ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އިލިޔާސް ލަބީބްއަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ގޮތުން ގުރުބާންކުރާ ކަންބަޅިއެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލިޔާސް ލަބީބްއަކީ ސީރިޔަސް ކެނޑިޑޭޓެއް ނޫންކަން އައްޑޫ ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އިލިޔާސްއަކީ ސިޔާސީ ގޮތުން ނަޝީދު އަނެއްކާވެސް ގުރުބާން ކުރާ ކަންބަޅިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިހާބު ކާމިޔާބުވުމުގެ އެއްވެސް އުންމީދެއް އޮތްނަމަ ދަ ޑިމޮކްރެޓްސް ޕާޓީގެ ކެނޑިޑޭޓަކަށްވާނީ ރައީސް ނަޝީދު." މަވޯޓާ ވިދާޅުވިއެވެ.

އިލިޔާސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް (އެސްއޯއީ) ކޮމިޓީގެ މުގައްރިރުކަން މި ހިނގާ 19 ވަނަ މަޖިލީހުގައި ކުރައްވައިފައެވެ.

ނަމަވެސް އޭނާ ދަ ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވަން ފައްޓަވައި ސަރުކާރާ ދެކޮޅަށް ނިކުންނެވުމުން މުގައްރިރުކަމުން ވަނީ ވަކި ކޮށްފައެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، އިލްޔާސް ފިޔަވައި އިތުރު ބޭފުޅަކު ޕްރައިމަރީގައި ވާދަކުރައްވަން ފޯމް ހުށަހަޅުއްވާފައި ނުވެއެވެ. އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެއެވެ. އަދި އެ ކެންޑިޑޭޓަށް %10 ތާއީދު ލިބިއްޖެ ނަމަ، އެ މީހަކީ ރިޔާސީ ކެންޑިޑޭޓެވެ. އިލްޔާސް ވަނީ ޕްރައިމަރީގައި ވޯޓްލި މެންބަރުންގެ %95 ހޯއްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންތިހާބުގައި އިލިޔާސް ދެވަނަ ބުރަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހުސޭނުބޭ

    މަވޯޓާއާ ބުނާކަށް ތިޔަ ކަންބަޅީގެ ގެއްލުން ކަލޭމެންނަށް ވަރަށް ބޮޑުވާނެ! މިހާރުވެސް ކަލޭމެންގެ ކޭކުފޮތީގެ އެއްފަޅި ހިފައިގެން ގޮސް އެހުރީ!

  2. ގައްބަރޭ

    މީނައާ ނުބެހޭ ހަމައެއްކަމެއްވެސް ނެތިއްޔޭ.

  3. ރަން ފަތިސް

    ދަ ޑިމޮކްރެޓްސް އަކީ ބޮޑު ޖޯކެއް!

  4. Anonymous

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް މިއުޅެނީ !

  5. ގޯނިބޭ

    މީނަ ކަތިނުލާ މީހަކު ނެތް. މިހާރު އަޑު އިވޭ މީނަމީ ޗއ ކަތިލަން ގެންގުޅޭ ބަކައްޓެކޭ

  6. ާަމަރީ

    ބިރުގަތީދޯ.. ރަގަޅަށްވެސް މަވޯޓާ ފިއްކެޑިއްޖެ..

  7. އިލްޔާސް ލަބީބު

    ދަރިޔަކަށް ވަގަށް ވަޒީފާދީގެން ޤައުމް ތި ޤުރުބާން ކުރަނީ..

  8. އަލިފް

    ކަލޭތީ ކުރައްޕެއް

  9. ުޔތު

    އިބޫ ގުރުބާން ކުރީ އައްނި އައްނި ގުރުބާން ކުޅައީ އިލިހާށު.

  10. ކަންބަޅި

    "އިލްޔާސަކީ ނަޝީދު ސިޔާސީ ގޮތުން ގުރުބާންކުރާ ކަންބަޅިއެއް" މިއީ ހަމައެއްމެއްނަށްވެސް އެނގޭ ބޮޑު ހަޤީގަތެއް

  11. Anonymous

    މި މަވޯޓާ އަށް ހާދަ ބާރެއް އެބަ ކުރެޔޭ ދޯ އިލްޔާސް ކުރިމަތިލީމަ! ޑާލް މޭ ކުޗް ކާލާ އޭ ބުނާ އުސޫލުން މީނަ ބިރުގަންނަނީ އައްޑޫ މީހުން އިލްޔާސް އށް ވޯޓް ދީގެން އައްޑޫ އިން މީނަ ގެ ސަޕޯރޓް އޮންނަ މީހަކަށް ވޯޓް މަދު ވެދާނެތީ! ހަމަޖެހިބަލަ މަބޯޓާ

  12. އިކުރާމު

    ތީ ޑީއާޜުޕީ މީހެއް އެމުޑީޕީ ރޫޅާލަން އުޅޭ

  13. އިމާ

    މިކަހަލަ މީހުން ދެވަނަ ދައުރަކަްއް ހޮވިއްޖެއްޔާ ބޭރުކުރަން ވާނެ

  14. ވިކިލީކްސް

    ވަރަށް ބޮޑު ތެދެއް

  15. ނަމަ

    މަވޯޓާ އަށް މިހާރު މީހުން ވެސް ޖަނަވާރުންގެ ސިފައިގަ ފެންނަނީބާ؟

  16. ސަނާ

    މަށަށް އެގޭކަމަކީ ނަޝީދާއެކު އެތަކެއްހާސް ވޯޓުވެސް ދާނޭކަން! 2018 ގައި 8 މީހުން އެއްވެގެން ވަގުވެސް ހަދައިގެން ހޯދުނީ 135000 ވޯޓު! މިފަހަރު ތިތިބީ ތާކުންތާކުނުޖެހޭ 3 މީހުން އެއްވެފަ! މަށަށް ޔަޤީންވާކަމަކީ 60000 ވޯޓު އެންމެ ދަށްވެގެންވެސް ގެއްލޭނޭކަން!

  17. އަހަންމަދު

    ލަބީބު ގުރުބާން ކިރެވުނަސް ފަޟީހަތް ވާނީ ހަމަ އަގަމުނިމުނިކަވާ ކަޗޯރު އަންނި.