ރާއްޖޭގެ ރަށްރަށުގައި މަސައްކަތް ކުރާ އިންޑިއާގެ ޓީޗަރުންނާ މަގުމަތިން "ދިމާކުރާ" ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ށ. ފުނަދޫ ސްކޫލެއްގެ ފާރުގައި ރޭ ދަންވަރުގެ ވަގުތެއްގައި "އިންޑިއާ އަށް ނޫނެކޭ" ބުނެ ލިޔުންތަކެއް ވަނީ ލިޔެފައެވެ. އެ މައްސަލަ މިހާރު އޮތީ ފުލުހުގައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ (ޕީއެސް) އަހުމަދު އަލީ "ވަގުތަށް" ވިދާޅުވީ މިދިޔަ ޓާމް ފަހުކޮޅުގައިވެސް ދެ ރަށެއްގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރުންނާ މަގުމަތިން ދިމާކޮށް އެ މީހުންނާ "ފޮށުނު" މައްސަލައެއް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.
"މިސްކިތުން ފޭބި ބަޔަކު ޓީޗަރުންނާ ދިމާލަށް އެއްޗެހި ގޮވާ އެ މީހުންނާ ދިމާކުރި މައްސަލައެއްގެ ޝަކުވާ ލިބުނު" އަހުމަދު އަލީ ވިދާޅުވިއެވެ.
އެކަމަކު އެއީ ސީދާ ކޮން ދެ ރަށެއް ކަމެއް ވިދާޅެއް ނުވެއެވެ. ފުނަދޫގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލައިގައި ޕީއެސް ވިދާޅުވީ އެ ސްކޫލުގައި ކިޔަވައިދޭ ޓީޗަރުން ކަންބޮޑުވުން ވެސް އެބަހުރި ކަމަށެވެ.
"އެމީހުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި" އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި އޭނާ ވިދާޅުވިއެވެ.
އަހުމަދު އަލީ ވިދާޅުވީ މިއީ ސިޔާސީ މަގުސަދެއްގައި ކުރަން ހެޔޮވާ ވާރުގެ ކަމެއް ނޫން ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިކަމަކީ ތައުލީމީ ނިޒާމަށް އޭގެ ނުރަނގަޅު އަސަރުކުރާނެ ކަމެކެވެ. އަދި އެފަދަ ކަންތައްތައް ތަކުރާރުވާ ނަމަ ދަރިވަރުންނަށްވެސް އޭގެ އަސަރުކުރާނެ ކަމަށް ވިދާޅުވިއެވެ.
"މިއީ ސީދާ ތައުލީމީ ނިޒާމަށް ދެވޭ ހަމަލާއެއް. އެއްވެސް ގޮތަކަށް މިނިސްޓްރީން މިކަން ބަލައި ނުގަންނަން" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ބޭރު ޓީޗަރުންގެ ތެރެއިން އެއް ގައުމަކަށް އެންމެ ގިނައިން މަސައްކަތްކުރަނީ އިންޑިއާގެ ޓީޗަރުންނެވެ. ޕީއެސް ވިދާޅުވީ ދިވެހި ޓީޗަރުން ލިބުމުގައި މިހާބޮޑު ދަތިތަކެއް އޮންނައިރު ސިޔާސީ މަގުސަދެއްގައި ހިންގާ ކަމެއްގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެކަމަށްވެސް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ބަޔަކު ސިޔާސީ ގޮތުން ފާޅުކުރާ ޝުއޫރެއް ފާޅުކުރުމާ މިނިސްޓްރީން އެއްވެސް އިރަކު ދެކޮޅުނުވާ ކަމަށެވެ. ނަމަވެސް އޭގެ އަސަރު ތައުލީމީ ނިޒާމަށް ކުރާނަމަ އެކަން ހުއްޓާލަން ހުރިހާ ފަރާތެއްގައިވެސް އެދޭ ކަމަށް ވިދާޅުވިއެވެ.
"އިންޑިއާ އައުޓް" މި ޝިޔާރަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލުވަން ގޮވާލާ ހިންގާ ކެމްޕޭނުގައި ބޭނުންކުރަމުން އަންނަ ޝިޔާރެކެވެ.
މި ސަރުކާރުން އިންޑިއާއާ އެކު ބާއްވަނީ އަޑި ނޭނގޭ ގުޅުމެއް ކަމަށް ބުނެ އިދިކޮޅުން ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް އަބަދުވެސް ކުރެއެވެ. ރާއްޖޭގައި އިންޑިއާ މީހުން ވަޒަންވެރިކުރުވަން ސަރުކާރުން މަސައްކަތްކުރާ ކަމުގެ ތުހުމަތުތައްވެސް އިދިކޮޅުން ކުރެއެވެ.
ނަމަވެސް މި ވާހަކަތައް ސަރުކާރުން ދޮގުކުރެއެވެ.
އެމުޑުދާރު އަމަލަށް ހިތްވަރުދީ ރައްޔަތުން ލައްވާ އެކަންކުރުވަން ކުރިއަށްނިކުމެފަހުރިމީހާ އާ ރައްޔިތުންދިމާކުރީމަ މައްސަލަ ހައްލުވޫ.
ނިކަން ކޮށްބަލަ ކަލޭ ކެރެންޏާ
ތިކަންކު ރީ ކާކުކަން އެގޭނެ ތިކަން ކު ރާކަން އެގެންޏާ...ތީ ފުލުހުން ހުށަހަޅާ ކަހަލަ އިންޓެލިޖެންސް ރިޕޯޓުފަދަ ކަމަކާ ވައްތަ ރީ...އިންޑިޔާ އައުޓް ގޮވާތީ އެކަން ހުއްޓުވަން ޖަހާ ސަކަ ރާތެއް...ކޮވިޑް ޖައްސާއިގެން ބަންދުކޮއްގެންވެސް ނުހުއްޓުވުނީމަ މޮޅު ޑް ރާމާއެއް ޖައްސަނީ...ތިހު ރިހާ ސަކަ ރާތެ ޖަހަން ނުޖެހޭނެ އިންޑިޔާ ސިފައިން ބޭ ރުކޮއްލާ..
މިސްކިތްތަކަށް އަރާ ނަޖިސްކޮށް ﷲ އަށް ފުރަ އްސާރަކުރަން ހި އްވަރުދެނީ ކޮންބަ އެ އް... އިންޑިޔާ އަ އުޓްގޮވަނީމަސްތުވާ އެއ އްޗެހި ބޭނުންކުރާ މީހުންނާ ވި އްކާމީހުންނޭ ކިޔާ އަޑުފަތުރާ ގޮތަށް މިފަހަރު މި އީ ޕޕމ އިން އިންޑިޔާ އަ އުޓްގޮވާތީ ކުރާކަމަކަށް ހަދަން ދި އްލީސަރުކާރުގެ އޯޑަރަށް ކުޑަމޯދީ ސަރުކާރުގެ ބާންދީ ބަޔާންނެރެނީ...
ޕީޕީ އައުޓް
އިންޑިޔާ ވިޔަސް ލަންކަ ވިޔަސް ޕާކިސްތާނު ވިޔަސް ނޭޕާލު ވިޔަސް ބަންގާޅު ވިޔަސް ދިވެހިން ވިޔަސް ތަފާތު ކުރުމެއް ތަފާތު ވުމެއް ނެތި އޮމާންކަމައެކު ގައުމު ހިގަމުން ދަނިކޮށް އިންޑިޔާގެ އުނގަށް ވެއްޓީ ދިވެހިގައުމަށް ވުރެ އިންޑިޔާ ރަނގަޅުވެގެން އިންޑިޔާ ސިފައިން
ދިވެހި ގައުމަށް އަރުވައިގެން މިސަރުކާރުން ކަންތައްތައް ރާވާންފެށީމަ އެމްޑީޕީ ވިޔަސް ޕިޕިއެމް ވިޔަސް އެހެން ޕާޓީއެއްވިޔަސް ޕާޓީއެއް ނޫންކަމުގާ ވިޔަސް އެއްވެސް ރައްޔިތެއްގެ ހިތުގަ ވަތަނީ ލޯބި ހުރިނަމަ އިންޑިޠަ ގެ މިލިޓްރީންނާ ދެކޮލަށް ނިކުންނާނެ.އެނިކުތުމުން ސަރުކާރުންއެކަން ހުއްޓުވަން އުޅެން ފެށުމުން އަތުޖެހޭ ހިސާބުގަ ތިބޭ އިންޑިޔާ ރައްޔިތުންނަށް ނުރައްވާވުމަކީ ވެސް ވަެދާނެގޮތެއް. ކޮންމެ ބަޔަކު ވެސް އެބައެއްގެ ވަތަން ދެކެ ލޯބިވާނެ. ކުރިޔަށް ރަނގަޅުގޮތުގަ ރޭވުންނެތި އަމިއްލަ މަންފާއަށް ކަންކުރުމުގެ ނަތީޖާ މިދަނީ ފެންނަމުން. މިއީ ހިތާމަ ހުރިކަމެއް.ވަށައިގެން ތިބި އެކުވެރި ރައްޔިތުން ގެތެރޭން ބަޔަކު އުނގަށް ލައިފިނަމަ އަނެއްބަޔަކު ދުސްމަނުންނަށް ބަދަލުވާނެ. އެއީ އިންސާނީ ތަބިއަތް.
ޔާމީނާއި އަދުރޭ މަގުމަތިން ފަހާ ދުވަންވީ. އެއީ ހައްލަކީ.
މިއީ ނިއުދިއްލީއިން އަންނަ އޯޑަރަށް ކަންކަން ކުރަން ތިބޭ އެޖެންޓުން ހިންގާ ގައުމެއް.
ޕީޕީއެމް ޕީއެންސީ އުވާލަންވީ. އެއީ ތިކަމަށް އޮތް ހައްލަކީ. ތިއީ މިޤައުމަށް ޖެހިފަ އޮތް ބޮޑު ވަބާއެއް. މިތާއުޅޭ ޓީޗަރުންނާ ނަރުހުންނާ ޑޮކްޓަރުންނަށް ނޮހޮރުއްޕާން ކުރާނެކަމެއްނެތް. ޔާމީނާ އަދުރޭހާ ހުރިހާ ބޮޑުން ހައްޔަރުކުރަންވީ.
ވަބާއަކީ އެމްޑީޕީ ކަލޯ. އުވާލަންވީ ކަލޯމެން މިފަހަރު ކުޅި ދައްކާލާނަން. ކަލޯ ހީކުރަނީ މިއީ ކަލޯމެން އެކަނި ގައުމެއްކަމަށްތަ. މިތާ އޮންނަންޖެހޭނީ ހަމައެކަނި ދެބޯގެރި އެމްޑީޕީކަމަށްތަ؟ ހަމަހިލާ ނުވާނެ އެހެނެއް. ސޮރީ ކަލޯ. ދީނެއް މިއްލަތެއް ގަބޫލުނުކުރާ ބީތާއިންވީމަ ގޮވޭ ކޮސް ތިހުންނަނީ.
މިނިސްޓަރު ތިވިދާޅުވާ ފަދަ ކަމެއް ހިގާފި ނަމަ ފިސާރި ރަގަޅަށް ހިގާނެ އަދި ތިއުޅެނީ ކީ ކަމެއް ހިގާ ގެއްނެއްވެސް ނޫނެއެއްނު.
ޔާމީނު ނުކުމެ އިންޑިއާ އައުޓު ގޮވުމަކީ އަމިއްލައަށް މުންޑު ބޭލުންފަދަ ކަމެއް. ހުރިހާ އެއްބަސްވުންތަކެއްގަ ސޮއިކުރީ މިކަލޭގެ.
ދޮން އާއިސާ - ވަކި ވަރަކަށް ދިޔައީމާ ، ރައްޔިޔުންނަކަށް ކެތެއް ނުވާނެ... އަޅުގަނޑުމެން އަމިއްލަ ޤައުމުގައި ( ދިވެހި ގައުމުގައި ) އެމީހުން މާ ބާރުގަދަ
އައިސަދޮނަކަސްފައިދާއެއްނެތް!ތީވެސްމައުމޫނުޖެއްސިބަލާއެކޭ!ތަންދޮރުދަންނަކަންކުރެވޭމީހަކުތިމިނިސްޓްރީއަށްލާންވެއްޖެދޯ؟
ކަނޑައެޅިގެން ދޮގެއް. އިންޑިއާ ޓީޗަރުންނާއި ޑޮކްޓަރުން ނަރުހުންނަކަށް ނުފޮށޭނެ ދިމާނުކުރާނެ. ކަނޑައެޅިގެން ހެއްދެވީގެ ބޮޑު ދޮގެއް. އިންޑިއާ އައުޓް ގޮވުން ހުއްޓުވަން ޖަހާ ސްޓަންޓްތައް މިފެންނަނީ. ދެން ހެލްތުން ބުނާނީ އިންޑިއާ ޑޮކްޓަރުންނާ ދިމާކުރާވަރުން އެވެރިންނަށް ނުވެސް ނިދެއޭ. ފޭކް ވާހަކަ ނުދައްކާ ތަޢުލީމީ ވުޒާރާ ރަނގަޅަށް ހިންގޭތޯބަލާބަލަ.
ތިއުޅެނީ މިހާރު ޓީޗަރުންނަށް ސިކިއުރިޓީ ދޭނަމުގައި އިތުރު އިންޑިއާ ސިފައިން ގެންނަން.
އަހަރެންނަށް ފެނުނު އެއްވެސް ތަނެއްގައި ޓީޗަރެއް އަދި ޑޮކްޓަރަކަށް އަދި ނަރުހަކާއި އެއްވެސް މީހަކު ދިމާނުކުރޭ. ހަމަ ރީތިކޮށް މުއާމަލާތް ކުރަނީ.
އިންޑިއާއ އައުޓް ކެމްޕަެއިން ހުއްޓުވާނެ ގޮތެއް ނުހޯދިގެން މިހާރު އެޑިއުކޭޝަނުން ތިކަމާއި ތިހިފަނީ ؟
ދިވެހި ބައެއް މީހުންނަށް ދީނަށް ފުރައްސާރަކުރިޔަސް އެއީ ކުށަކަށް ނުވިޔަސް އާއްމުކޮށް ދިވެހި ކޮއްމެ ކުޖަކަށް ކޮއްމެ މީހަކަށް ގާނޫނާއި ދީނާއި ފުށުނާރާ ގޮތަށް ހިޔާލު ފައުޅުކުރެވޭނެ.
ބަލަ އިންޑިއާ ޓީޗަރުން ދަރިވަރުންނާ ޖެއްސުންކޮށް ދީނަށް ފުރައްސާރަ ކުރިޔަސް ހެޔޮ؟؟؟ ހާދަހާ މަތި އޮމާން ކުރަން ތިއުޅެނީ؟ ޗީޑި ދެން!
އިންޑިއާ އައުޓަކީ މޑޕ މީހުންގެ ސަޕޯޓް ލިބިގެން ކުރާކަމެއް. މިހެން ބުނަން މިޖެހުނީ މުޅިމަޖިލިސް ލިބިފައި އޮތް އިރު އިންޑިއާއ އައުޓްގޮވުމަކީ ގާނޫނީ ކުށަކަށް ހަދަން ނުކެރުނު.
ހަމަ ވަރުގަދަ ބަދަލެއް ގާނޫނަށް ގެނެސް އެކަން ކުރަންވީއެއްނުން ؟
މައްސަލަ ވަރަށް ސައުފު.
ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އިންޑިއާ ސިފައިންގެ 75 މީހުން ބައިތިއްބަން ނުރުހޭ.
އެއްގޮތަކީ އިންޑިއާ 75 މީހުން ބޭރުކުރުން އހެންނޫނީ 3 ލައްކަ މީހުން ޖަލަށްލުން ނުވަތަ އަދަބުދިނުން.
އިންޑިއާ 75 މީހުންގެ ރާއްޖޭގައި ގާނޫނުތަކާއި ހިލާފަށް ބެއިތިއްބުން ދިފާއުކުރަން މުޅި ސަރުކާރު ޑިފެންސަށް ކުޅެނީ. ކީއްވެ ؟
ބޭރުކުރޭ.... ލަދު ހަޔާތް ކުޑަ ހަމައެއް ލަމައެއްނެތް ބައެއް. ވިސާނެތި އެމީހުން އައްޑޫގައި ތިބީ ކީޢްވެ ؟ ސަރުކާރުން ދާށޭ ބުނީމަ ނުގޮަސްތިބީ ކީއްވެ ؟
ކުރީ ސަރުކާރުން އެމީހުން ފޮނުވާލަން އުޅުނީމަ އެމީހުން ދިޔަތަ... ވިސާނެތި މިގައުމުގައި މިލިޓަރީ ބަޔަކު ސަރުކާރުން ކުރި އަމުރު ބަލައި ނުގަނެ ތިބީ.
ވެގެން އުޅޭ ގޮތަކީ މޑޕ ސަރުކާރުންވެސް ރަނގަޅަށް ވެއްޖެއްޔާ ފޮނުވާލަން ކިތައްމެ ފަހަރަކު ބުނެފައި އޮންނާނީ. އެމީހުން ނުދިޔައިމަ ބޭރުނުކުރެވިގެން ތިއުޅޭނީ.
އެއްވެސް ބަޔަކު ޓީޗަރުންނާއި ދިމާނުކުރޭ އަދި ކޮށްގެންވެސްނުވާނެ.
ނަމަވެސް އިންޑިއާ މިލިޓަރީ މިތަނުން މިހާރުން މިހާރަށް ބޭރުވާން ޖެހޭ.
ރޔ ގެ އިންޑިއާ އައުޓް ކެމްޕެއިން ވައިގަ ހިފައިފި .
އިންޑިއާ އައުޓް
ތީފޮރޮޕެގެންޑާއެއް ދިވެހިންތިކަހަލަކަމެއްނުކުރާނެ!.
ޥަގުކަލޭގެ އިދަގޫ އިންތިހާއަށް ބޮޑުވީދޯ
ޕީ އެސް. ކަލޭމެން ރައްޔިތުން ކައްކުވަން ގޭމު ނުޖައްސާ. ތިޔަ އުޅެނީ ބޮލުން ބެލެނިވެރިން ލައްވާ އެކަން ހުއްޓުވަންދޯ/ މިޤައުމުގައި ނެތް ކަމެއް އަލަށް ތަޢާރަފުކުރަން ތިޔަ އުޅެނީ. އެންމެ ފުރަތަމަ ބިދޭސީ ޓީޗަރުންނާއި ލޯކަލް ޓީޗަރުންނާ ދެމެދު ގެންގުޅޭ ތަފާތުކުރުންތައް ހުއްޓާލަބަލަ. ކަލެއަކީ ސިޔާސީ އައްޕައެއް. ދިވެހި ޓީޗަރުންނަށް ކަލެއަކީ ބޮޑު ދުއްޕާނެއް. ބޮލުގައި ރިހުމެއް. މިނިސްޓްރީގައި ކަލޭ ތިޔަ ހިންގާ ޖަރީމާތައް ބަލަން އަހަރަމެން މިތިބީ. އިރާދަކުރެއްވިއްޔާ ކަލޭގެ ބާރުވެސް ދާދި އަވަހަށް ނެތިގެންދާނެ.
ހަހަހަހައް ހަޑި ތިހާވަރަށް ވެއްޓުނީމަ. އިދިކޮޅުފަރާތްތަކުން ހިންގާ ކެމްޕޭން ހުއްޓުވަން ތިޖައްސާ ސްޓަންޓް ވަރަށް ހަޑި.
ވާނެ ހައެތި ތިވަނީ // އިންޑިޔާ އައުޓް // އިންޑިޔާ އައުޓް // ،،،،،
އަލުގަނދަކީ ސުކޫލް ކިޔަވާ ކުޖެއް އިންޑިއާ އައުޓް ފުރީ ކަށްމީރް
މިމިނިސްޓަރަކީ މަދުންނޫނީ ނުފެންނަވަރުގެ މޮޅު ދޮގުވެރި އޮޅުވާލުންތެރިއެއް.
ތިހަދަންއުޅޭ އެތި ވަރަށްސާފު. މިރާއްޖޭގެ ވަޒީފާތަކަށް ގެނެސްފައިވާ އިންޑިޔާ ރައްޔިތުންނަށް ނުރައްކާވަނިއްޔޭ އެމީހުން ހިމާޔަތްކުރެވޭވަރު ގާބިލުކަމެއް ނުވަތަ އެވަރުގެ އިތުބާރެއް ދިވެހިސަލާމަތީ ބާރުތަކަކަށް ނެތޭ ކިޔާފައި ރާއްޖެއަށް އިންޑިޔާއިން އިތުރު ސިފައިން ގެނުވޭނެ މަގު ތަނަވަސްކުރަނީ. ޕީޕީއެމް ޕީއެންސީއަކީ އެމްޑީޕީ ކަހަލަ ޑިސިޕްލިންނެތް ބައެއްނޫން. އެމީހުންނަށް އެގޭނެ ލިޔަންވާ އެއްޗެއްސާ ލިޔަންވާ ތަންތަނާ.
ބަލަ ކަލޭމެން އިންޑިޔާގެ ވަބާގަ ޖެހިފަ އޮތް މިންވަރަކީ މިސުކޫލުން މިދިޔަ ޓާމުގަވެސް ކިޔަވައިދޭން ކަމުނުގޮސްގެން ފޮނުވާލަން އެދުނު އެތަކެއް އިންޑިޔާ ޓީޗަރުން ފޮނުވާލަން ކަލޭމެންނަށް ނުކެރުން. އުޑެއް ބުޑެއް ނުދަންނަ އެތައް ޓިޗަރުންނެއް އެބަތިއްބޭ މިގޮތަށް ދިވެހިދައުލަތުން މުސާރަދޭން ޖެހޭ. މިހުރިހާ ގެއްލުމެއް މިވަނީ ގައުމުގެ ކިޔަވާކުދިންނަށް. ބަލަ މީނޫންތަ ތައުލީމީދާއިރާއަށް ސިދާދެވޭ ހަމަލާއަކީ ރިޝްވަތުކައިގެން މިކަހަލަ ފެންވަރެއް ނެތް އިންޑިޔާ ޓީޗަރުން ގެނެސްގެން. ބައިހަދާލައި ކެމްޕޭނަށް ކޮމަންޑޫއަށް ދިއުމަށްވުރެން މިފެންވަރު ނެތް ބައިގަނޑު ބޭރުކުރަން ޑރ. މާލޭގަ ހުރިނަމަ މާރަނގަޅުވީހެއްނު.
ޓީޗަރުން މަޑުންތިއްބާ ނުބެހޭނެ
އެމީހުންބޭކާރު އަގަތަޅަންޏާބެހޭނެ
އިންޑިއާ ޓީޗަރުންނާއި ނަރުހުންނާއި އަދިވެސް ރާއްޖޭގައި ވަޒީފާއަދާކުރާ އިންޑިއާގެ ޕްރޮފެޝަނަލް ރައްޔިތުން ފައިބާކަށެއް އެއްވެސް މީހަކުނުގޮވާ. ފަހަރެއްގައި އެމްޑީޕީން ރާވައިގެން އިދިކޮޅުގެ އަގުވައްޓަން ތިޔަފަދަ ކަމެއް ނުކުރާނެއެކޭނޫން މިދެންނެވީ. ބޭރުކުރަންވީ އިންޑިއާ ސިފައިންނާއި ފާޅުގައި ރާއްޖޭގެ ދާޚިލީކަންކަމުގެ ތެރެއަށް އަތްބާނާތީ އިންޑިއާ އެމްބަސީއެވެ. މިކަން ﷲއިރާދަކުރެއްވިއްޔާ ދިވެހިރާއްޖެ ދެކެ ލޯބިވާ ދިވެހިންކުރާނެ. ވަރަށް ސަލާމް.
އަޅުގަނޑުމެންނަކީ ދިވެހީންނެވެ. މުސްލިމުންނެވެ.
"ދިވެހިންގެ އާދަކާދަޔަށް ބަލާއިރު ދިވެހިންނަކީ ހިތްހެޔޮ ބައެކެވެ.ސުލްހަވެރިކަމާއި އަމާންކަމަށް ލޯބިކުރާ ބައެކެވެ.ގާތުން ބޮލިކޮއްޓެއް ދީގެން ނަމަވެސް ފަނޑިޔާރުގެއަށް ނުގޮސްވޭތޯ ބަލާ ބައެކެވެ."
ނަމަވެސް މިއަދު މި ސިޔާސީ ޕާޓީތަކާ ސިޔާސީ ވަބާގެ ސަބަބުން އަޚުވަންތަކަމުގެ ގުޅުން ކެނޑިއްޖެއެވެ. މައިންބަފައިން ދަރިންނާ ގުޅުން ކަނޑާލައިފިއެވެ.ދަރިން މައިންބަފައިންނާއި ގުޅުން ކަނޑާލައިފިއެވެ.ތިމާ އީމާންވާ ޕާޓީ ނޫން އަނެއް ޕާޓީ މީހާޔާއި ދިމާލަށް އަވަގުރާނަ ގޮވާ އަބުރަށް އަރާ ހަދުންދަނީއެވެ ދޮގު އިލްޒާމު އަޅުވަމުން ދަނީއެވެ. ވެރިންނާ ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވަމުންދަނީއެވެ. އިސްލާމީ ރިވެތި އަޚްލާޤާއި ދިވެހީންގެ ދިވެހިވަންތަކަން ވަނީ މި ސިޔާސީ ރޯގާގެ ސަބަބުން ހަލާކުވެފައެވެ. މިއީ ކިހާ ދެރަކަމެއް ތޯއެވެ!
