22:02

އިތުރު 121 މީހުން ކޮވިޑަށް ފައްސިވެއްޖެ.

17:26

ކޮވިޑް-19ގެ އާ ވޭރިއެންޓާއި ގުޅިގެން އިސްރާއީލުގެ ރައްޔިތުން 50 ގައުމަކަށް ދަތުރު ކުރުން އެގައުމުން މަނާ ކޮށްފި

17:08

ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮން ޖެހިގެން އެމެރިކާއިން މީހަކު މަރުވެއްޖެ

16:40

ޗުއްޓީ ދަތުރުތައް ކެންސަލް ކުރަން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފި

15:04

ކޮވިޑް-19ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮންއަށް އެ ގައުމުގެ މީހަކު ފުރަތަަމަ ފަހަރަށް ފައްސިވުމާއި ގުޅިގެން، ތައިލެންޑަށް އެތެރެވާ މީހުން ކަރަންޓީންވުން މަޖުބޫރުކޮށްފި

ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓް ފެތުރެމުންދާ ބާރުމިނަށް ބަލާއިރު، އަދި މިހާތަނަށް ލިބެމުންދާ މައުލޫމާތައް ބަލާއިރު ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި އޮމިކްރޮން ވޭރިއަންޓުން ހާލަތު ބަދަލުކޮށްލަފާނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މިރޭ ވަނީ އޮމިކްރޮން ވޭރިއަންޓްއަށް ފައްސިވާ މީހުންގެ ތެރޭގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި އަދި ކުރިން ކޮވިޑް ޖެހިފައި ތިބި މީހުން ވެސް ހިމެނޭކަން ކަށަވަރު ކޮށްދީފައެވެ. އެހެންކަމުން މިއީ ގިނަ ގައުމުތަކެއްގެ ހާލަތު އަނެއްކާވެސް ގޯސްވެގެން ހިނގައިދާނެ ސަބަބެކެވެ.

ކޮވިޑްގެ ހާލަތު މިހާރު އެންމެ ބޮޑަށް ގޯސްވަމުންދާ އިނގިރޭސިވިލާތުން މިރޭ ވަނީ ކޮވިޑްގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވާފައެވެ. އިތުރު ހަރުކަށި ފިޔަވަޅުތަކެއް އިނގިރޭސިވިލާތުގައި އަޅަން ނުނިންމި ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މިރޭ ވިދާޅުވިއެވެ.

ނޮވެމްބަރ މަސް ނިމެން ދަނިކޮށް ފާހަގަ ކުރެވުނު އޮމިކްރޮން ގިނަ ގައުމުތަކުގެ މުޖުތަމައުގެ ތެރޭގައި ގަދައަށް އަދި ފެތުރެމުންދާކަން ފާހަގައެއް ވެސް ނުވެއެވެ. ނަމަވެސް މިހާރު ވެސް ގިނަ ގައުމުތަކުގައި ފައްސި އިތުރުވަމުންދާ ނިސްބަތައް ބަލާއިރު ކުރިއަށް އޮތީ އަނެއްކާވެސް ދަތި ދުވަސްތަކަކަށް ވެދާނެ ކަމުގެ ބިރުވެރިކަން އެބައޮތެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު