރުގައި ޗައިނާއަށް ބަރޯސާވި، މި ސަރުކާރުގައި އިންޑިއާ، އެއީ ސިޔާސީ ލީޑަރުންގެ ވީކް ކަމުން ދިމާވާ ގޮތެއް، އެއީ އަދި އެ ގައުމަކާ ދެކޮޅަށް ނުކުންނަން ޖެހޭ ސަބަބެއް ނޫން،" ރިޔާޒް ވިދާޅުވިއެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވެސް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިންޑިއާ ސިފައިން ތިބިއިރު އެ ކަން ބޭންފުޅުވި ނަމަ އެ ކަން އޭރު ވެސް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ދެކެނީ ރައީސް ޔާމީން ވެސް އިންޑިއާ ސިފައިން ބާލަން ޖެހޭ ވާހަކަ މިއަދު މި ދައްކަނީ އެއްވެސް ހެޔޮ ނިޔަތެއް އޮވެގެންނެއް ނޫން،" އުޝާމް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.
އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ނިންމައި، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.
މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުމަށެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.
އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.
ލާދީނީ އަދި ގައްދާރުން އިންޑިޔާ އައުޓްގައި ބައިވެރި ނުވާނީ
ވަރަށް ހިތާމަހުރިކަމެއް! ސިޔާސީ ޕާޓީހަދައިގެން ރައްޔިތުން ކައިރިއަށްގޮސް އޮޅުވާލައިގެންނާ ފައިސާ ދީގެން ޕާޓީއަށް މެންބަރުން އިތުރުކުރުން ނޫންކަމެއް މިމީހުންގެ ވިސްނުމުގަ ނެތީތީ ހިތާމަކުރަން!! ވެރިކަމަށް އަންނަން ފޫގަޅައިގެން މިއުޅެނީ ގައުމީ މަސްލަޙަތައްވުރެން ކުރިއަށް އަމިއްލަ އެދުން އިސްކޮށްގެން!! މިޕާޓީއަށް އިންޑިޔާއިން ފައިސާގެ އެހީތެރިކަމާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭކަން އެނގޭ ބަޔަކު ތިބިކަން ނާޒިމުމެންނަށް އެނގެންވާނެ!! އިންޑިޔާގެ އެންބަސީން ކިތަންމެ އެހީތެރިކަމެއްދިނަސް މިގައުމުގައި ތިބި އިންޑިޔާ ސިފައިން މިގައުމުން ބާލަން ދިވެހި ރައްޔިތުންކުރާ މަސައްކަތް ނހުއްޓުވޭނެ!! ނާޒިމު އުޅޭ ލާރިގަނޑު ނަގައިގެން!! އަޅުގަނޑު ގޮވާލަން ތިޔަޕާޓީގައި ތިބި ލޮބުވެތި ރައްޔިތުންނަށް މިހާރުން މިހާރަށް ތިޔަޕާޓީން ވަކިވުމަށް!! ތިވެސް ގައުމަށް ހެވެއް އެދިގެން ގައުމު އިސްކޮށްގެން ގައުމުގެ ރައްޔިތުންނަށް ކަމެއްކޮށްދޭން އުފައްދައިގެން އުޅޭ ޕާޓީއެއްނޫން!! ތިޔަޕާޓީއަކީ އިބޫ ވެރިކަމަށް ގެންނަން އޭނާއާއެކު ކޯލިޝަން ހަދަން އުފައްދައިގެން އުޅޭ އަމިއްލައެދުމުން ފޯވެފައިވާ މަދު ދެތިން މީހަކު އިސްވެ ހުރެގެން ވުޖޫދުކޮށްގެން ހިންގާ ދެވަނަ ޕަޕެޓް ޕާޓީ!! މީނާ ޔާމީނާ ޖައްސާލައިގެން ނޫސް ބްރީފިން ބޭއްވީވެސް އިންޑިޔާ އެންބަސީން މިކަމުގައި އެހީތެރިވެދޭން ބުނެގެން!! އިންޑިޔާ ނުވަތަ އެގައުމަކާ ދިވެހި ރައްޔިތުން ދެކޮޅެއްނޫން!! ދިވެހި ރައްޔިތުން އަޑުހަރުކޮށް ގޮވަމުން އެގެންދަނީ މިގައުމުގައިތިބި އިންޑިޔާ ސިފައިން މިގައުމުން ފައިބައިގެންދާން!! ނާޒިމަށް މިކަން ވަރަށްސާފުވާންޖެހޭ!! ގައުމަށް ޣައްދާރުނުވޭ!! ދިވެހި ރައްޔިތުންނަށް އޮޅިފައިނެތް ޣައްދާރުންނަކީ ކޮންބައެއްކަން!! ޔާމިންގެ ވެރިކަމަކީ މިހާތަނަށް މިގައުމުދުށް އެންމެ ގައުމިއްޔަތުކަން ބޮޑުކޮށް ހިންގިވެރިކަން!! އެކަންވެސް މިހާރު ރައްޔިތުންނަށް ވަރަށްސާފުކޮށް އެނގޭ!!
ޙައްގު ތެދުވާހަކައެއް.
އެއީ ބަގުތީ ގޮތުން ނާޒިމް ގެ ޚިޔާލު އެފާޅުކުރީ، ނާޒިމް އިންޑިޔާ ސިފައިން ބޭރުކުރާނެ!!
ދިވެހި ގައުމު އަޅުވެވާތީ ކަން ބޮޑުވުން ފާޅުކޮށް ކްލަ ބްހައުސްގަ ފޯރިނެގި ކެޕއޓަން އިހުސާނު ކޮ ބާ ގައުމު ހިމާޔަތްކުރަން ގޮސް ގުޅުނު ޕާޓީގެ ވިސްނުމާ ނިންމުމަށް ކީކޭ ބުނާނީ...
އަޅެމިހެރަބޯގަޅިދައްކާވާހަކަބަލާ ހަމަޖެހޭނީފައިބާން
ސުއްބޫހުން! މިވަރު މީހެއްދޯ ޕާޓީއެއް ހަދައިގެން މިގައުމުގެ ވެރިކަމަށް އާދެވޭރޯ މިއުޅެނީ!! އިންޑިޔާ އައުޓް ނުވަތަ އިންޑިޔާ މިލިޓަރީ އައުޓޭ ގޮވާ ޝުޢޫރު ފާޅުކުރަމުން އެދާ ދިވެހި ރައްޔިތުން އެހިންގަނީ ޖަރީމާއެއްކަމަށް މީނާ ސިފަކުރުމުން ނުވަތަ މިޕާޓީން ސިފަކުރުމުން ހަމަ ހައިރާންވެއްޖެ!! ރައްޔިތުންނޭ މިޕާޓީން މިހާރުން މިހާރަށް ވަކިވާން ސިޓީތައްލާންވީ!! އިތުރު މީހަކު މިޕާޓީއަށް ވަންނަން ޚިޔާލުވެސް ނުކުރައްވާ!! މިއީވެސް ގައުމަށް ހެވެއް އެެދިގެންއުޅޭ ބައެއްނޫން! އިންޑިޔާ ސިފައިން މިގައުމުން ފައިބަން ގޮވާ ދިވެހި ކުޑަބޮޑު އެންމެން މިކުރާ މަސައްކަތަށް ހަޖޫޖަހާ ރައްޔިތުންގެ ޝުޣޫރުތަކުގައި ކޮޅުފައިންޖަހާ ޕާޓީއެއްގައި ދިވެހި އެއްވެސް ރައްޔިތަކު ހުރުން ރަގަނޅެއްނޫން!!
އިންޑިޔާސިފައިންޖެހޭނީފައިބާން ދެނަލަލަލާ
މަކަރުވެރި ޕާޓިއެއް ހަދައިގެން ވިޔަފާރި ފުޅާކުރަނީ. ތި ޕާޓިޔަ ސަޕޯޓެއް ނުކުރެވޭނެ ދެނެ.
އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް އިންޑިއާ އައުޓް އެމްއެންޕީ އައުޓް
އަބދުވެސް އަހަރެން ބުނަން. ތިޔަ އެމް.އެން.ޕީ އަކީ އިންޑިއާއަށް ވިކި ހުސްވެފައިވާ ބައެއްކަން. ލާދީނީ މީހުންނަށް ލާދީނީ ނުކިޔނަް ފާސްކުޅަ ބިލްގައިވެސް އެންމެ ކުރިން ފެހި ފިތަށް އޮބާލީ ތިޔަ ވިދާޅުވާ މޮޅު ނާޒިމް. މީހުން ވާޙަކަތައް ދައްކައިގަތިމާ ބުނީ " އަހރެން ހީކުރީ ފަހން އެބިލަށް އިސްލާޙް ތަކެއް ގެންނާނެ ކަމަށޭ" މީ ހުސް މަރަކުވެރިކަމުގެ ގޮތުން ދެއްކި ވާހަކަ. އިންޑިއާގެ އެޙިގައި އާރް.ސީ.އެން.ސީ އިން ހުޅުމާލޭގައި "ބްލޫ ހެވަން" ކިޔާ ޢިމާރާޓެއް އެބަ ހަދާ. އިންޑިއާގެ ފަންޑްގެ ދަށުން އާރް.ސީ.ސީ/އާރް.ސީ.އެން.ސީ ހިންގަނީ. ވީމާ، އިންޑިއާ ރާއްޖޭގައި ތިބިއްޔާ ނާޒިމު މެން މުއްސަދިވާނެ. ދެން ހުރީ ހުރިހާ ގަލެއް ފުރޮޅާނަމޭ ބުނާ ޢަބުދުﷲ ރިޔާޒް އާއި އޭނާގެ ކޮއްކޮ އީ،ސީ ޝަރީފް. މިއީ ބޮޑު ދެ ކައްޒާބުން. ދުވަހަކު ދެތެއް ނުހަދާނެ. 2018 ގެ ރިޔާސީ އިންތިޚާބު ބައްކޮއްލުމާއި ޑރ.އަފްރާޟީމް ޢަލީ ގެ މަރުގެ ހުރިހާ ޙަޤީޤަތް ތަކެއް ކިޔައިދޭނަމޭ ބުނި ދޮގުވެރިޔާ ޢަބުދުﷲ ރިޔާޒް މެންނަށް ރަގަޅުވާނީ ޤައުމު އިންޑިއާގެ އަޅުވެތި ކަމުގެ ދަށަށް އައިއްޔާ.
ޕީޕީއިން ޗައިނާއަށް ބަރޯސާވީ. މިވެރިކަމުން އިންޑިއާއަށް އަޅުވެތިވީ. އެއީ ބޮޑު ތަފާތެއް އޮތް ދެކަމެއް. އިގްތިސޯދަށް ގެއްލުން ލިބޭކަށް މިހާރު މިއީ އެއް ގައުމަކަށް ހުރިހާ ކަމެއް ހަވާލުކޮށްގެން ތިބެންޖެހޭ ޒަމާނެއް ނޫނޭ. އެއް ގައުމުން ކަމެއް ހުއްޓާލީމަ ދެން އޮތް ގައުމަކުން އެއްޗެހި ގެނެވޭނެކަން އޮތީ ކުރިންވެސް ދައްކައިދީފަ. އިންޑިއާގެ އަޅުވެތިކަން ދުވަހުން ދުވަހަށް ބޮޑުކުރާކަށްނުޖެހޭ. އަޅުވެތިވާން އެހާ ބޭނުންނަމަ ޗައިނާގެ ފޫބުޑުގަ އޮތަސް މާ ފައިދާވާނެ. އިންޑިއާހެން އަމިއްލަ ގައުމުގެ ރައްޔިތުން ބަނޑަށްޖައްސާފައެއް ނޫން އެހެން ގައުމުތަކަށް ޗައިނާއިން އެހީވަނީކީ.
އިންޑިޔާއިން ދިވެހިރާއްޖޭގެ ސަލާމަތަށް ނުރައްކާވާގޮތަށް މިލިޓަރީ ގެނެސްބރައްޖޭގަ ރުކުރުވާލީމަ ދިވެހިންގެ ރައްކަލަށް އެމީހުން ބޭރު ކުރަންޖެހޭ!. އެމެރިކާ ކައިރީގަ އޮތް ކިއުބާގަ ރަޝިޔާގެ ބޭސްއެއް ހަދަން އުޅުމުން އެމެރިކާއިން އެކަން ހުއްޓުވީ އެމެރިކާގެ ސަލާމަތަށް ނުރައްކާވެއޭ ކިޔާފަ އަދި އެއީ އެމެރިކާގަ ތިބީކީވެސް ނޫން އެމެރިކާއާ އިންވެގެން އޮތް ތަނެއްގަ ތިބެން ނިންމީމަ. މިހާރު ޔުކްރެއިންގަ ނޭޓޯ ލަޝްކަރު ތިބުމާ ރަޝިޔާއިން ދެކޮޅުހަދަމުން އެދަނީ ރަޝިޔާގެ ސަލާމަތައް ނުރައްކާވާނެކަމަށްބުނެ. ޔުކްރެއިން ނޭޓޯއާ ގުޅިއްޖެނަމަ މުޅި ޔޫރަޕްއަށް ނިއުކް ހަމަލާ ދޭނެކަމަށް ރަޝިޔާއިން ބުނަނީ އެމީހުންގެ ގައުމުގެ ސަލާމަތް އެގައުމުގެ ރައްޔިތުންނަށް މުހިންމުވީމަ.
ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުކަން ކޮށްފަ ހުރި މީހާއަށް ދިވެހި ގައުމުގެ ސަލާމަތާ ގައުމުގެ ސިޔާދަތީ ނުވަތަ މުސްތަގިއްލު މިނިވަންކަން ކަމަކު ނުދިޔަ. މީނައަށް ކަމުދަނީ އިންޑިޔާގަ އިނގިރޭސިންތިބެ އެތަން އަޅުވެތިކުރިގޮތަށް ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ތިބެ ދިވެހި ގައުމު އެމީހުންގެ ބާރުގެ ދަށުގައި އޮންނަން.
އެމްއެންޕީ. އައުޓް. ގައްދާރުންގެ ޕާޓީއެއް.
ޕަކާސް ކަލޭމެން ކިހިނެއް ބައިވެރިވާނީ ތިތިބީ އިންޑިއާ އިން ޖީބް ބަރުތީލަ ކޮށްގެން ތިބި މީހުން . މުޅި ދައުލަތުގެ ޕްރޮޖެކްޓް ތައް އަތްދަށު ލައިގެން ތިބި މީހުންނޭ ރަށުތެރޭގަ ކިޔަނީ. އެއްވެސް ދިވެހި ރައްޔަތެކޭ ނުކިޔާ . އަހަރެމެން ވެސް މީ ދިވެހިން ކިޔާނަން ގޮވާނަން އިންޑިއާ އައުޓް # އިންޑިއާ އައުޓް #
ނާޒިމް ކަލޭގެ ލަދު ކޮބާ؟؟ ރާއްޖޭގަ ފަރަކަށް އެރި ބޯޓެއް ފުރުވާލައިގެން ''ސުޕާރީ'' ލިބުނީ ކާކަށްތޯ ވެސް ބަލަން ޖެހޭ.
މިގައުމުގެ ތިބި4ގައްދާރުންގެ ތެރޭގައި ނަޒިމުނުވާނެގޮތެއް ނެތް ކެނެރީގެ ބެއްޔާއި ހިންނަވަރު ބެއްޔާއި ސާހިދުބެއްޔާއި މާރިޔާދައިތައާއި މިހަތަރު ގައްދާރުން ހައްޔަރުކޮށް ގާނޫނުގެ ކުރިމައްޗަށް ރައްޔިތުންގެންނާނެ
އިންޑިއާ އައުޓް" ކެމްޕޭންގައި ބަޑި ޕާޓިން ބާވެރި ނުވިޔަސް މިހަރަކާތް ފުޅާކޮށް އިންޑިޔާ ސިފައިން ބާލާނަން!! ބަޑިޔަކީ މަދު ރުޕީސް ކޮޅަކަށް ވިކޭ އިންޑިޔާ ބޮޓެއް !!!!!
ވޯޓް ހޯދަން ދޭ އިންޑިޔާ މީހުން ކައިރިއަށް. އެއްމެ ގިނަ ލާރި ނެގި އެކަކު
ތިކަންތިހެން ހުރި ނަމަ ވެރިކަމަށް އަންނަން ނުވިސްނާ. .ތިޔަބައިގަނޑުގެ އަގު ވެއްޓިއްޖެ ތޮޔަ ބީދައިން ވާހަކަ ދެއްކީމަ.
ރައްޔިތުންނޭ މނޕ އާ ދުރުވޭ! ގައުމުގރ ގައްދާރުންގެ ޕާޓީއެއް އަލަށް މިއުފެދުނީ.
އަހަރެން ދެކެނީ ކަލޭ ތިވާހަކަދައްކަނީވެސް އެއްވެސް ހެޔޮނިޔަތެއްއޮވެގެން ނޫކަމަށް ގައްދާރު!
ވޯޓްލާންވީމަ އަދާލަތު ކަމަކުނުދޭ...އެކަކަމަކު މިކަހަލަ ބޮޑު ކަމެއް ދިމާވާއިރަށް އަދާލަތުން ކަންކަން ނުކުރާތީ ގޮވާނެ..
އަޅެ ދިވެހީންބޭނުން ނުވަނީ ނޫންތޯ އަދާލަތުން ބަސްބުނަން.. އެހެންވެ ނޫންތޯ ޕާރލަމެންޓަރ ޑޮކްޓަރ އިޔާޒު ކުރިމަތިލީމަ، ނުހޮވާ ރީކޯ މޫސަ ހޮވީ..
ދެންކަން ލަލަލާ އެއްކިޔާކަށް.. އަމިއްލަޔަށް ގައުމު ހަލާކުގެ ތެރެޔަށް ވައްޓަނީ ހަމަ ދިވެހީން ނޫންތޯ.. މިނުބައި ނުލަފާ ފާޖިރުން މަޖިލީހާއި އެހެންވެސް ތަނެއް ވާނަމަ އެތަނަކަށް ހޮވައިގެން...
ނިކަން ރަހަ ލިބި ލިބިތިބޭ މަރު އަންނަންދެކަށް
ޑރއިޔާޒަކީ؟؟؟؟؟؟؟؟؟؟؟؟؟؟😆😆😆😆😆😆
މިކަހަލަ ގައްދާރުން މިގައުމުން ބޭރުކުރަން ގޮވާލަން މީނަގެ ޕާޓީ ގައި ސަޢްޚަފޯމުގެ އަދަދު ފަޅާއަރާނީ މިއޮޅުވާލިސަރުކާރު ބަދަލުވީމަ ވަގުފޯމުން ޕާޓީ ހަނދައިގެން މާގިނަދުވަހަކުނޫޅެވޭނެ ރީތިގޮތަކަށް ބަޒަހަނާވާނެ ސައްޚަފޯމުގެ އަދަދު ހައްހައްހާ ކިޔާތީ އަޑުއަހަން އަނގައޮތީޔާ ކާޅެއްނުކާނޭ ހައްހައްހާ!
ތިމާގެ ޕާޓީއަށް ވަންނާނެ މީހަކުމިވަނީވެސް ރުފިޔާދިނީމަ މިވަރުމީހަކު މިކޮސްގޮވަނީ އަހަރެން ބިލިޔަނެއްދިނަސް ތިޕާޓީއަކަށްނުވަންނާނަން ޒައްރެއްގެ މިންވަރުނުދިނަސް މަހުންނަންބޭނުމީ ރައީސްޔާމީން ގެ ފަހަތްޕުޅުގައި މިޤައުމާއި މާތްވެގެންވާ އިސްލާމްދީނައްޓަކައި އިންޑިއާ އައުޓްކުރުމުގައި އެންމެ ތަންފުކެއްވެސް ފަހަތައްނުޖެހޭނަން!
ތިއީ އިންޑިއާގެ މިލިޓެރީގެ ޕްރިފާޑް ޕާޓްނަރ ރޯގެ ބެކަޕް ޕްލޭން. ތިމީހުން އިންޑިއާ މިލިޓަރީ ބާލަން ނޫޅޭނެ. ބަލާނީ ވެރިކަން ލިބޭތޯ. ވެރިކަން ނިމުނީމަ ޤައުމު ދޫކޮއްފައި ދާނީ. ވެރިކަން ކުރާއިރު ޤައުމު ދޮވޭނީ.
ތިޔައީ މާކުރިއްސުރެ އަޑިންް އިންޑިޔާއާ ގުޅައިގެން އުޅޭބައެއް.
