އިދިކޮޅު ޕީޕީއެމުން އިސްނަގައިގެން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުން ބޭއްވި އެއްވުމެއް ކަވަރުކުރުމަށް "ޗެނަލް 13"ގެ ފަރާތުން ހަރަކާތްތެރިވި އަންހެން ނޫސްވެރިޔަކަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ބުނެ މައްސަލަ "ޗެނަލް13"ގެ ފަރާތުން އިދާރާތަކަށް ހުށަހަޅުއްވައިފިއެވެ.

"ޗެނަލް 13"ގެ ނިއުސް ހެޑް މަރިޔަމް ރިޝާދާއަށް އަނިޔާވި މައްސަލައާއި ގުޅިގެން މިއަދު "ވަގުތު"އާއި ވާހަކަ ދައްކަވަމުން އެޗެނަލްގެ ޗީފް އޮޕަރޭޓިން އޮފިސާ މުހައްމަދު ސަމާހު ވިދާޅުވީ ނޫސްވެރިޔާއަށް އަނިޔާކުރި މައްސަލަ މިހާރު ވާނީ އިދާރާތަކުގެ ސަމާލު ކަމަށް ގެނެވިފައި ކަމަށެވެ.

އެގޮތުން، ހިއުމަން ރައިޓްސް ކޮމިޝަނާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ރާއްޖޭގެ ބްރޮޑްކާސްޓިން ކޮމިޝަންގެ އިތުރުން، މޯލްޑިވްސް މީޑިއާ ކައުންސިލަށް ވެސް އެ މައްސަލަ ޗެނަލް-13 އިން މިހާރު ވާނީ ހުށަހަޅާފައި ކަމަށް ސަމާހް ވިދާޅުވިއެވެ.

ޗެނަލް 13ގެ ނޫސްވެރިޔާއަށް އަނިޔާވެފައިވަނީ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން އާންމުންގެ މީހަކަށް އަނިޔާލިބި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް، އެމަންޒަރު ކަވަރު ކުރުމަށް މަސައްކަތް ކުރަނިކޮށެވެ.

ހުކުރު ދުވަހުގެ އެއްވުމުގެ ބައިވެރިން އައިޖީއެމްއެޗަށް ވަދެފައިވަނީ އެއްވުމުގެ ބައިވެރިއަކަށް އަނިޔާ ލިބުމާއި ގުޅިގެންނެވެ. އައިޖީއެމްއެޗް ތެރޭގައި ވެސް ވަނީ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގާފައެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން އަންނަނީ ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ. އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވި ޖަލު ހުކުމުން މިނިވަންވެ ވަޑައިގަތުމަށް ފަހުގައި މި ހަރަކާތްތައް ވަނީ އިތުރަށް ވަރުގަދަވެސް ކޮށްފައެވެ. އެހެންނަމަވެސް "އިންޑިއާ އައުޓް" ހަރަކާތް ކުރިޔަށް ނުގެންދެވޭނެ ކަމަށާއި "އިންޑިއާ އައުޓް" ނުގޮވޭނެ ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެފަދަ ހަރަކާތްތައް ކުރިޔަށް ގެންދާނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މައިޓީ

  ތިޔަބައިމީހުންގެ ވެރިކަމުގަ ނޫސްވެރިން ކޮށާކުދިކޮށް ވަގަށްނަގާ ބޮޑެތި ޓީވީ ސްޓޭޝަންތައް އަންދާ އަޅިއަށްހަދާލިއިރު އެއިން އެއްވެސްކަމެއްގެ ކަޅުދޮންމިނެއް އަދިއަދަށްދާންދެންވެސް ނޭންގޭ އެހުރިހާކަމަކީ ހަނދާންނައްތާލާ ނުވާކަމެއްކަމަށް ހީކުރުވަން މަސައްކަތް ކުރި ބައިގަނޑު އިންސާފު ހޯދަން އިދާރާތަކަށޯ ވާސަރީ ވާ..ތިއަށް ކިޔަނީ ގުދޯ ގުދޯ ގޮވުން

  3
  22
  • ގަލަން ތުނޑު

   ހޭބައްޔާ ޓީވީ އަށް ގާއުކާ ގައުމުގައި ހުޅުޖެހީ ކެނެރީގޭ ނަޝީދު ގެ އޯޑަރަށް..އމިއްލައަށް އިސްތިެުފާދީފާ މުޅިގައުމުއަންދާ އަޅިއަށް ހަދާލި

   9
   1
 2. ޏ

  ސަރުކާރުން ނޫސްވެރިންނަށް އަނިޔާ ކުރާމަ އްސަލަތަ އް
  ބަލަ އި ހަރުކަށި ފިޔަވަޅު އެޅުމަށް މު އަ އްސަސާ
  ތަކަށް ގޮވާލަމެވެ.

  19
  2
 3. ސައްފަތު

  މުއައްސަސާތަކުން ފުރަތަމަ ބަލަންޖެހެނީ އެއީ ނޫސްވެރިއެއްތޯ ނުވަތަ ސިޔާސީ އެކްޓިވިސްޓެއްތޯ. މިހެން މިބުނީ ނޫސްވެރިންގެ ނަމުގައި މުޒާހަރާތަކަށް ނުކުމެ ފުރިހަމައަށް މުޒާހަރާތަކުގައި ބައިވެރިވާތަން ފެނިފަ ހުރީމަ. ނޫސްވެރިން ތިބެންޖެހޭނީވެސް މުޒާހަރާކުރާ މީހުންނާ ވަކިން. އެގޮތަށްތޯ މިކަން ހިނގީ.

 4. 13 ވގ

  ތި 13 ޖެހިލަބަލަ މީގެ4 އަހަރު ފަހަތައް ކަންތައްވީގޮތްބަލާލަން ތަދުވޭދޯ އެހެންވެ ބާރެއްލިބޭއިރައް ހިތުހުރިގޮތެއްނުހަދާނި އޭރު ހަމަތިބީއަތް ޖަހަން މިޔަދު ތިގިވަނީ އަނިޔާކުރަނީއްޔޭ އިންސާނުން ނަކީވ ނިކަމެތިބައެއް މީ ވަރައް ވާހަކަ ވ ސަލާމް