ޕްރައިމަރީއެއްގައި 3000 ވޯޓު ލިބިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވުމަކީ ހެއްވާ ކަމެއް ކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް އެފަދައިން ވިދާޅުވީ، އިއްޔެ ޑިމޮކްރެޓްސްއިން ބޭއްވި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކު ހޯވާ ޕްރައިމަރީގައި އިލްޔާސް ލަބީބްއަށް 3،041 ވޯޓު ލިބުމާއި ގުޅިގެން އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން ކުރެއްވި ޓުވިޓެއްގައި ޝަރީފް ވިދާޅުވީ، އާންމުންނަށް ހުޅުވާލައިގެން ބޭއްވުނު ޕްރައިމަރީއަކުން 3000 ވޯޓު ލިބިގެން ކާމިޔާބު ކުރެވުނު ބޭފުޅަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވުމަކީ ހެއްވާ ކަމެއް ކަމަށެވެ.

އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ ޕްރައިމަރީގައި 3،208 މީހުން ވޯޓު ލާފައިވާއިރު، އިލްޔާސްއާއި ދެކޮޅަށް 153 މީހަކު ވަނީ ވޯޓު ލާފައެވެ. އަދި ނުވަ ވޯޓު ވަނީ ބާތިލުވެފައެވެ.

އިލްޔާސްއަކީ ޑިމޮކްރެޓްސްގެ އިންތިގާލީ ކައުންސިލުން މި ވަގުތަށް ބައެއް ކޮމިޓީތައް އެކުލަވާލިއިރު އެ ޕާޓީގެ މެނިފެސްޓޯގެ މަސައްކަތް އިސްކޮށް ބަލަހައްޓަން ހަވާލުކުރި ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކަލެޔަށް ހާދަ ނޭގެ ދޯ! ފޯރމިއުލާ އެބައޮތް. އުމުރު ދުވަހު މަޖިލީސް މެމްބަރުކަން ކުރާއިރުވެސް ހާދަ ކަމެއް ނޭގޭދޯ. !

    10
    1
  2. ހަންޑިކުޑަ

    ހޮހޮހޮހޯ ޝަރީފޫ! ވަން ޝޮޓޫން އަފިރިން މިކަން ނިންމާލާނަންވާ!

    11
    1
  3. ރޮޒޭ

    ޑީއާރުޕީ މީހުން އައިސް އެމުޑީޕީ ރޫޅާލުމަކީ ވެސް ވ ހެއްވާކަމެއް