ތިކަމާ ހައިރާނެއް ނުވޭ.
އަދި ތިޔަޕާޓީއަކީ %2
މީނަޔައް ޕްރޮޖެކްޓް ފައިނޭސްކޮށް ސިޔާސީގޮތުން ވަރުގަދަކޮށްދެނީ އިންޑިޔާއިން އަދި މީނަޔައް ސިންގަޕޫރުން ބޭސްކުރަން ފައިސާވެސް ދިނީ އެމީހުން.. ޤާސިމް އބްރާޙީމް ބަލިކަށިކޮށްލުމައް ހެދި ޕާޓީއަކީ މިއީ
ކުރިން ހުރީ ވޯޓްދޭނަމޭ ހީކޮށް
ޤައުމީ ރޫޙެއްނެތްކަން އެނގުނީމަ މަވާ ސަލާމް
މަބޭނުންވަނީ ދިވެހިންގެ ދީނާއި މިނިވަންކަން
މަގޭ ޤައުމު ގައި އަވައްޓެރިންވެސް ތިބެވެން ޖެހޭނީ އަވައްޓެރިންގެ ގޮތުގައި. ޤައުމާއި އެއަރޕޯޓްގެ އިސްމަޤާމު ތަކުގައި ވެސް ތިބޭނީ ދިވެހިން. . ދިވެހި ޤައުމުގެ ކަންކަމާއި ކަނޑުފަޅުވެސް ބަލަހައްޓާނީ ދިވެހިން
ޕްރޮޖެކްޓުތަށް އަތުލަފާނެތީ ބިރުން…ހަހަހަހަ! ފެށޭއަހަރު މެދު ތެރޭ ބަލަމާ މި ޕާޓީކިޔާއެއްޗެއް
އިންޑިއާ އައުޓް ކެމްޕެއިން އަކީ ބޮޑު ޖަރީމާ އެއް ކަމަށް އެމްއެންޕީން ބުނަނީ އެއީ އިންޑިއާ އަދި ސަރުކާރުން ސްޕޮންސަރ ކޮށްގެން އެމްއެންޕީން ކުރާ ކަމެކޭ ކިތަންމެ ވަރަށް ސަރުކާރާއި އަދި އެމްއެންޕީ އާއި ގުޅިގެން އިންޑިއާ އައުޓް ނުކުރެވޭނެ ކަމަށް ދަޅަ ދެއްކި ނަމަވެސް އިންޑިއާ ޖެހޭނީ އައުޓް ވާން މިއަދުން ފެށިގެން ދެން އެމްއެންޕީ އަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުނީއޭ ދެން އެމްއެންޕީ ދާނީ ދުވަހުން ދުވަހަށް ދަށަށް ތިޔާއީ ކަޓް ނަގައިގެން ބާއްވާ ނޫސް ކޮންފަރެންސް ތަކޭ ތިޔާދާނީ ތޮޅިއަށޭ އިންޑިއާ ޖެހޭނީ ހަމަ އައުޓްވާން..
މި "ވެސްނޫ" ޕާޓީއަށް ވުރެއް ވަކިން މުނާފިގުކަން ބޮޑު ބައެއް ނެތް. "ތިންވަނަ" ފިކުރޭ ކިޔައިގެން މީހުންނަށް އޮޅުވާލައިގެން، ޕާޓީއަށް ވައްދަމުން ދަނީ. އިލެކްޝަން ކޮމިޝަނަކަށް ވެސް ނުފެނީ، މިމީހުން ޒުވާން ކުދިންނަށް "އިންޑީއާއިން" ދިން ފައިސާ ދީގެން ގަދަކަމުން ޕާޓީއަށް ވައްދަމުން ދާކަން. މިހާރު މިކިޔަނީ، "އިންޑީއާ އައުޓޭ" ނުކިޔޭނެޔޭ! ރައްޔިތުންގެ ޢާންމު މެމްބަރުންގެ ސެންޓީމެންޓް ނުދަންނަ "އިބްރާހިމް ސްލޯލިހް" ސަރުކާރު ދިފާއު ކުރާ އޮލްޓަނޭޓިވް ޕާޓީ އަކީ "ވެސްނޫ" ޕާޓީ. މި ނާޒިމް އާއި ރިޔާޒަކީ، މިގައުމަށް ފަހުގެ ތާރީހެއްގައި ގެނައި އެންމެބޮޑު ބަގާވާތުގެ ފަހަތުގައި ތިބި މީހުން.
