އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބޭ ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކޮށް އެފަދަ ދަރިންތަކެއް މުޖުތަމައުގައި އުފެއްދުމުގެ މަސައްކަތަކީ މިއަދުގެ ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއްދޭ އެއް ކަންތައް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ ގުރުއާން ކިޔެވުމުގެ 34 ވަނަ މުބާރާތް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ވަނީ ރަނގަޅު ޖީލެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެމަނިކުފާނު ވަނީ މަދަރުސާތަކާއި، ދަރިންނަށް ކިޔަވައިދޭ ހުރިހާ އިދާރާތަކުންވެސް ހެޔޮ ލަފާ، މަސައްކަތްތެރި، ގާބިލު، ރަނގަޅު ޖީލެއް ބިނާކުރުމަށް ސަމާލުކަންދިނުމަށް އެދިވަޑައިގެންފައެވެ.

ނައިބު ރައީސް ވަނީ މި ސަރުކާރުން ގުރުއާން ކިޔަވައިދެއްވުމަށާއި އިސްލާމީ ތަރުބިއްޔަތު ކުދިންނަށް ދިނުމަށް ދެއްވާ ސަމާލުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ގައުމީ ގުރުއާން މުބާރާތެއް އިންޒިތާމުކޮށް ހިންގުމުގެ މަގްސަދަކީވެސް ވަރަށް ސާފު މަގްސަދެއްކަމަށާއި އެއީ ތުއްތުކުދިންގެ ހިތްތަކުގައި ގުރުއާނަށް ލޯބިޖައްސައި، ތަޖުވީދުގެ މަގުން ކިޔެވުމަށް ހިތްވަރުދިނުންކަމުގައެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އެއްބައިވަންތަ ކަމާއެކު ގައުމު ކުރިއެރުވުމަށް ނަސޭހަތްތެރިވެލައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ ﷲ ގެ އިރާދަފުޅުން ދުވަހަކުވެސް މި ލޮބުވެތިފަސްގަނޑު ދެމި އޮތްހާ ހިނދަކު މި ފަސްގަނޑުގައި ބަޔަކު ދިރިއުޅޭހާ ހިނދަކު، އިސްލާމްދީނުގެ ނޫރު އަދި އަލިކަން ދުވަހަކުވެސް ފިލައިގެނެއް ނުދާނެކަމަށާއި، ﷲ އިރާދަކުރެއްވިއްޔާ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ޤަދަރާއި ލޯބި ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަމުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ

    ނޭންގުނޭ ތިޔަ ވިދާޅުވިބަހުގެ މާނައެއް ހާން ނޭންގުނޭ!!!!!!

    14
  2. ޝަރަފިއްޔާ

    ޖީލުތަށް ހަލާކު ކުރާ ފިކުރުތަކަށް ފުރުސަތުތަށް ދެމުން ތިކިޔަނީ ކީކޭ!!، ، ވަރަށް ސަލާން ،،،. އިސްތިއުފާަ ،.،،،،،،

    16
  3. ދަރަނި ދަންތުރަ

    ބަޔަކު ހޭދެބައިވެދާނެ ، އެހެންވެތޯ ހޯމްސްޓޭ ތައާރަފުކޮށް ދިވެހިން ވަހުސީކުރުވާ މަގުފުރައްދަން ތިޔަފެއްޓެވީ ގޭގެ ދެކޮޓަރިން އެއްކޮޓަރީގައި ޔޫރަޕުގެ ފަރަންޖީން ނިންދަވަން ފުރުސަތު ތިޔަދެއްވީ ދިވެހިން ދިރިއުޅޭ ރަށްރަށުގައި ފަރަންޖީން ބިކިނީގައި ދިރިއުޅެން ފުރުސަތު ތިޔަހުޅުވާލީ މިއީ މަކަރުވެރި ހިޔަޅު...

  4. އުންބެ

    ދީނުގެ ސައްހަ އަގީދާމަތީ ތިބޭނެ ޖީލެއް އުފެއްދިޔަސް ސަރުކާރަކީ ދީނަށްބީރަށްޓެހި ސަރުކާރެއް މިހާރުވެސް ސަރުކާރުގެ މަތީމަގާމުތަކުގަ އޭގެމީހުން ވަރަށްގިނަ ދެން ޖީލުގެ ބޭނުމަކީ ކޮބާ ނުއަތުބުރަށްއެނބުރިފައިވާ ސަރުކާރަކުން ތިޔަކަމެއް ނުކުރާނެ.

  5. ޖާނޭ

    ޢިސްލާމްދީނަށް މިއަށްވުރެ ބޮޑަށް ފުރައްސާރަ ކުރި ސަރުކާރެއް މިރާއްޖެ ނުދެކޭ.

  6. ސސ

    މިއަދު އިސާމްދީން ފޮހެލުމުގެ މަސައްކަތް ކުރަނީ ޤާނޫނުގެ ތެރެއިން ޤާނޫނުތަށް ބައްޓަން ކުރަމުން ދަނީ އިސްލާމް ދީން ބަލިކަށިވާ ގޮތަށް ! ނަމުން ދީން ހިމާޔަށް ކުރުން ކަމުން އެހެންގޮތެއް !

  7. ކެނެރީގެ މާފަތް އެދުރު

    ކަލޭ ތިޔަހެން ތަންތަނަށް އަރާފަ ބުންޏަސް މިސަރުކާރުން ކަންކަން ހިންގަނީ ދިމާ އިދިކޮޅަށް ސަރުކާރުގެ އެޖެންޑާ ފޮރުވަން އުޅޭނެ ކަމެއްނެތް