ޖުމްހޫރީ މައިދާނުގެ ވިނަ ގަނޑު ބެލެހެއްޓުމަށް ސިޓީ ކައުންސިލުން އެއްވެސް ބާވަތެއްގެ ކެމިކަލެއް ބޭނުންކުރަމުން ނުދާކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކުގެ ގައިން ގޮތްނޭނގޭ ބައްޔެއް ފެނިފައި ވަނިކޮށެވެ.
ޖުމްހޫރީ މައިދާނުގައި ސިޓީ ކައުންސިލުން އަލުން ވިނަ އިންދައި ވިނަތަކުގެ ވަށައިގެން ދާޖަހާފައި ހުންނަތާ މިހާރު ދެމަހެއްހާ ދުވަސް ވެއްޖެއެވެ. ސިޓީ ކައުންސިލުން މިރޭ ވިދާޅުވީ ވިނަތައް ބެލެހެއްޓުމަށް ފެންޖެހުން ފިޔަވައި އިތުރު ކަމެއް ކައުންސިލުން ނުކުރާ ކަމަށެވެ.
ޖުމްހޫރީ މައިދާނުގައި އުޅޭ ވަރަށް ގިނަ ކޮތަރަށް އެ ބަލި ޖެހިފައިވާ ކަން ވަނީ ފާހަގަކުރެވިފައެވެ. ކޮތަރުތަކަށް ޖެހިފައި ވަނީ ކޮން ބައްޔެއް ކަމެއް އަދި ޔަގީނެއް ނުވެއެވެ. ނަމަވެސް ކޮތަރުތަކުގެ ކިބައިން ފެންނަ ކަންކަމަށް ބަލާއިރު ބެލެވެނީ ކޮތަރުތަކަށް ޖެހިފައި ވަނީ ޕިޖަން ޕޮކްސް ކަމަށެވެ. މިއީ ދޫނިތަކުގެ ގައިންގަޔަށް އަރާ ބައްޔެކެވެ. ނަމަވެސް މިބަލިން އިންސާނުންނަށް ނުރައްކަލެއް ނޯވެ އެވެ.
އީޕީއޭ އިން ވަނީ ކޮތަރުތަކަށް ޖެހިފައި ވަނީ ކޮން ބައްޔެއްތޯ ބަލަމުންދާ ކަމަށް މިއަދު ބުނެފައެވެ.
މިސްކިތުގައި ހުޅުޖެހި މީހާއަށް ވީ ކިހިނެތް؟
އެވިޕޮކްސް ވައިރަސް އަކީ މި ބަލި ޖައްސާ ވައިރަސް، މިއީ ވަކި ކޮތަރަށް އެކަނި ޖެހޭ ބައްޔެއް ނޫން، ހުރިހާ ވައްތަރެއް ގެ ދޫންޏަކަސް ކުކުޅަކަސް، ހާލަކަސް މި ވައިރަސް ގެ ނުރައްކާ ބޮޑު، މަދިރިން ޖައްސާ މިބަލީ ގައި ދޫނީ ގެ ކަރުތެރޭ ގައި ވެސް ފޮޅުނަގާ، ނޭވާލާ ހޮޅީ ގަ ވެސް މިފޮޅު ނަގާ، މިހާރު ރާއްޖޭން ވަރަށް ގިނަ ދޫނި ތަކުން މިބަލި ދަނީ ފެންނަމުން، ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
އޭގެތެރެއިން ކާޅުވެސް ހިމެނޭ، ސަރުކާރުން މިކަމާ ވިސްނަވާ!
ކޮތަރުތަކަށް ކާންދޭން ބިދޭސީން ކާދެނީ ކޯޗެކަން ކިހިނެއިގެނީ...ބޮޑުބޭބެ އިންޑިޔާ މީހުން ކާތަކެއްޗަށް ކެ މިކަލްއަޅާފާނެ...ނޫނީ ސިހުރު ހަދާފަހުރިއެއްޗެ ކާންދެނީކަންނޭގެ..
ވަރަށް ބޮޑު ތެދެއް ތީކެމިކަލުން ވާކަމެއްނޫން.