އެއްްވެސް ދީނެއްގެ އެއްވެސް ބަޔަކާއި ދިމާއަށް އެއްޗެހި ގޮވައި، ފޮށެ އުޅުމަކީ އަޅުގަނޑުމެން އެ ދީނަކަށް ތަބާވެގެން ތިބި އިސްލާމްދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ. މިކަންކަން ހިނގަމުން ދަންޏާ ބޭރު ދުނިޔޭގައި އަޅުގަނޑުމެންނަށް ލިބިފައިވާ އަބުރާއި ޢިއްޒަތް ދާނީ އަވަސްގޮތެއްގައި ގެއްލިގެންނެވެ.
އެހެންކަމުން އެންމެހާ ދިވެހިންނޭވެ. މިކަން މިހެން ވިޔަ ނުދެމާ ހިންގަވާށެވެ. ތިމާ ހިތްހަމަ ނުޖެހިގެން ކޮމެންޓެއް ޖަހާލާހިތްވިޔަސް ރީތި ދިވެހިބަހުން ލިޔެވިދާނެއެވެ. ހަޑިކޮށް ހުތުރުކޮއް ބުނީމާ އެ ޚިޔާލު ރައްދުވާ ފަރާތުން އެކަމަކާ ނުރުހޭނެއެވެ. ބަލައެއް ނުގަންނާނެއެވެ. އޭގެ ބަދަލުގައި އުފެދޭނީ ނަފުރަތްތެރިކަމެވެ.
އަޅުގަނޑުގެ ޚިޔާލު ބަޔާންކުރެވިއްޖެ ކަމަކް ފެންނާތީ ކުރުކޮށްލީމެވެ.
ކުރީސަރުކާރުގަވެސް އެޑިޔުކޭޝަން މިނިސްޓަރެއް ހުރި .
މިހާ ސިޔާސީ ވެގެން ހުތުރުކޮށެއް ނޫލޭ.
އަބަދު ކުރީސަރުކާޜޭ ކިޔާތީ މިހެން މި ބުނީ .
މިދައިތަ އަކީ ވަޒީފާގެ ބިރުދެއްކުމައް އެއްވަނަ ދައިތައެކެވެ. ލާދީނީ ސިލަބަސް އުފެއްދުމުގެ އެއްވަނަވެސްމެއެވެ. ޓާޓާ ވަގު ސުލޯލިހު ގެ އަމުރައް މިހާރު ދޮގު ސްޓަންޓްވެސް ޖައްސަން ފެޝީއެވެ.
ޙައްލު އެބައޮތް.ޔާންޓޭ އަނެއްކާ ޖަލުގޮޅިއަށްލީމަ ހިންނާނީ ރކނމސ ކވފ.
އޭއަޙްމަދުއަލީ!
ތަޢުލީމީނިޒާމަށްވެސް އަސަރުކޮއްގެން
މިއުޅެނީ އިންޑިއާމިލިޓްރީ މިގައުމުގައި
ފައިހިއްޕާލައިގެންކަން ވަރަށް ސާފުދޯ!
އެހެންވީއިރު ކަލެއަކީ ދިވެހިޤައުމުގެ
ތައުލީމީނިޒާމަށް މާހެޔޮއެދޭ މީހެއްނަމަ
ގެރިމޯދީގެ ސިފައިން މިގައުމުގައި
ވަޒަންވެރިކުރުވި ލާދީނީ ސަރުކާރަށް
އަންގަބަލަ އިންޑިއާއައުޓް ކުރަން!
އަދި އެންމެން ބަލަންތިބެބަލަ މިކަލޭގެ
މިކަމާމެދު އެއްވެސްއިތުރުއެއްޗެއް
ބުނޭތޯ ނުވަތަ ކަމެއް ކުރޭތޯ!
މިޔަކީ މީނަގެ މަގާމުގެ މަސްއޫލިއްޔަތު
އަދާކުރުމުގެގޮތުން ކުރިކަމެއް ނޫނޭ!
މިއީ އައިޝަތުއަލީގެ އޯޑަރަށް
ކިޔާލަވައެކޭ! ނާގާބިލު ސަރުކާރު
އައުޓް! އިންޑިއާ އައުޓް!
އިދިކޮޅޭމެންބޭނުންވަނީ އިންޑިއާކަނޑުން އިންޑިއާއައުޓްކުރަންތޯ ނޫންނަމަ ރާއްޖޭގާތިބި އިންޑިއާރައްޔިތުން ރާއްޖެއިން ބޭރުކުރަންތޯ ؟؟ އިންޑިއާގަދިރިއުޅޭ ދިވެހިރަައްޔިތުން އިންޑިއާއިން ބޭރުވާން އިންޑިއާރައްޔިތުންނިކުމެ
ގޮވަންފެށިދުވަހަކުން އަހަރެމެންތިބޭނީހޭން.
ޕީއެސް ކޮށި އަރަނީ އެއް އަތަށްދޯ. ޢިންޑިއާ ޓީޗަރުންނާ އެމީހުންގެ ދަރިން މިރާއްޖޭގެ ސްކޫލްތަކުގަ ޤުރްއާނަށް ޖޯކުޖަހާ ހެދި އިރު ތިޔަ ޕީއެސް ދެލޯކަނު ބީރު މަންމަނު ތަ؟
ސުވަރާ ކުރާނަން ކަލޭއަށް ހީވާ ގޮތްދޯ
އިންޑިއާ ޓީޗަރުންނައްވެސް އަދި ނަނުހުންނައްވެސް އަދި ޑޮކްޓަރުން ވިޔަސް އަދިއަންޑިއާއެހެންމީކައްވެސް އެއްޗެއް ގޮވިއްޔާ އެގޮއްވަނީ އެމްޑީޕީގެ މިނާޤާބިލު ސަރުކާރުން އެއީ އރހެން ބަޔަކު މީގެކުރިން ކުރިކަމެއްނޫންދޯ؟
ޔާމީނު ވެރިކަންހޯދަން ކުރާ ހަޑިމުޑުދާރު ކެމްޕޭނުގެ ނަތީޖާ މިފެންނަނީ ޓީޗަރުންތައް ފުރަފުރައިގެން ދިޔާމަ ޔާމީނު ވަރަށް އުފާވާނެ
އިންޑީއާ ޓީޗަރުންނާ މީހަކު ދިމައެއް ނުކުރޭ. އެކަމަކު، އިންޑިއާގެ މިލިޓަރީއާ ދެކޮޅަށް ކުރިއަށް ގެންދާ އިހްތިޖާޖުގައި ބައިވެރިވާ މީހުންގެ އަދަދު ފެނިފައި މޭ ކަރާ ބަޔަކު އިންޑިއާގެ ޓީޗަރުންނާއި، ޑޮކްޓަރުންނާ އެހެނިހެން މީހުންނާ ވެސް އެބަ ދިމާކުރޭ. އެކަން ކުރަނީ މަސްލަހަތު ގޯސް ކުރުމަށްޓަކާ ރާވައިގެން. "އިންޑީއާ މިލިޓަރީ އައުޓް" "އިންޑީއާ މިލިޓަރީ އައުޓް" "އިންޑީއާ މިލިޓަރީ އައުޓް" "އިންޑީއާ މިލިޓަރީ އައުޓް" "އިންޑީއާ މިލިޓަރީ އައުޓް" "އިންޑީއާ މިލިޓަރީ އައުޓް"
ވަރައް ދެރަވެ
މިއީ ކަނޑައެޅިގެން ދޮގެއް، މިއީ ރައްޔިތުންެ ސިމްޕަތީ ހޯދުމަށް އެމް.ދީ.ޕީ އިން ގަސްދުގައި ޖައްސާ ގޭމެއް، އަޅޭ، ދިވެހި ލޮބުވެތި ތައްޔިތަކު އިންޑިއާ މީހަކާ ދިމާލަށް އޮޅިގެން ވެސް ޗުޕުވެސް ބުނެލާފައެއް ނެތް. ނިކަން އެމީހަކު ބުނެބަލަ މިއޮށް ޓެކްނޮލޮގީ ދުވަސްވަރު. އަހަރެމެންނީ އަބަދުވެސް އިންޑިއާ ފަސްޓް ޕޮލިސީ ޤަބޫލު ކުރާ ރައްޔިތުން ތިބި ޤައުމެއް، މައްސަލައަކީ އިންޑިއާ ސިފައިން. ރާއްޖެ ސިފައިން އިންޑިއާގައި މިގޮތަށް ބައިތިއްބަންވީނުންތޯ.
ޓީޗަރުންނާއި ދިމާކޯށް މިހަޑިމުޑުދާރު އަމަލު ހިންގަނީ އެމްޑީޕީގެ މީހުން އިންޑިޔާ މިލިޓުރީ އައުޓު ކިޔާތީ މިކަން ގަޑުބަޑުކޯށްލަން!
މިގޮތައް ކަންކަން ދިމާވީ ކަލޯމެންގެ ގޮފޮޅު ސިޔާސަތުގެ ސަބަބުން. ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ދީނަށް ފުރައްސާރަކޮށް މުޑުދާރު އަމަލުތައް ހިންގަމުންދާއިރު އެކަމާ ދެކޮޅަށް އެއްޗެއްބުނި ވަޒީރަކު ނެތް. މިއުޅެނީ ދޮގާއޮޅުވާލުމުން މައްސަލާގެ އަސްލު ފޮރުވާ އިންޚާބު ކާމިޔާބުވޭތޯ
ކަނޑައެޅިގެން ދޮގެއް ތިހަދަނީ. ތީއިންޑިޔާއައުޓް ނުހުއްޓުވިގެންޖަހާ ސިޔާސީ ސްޓަންޓެއް
މިސްކިތުން ފޭބި މީހުން ތިކަންކުރަންޏާ މިސްކިތަށް ވަދެގެން އެމީހުންނަށްކުރާ އެއްވެސް ފައިދާއެއްނެތެއްނު. ކުރާ އަޅުކަމުގެ ސަބަބުން ތިމާގެ އަދަބުއަޚްލާޤު ރަނގަޅުނުވަންޏާ އަޅުކަމުގެ ބޭނުމަކީ ކޮބާ؟
މަމެން ކުޑައިރުން ފެށިގެން އިންޑިއާ ޓީޗަރުން ރާއްޖޭގެ ސްކޫލް ތަކުގައި ކިޔަވާ ދެނީ އެކަމަކު އެޑިއުކޭޝަން މިނިސްްޓްރީން އަބަދުވެސް ކޮންމެ ސަރުކާރެއްގައި ވެސް ބުނަމުން ދަނީ ދިވެހި ޓީޗަރުން ބިނާ ކުރަން މަސައްކަތް ކުރާ ކަމަށް 30 އަހަރުވީއިރު ބިނާ ކުރެވުނު ދިވެހި ޓީޗަރުން ކޮބާތޭ ދިވެހި ޓީޗަރުން ވެއްޖެނަމަ މުސާރަ ވެސް ކުޑަ މާލެ ސަރަހައްދުން ގޯއްޗެއް ވެސް ނުދެވޭ އަދި އާދައިގެ އިންޝުއަރެންސް އޮންނަނީ ސިފައިންނަށް ވުރެން ދިވެހި ޓީޗަރުން މުހިއްމު އިންޑިއާ ޓީޗަރުން ނުޖެހޭ ތިބެން ރާއްޖޭގައި ކިޔަވާދޭން ނުޖެހޭ ނުޖެހޭ ތިބެން ސަރުކާރުން ގަސްތުގައި ދިވެހި ޓީޗަރުން ނައްތާލަނީއޭ އެއީ ކުރާ ކަމަކީ..
ކޮޔާ ކުރަންވީ ކަމަކީ. ޓީޗަރުން ކިޔަވައިދޭން ނެރެންވީ ޓީޗަރު ޗުއްޓީ ނިންމާފަ ރާއްޖެ އަންނަނީ ސްކޫލު ހުޅުވޭ ދުވަހު ދެންވީ ކަރަންޓީނު ވާން އެކަންނިމޭއިރު މިއޮތީ އޯލެވެލް ފެށިފަ
އިންޑިއާ ޓީޗަރުންނާއި ނުލާ ހަމަ ދިވެހި ޓީޗަރުންނާއި ލައިގެން ރާއްޖޭގެ ހުރިހާ ސްކޫލް ތަކެއް ހިންގޭނެއޭ މިހާރުވެސް ސްކޫލް ތަކަށް ހެދުނުގެ ނާސްތާ ނަމުގައިދޭ ކުނި ކާތަކެތި ދިނުން ހުއްޓާލާ އެފައިސާ އިން ދިވެހި ޓީޗަރުންގެ މުސާރަ ބޮޑުކޮށްބަލަ ދިވެެހި ޓީޗަރަކަށް މައްސަލަ އެއް ނެތޭ މަހަކު 50 ހާސް ރުފިޔާ މުސާރަ އަށް ދިން ނަމަވެސް އެއިން ގެއްލުމެއް ނުވާނެއޭ ގައުމަށް ޓީޗަރަކަށް މިދެނީ މަހަކު 8 ހާސް ރުފިޔާ އެއިން ކުލި ވެސް ނުދެއްކޭ އަދި ޓީޗަރުން ކުއްޔަށް އުޅެން ނުޖެހޭނެއޭ
އިންޑިޔާ ކީއްކުރަންތޯ އެއްވެސް ޤައުމެއްގެ ސިވިލްސާރވިސް މީހަކާ މިޤައުމުގެ އެއްވެސް މީހާކު ނުބެހޭނެ! އެކަން ކުރުވާ އަދި މައްސައްލަ އުފައްދަން އުޅެނީ އެމްޑީޕީ މީހުން!
ތިޔައީ މުޒާހަރާތައް ހުއްޓުވުމަށް ޖައްސާ އުކުޅެއް.ދިވެހިންނަށް މުޒާހަރާ ކުރަން ދަސްކުރީ ކޮންބައެއް .
ކާކުތޯ ދިމާކުރަނީ އެއވްސް މިހަކު ނުކުރޭ..މޮޔަވަނީތޯ ކަމަނާ...
މިހާރު ތި ފަނިވަނީ... ޙިދުމަތް ދޭ ކުށެއް ނެތް އާންމުންނާއި ބެހުމަކީ ބަލައިގަނެވޭކަމެއް ނޫން.. އިންޑިޔާ ސިފައިން ތިބުމާ ހެސްކިޔާފައި ދެކޮޅު އެކަމަކު އަހަރުންގެ ދަރިންނަށް ފަރުވާކޮށް ކިޔަވައިދީ ހިދުމަތްދޭން ތިބި މީހުނާ ނުބެހޭތި. ތަރަހައިން ބޭރުނުވޭ!!!
ދިވެހިރާއްޖެ ކުރިއަރާ ދާތަންބަލަން ކެތްނުވާ ދެކޮޅު ވެރިންނަަށް ދިވެހިބަޔަކު އަމިއްލަ ފައިދާއަށް ކުރާކަންކަމުގެ ހިތިނަތީޖާ އެނަމެނަށް //
އިންޑިޔާ އައުޓް //