މިއަދު ރާއްޖެ އިން އިތުރު 100 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން 22 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 51 މީހުން އަދި ރިސޯޓްތަކުން އިތުރު 27 މީހުން މިއަދު ފައްސިވިއެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކުރީ 3443 މީހުންނެވެ. މިއަދަކީ މިމަހު އެންމެ މަދު ބަޔަކު ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %2.90 މީހުން ކޮވިޑަށް ފައްސިވިއެވެ.

ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 119 މީހުން މިއަދު ކޮވިޑުން ރަނގަޅުވިއެވެ. އެހެންކަމުން މިހާރު ކޮވިޑް ޖެހިފައި މިހާރު ތިބީ 1952 މީހުންނެވެ. ކޮވިޑް ބަލި މީހުންގެ އަދަދު މިހަފްތާގައި އަންނަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ.

ކޮވިޑް ޖެހިގެން މިއަދު ވަނީ ކުރީގެ މިނިސްޓަރު އުމަރު ޒާހިރު އަވަހާރަވެފައެވެ. އެއާއިއެކު ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 260 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު