މިއަދު ރާއްޖެ އިން އިތުރު 1209 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު މާލެ 575 މީހުން ފައްސިވިއެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްރަށުން މިއަދު 408 މީހުނާއި ރިސޯޓްތަކުން 155 މީހުންނާއި ސަފާރީތަކުން ހަތަރު މީހުން މިއަދު ފައްސިވިއެވެ. އަދި ސުންކު ނެގި ވަކިރަށެއް ނޭނގޭ 67 މީހަކު މިއަދު ފައްސިވިއެވެ.
މިއަދަކީ މިދިޔަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.
މިއަދު ކޮވިޑަށް ޓެސްޓް ކުރީ 5061 މީހުންނެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %23.89 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއަދަކީ ފާއިތުވި 234 ދުވަސް ތެރޭގައި ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން އެންމެ މަތީ އިންސައްތައެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދުގެ ކުރިން ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއް ކޮވިޑަށް ފައްސިވީ މެއި މަހުގެ 27 ވަނަ ދުވަހު އެވެ.
ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ މިހާރު ކޮވިޑް ބަލި މީހުންގެ އަދަދު ވަނީ 5800 އަށް އަރާފައެވެ.
ޙޯމް ކިޓުން ޓެސްޓް ކޮށްގެން އެބަތިބޭ! ތިޔަ ހިސާބަކަށް ނާރާނެ!
މިވަރުންވެސް އަޅުގަނދުމެނގެ ދަރިންކޮޅު ސްކޫލަށް ގެންދަން ޖެހުމަކީ ހާދަހާ ދެރަ ކަމެކޭ
ވަގު ޕީސީއާރު
ސިރިންޖު ވޭރިއަންޓު
ބިރުވެރި ދޯ. އޮފީސްތައް ބަންދުނުކުރިޔަސް ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވާދޭކަށް ނުވޭތަ؟ ކުއްޖަކަށް ކަމެއް ވީމައެއް ނޫން ތެޅިގަންނާނީ.
ޥޯޓް ނިމެން ދެން
ޜޯދަ އަންނާތީވެ ކޮވިޑް ގިނަކުރަނީ
މިހާލަތުގަ އަޅުގަނޑުމެންގެ ދަރިން ސްކޫލަށް ނެރުމަކީ ހިތާމަ ހުރި ކަމެއް
މީ އަޅުގަނޑުމެންގެ ގައުމުގެ ބޮޑު ޖީލެއް މިކުދިންނާ މެދު ވިސްނަވާ ސްކޫލްތަށް އޮންލައިން ކޮށްދެވުން ވަރަށް އެދެން
ބައެއް ސްކޫލްތަކުގަ ހަފތާގެ ހުރިހާ ދުވަހު ގެންދަން ޖެހޭ ހެޔޮނުވާނެ މިހާލަތުގަ ކުދިން ސްކޫލަށް ގެންދަން މިކަން އަތްނުފޯރާފަށަށް ދިއުމަށް ދޫކޮށް ނުލަށްވާ މީ އަޅުގަނޑުމެންގެ ލޮބުވެތި ދަރިން ކުރީގަ އޮންލައިންް ކޮށް ކިޔެވި އިރުގެ ތަޖުރިބާއިން މިހާރު އެތަށް ކަމެއް ރަނގަޅު ކޮށްގެން އޮންލައިން ކުރެވޭނެ އަލަށް ކަމެއް ކުރާއިރު އެންމެ ފުރިހަމަ ނުވެދާނެ މިހަަރު މިވާގޮތުން ކުއްޖަކު ޕޮޒިޓިވް މީހަކާ ދިމާވުމުން އެތަށް ދުވަހެއް މިދަނީ ގޭގަ ހުންނަން.. މިއަށްވުރެ އޮންލައިން ކޮށްގެން ގެންދާނަމަ ހުރިހާކުދިންނަށްވެސް ރަނގަޅުވާނީ
އަޅުގަނޑުމެންގެ ދަރިންކޮޅު ސަލާމަތުން ތިބެގެން ކިޔެވޭނީ ކޮންމެ ދުވަހަކު ކުދިން ފެރީގަޔާ ޓެކްސީގަ ދަތުރު ކުރަން ޖެހޭތީ މިތިބެނީ ވަރަށް ދެރަވެ ކަންބޮޑުވެފަ... މިކަމަށް ހައްލެއް ގެނެސް ދެއްވަވާ..