ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އައިޖީއެމްއެޗް ހޮސްޕިޓަލް ކައިރީގައި އަނެއްކާވެސް ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ހޮސްޕިޓަލެއް އެޅިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކެމްޕޭނަށް ކޮމަންޑުއަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނަށް ވެސް ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ހޮސްޕިޓަލެއް އެޅިދާނެ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް ކަމަށެވެ.

"އަޅުގަނޑަށްވެސް އައިޖީއެމްއެޗް ކައިރީގައި އިތުރު ޓަވަރެއް ނެގިދާނެ. އެއްވެސް ކަމެއް ނޫން އެއީ. އަޅުގަނޑަށް އެ ތަނަށް ޑޮކްޓަރުންވެސް ލެވިދާނެ. ހިދުމަތްތައްވެސް ދެވިދާނެ. ވިސްނާލަންވީ އޭގެއިން މާލޭގައި ތިއްބަވާ ބޭފުޅުންނަށް، ތިބޭފުޅުންނަށް ކުރާނީ ކޮން ފައިދާއެއްތޯ. އޭގެއިން ވާނެ ހަމައެކަނި ކަމަކީ އައިޖީއެމްއެޗްގެ ކިޔޫ ދިގުވުން،" ރައީސް ވިދާޅުވިއެވެ.

އައިޖީއެމްއެޗް ކައިރީގައި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ އިތުރު ޓަވަރެއް އެޅި ނަމަވެސް މާލެ ދިޔުމަށް ކުރާ ދަތުރަށާއި އެކަމަށް ހޭދަވާ ވަގުތަށް ބަދަލެއް ނާންނާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ލާމަރުކަޒުކޮށް، އެކި ސަރަހައްދުތަކުން ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު ފަސް ޓާޝަރީ ހޮސްޕިޓަލެއްގެ މަސައްކަތް ކުރިއަށްގެންދާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، އެ ފަސް ހޮސްޕިޓަލަށް ހޭދަ ކުރާ ފައިސާ އެއްކޮށްގެން އައިޖީއެމްއެޗް ކައިރީގައި ދަރުމަވަންތަ ހޮސްޕިޓަލާ އެއްގޮތަށް އިތުރު ޓަވަރެއް އިމާރާތް ކުރެވިދާނެ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން މާލޭގައި ދިރިއުޅޭ މީހުންނަށާއި ވަކިވަކި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ފައިދާއެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މީގެ ކުރިން ވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުއަށް އެތައް ފަހަރަކު ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލަކީ ހޮހޮޅައެކެވެ.

ކިޔުންތެރިންގެ ހިޔާލު

68 ކޮމެންޓް

  1. އަބުޅޯ

    ލަދެއްނެތީމަ އަނގަ ގެޅިދާނެ. އޭގެ ހޮސްޕިޓަލެއް އަޅާފަ ދައްކަބަލަ. ފައިދާއޭ ގެއްލުމޭ ކިޔާނީ އޭގެ ފަހުން

    148
    2
    • Anonymous

      ގޮވާ ހާލެއް ފިޔައެއް ނުތަޅާނެ! އަނގައިން ކަލެއަށް ކަންކަން ކުރެވޭނީ. ތިއީ ކިޔަވައިގެންހުރި ތަޖުރިބާހުރި މީހެއްނަމަ ތިކަންތައްތައް ވެދާނެ. އެކަމަކު ތީނައަކީ ހަމައެކަނި ހަފްލާތައް ޝަރަފުވެރިކުރަން ބަހައްޓާފަހުރި ބުދެއްވީމަ ތި ކަނޑާ ފޮންޏެއް ގަބޫލެއްނުކުރެވޭ.

      76
    • ޙައްގުބަސް

      ވޯޓް ހޯދަން ދޮގުހަދަނީ!! ރިޔާސީ އިންތިޚާބުގައިވެސް ދޮގުހަދައިގެން ނުވިތާކަށ އީސީ ޝަރީފަށް ރިޝްވަތު ދީގެން ވޯޓުން ވައްކަން ކޮށްގެން ވެރިމަށް އައީ!! ދެން އައި މަޖްލިސް އިންތިޚާބުގައިވެސް ދޮގުހަދައިގެން މަޖްލިސް މެޖޯރިޓީ ހޯދީ!! ތިން އަހަރުވިއިރު ކުރެވުނު ކަމަކީ ކޮވިޑްތެރޭ ދިވެހިންގެ ނޭވާހޮޅިން ވައްކަން (ޕީސީއާރު މެޝިނެގެ ބޮޑު ވައްކަން) ކުރުމާއި ބަދަލުގެ ގޮތުގައި ދައުލަތުގެ ޚަޒާނާ ގާތް މީހުންނަށް ބަހާ ހުސްކުރުމާ ސިޔާސީ މަގާމުތައް އުފެއްދިމާ ދިވެހި ރައްޔިތުންގެ ބޮލުގައި ދަރަނީގެ އެތައް ލޯނެއް އިންޑިޔާއިން ނަގާ އެޅުވުމާއި އަޑިނޭނގޭ އެއްބަސްވުންތައް ހަދާ ގާނޫނުތަކާ ޚިލާފަށް އިންޑިޔާގެ ގިނަ ޢަދަދެއްގެ ސިފައިން މިރާއްޖޭގައި ބޭތިއްބުމާ ދީނީ އަގީދާ ބަލިކަށިކުރަން މަސައްކަތްކުރުމާ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމާ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމަށް ހުރަސްއެޅުމާ ރައްޔިތުންނަށް އަނިޔާވެރިވުމާ ބާޒާރުކޮތަޅުން ޓެކްސް ނެގުމަށް ނިންމުން!! ކޮބާ މިވެރިކަމާ މަޖްލިސް ސުޕަ މެޖޯރިޓީ ދިނީމާ ގައުމަށާ ރައްޔިތުންނަށްވި ލުއިފަސޭހަކަމާ ފައިދާއަކީ؟ އިންޑިޔާއައުޓް!! ހޮވަންވީ ޕީޕީއެމްގެ މެމްބަރުން! އޭރުން ގައުމަށް ރައްޔިތުންނަށް ކުރިއެރުން ލިބޭނެ!!

      11
  2. އަހަރެން

    އަސްލު ހަޖަމެއް ނުވޭ ދަރުމަވަންތަ ހޮސްޕިޓާ ފެނުނީމަ އިބޫ ސޯލިހުގެ ގައިން ހީބިހި ނަގަނީ

    149
    1
    • Anonymous

      ރޯދަމަސް އަންނަން 2 މަހައްވީމަ "ސަޅިބައިސާ" ގެ ޝޫޓިންގ ފެށުނީތަ؟

      82
    • Anonymous

      ރައީސް ޔާމީންގެ 5 އަހަރުވެސް އަހަރެމެން އަޑުނާހަ ވާހަކަތަކަކީ" ތަރައްގީއަންނަނީ"، "އަމާޒަކީ" ފަދަ މުސްތަގުބަލުގެ ވާހަކަތައް. މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ބޭނުންކުރާ ބަސްތައް.
      ރައީސް ޔާމީން ބޭކާރު އަނގަނުތަޅާ ބޮޑެތި މެގަ ޕްރޮޖެކްޓްތައް ހިންގެވީ.
      ކޮވިޑްގެ މި 2 އަހަރުވެސް މިސަރުކާރުން ބޭނުންކުރީ ރައީސް ޔާމީން ރައްޔިތުންނަށް ޖަމާކޮށްދެވި ފައިސާ. 954 މިލިއަން ޑޮލަރު ހުރި ރިޒާވްގައި. މިވެެިކަމުގައި ހަޒާނާ ހުސްކޮސްލާ 40 ބިލިއަން ރުފިޔާ ޕްރިންޓް ކޮށްފި. މިކަމުގެ ސަބަބުން ޑޮލަރު މިހާރު ހުރީ 18 ރުފިޔާގެ. މިއީ 30 ޕަސެންޓުގެ އިންފްލޭޝަން. މިތާތިބީ ދިވެހިން ކަހަހަލަ ނުކިޔަވާތިބި ޖާހިލުންވީމަ މިވެރިކަން މިއޮންނަނީވެސް. ތަންދޮރު ދަންނަ ބައެއްތިބި ގައުމެއްނަމަ މިހާރު މިސަރުކާރު ވެއްޓިއްޖައީސް. ސަރުކާރުން ރައްޔިތުންނަށްދޭ އެއްޗަކީ އިންފްލޭޝަން. ދެން ބަނދަރޭ ނަރުދަމާއޭ ކިޔައިގެން ވިޔަފާރިވެރިންނަށް މުޅި ގައުމުދީ ނިންމައިފި.

      76
  3. މޕ

    ގައުމާއި ދީނަށް ޓަކައި އެމްޑީޕީ އަށް ވޯޓް ނުދިނުން އިސްލާމް ދީނުގަ ތިބޭ ބަޔަކަށް ވާޖިބު ވާނެ

    132
    5
  4. އހ

    މިވަގުތު އުޑުން ތަރި ވެސް ބާލުވަ ފާނެ ކުއްލި އަކަށް އިންތިހާބު ޖެހުނީމަ

    121
    2
  5. ނާހަމަ ތެދެއް

    Gaumah takaa adhi dheenah takaa MDP aa dhekolhah vote dhinun maa aulaakan bodu, faisa aai adhi mi vaguthu inthi haabah kohdhey kamakee hithun ruhumun kuraa kameh noon ekan nimuneema dhen hadhaaneh nuvaane kameh koh dheykah, vote MDP ah nudhinun enme ragalhu gotha kee.
    Miyoh hurihaa dhuvahu MDP baaru ove nukoh ovefa kulhi akah kurun gose

    54
    2
  6. ނާދިރާ

    ހަހަހަ.. އެއްކަލަ މީހާ. ހެޔޮނުވާނެ އިސްތިއުފާ ދީ. ތީ ވަގު ވޯޓުން ވެރިކަން ފޭރިގަނެގެން ލިބުނު ނާޖާއިޒް މަގާމެއް

    115
    2
  7. ޙާލަތު

    އެޅޭނަމަ އަޅާނެ.. ނާޅައެއް ނުހުންނާނެ.. ލާމަރުކަޒޭކިޔާފަ މާލެއަށް ނުލިޔެ ކުރެވޭކަމެއް ބުނެބަލަ...