އަސްލު ފަޅާ އެރީ އިބޫބެ ޕަޕެޓުން ތީ
ޔޫ އައުޓް
އިންޑިޔާއިން މިފަހަރު ރަނގަޅައް ވަރަށް ގިނަމީހުން ރީލޯ
އެހެންވީމާ ވަރަށް ސާފުކޮށް ތި ބުނީ އިންޑިޔާ ސިފައިން މިގައުމުގާ ތިބުމަށް ތާއީދެއްނެތޭ..އެހެންވީމާ ހަމަ މަގުސަދަކީ އެއްމަގުސަދެއްނޫންތަ؟
ފިސްތޯލަ ވިކިފަހުރިލެއް ބޮޑުކަމުން ތިހެންތިބުނަނީ. ތި ވަނީ ގައުމަށް ގައްދާރު .ތީ ހާއިނުންތެރެއިން ވާބައެއް. ދެން ދުންޒާ ބުނާނީ ކީކޭބާ. އޭނަބުނި އިދިކޯޅޭ ސުފައިން ތިބުމަށް
މީ މުޅީންވެސް ހަމަ އެކަނި ވެރިކަން ބެނުންވާ މީހުންނެވެ. ވެރިކަން ކުރެވޭނީ ޤައުމެއް އޮވެގެން ކަމެއްވެސް މިވެރިން ނުދަނެއެވެ. މުޅީންވެސް ހަމަ ޤައްދާރުންނެވެ.
ތިޔަޕާޓީ މިހާރުވެސް ކުކުޅަށްވުރެ ބިސްދޮށިވެގެން ތިޔައުޅެނީ ތިޔަޕާޓީން މީގެކުރިން ބުނި ބޭރުގައުމެއްގެ ސިފައިން ރާއްޖޭގަ މިމީހުންގެ ވެރިކަމެއްގަ ނުބައިތިއްބާނަމޭ .
އުޝާމް އަށްވެސް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިޔާ ސިފައިން ފޮނުވަން ވަރަށް މަސައްކަތް ކުރެއްވިކަން. އަދި ވިސާނުދީ ހިފެހެއްޓިކަންވެސް. ނަމަވެސް އެމީހުން ގޮތް ދޫނުކޮށް ވިސާ ނެތިވެސް މިގައުމުން ނުފައިބާ ތިއްބާ ވެރިކަން ބަދަލުވީ. އެއްވެސް ގައުމެއްގެ ސިފައިން މިގައުމުގައި ބާރުވެރިކާމާ އެކު ތިބުމަށް އަހަރުމެން ދެކޮޅު. ކާބަފައިން އަހަރުމެންނަށް ދައްކާފައިވާ ނަމޫނާއަކީ ގައުމަށް ޣައްދާރު ނުވުން.
އެމްއެންޕީ އަށް މުޅި ރާއްޖޭގައި އަތްފުނާ އަޅައިގެން 10 ގަނޑު ވޯޓް ލިބުނަސް ރަނގަޅޭ މަމެން ބުނަނީ މިހާރުން ފެށިގެން އެމްއެންޕީ އަށް ވަން ގިނަ ޕީޕީއެމް މެމްބަރުން ތައް ކެނޑެން ފަށައިފިއޭ އެމްއެންޕީ ދެން ވާނީ ހުލިއޭ އެމްއެންޕީ ޕާރޓީ އުފެއްދީ އިންޑިއާ އިން ކަޓް ޖައްސަން ކަން މިހާރު ވަރަށް ސާފުކޮށް އެންމެނަށް އެގިގެން ހިނގައްޖެއޭ...
ނާޒިމް ވެރިކަމަށް އަންނަން ހަމަ އެކަނި މަދުވާ ޝަރުތަކީ ތިއީ. މަނިކުފާނުގެ ތިނިކަމެތި ވިސްނުމާއިގެން ދެވުނުހިސސާބަކަށް ދޭ. ޢަޅުގަނޑު މަނިނުފާނާްއި ތަންކޮޮޅެއް ދުރަށް ޖެހިލާނަން.
އިންޑިއާ އައުޓް އެމްއެންޕީ އައުޓް އަދި އުމަރު ނަސީރު ވެސް އައުޓް އުމަރު ނަސީރު ވެސް ބަލަނީ މަސައްކަތެއް ނުކޮށް ގޭގައި ހުރެގެން އޭނާ އަށް ރައްޔިތުން ވެރިކަން ދޭތޯއޭ އަމަލީ ގޮތުން އެއްވެސް ކަމެއް ގައި ބައިވެރި ނުވޭ ދެން ރިޔާސީ އިންތިޚާބު ބޯމަތި ވުމުން މޫސުމަށް ދޫނިތައް އަންނަ ގޮތަށް ރިޔާސީ އިންތިޚާބުގެ ސީޒަނަށް ތިލަވާންއޭ އުމަރު މެން އުޅެނީ އުމަރަކީ ވެސް ހިހޫ ތަނުން ކާލައިގެން އުޅޭ މައްކާރެކޭ އުމަރު ވެސް އުޅެނީ މަކަރާއި ހީލަތުންނޭ އިންޑިއާ އައުޓް ކުރަން އުމަރު ބޭނުންނަމަ މިހާރު ނިކުންނާނެއޭ
ނާޒިމުގެނިންމުމަށް ތާއީދުކުރަން..
އަދިކިރިޔާ އަސްލުސޫރަޔާ އަސްލު ކުލަ ތިޔަ ފެންނަންފެށީ. ބޭރުގެ މިލިޓްރީ ބާރުތަކަށް މިރާއްޖޭގެ ފަސްގަޑުން ޖާގަދޭން ގޮވާ ބަޔަކު ރާއްޖެއަށް ހެވެއް އެދޭނެކަމަށް ބެލުމަށްވުރެ ބޮޑު މޮޔަކަމެއް އޮންނާނެތަ؟
ގަމާރު ނާޒިމު އިހައްދުވަހުނޫންތަކަލޭބުނީ އިންޑިާސިފައިން ބާލާނަމޭ
އިންޑިއާ މިލިޓަރީއައުޓް ކެންޕޭނުގާއިބައިވެރި ވާނަން އިންޑިއާ މިލިޓަރީއައުޓް ކެންޕޭނުގާއިބައިވެރި ވާނަން އިންޑިއާ މިލިޓަރީއައުޓް ކެންޕޭނުގާއިބައިވެރި ވާނަން އިންޑިއާ މިލިޓަރީއައުޓް ކެންޕޭނުގާއިބައިވެރި ވާނަން އިންޑިއާ މިލިޓަރީއައުޓް ކެންޕޭނުގާއިބައިވެރި ވާނަން އިންޑިއާ މިލިޓަރީއައުޓް ކެންޕޭނުގާއިބައިވެރި ވާނަން އިންޑިއާ މިލިޓަރީއައުޓް ކެންޕޭނުގާއިބައިވެރި ވާނަން އިންޑިއާ މިލިޓަރީއައުޓް ކެންޕޭނުގާއިބައިވެރި ވާނަން އިންޑިއާ މިލިޓަރީއައުޓް ކެންޕޭނުގާއިބައިވެރި ވާނަން އިންޑިއާ މިލިޓަރީއައުޓް ކެންޕޭނުގާއިބައިވެރި ވާނަން އިންޑިއާ މިލިޓަރީއައުޓް ކެންޕޭނުގާއިބައިވެރި ވާނަން އިންޑިއާ މިލިޓަރީއައުޓް ކެންޕޭނުގާއިބައިވެރި ވާނަން އިންޑިއާ މިލިޓަރީއައުޓް ކެންޕޭނުގާއިބައިވެރި ވާނަން
މަމި ޕާޓީން މާދަން ކެންޑޭނަން، ކަޑާނުދިނަސް އިންޑިޔާ އައުޓް ކެމްޕޭންގަ މަބައިވެރިވާނަން ހަމަ.
ނާޒިމަކީ އަބަދުވެސް ގައުމަށް ޣައްދާރެއް.
ނާޒިމް ތިބޭފުޅާ މިކޮމެންޓްތައް ކިޔާލައްޗޭ އެއްޗެއް ވިސްނޭތޯ