އިންޑިއާއަކީ އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން މި ސަރަހައްދުގައި އެންމެ ބާރުގަދަ ގައުމަށް ވާތީވެ، މި ސަރަހައްދުގެ ގައުމުތަކަށް އުޅެވެން އޮތީ އިންޑިއާގެ އެހީއާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

"ދިވެހި ޗެނަލް" ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޝަރީފް ވިދާޅުވީ، ދުނިޔޭގެ "ޖެއޯޕޮލިޓިކްސް" ތެރެއަށް ރާއްޖެ ވަދެ އޭގެ އެންމެ ބޮޑު ދެ ވާދަވެރިންގެ ގޮތުގައި ޗައިނާއާއި އިންޑިއާއަށް ފާޑުކިއުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.

ޝަރީފް ފާހަގަ ކުރެއްވި ގޮތުގައި އިންޑިއާއަކީ މި ސަރަހައްދުގައި އެންމެ ބާރުގަދަ އަސްކަރިއްޔާ އޮތް ގައުމެވެ. އަދި މި ސަރަހައްދުގެ އެންމެ ބޮޑު އިގްތިސޯދާއި، ދުނިޔޭގެ އެންމެ ބޮޑު ހަ އިގްތިސޯދުގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމަށެވެ.

"އިންޑިއާގެ އެހީތެރިކަމާއި ނުލައި، އިންޑިއާ ކަނޑުގައި، މި ސަރަހައްދުގައި، އެއްވެސް ގައުމަކަށް ނުއެއް އުޅެވޭނެ، މި ޖެއޮގްރަފީ ހަގީގަތެއް، އަޅުގަނޑުމެންނާ އެންމެން ކައިރިން މި އޮތީ އިންޑިއާ،" ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މަރަދޫ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ޝަރީފް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން އައްބާސް އާދިލް ރިޒާ ބައިވެރިވެވަޑައިގެންނެވިއިރު، ރިޒާ ދެއްކެވި ވާހަކައަކަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ އެ ފަރާތުން އެ ފާހަގަ ކުރާ ގޮތަށް ދިވެހި ދައުލަތުން "ހަނގުރާމަވެރި ޕޯސްޓަރެއް" ޚާރިޖީ ސިޔާސަތަކަށް ދައްކައިގެން ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް އިންޑިއާއަށް ވަކިން ޚާއްސަކޮށް އަމާޒުކޮށްގެން "އިންޑިއާ އައުޓް" ޝިއާރުގައި ޕީޕީއެމް ޕީއެންސީން ކުރިއަށް ގެންދާ ކެމްޕޭނަކީ އެފަދަ ނުރައްކާތެރިކަން އޮތް ކެމްޕޭނެއް ކަމަށް ޝަރީފް ދެކެވަޑައިގަންނަވައެވެ.

"އަޅުގަނޑުމެން ނުވާނެ އިންޑިއާއަށް ވެސް، ޗައިނާއަށް ވެސް، ޔޫރަޕްގެ ގައުމުތަކަށް ވެސް، މިއީ ބާރުގަދަ ގައުމުތަކެއް، މިއިން އެއް ގައުމަކަށް ވެސް ދިމާކޮށްލައިގެން އުޅޭކަށް، އެ ވަރުގެ ކަމެއް ނެތް ހިނގާފައެއް ވެސް،" ޝަރީފް ވިދާޅުވިއެވެ.

އިންޑިއާއާ މެދު އުފެދިފައިވާ މައްސަލަ؛

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ނިންމައި، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.

މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުމަށެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި، ދިވެހި އިގްތިސާދު އެންމެ ގައުމަކަށް އެހާ ބޮޑަށް ބަރޯސާވެ އޮތުމުން ނުކުމެދާނެ ގޯހަކާ މެދު ބައެއް އާންމުންގެ ތެރޭގައި ވެސް ނުހަނު ކަންބޮޑުވުން އެބަ އޮތެވެ.

މި ކަމަކީ ޚާރިޖީ ތަޖުރިބާ ކާރުންގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. އިންޑިއާ އަދި ޗައިނާއާ ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި، އެއިން އެއް ގައުމަކާ މާ ބޮޑަށް ގާތްވެ އަނެއް ގައުމާ ގުޅުން ގޯސްވުން ރަނގަޅު ނުވާނެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮވިޑް

    މޮޔަނުގޮވާ ޝަރީފް ކަލޭއެއްކަމަކު. އަހަރެމެން ބެޓް ކޮށްފަ ބުނަން ކެރޭ އިންޑިއާ އަށް ރާއްޖޭގެ ރައްޔަތުން ޖިޒީ ނުދޭނަމަ އިންޑިއާގެ ބައެއް އަވައްތައް ބަނޑައް ޖެހޭނެ. ޖިޒީ އޭ މިބުނީ ދިވެހިން ފެލައިގެން އިންޑިއާހެ ބޭސް ފަރުވާ ކުރާވާހަކަ. 25 ބްރީގެ ހޮސްޕިޓަލް އެޅި ހިސާބުން އިންޑިއާ ތެޅިފޮޅި ގަތް ގަތުން މީ މިކަމުގެ ދަލީލް ދެން ޝަރީފް ކޮން ވާހަކަ އެއް ދައްކަން. މިއަދު.

    18
    • ޢަހުމަދުވަގާރު

      ކީކޭ ދެން ބުނާނީ. މި ފެންވަރުގެ ދިވެހިން އެބަ އުޅޭ

      13
  2. އިންޑިޔާ އައުޓް

    އިންޑިޔާގެ އެހީނެތި ލާހިއްކެނޫން މޑޕއަށް ދެމިއޮވެވޭކަން .އަދި ޝަރީފަށް މަޖުލިހުގަ ދެމިހުރެވޭކަން...ދިވެހިން ސާބިތުކޮއްދީފައޮތީ އިންޑިޔާއާނުލާ އުޅެވޭނެކަން އަދި ދިރިއުޅެފަ ދައްކާފައޮތީ..މޑޕއަށް ނުކެރޭނެ އިންޑިޔާނުލާ އުޅެން..

    15
  3. ކާފަބޭ2020

    ޢިންޑިއާގެ އަސްކަރީބާރުތައްމިސަރަހައްދުބަލަހައްޓާލެއް މޮޅުކަމާކަމަށްކަމޭހިތާލެއްބޮޑުލަމުން ޓަނުންޓަނުން މަސްތުވާތަކެތިއެތެރެވެ އަތްފޯރާފަށުން ދާއަޅައިގެންމަސްކޮޅު ނަގައިގެންދާއިރު ވާނުވާއިނގޭބަޔަކުއުޅޭބާ؟؟؟؟؟؟؟؟

  4. އަހްމދުު

    ހަމަ އިންޑިއާވެސް ބޭނުންވާނެ އެހެން ގައުމުތަކުގެ އެހީތެރިކަން... އެކި ގޮތް ގޮތުން.... ނޫންނަމަ ހަމަ ކަމަކަށް އެމީހުން މިވަރަކަށް މި ކުޑކުޑަ ރާއްޖެއާ ހެދީ އެއްނޫޅޭނެ... 1.3 ބިލިއަން މީހުންގެ ތެރެއިން ވަރަށް ބޮޑު ޕަރސެންޓެއްގެ މީހުން އެބައުޅޭ ވަރަށް ނިކަމެތި ހާލުގަ.. ގައިމު ކޮއްމެސް ކަމެއްވީމަތާ، އެނިކަމެތިން ތިއްބާ، ރާއްޖެ އަށް މިހާ ބައިވަރު ލާރި އާއި ތަކެތިން އެހީވަނީ...

  5. Anonymous

    އިންޑިއާ ސިފައިން ބާ ގައުމު ހިންގަނީ؟ އެމީހުން އުޅޭތަ ސަރަހައްދުގެ ހުރިހާ ގައުމެއްގަ ސްޓޭށަން ވެގެން؟ އެމީހުންތަ ގައުމުތަކުގެ މިލިޓަރީ ބޯޓުތައް ދުއްވަނީ؟ ތިހެން ވެއްޖެއްޔާ ކޮންމެހެން އެ ގައެމެއްގެ އަމިއްލަ ސިފައިން ތިބުމުގެ ބޭނުމެއް ނެތް ދޯ. ޢިންޑިއާއާ އެކީ ގުޅުން އޮވެގެނެއް ނޫން މައްސަލައަކީ. ޢެމީހުން މަޑުމަޑުން މިތަނަށް ސިފައިން ގެނެސް ގިނަ ކުރަމުންދާތީ. ޢެއީ މިތަނަށް ޓޮރޭނިން އެއް ހަދަން ނޫނީ ޗުއްޓީ އަށް އަންނަ ބައެއް ނޫން. ޢެތިބެނީ ސްޓޭށަން ވެގެން މިތާ އޮޕަރޭޓް ކުރަން. ޢެއްވެސް ބަޔަކަށް އެވަރަށް ބާރު ދީ އިތުބާރު ކުރެމަކީ ރަނގަޅު ކަމެއް ނޫން. ޢެމީހުން ތިބެގެން މަސްތުވަތަކެތި އެތެރެ ކުރުންވެސް މަދުތަ؟ ދުވަހުން ދުވަހަށް އިތުރުވަނީ. އެމީހުން ތިބެގެން ގައުމުގެ ކަން ކަން ރަނގަޅު ވާނަމަ މިހާރު އޮންނާނީ ވެފަ. ގައުމުގެ ހާލަތު ވެސް ދުވަހުން ދުވަހަށް ދަނީ ދަށަށް. ދެން ހަމަ ކޮންމެ ކަމެއް ވާއިރަށް ކުޜީ ސަރރުކާރޭ. ޢެއްވެސް ޒިންމާދާރުވެރުކަމެއް ނެތްކަން ވެސް އެބަ އިނގޭ.

  6. ހަޔަސިންތް

    އިތުރު ލާރިކޮޅެއް ލިބުނީ ދޯ

    16
  7. ތެޔޮބިޑި

    ކޮއްމެ ގުޅުމެއްއޮތަސް އެހީތެރިވިއަސް އިންޑިއާގެ އާމީފޯސް ރާއްޖޭގަތިބޭކައްނުޖެހޭ މީގެކުރިންވެސްއެހީއާގުޅުންއޮވޭ ރާއްޖެއައް އެމްޑީޕީ އުފަންވީސްސުރެ މުޅިގައުމު ބޭރުމީހުންދޫކޮއްލީ ވިއްކަނީ ވެރިކަމައްއައްނަނީ ބޭރުގައުމުތަކުގެއެކިޖަމާއަށްތަކުގެއެހީގަ ބަދަލެއްގެގޮތުން ވިއްކާލަނީގައުމު އައުޓްކުރަންވީ ފުރަތަމަ މިގުރޫޕް ރައްލާޖެހި ވަގުން

  8. މޮހޮނު

    ބަލަ ޝަރީފޫ ދިވެހިންނެއް ނޫޅެޔޭ އިންޑިޔާ ދެކެ ރުޅިއައިސްގެން އެމީހުންގެ އެހީ ނުހޯދާ އުޅޭކަށްވެސް ދިވެހި ރައްޔިތުން މިބުނަނީ އިންޑިޔާގެ އަސްކަރީ ސިފައިންނާއި ޖާސޫސީ އެޖެންޓުން މިޤައުމުން ފޮނުވާލާށޭ! ދިވެހިރައްޔިތުން ނޫޅޭ އިންޑިޔާގެ އަސްކަރިއްޔާދެކެ ރުޅިއައިސްގެންވެސް!

  9. ޑައެލޯގް

    ސަރީފު ތިޔައީ ކަނޑައެޅިގެންދޮގެކެވެ. ޕާކިސްތާނަކީ ސަރަހައްދީ ގައުމެކެވެ. އެމީހުނެއް އިންޑިޔާގެ އެހީނުހޯދައެވެ.

  10. ލާހި

    ޝަރީފް ދުވާލާއި ރޭގަޑު އޮޅުނީތޯ ؟ އެހީއާއި މިނިވަން ކަން ގެއްލުވާލަން ބޭރު ޤައުމެއްގެ މިލިޓުރީ އޮތުމަކީ ދެކަމެއް ނުންތޯ ؟

  11. ސސ

    ﷲ ގެ އެހީތެރިކަން އޮތިއްޔާ އިންޑިޔާގެ އެހީތެރިކަން ނެތަސް އުޅެވޭނެ !

  12. އެހެންތަހީވަނީ

    އިންޑިއާއަކީ ބުލީއެއްވީމަ އެގައުމުގެ ދަށުވެގެން ހުރިހާ ގައުމުތަކެއް ތިބެންޖެހޭތަ؟ އިންޑިއާ ކަނޑަކީ އިންޑިއާގެ ތަނެއް ނޫން. ގައުމުތަކުގެ އީއީޒެޑް ބަހާފަ އެއޮންނަނީ ކޮންމެ ގައުމެއްގެ ކަނޑުގެ ސަރަހައްދު ވަކިކޮށްފަ ބައިނަލް އަގްވާމީ ގާނޫނުތަކުގެ ދަށުން. އިންޑިއާގެ އެހީ ނުލިބި އިންޑިއާ ކަނޑުގަ ނުއުޅެވޭނެއޭ ކިޔައި މީހުން މޮޔަ ހައްދަން އުޅޭނެ ކަމެއް ނެތް. އެހެން ގައުމުތަކުގެ ހުއްދަތައް ހޯދައިގެން ކަންކަން ކުރާ އުސޫލުން ކުރަން އިންޑިއާއިން ކަންކަމަށް ހުއްދަ ނުދޭނަމަ އެމީހުން ބައިނަލް އަގްވާމީ ގާނޫނުތަކާ އެ ޚިލާފްވަނީ. އިންޑިއާ ބޮޑުކަމުންނޭ ބާރުގަދަ ކަމުންނޭ ކިޔާފަ މާ ބޮޑު އަޅުވެތިކަމެއްގަ އަހަރުމެން ތިބޭކަށް ނުޖެހޭ. މިއީ ގޮވާލީމަ މާ ދުރުންވެސް އެހީ ލިބޭ ޒަމާނެއް. އިންޑިއާއިން އެހީވަނީ އެއަށްވުރެ ބޮޑު އެއްޗެއް ބަދަލުގައި ލިބޭ ގޮތަށް. 88 ގަ ރާއްޖެ ސަލާމަތްކޮށްދިނީތީއޭ ކިޔާފަ ހިސާބަށްވުރެ ބޮޑަށް އަޅުވެތިވާކަށް ނުޖެހޭ.