ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ކުރިމަތިނުލާން ނިންމީ ކެންސަރުގެ އަލާސްކަންފުޅެއްގައި އަވަހާރަވި އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދާއި އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
އެ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ވާދަކުރަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނާއި، އިހަކަށް ދުވަހު އުފެއްދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިތުރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.
ކޮމަންޑޫ ދާއިރާއަށް ވާދަނުކުރާނެކަން ޖޭޕީން ވަނީ މީގެ ކުރިން ވެސް ހާމަކޮށްފައެވެ. އެކަމަކު ވާދަނުކުރަން ނިންމި ސަބަބެއް އެ ޕާޓީއަކުން އޭރަކު ނުބުނެއެވެ.
ޖޭޕީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވި ގޮތުގައި ޖޭޕީން ވާދަނުކުރަން ނިންމީ މެންބަރު ހުސެއިނާއި، އޭނާގެ އާއިލާއަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. އަދި މެންބަރު ހުސެއިން ކުރެއްވި މަސައްކަތް ކުރިއަށް ގެންދެވޭނީ ކޮން ކެނޑިޑޭޓަކަށްކަން ނިންމާނީ އާއިލާއިން ކަމުގައި ޖޭޕީން ދެކޭތީ ކަމުގައެވެ.
"މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑުމެންނަށް ފެނުނީ އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން ވާދަނުކުރަން،" ނަންހާމަނުކުރަން ޝަރުތުކޮށް ވާހަކަ ދެއްކެވި ޖޭޕީގެ އެ އޮފިޝަލް ވިދާޅުވިއެވެ.
ކުރިމަތިލާފައިވާ ޕާޓީތަކުގެ ތެރެއިން ޖޭޕީން ތާއިދުކުރަނީ ކޮން ކެނޑިޑޭޓަކަށްތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެއްވެސް ކެނޑިޑޭޓަކަށް ތާއީދުކުރަން އަދި ނިންމާފައިނުވާ ކަމަށެވެ.
އޭނާ ޔަގީންކޮށް ދެއްވި ކަމަކީ ސަރުކާރު ކޯލިޝަންގައި ނުހިމެނޭ ޕާޓީއަކަށް ތާއިދު ނުކުރާނެ ކަމުގައެވެ. އެކަމަކު އެމްޑީޕީގެ ކެނޑިޑޭޓަށް ތާއިދުކުރާނެ ކަމެއް ވެސް އެ އޮފިޝަލް ވަކި ވިދާޅެއް ނުވެއެވެ.
"އަހަރުމެން މި ތިބީ ކޯލިޝަނެއްގައި، އެމްއެންޕީއަށް ވެސް އިިދިކޮޅަށްވެސް ތާއިދެއް ޔަގީނުން ވެސް ނުކުރާނަން،" ޖޭޕީގެ އޮފިޝަލް ވިދާޅުވިއެވެ.
ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ މޫސާ ފަތުހީއެވެ. އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވައިފައެވެ.
އެމްޑީޕީގެ ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަކީ ޖެނެރަލް މުހައްމަދު ރާޝިދެވެ. އޭނާއަކީ މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ށ. ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ކުރެއްވި ބޭފުޅެކެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އުފެއްދެވި އެމްއެންޕީން ވާދަކުރައްވަނީ ތައުލީމީ ދާއިރާގައި އުޅުއްވި އަބްދުލް ހަންނާން އިދުރީސްއެވެ.
އެހެންވިއްޔާ ފުރަގަސްދިނީ ލައުރާ ބުނުއްވާގެންތޯ
ކުރިމަތި ނުލީ ކާމިޔާބް ނުވާކެނަކަން ޔަގީންވާތީ އޭ ބުނެލިނަމަ މާތާހިރުވީސް
ކަލޯ ފިތިފަހި ހުރި ވަރުން ބިރުން. އެހެން އެއްވެސް ކަމެއް ވެގެނެއް ނޫން
ތާއީދު ނެތީ، އެހެންވެ ލަދުން ކުރިމަތިލާން ނުކެރުނީ.
ގާސި މު ތިޔަހެދީ ބޮޑުދޮގެކެވެ ވާދަނުކުރަނީ ކޭކު ފަޅި ކުޑަވެދާނެތީ ނޫންހޭ އެއީ އެން މެން ދަންނަ ބޮޑު ސިއްރެކެވެ.
މެމްބަރު ހުސައިން ހުރީ މެމްބަރުކަމުގެ ހުވާކުރިއްސުރެ މުސާރަނަގައިގެން އިންޑިޔާގެ ގާސިމް ހުރީ އެދުވަސްވަރު ކޮވިޑަށް ފިލައިގެން ސަންއައލެންޑްގަ ދެންކުރެވޭނީ ކޮންއިހުތިރާމެއް ދެމީހުންވެސް މަޖިލީހަށް ވަނިކީނޫން.
މޮޔޮނުގޮވާ އޮރިޔާންވެދާނެތީ ކުރިމަތިނުލީ ކަލޭމެންކިޔާ ކޮއްމެއެއްޗެއްގަބޫލުކުރާނެކައެއްތޯތިޙީކުރަނީ ރިޔާސީއިންތިހާބުގަ ވާދަނުކުރީ ވެސްއިމްރާނު އައްކުރާތީއޭބުނިނަމަތާހިރުވާނެ ނިވާވާވަރައް 2023
ހައްހައް،،، ދައްކާ ވާހަކަ،،، ކުރިމަތި ނުލީ ނޮހޮވޭނެކަން ޔަގީންވާތީ!!! ތ ހިރީ ސިޔާސީ ގޮތުން ފެއިލްވެފަ
50 މީހުންވެސް ނުލިބިގެން.
ބިރުން
ޢަންނި ރުޅިއައިސްފާނެތީ ބިރު ގަތީ
ގާސިމް ވާހަކަ އޮޅުވާނުލާ .
ކުރިމަތި ލައިގެން ބޮޑު އެހެން ޕާޓީތަކަށްވުރެ ބޮޑު ހޭދައެއް ކަލޯ ކުރާނެ. އެކަމަކު ނުއެއްހޮވޭނެ.
އަދި ކިރިޔާ ވިސްނެންތިފެށީ.
ގާސިމް ބުނާގޮތުން މި ސަރަުކާރު ހިނގަނީ ނުލާހިކު ރަނގަޅަށް. އެއްވެސް މައްސަލައެއް ނެތް. އެހެންވިއްޔާ ރައްޔިތުންނަށް މިހާ އޯގާތެރި ދީނަށް ހުރުމަތްތެރިކޮށް ހިތާ މިވެރިކަމަށާއި ރައްޔިތުންނަށް އިހުތިރާމު ކުރުމުގެ ގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިނުލައްޗޭ. ދައްކާ ވާހަކަ ބުރާންތި..
ނުހޮވޭނެކަން ކުރިން އިގޭ ކޯލިޝަން ހަދައިގެން ސަރުކާރުން ބައި އަޅައިގެން އަށްބޮޑި ބޮޑު ކޮށްގެން ތެޅިބާލަނީ
ކަލޭވެސް އަދި ކާނަލް ނާޒިމްމެން ޕާޓީންއެކަކުވެސް ނޮހުވޭނެކަން އިނގޭތީ ހެހެހެ. ކާނަލްމެން ބައިވެރިވީ އެންޑީޕީއަށް ފައިދާކުރުވަން މިހާރު އިބޫ އާއި ނާޒިމްމެން ތަޅާފޮޅާކަމައް ހެދިގެން ޑްރާމާކުޅުނަސް ﷲގެރަހްމަތުން ގިނަރައްޔިތުމް މިހާރު ހޭއަރައިފި ގުނބޯނުހެއްދޭނެ.
2023ގަ ކުރިމަތި ނުލާގޮތަށް ނިންމުން ކައިރި އަނބިމީހާއާއި ދަރިފުޅުގެ ވަޒީފާ ދަހިވެތިކަމުގައި.
ޖޭޕީން އެ ހާމަ ކުރާގޮތުން މެމްބަރު ޙުސައިން އާއި އޭނާގެ ޢާއިލާއަށް އެންމެ އިޙްތިރާމް ނުކުރާ ބަޔަކީ އެމް ޑީ ޕީ. ތާދޯ؟
އެހެމް ޕާޓީތަކުންވެސް ކުރިމަތިލި. އެކަމަކު އެމް ޑީ ޕީން މާ ފޯރި އަރުވާލާފަ ތިމަންމެންގެ ގޮނޑި އެކޭ ކިޔައިގެން އެހެން މީހަކު ކުރިމަތި ކުރުވީ. އަޅޭ ކީއްވާނީ ޙުސައިންގެ ޢާއިލާގެ މެންބަރަކު ލައްވާ ކުރިމަތިލެއްވިނަމަ.
އެހެންވެގެންނެއްނޫން. ރިޔާސީ އިންތިހާބަށް ކުރާ އުންމީދެއްގެ ބޮޑުކަމުން އަދި އެހަށް މަޑުކޮށްލީ. އަދި އަނބިކަނބަލުންގެ މަގާމު ދިފާއުކުރުމަށްޓަކާ، މި ގޮނޑީ އެމްޑީޕީއަށް ނަގާދިނުމަށް ހަރަދު ކުރަންޖެހޭތީވެ، މަޑުކޮށްލީ.
މިދެން އަރަތެއްދޯ. އިހްތިރާމްކުރުމުގރ ގޮތިން ގޮނޑި ހުސްކޮށް ބޭންދޭތަ. ޖުމުހޫރީއަކީ މިހާރަކު ޕާޓީއެއްނޫން. ތިޔައީ ކުންފުންޏެއް. އެސްއެމްއީއެއް
ކާސިންބެ ތިބުނާގޮތުން ވިއްޔާ ހުސެން ވަހީދަށް އިހްތިރާމް ކުރުމުގެ ގޮތުން އެގޮނޑި އެއްނު އުވާލަންވީ. އޭރުން އެއްވެސް ބަޔަކު ކުރިމައްޗެއްނުލާނެ. މިއަހަރުގެ ފުރަތަމަޖޯކް.
ކަލޭ ކުރިމަތިލާ ތަނެއްގަ ނަށާ މާގާޑެއް ހުރިޔާ އެޔައް ތީމިހާރު ފެއިލް ވަފަ ހުރިމީހެއް
ބަލަ އެމްޑީޕިއަށް ތާއީދު ކުރާވާހަކަ ރީއްޗަށް ބުނެވުނީ ނު، އިދިކޮޅުއެއްވެސް ބަޔަކަށް ތާއީދު ނުކުރާނެކަމަށް ބުނުމުން. ކޯލިޝަނުގައި އުޅުމުގެ ބޭނުމެއް ނުފެނޭ ސަރުކާރުގެ ކެންޑިޑޭތަށް ތާއީދު ނުކުރާނަމަ. ގާސިމްއަށް ޖެހޭނެ އެމްޑީޕީއަށް ތާއީދުވެސް ކުރަން އަދި އިބޫ ބޭނެުންވެގެން ހޮވަން އުޅޭ މެންބަރަށް ޚަރަދުވެސް ކުރަން އަދި ހޮވައިދިނުމަށް މަސައްކަތްވެސް ކުރަން. އެހެން ނުންނަމަ ސަރުކާރުގެ މެންބަރަށް މަސައްކަތް ނުކުރާާނަމް ކޮބާ ކޮލިޝަނެއްގައި ހުރުމުގެ ބޭނެުމަކީ. މިކަން ހަނދާނުގައި ބަހައްޓައްޗޭ.
ނުކެރޭނެ ކުރިމަތިލާކައް ސަބަބަކީ ކުރިމަތިލައިރައް ސައްޕުޖަހާ ކޯލިޝަނުންބޭރުކުރާނެތީ ބޭރުކޮއްފިއްޔާ އަނބި ކަނބުލޭގެއާއި ދަރީގެ ވަޒީފާދާނެތީ އަހަރެމެންނަކައް ކަލޭމެންގެ ފެންވަރެއް މިހާރަކުނޯޅޭ ތިޔައީ ހަކުރުދެންޏާ ބޮޑުބޭބެ ކިޔާވައްތަރު
މާނަޔަކީ އިހުތިރާމު ނުކުރާ ޕާޓީއަކާއެކު ކޯލިޝަން ހަދައިގެން ރައްޔިތުންނައް ތިމަންނާ އޮޅުވާލާ އޮޅުވާލުން ނޭނގޭނެޔޭ ނޫނޭވާ އިހުތިރާމު ކުރަން ދަސްވެފަ ތިހިރީ