    113
    1
  8. އެހެން ޒޯނެއްގައި އެޅީމަ ގަބޫލުކުރެވިދާނެ

    "އަޅުގަނޑަށްވެސް އައިޖީއެމްއެޗް ކައިރީގައި އިތުރު ޓަވަރެއް ނެގިދާނެ. އެއްވެސް ކަމެއް ނޫން އެއީ. އަޅުގަނޑަށް އެ ތަނަށް ޑޮކްޓަރުންވެސް ލެވިދާނެ. ހިދުމަތްތައްވެސް ދެވިދާނެ. ވިސްނާލަންވީ އޭގެއިން މާލޭގައި ތިއްބަވާ ބޭފުޅުންނަށް، ތިބޭފުޅުންނަށް ކުރާނީ ކޮން ފައިދާއެއްތޯ. އޭގެއިން ވާނެ ހަމައެކަނި ކަމަކީ އައިޖީއެމްއެޗްގެ ކިޔޫ ދިގުވުން،"

    އެހެންވެއްޖިއްޔާ ތިހޮސްޕިޓާ އެހެން ރަށެއްގައި، އައްޑޫ ސިޓީ ނުވަތަ ތިރަށުގައި އަޅަންވީ ނޫންތޯ

    104
    2
  9. ޜައްޔިތުމީހާ

    ބުރާންޗާ، އަނގަ އޮތިއްޔާ ބޭނުން އެއްޗެއް ކީދާނެ، އެކަމަކު ހަގީގަތް އޮޅުވައެއް ނުލެވޭނެ، ތި އނޑޕ އަކީ ހުސް އަނގަތަޅަން ދަންނަ ބައެއް، އެވެސް އޮއްޓަރެއްނެތް...

    105
    1
  10. ޢަހުމަދު

    ގައުމުގެރައީސް ދައްކަންޖެހޭސާގުގެވާހަކައެއްނޫން މިޔަކީ. ޢިރާދަކުރެއްވިއްޔާ 2023 މިކަންނިންމާނަން

    111
    1
  11. ހުސައިން

    ވާނެ ވާނެ، މަސްވެރިންނަށް ހަމައަގުވެސް ދެއްވީ މަނިކުފާނު. ކެއްކެއް

    68
    1
  12. މޫސާ

    ދެން އަޅާބަލަ އަރެމެން މިތިބީބަލަން

    83
  13. ފޮނި ބައިސާ

    މަނިކުފާނު ޖެހޭނީ މޮޔަފުޅުވާން. ނުރުހުނަސް އަމާވެސް އޮތީ އެތަނުން ފަރުވާ ހޯދާފަ. އަޅާފަ ދައްކަބަލަ. ކޮބާތަ ބުރިޖު. މެކުނު ފުމުނަސް ގާހަކައަކަށް ނުފުމެވޭނެ.

    97
  14. ރާއްޖެތެރެ

    ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮއް 300 މިލިޔަންޑޮލަރު އެމްޑީޕީޔައަ ލިބުނު ފެންތައްޓަކާ ނުލާ ދިރުވާލީ

    95
  15. އަހުމަދު

    ނޭޅޭނެ އެއްކަމެއްވެސް ވާމީހެއްނޫންތީ.

    94
    1
  16. ރަދީފް ހުސެން

    ދަރުމަވަންތަ ފެނި ކިތަންމެ މޭކެރިޔަސް އެވަރުތަނެއް ނޭޅޭނެ، އެޅޭނަމަ މޭނުފުއްޕާ ކަންކޮއްފަދައްކާނެ. ލާމަރުކަޒީ ދުލުންކިޔިދާނެ އެކަމު ތިއުޅެނީ އަޅާފަ ހުރި ސިއްހީމަރުކަޒު ގަނޑަކައް 3 އަހަރުވީއިރު ކޮޓަރިބަރިއެއް އިތުކޮއް ނުލެވި، އަދި ބޮޑުބޭގެ ގައުމުން ޑޮކްޓަރު ގަނޑެއް ހާހިސާބު ނުގެނެވިގެން. ކުރުވޭނެހާވެސް ކަމަކީ ކުރީފަހަރު ހެދިހެން އަނެއްކާ ދެތިން ވެންޓިލޭތަރޭކިޔާ ލާރިގަނޑެއް ދިރުވާލުން.

    83
  17. ޙަސަންބެއްޔާ

    ހިތަށްއެރިޔަސް ގާބިލުކަމެއް ނެތިއްޔާ ނުވާނެ..ތިކަހަލަ ކިތަށްމެ ބިނާއެއް އަޅާލެވޭވަރަށް ހަރަދުކޮށްފި..ފެންނާކަށް ނެއް އެކަށްޗެއްވެސް..ނުބައްދަލު އަގެއްގަ މަސައްކަތް ކޮއްގެން ހަދާ ވަގުތީ ބިނާތަށް ބޭނުމެއްނޫ…

    77
    1
  18. ރާބޮނދި

    ކަލެއަށް އެޅޭނީ ފޮޅި

    79
    • ޕާން

      ހިޔެއްނުވޭ ފޮޅިވެސްްއެޅިދާނެ ހެނެއް . އެއްވެސް އުރައްޕެއްނެތް ތިޔަކު.

      52
  19. އުއްތަމަ އުސްތާޛް

    ނޭޅޭނެ. މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ

    80
    1
  20. ނިމާކްޗާންދު

    މަނިކުފާނަަށް ކުރެވޭނެ ކަމަކީ ސިއްކަ އާއިލާއާ ގުޅިގެން ގައުމު ވިއްކާލުން. އެކަންވަރަށް ރަނގަޅަށް އެބަޖުރައްވާ
    ދެން އަބަދުވެޒް މަނިކުފާނު ވިދާޅުވާގޮތައް ތޮޔަ ވިދާޅުވީ. ފްލެޓްވެސް އަދަދު އިޢުލާންކުރައްވަނީ. މިކަންވެސް އެގިތަށް މިދިޔައީ. އެޅިދާނެ އަކުން.

    67
  21. ީއިސްމާޢީލް

    ސޯލިހް އކަށް ނުވާނެ

    67
  22. ބޮޑުބެ

    މަ ހިއެއް ނުކުރަން މިހާ ގަޅި ވާނެ ކަމަކަށް.

    79
  23. ކ

    ކޮބާ އެޅިފަ... އަޅާފަ ތިހެން ބުނޭ... ބޭކާރު ވާހަކަ އެއް... ކޮބާ ކުރެވުނު ކަމެއް...

    74
  24. ދައިން

    ސަރުކާރުން މިވީ 3 އަހަރު ތެރޭކޮށްދިން ކަމެއް ނެތް... ރައްޔިތުން ބިކަވެ ނިކަމެތިވީ... އެމްޑީޕީ އާންމު މެމްބަރުން ނިކަމެތި ހާލުގަ... ވެރިން ގެ މުއްސަދިކަން އެތަށް ލައްކަ އިތުރު ވެއްޖެ... ބޮޑުތަނުން ދެން އަންނަ ފަހަރަކު ނޫނެކޭ ބުނަން... ހުސް ދަޅަ ދެއްކީ

    68
  25. ސޫބެ

    މޮޔައެއް ސަހާދަތް.... ނެތިން އެއްޗެއް ބުނާކަށް

    65
  26. ރައްޔިތު

    ދަރުމަވަންތަ ހޮސްޕިޓަލްގަ އެތަކެއް ޑޮކްޓަރުންނެއް، ޓެސްޓް އެއް ހަދާ... އައިޖީއެމްއެޗް އެހެރީ ބާވެފަ... އެންމެ ފަހުން ދޮޔަފަހަރު ވެސް ޑޮކްޓަރު ބެއްލެވީ، ޓެސްޓް ހެދީ ދަރުމަވަންތައިން.... ނިކަން ކޮމަންޑޫގަ އެކަހަލަ ހޮސްޕިޓަލެއް އަޅައިދީބަލަ...

    64
  27. ރައްޔިތު މީހާ

    ދަރުމަވަންތަ ހޮސްޕިޓަލްގަ އެތަކެއް ޑޮކްޓަރުންނެއް، ޓެސްޓް އެއް ހަދާ... އައިޖީއެމްއެޗް އެހެރީ ބާވެފަ... އެންމެ ފަހުން ދޮޔަފަހަރު ވެސް ޑޮކްޓަރު ބެއްލެވީ، ޓެސްޓް ހެދީ ދަރުމަވަންތައިން.... ނިކަން ކޮމަންޑޫގަ އެކަހަލަ ހޮސްޕިޓަލެއް އަޅައިދީބަލަ...

    47
  28. ކާފަބޭ2020

    ތީގޭންއިގޭއެއްޗަކީ ތިޔައީސޯލިހެއްނޫންކަމާސޮހޮލެއްކަމެވެ. ކާކުތޯމަނާކުރީދެކޮޅުހެދީ؟ ތިމާއަށްކަމެއްނުކޮށްދެވުމަކީ އެހެންމީހުންގެބޮލަށްކަނޑާލާ ފެންނަންހުރިއެއްޗެއްނެތްކަމަށް ހަދަންޖެހޭސަބަބެއްނޫނެވެ. މުޅިމަޖިލީހާހުރިހާއާރަކާބާރެއްދިނީމަ މިހާރުކޯޗެއްކިޔާކަށްތޯ؟ ތިންއަހަރުފާއިތުވީއިރު ހަދާނިންމާފަދިނީމަ ރިބަންފަށްކަނޑާނުލެވުނުމީހަކަށް ރައިއްޔަތުންނަށްކޮދެވޭނެކަމެއް(ބަޖެޓުހުސްކުރުންފިޔަވާ)އޮވެދާނެކަމަށްޤަބޫލުކުރާނީ ކުރިކަމެއްނުކުރާކަމަށްހަދާ ދިއްދޫސަމީރުމެންކަހަލަ ގުނބޯލުންނެވެ.

    48
    1
  29. ދުމައިން

    އަސްތަޣުފިރުﷲ! އޭގެއިން ވާނެ ފައިދާ މީނަޔަކަށް ނޭގުނު؟ 200000 މީހުންގެ އާބާދީ އޮތްތަނަކުންތޯ ގިނަމީހުނަށް އެކެސެސިބިލިޓީފަސޭހަވަނީ، ގިނަ މީހުންގެ ޓްރާންސްޕޯރޓް ޑިފޯލްޓްކޮށް ކަނެކްޓްވަނީ ކޮންތަނަކަށްތޯ؟ ކޮމަންޑޫ ދާއިރާގަ ހޮސްޕިޓަލެއް އެވަރު ބޮޑު ޚަރަދެއް ކޮށްފަ ހަދައިގެން ދެކޮޅު ޖައްސަނީ ކިހިނެއް ތޯ؟ އިންޑިއާޔަށް ދާދިވެހީންނަށް އެކަނި ޚިދުމަތްދޭ ހޮސްޕިޓަލެއް އެތާ ހެދިއަސް އެއަކުން ދެކޮޅެއް ނުޖެހޭނެ.ވާނެޖެހޭ ގޮތަކި ކޮންމެރަށަކުން، އަތޮޅަކުން އެތަނަކާ އެކަށީގެންވާ ވަރު ޚިދުމަތެއް ލިބިފަ ރަނގަޅު، ފަސޭހަ އެމާޖެންސީ އިވެކުއޭޝަން ފެސިލިޓީ އެއް މުޅި ރާއްޖެ އަށް އޮންނަންވީ. ގައުމޫ ހޮސްޕިޓަލަކީ ވކިގައުމެއްގެ ލާބަޔާ މަންފާޔަށް ކަންފަތް ސާފުކޮށްލަންވެސް އެގައުމަށް ދާން ޖެހޭގޮތަށް އާސަންދަ (އިންޝުއްރަންސް) ހަމަޖެހި، ރިފަރެންސްދޭން އޮންނަ ހޮސްޕިޓަލަކަށް ނުވާންވީ. ދަރުމަވަންތަ ހޮސްޕިޓަލަކީ މިސަރަހައްދުގެ ނިސްބަތުން ފެންވަރު ރަނގަޅު ހޮސްޕިޓަލެއް. އަޅާފަ ދެއްކީމަ ނުހިންގާ އެއްކަލަ ގައުމުން ބޭނުންވާގޮތަށް އެގައުމަށް ދިވެހިން ބެހަށް ފޮނުވަން ތަތްގަނޑު ޖަހާދޭތަނަކަށް އެތަން ތިހެދީ. ދެން އެގައުމުގެ ކިޔަވާ ނިމޭ ޑޮކަޓްރުންގެ ޓްރެއިން އިނިސްޓިޓިއުޓަކަށް ހެދީ. ހޮސްޕިޓަލެއް އެޅިދާނެޔޭ ބުނާ މީހާއަށް އަޅާފަހުރިތަން ނުހިންގުނުތާ މަރާމާތުވެސް ނުކޮށްލެވުނު. ސީދާ ޖުހާ އެއް މިހިރީ.

    52
    1
  30. ނާސިރު11

    ދެން ނާޅާ ތިހުރީ ކީއްވެތަ؟؟؟؟ ޖަޒީރާ ރަށެއްގަ ގޮތްބަލާލަން އެއަށްވުރެ މޮޅު އިބޫވަންތަ ކިޔާ ހޮސްޕިޓަލެއް އަޅަންވީނު؟؟؟؟ ކަލޯ ކަލޭމެންގެ ފެންވަރަކީ ޖަޒީރާ ރަށްތަކުގަ ކުއްތިޖަހައިގެން ޤަޟާހާޖާ ކުރުން. އެކަންވެސް ނުވެގެން ތިއުޅެނީ. މިހާރު 80 ބިލިޔަންޑޮލަރަށް ކަލޭހަވާލުވިފަހުން ޤައުމުއޮތީ ދަރާފަ. ެެެެިެެެެެެެިެެެެެިެެެެެެެެެި

    52
  31. ފަލަމަޑި

    އެންމެ ރަނގަޅޭ ހައްވާ! އަހަރެމެންނަށްވެސް މަހަށް ދެވިދާނެ!

    46
  32. ނަދާ

    ކަލޯ ހޮހަޅަ އެއްވެސް ކޮތަރު ކޮށްޓަކަސް ދެން ވެސް އަޅައި ދެވޭނި ރ ޔާމިނަށް ވ ވެދުން

    58
  33. م

    ބޯގޯސް ވެއްޖެ!
    ދެން ދައްކާނެ ވާހަކައެއް ނެތް!
    އައިޖީ އެމް އެޗަށް ދައްކަން އެޕއިންޓް މަންޓު ލިބެނީ އެދޭތާ އެތައް ދުވަހެއްގެ ފަހުން 6 މަހުން އަހަރު ދުވަހުން
    ދެން ސަލާމް

    31
  34. ޖުހާ

    މެކުނު ފުމުނަކަސް ވާހަކައަކަށް ނުފުމޭނެއޭ ކިޔާއުޅޭ ތީ އަޑުއަހަނީ. ތިމާ ގައިގަނެތް ކަމެއް ދައްކަން ކިތަންމެ ވަރަކަށް ފޫގެޅިޔަސް ނުދެއްކޭނެ. އޭރުން އޮރިޔާންވާނީ. މިހާރު ތިހުރީ ދިވެހި ރައްޔިތުން ކުރިމަތީ އޮރިޔާންވެފަ. ތަރައްގީއަކީ ތިހެން ޕޯޑިއަމަކަށް އަރާ މަށަށްވެސް ކުރެވިދާނެއޭ ގޮވުމެއްނޫން. ތަރައްގީއަކީ ކޮބައިތޯ ބަލާނީ ސިނަމާލެ ބްރިޖް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލޭ ފޭސް 2 ކަހަލަ މަޝްރޫޢު ތައް ހަމަލޮލުން ބަލައިގެން. އެހެންނޫނަސް މާތްﷲގެ އިރާދަފުޅުން ދުރުވިސްނުން ދެއްވި އަޅަކަށް އެވިސްނުން ބޭނުންކުރެވޭނީ. ފަނާކުރުވަނިވި ބަޔަކަށް އެހެންމީހުންނަށް ހޯދައިދެވޭނެ ހެވެއް މަންފާއެއް ނޯންނާނެ.

    33
  35. ކިޔުންތެރިޔާ

    މާތް މަނިކުފާނު، މޮޔަފުޅުވީތޯ؟ ފައިދާއެެއް ނުވާނެތީތޯ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް 300 މިލިޔަންޑޮލަރު ނެންގެވީ. މަނިކުފާނުވެސް އެސޮރުހެން ހުންނަވަނީ ހަމައިގަ ނޫންކަން ޔަޤީން ކަށަވަރު.

    36
  36. ފިޔަވަޅު

    ވަކި ވަރަކަށް ވުރެ ބޮޑަ ހަސަދަވެރި ވީމަ ގޮވޭ ގޮވެލިފަތި .
    މަނަމަވެސް ކަމެއް ނުވީމަ މިހެންވަނެ .
    މޭބިސް ކަދުރުވެސް ހުތްވާނެ

    36
  37. އަލީ

    މަނިކުފާނުކުރަންވީކަމަކީ ވޮށުފިލާ އަޅައިގެން އަލިފުބާ ކިޔަވަންވީ!! ނުކިޔަވާހުރީމާ ދެއްކޭނުދެއްކޭ ވާހަކަނޭގެނީ!! ޔާމީނާވާދަޔަށް އަޅަންބުނި ބުރިޖްކޮބާ؟؟؟؟ 5 ހަމަވާނީ ތިހެން ފެލިފެލި ފެލިފެލި ތިޢބާ!!

    32
  38. Anonymous

    އިނބިރާ ހަނދައް ދިއުމަކިވެސް ކމެއްނޫނޭ ބުނެލާ ގަމާރު

    30
  39. ޕަރީ

    އަޅާބަލަ އެޅެންޏާ. އަ ހަރުން މި ހުރީ ބަލަން.

    32
  40. މަޖާކަމެއް

    ދެން ބިން ބިޑު އެހެން އާބާދީއެއްގައި ފެންވަރުގެ ހޮސްޕިޓަލެއް 3 އަހަރުތެރޭ އަޅާލިނަމަ!!

    30
  41. ފިނިފިނި

    މީނަ މިބުނާ ކަހަލަ ޓާރސަރީ ހޮސްޕިޓަލެއް ވެލިދޫގަވެސް އަޅާދީފި ބިމުގެ އަޑީގަ އިމާރާތް ހުންނަނީ ބިމުން މައްޗައް ނުފެނޭ ރަށުގަ ހުރި ސުކޭން މެސިން އޮޕަރޭޓް ކޮއްލާނެ ޑޮކްޓަރެއް ނުލިބުނު ތާގަ އެކުސްރޭގަޑެއް ވެސް ނެގޭނެފަދަ ކީއްކުރަން އެސްޓީއޯ ބޭސް ފިހާރައިގަ ބޭސްކޮޅެއްހާހަމަ ނުހުރެ އަގަ ނީ ކޮބާލަދު

    29
  42. ސީރިއަސްލީ

    ޔޫ ކިޑިން މީ ރައިޓް... 😂

    26
  43. ދަރުމަހޮހަޅަ

    ކުރީ ސަރުކާރުން ހޮސްޕިޓަލް ހެދީ ބަލިމީހުންނަށް ފަސޭހަޔަކަށް ނޫނެވެ. އެކަން ކޮށްފައި އޮތީ މިސަރުކާުން ލޯނު ނަގާއިރު ރަހުނު ކުރާށެވެ. އެކަން ވަނީނަމަ ބޭނުން ފުދުނީއެވެ.

    11
    2
  44. ސަމްކުޅިބޭ

    ސޯލިހު ނޫނީ ސޯލިހު އަންހެނުން ފަޒުނާ، މިކޮމެންޓްތައް ނިކަން ރަނގަޅަށް ކިޔާލެއްވުން އެދެން.

    21
  45. އަލީމޫސާ

    އޯކޭ އެޅިދާނެ ހޮސްޕިޓަލެއް.! މިހާރު އަޅާފަހުރި ތަން ބަހައްޓަމާ. ރާއްޖޭގެ ސިއްޙީދާއިރާ އޮތް ހާލަތު އެގިލައްވާތޯ. ކިތައް ހޮސްޕިޓަލްގަތޯ ފުރިހަމަޔަށް ޑޮކްޓަރުން ތިބީ ، އަދި އެހެނިހެން ޕެރަމެޑިކްސްތިބީ. ސަރުކާރުގެ ތިބުނާ ބޮޑުހޮސްޕިޓަލް އައިޖީއެމް އެޗަށް ޑޮކްޓަރަކަށް ދައްކަން ދިޔައީމަ ބުނަނީ 3 މަސްފަހުންނޭ ދެއްކޭނީ. ކޮބާ ތިޔާ ގެނެވޭ ޑޮކްޓަރުން. މީފެންވަރު. އަޅާފަހުރި ތަންތަން މެނޭޖް ނުކުރެވޭ ހާލުގައި ތަންތަން އަޅާވާހަކަ ދެއްކުންތޯ ތިޔަފަދަ ކޭމްޕެއިނަކަށް ގޮސް ހުންނަވާފަ ދައްކަންވީ. ކަމެއް ބޭނުންވީމަ ރައްޔިތުންނަށް ހަޤީގީ ، އަދި ކުރެވޭނެ ކަންކަމުގެ ވާހާކަ ދެއްކުމަކީ އިތުބާރު ކުރެވޭނެ ކަމެއް. ކޮއްމެ ރަށަކަށް ގޮސް ހަމަ ތިފަދަ ގޮތަކަށް އަނެއްބަޔަކު ކުއްވެރިކޮށް ވާހަކަދެއްކުމަކީ އެއީ ތިމަންނަމެން ނޫނީ ރަގަޅު ބަޔަކު ނެތްކަމަށް ދައްކަންތޯ. ރައްޔިތުންނަށް މިހާރު ނޯޅޭ. ކޮމަންޑޫ ރައްޔިތުންގެ ހައްގެއް އެމީހަކަށް ފެންނަ މީހަކަށް ވޯޓް ދިނުމަކީ . !!

    17
  46. އަލީ

    މީ ކޮންކަހަަލަ ރައީސެއް؟؟؟ ތީކީ ރައީސެއްގައިގަ ހުންނަންޖެހޭ ކޮލެޓީއެއްނޫން. އެއްވެސް ކަހަލަ ބިނާކުރެވެނިވި ވާހަކައެއް އަދި ތިއަނގަޔަކުން ނުދެއްކޭ.. ތިފެންވަރު މީހަކު އަހައްނަކައް ހިއެއްނުވޭ އުމުރުދުވަހު ވެރިކަން ކުރިޔަސް ރައީސް ޔާމީނާ ޗެލެންޖް ކުރެވިދާނެހެނެއް!!! އަދި ހަމަ ކުރެވޭހާވެސް ކަމަކީ ހަޖަމު ނުވެ ބޭކާރު އަނގަތެޅުން. އެވެސް ކޮސް އަނގަ!!!

    20
  47. ޙަަަހަ

    ހުރިހާވެސް މައްސަލައަކީ ކުރީސަރުކާރު ، ކުރީސަރުކާރުން އެތައް ބައިވަރު ޕްރޮޖެކްޓްތައް ފައްޓާފައި ނިމެންކައިރިވީމަ ވިއްޔާ ފައިބާގެންދިޔައީ ، ދެން އިބޫ ފަކީރަށްއެޖުނީ އަބަދު ރިބަން ކަނޑަން ، ދެން ކިހިނެއް އިތުރުކަމެއްކުރާނީ ދޯ އިބޫ ، ދެންވެސް ޔާމީން މިހެން ނަހައްދަވާތި

    23
  48. ޕޮޓް

    މަހީއެއް ނުކުރަން އިބޫ މިހާވަތަށް ގަމާރު ވާނެކަމަށް!

    22
  49. ހުސޭނުބޭ

    2023 ގައި ނުހޮވުމުން މީނަ ބުނާނެތާ ތިމަންނާވެސް ދަރުމަވަންތަ ހޮސްޕިޓަލެއް އެޅީމޭ. ތިމަންނާގެ ދައުރު ފުރިހަމަކޮށްފައި އެ ނުބަހައްޓަންވެގެން ތިމަންނާ ދިޔައީ އެ ކޮނޑަށްލައިގެނޭ. ކެކެކެކެކެކެކެކެ

  50. 🙄🙄

    ހާދަ ބޮޑާ މީހެކޭ. ހުވަފެނުގަވެދާނެ

  51. Anonymous

    އަނގައިން. ދެންވަންނާނީ ބަނޑައް.

  52. ދަރުމް

    ފައިދާއެއްނެތް އެކަމަކު ސޯލިހު އާއިލާ އަށް ހާއްސަ 2 ފުލޯ ހުރޭ ، ރޭގަނޑު ޕާޓީވެސް ބާއްވާ އެއްފުލޯގަ އާއިލީ ޕާޓީ. ޢައިދައިގެ މީހަކު އެޑްމިޓުކުރުންވެސް އުނދަގޫ. ޜޭގަނޑަށް ދަރުމަވަންތަ ތަޅުލަނީ މިހެންވެ މިމީހުން މިތަނުން ނިކުންނަ އިރެއްނުދޭ. ޢެކަމަކު ކަމަކުނުދޭ، h

  53. ނަސީ

    ވަޅޯމަހޭ ބަޑާދުލެކޭކިޔާނެކަމެއް ނެތް ތީހުސް އަގަތަޅާ މީހެއް

  54. އަބްދޫ

    އެއީ ދޮގެއް އެއްވެސް ޓާރސަރީ ހޮސްޕިޓަލެއް ނަހަދާ ކުރިންހުރި ހޮސްޕިޓަލުގެ ނަން ބަދަލު ނުކުރާކަމެއްނޭގޭ . ބައެއް ތަނތަނުގެ 2 ކޮޓަރި ދަގަނޑުހޮޅިޖަހާފަ ޖިޕްސަނބޯޑް ޖަހައިގެން ހަެދި އެއީ ކޮންކަހަލަ ޓާސަރީ ހޮސްޕިތަލެއް ބާ؟

  55. ސަންފައްތަ

    ރައީސް ވިދާޅުވީމެއްނޫންތޯ ތިމަންގެ ވެރިކަމެއްގައި ސިފައިންނާއި ފުލުހުންގެ ފުލެޓުތަކަށް 9 މަސްތެދޭ މީހުން ވައްދާނަމޭ. އަދިވެސް 9 މަސް ނުވަނީތޯ؟ ކުރެވޭވަރުގެ ވާހަކަ ދައްކަވާ. ދަރުމަވަންތަ ހޮސްޕިޓަލެއް މަނިކުފާނަކަށް ނޭޅޭނެ. އެހެނެއްނޫން އެތަނުގެ ނަންބޯޑު ބަދަލުކޮށްލެވިދާނެ ސިއްކަ މެމޯރިއަލް ހޮސްޕިޓަލަށް. އޭރުން ސަޅިވީ. މަނިކުފާނު އެޅި ތަނަކަށް ބަދަލުވީ. ދެން އެހެރީ ސަލްމާން މިސްކިތް ހުޅުވާލަން ނުކެރިފަ އެތަނުގެ އެތެރެ ރައްޔިތުންނަށް ފެނިއްޖެނަމަ މިހާރު އޮތް ތާއީދުކޮޅުވެސް ގެއްލިދާނެތީ އެތަން ހުޅުވަން ނުކެރިފަ. އެތަނުގެ ނަންބޯޑު ބަދަލުކޮށްލާ މަސްޖިދު ހާޖީ ޝައިޚް ހަސަން ކުރުސީ. އޭރުން މިސްކިތެއްވެސް އެޅުނީ. ސިމްޕަލްދޯ. މަށަށްވެސް އެޅިދާނެ.

  56. ހަވާސާ އިބޫ

    އަސްލު ހަޖަމެއް ނުވޭ ދަރުމަވަންތަ ހޮސްޕިޓާ ފެނުނީމަ އިބޫ ސޯލިހުގެ ގައިން ހީބިހި ނަގަނީ

  57. ޢަދުރޭ

    ފްރާންސްގެ އައިފިލް ޓަވަރުވެސް ގެނެސް ރާއްޖޭގައި ބެހެއްޓިދާނެ . " އަނގައިން "

  58. ބަކުރު

    މީނަ ލާނެޖަލެއް އައިޖީއެމްއެޗު ކައިރީގަ ހުޅުވަންވީ.

  59. ޒާ

    ސިޔާސީގޮތުންވެސް އެއްވެސް އުރައްޕަތެއްހުރިމީހަކު ދައްކާކަހަލަ ވާހަކައެއްނޫން ތި ދެއްކީ. ތީ ހޮޅުއަށީގާ ވައިޖައްސަން ތިބެގެން ތަޅާކަހަލަ އަނގަ ތިތެޅީ. ވެރިމީހާއޭބުނަން ލަދުވެސްގަނޭ މިފަދަ ޒިންމާދާރުކަން ކުޑަ ހަރުދަނާކަމެއްނެތް ވާހަކަދައްކާތީ. ދިވެހިން ހަމަ އެހާގަމާރީތޯ ތިގޮތަށް މީހުން ކުރިމަތީ ވާހަކަ ތިދައްކަނީ؟

  60. ލޮލް

    ސޯ ލާފް، ފޮރގޮޓް ޓު ފަނީ..

  61. އަބްދޫ

    ދަރުމަވަންތަ ބިލްޑިންގ ވަރުގެ އިމާރާތެއް އައިޖިއެމްއެޗް އަށް އަދި ބޭނުންވޭ. އެފަދަ އިތުރު އިމާރާތެއް ބިނާކޮށް ރާއްޖެއިން ބޭރުން ކުރަންޖެހޭ ހުރިހާ ޓެސްޓް ތައް މާލޭގަ ކުރެވޭފެނވަރަށް އައިޖީއެމްއެޗް ތަރައްގީކޮށް ބަލަ.ކައިވެނި ބައްލަވައައިގެން ތިޔަ އުޅުއްވަނީ މައިޓް ކުންފުނިވަޒީފާ އިން މަހުޖަންވި ބޭފުޅެއްގެ ދަރިކަނބަލަކާއި . ވިއިރު އިމާރާތެއްކޮށް ދަވްލަތަށް ހަދިޔާ ނުކުރެވެންވީ ސަބަބެއްނެތް ނޫންތަ<؟ ކުރެވިދާނެ ނުކިޔާ ކޮށްފަ ދައްކަވާ.ވިދާޅުވޭ މިހުރީ މަގެ 25 ފްލޯ އިމާރާތޭ ޔާމީނު އިމާރާތަށް ވުރެ ފުރިހަމަ އަދި ހިދުމަތްވެސް ފުރިހަމަ. ގިރުވާންކޮޅަށް ނުޖެހެންވީ ކީއްވެ؟

  62. ފިޔަވަޅު

    ގަމާރު މީހަކައް ހީވާނީ ދެންވެސް ތިބީ ގަމާރުންނޭ.

  63. ނިޔަ

    ސޯލިހު ތީހަމަގަމާރެއްނުކިޔަވާ ހުރިކަނޑުކޮހަކައް އެޅޭނެ ދަރުމަވަންތަހޮސްޕިޓަލެއް ކީއްކުރަން އެހެންތަނެއް ވެސްނޯންނާނެ