ގދ. ތިނަދޫގައި ކޮވިޑް-19 މެނޭޖް ނުކުރެވިދާނެ ކަމުގެ އިޝާރާތެއް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ، އެރަށު ކޮވިޑް ފެސިލިޓީގެ މެނޭޖަރު، ޑރ. އަޙްމަދު އާޒިމް ދެއްވައިފިއެވެ.

އާޒިމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ހޮސްޕިޓަލުގައި އެތެރެ ހަށީގެ ޑޮކްޓަރެއްވެސް، ހޭނައްތާ ޑޮކްޓަރެއްވެސް އަދި އެކަށީގެންވާ މިންވަރަށް އާއްމު ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުންވެސް ނެތް ކަމަށެވެ.

ކޮވިޑްގެ ހަތަރު ވަނަ ރާޅެއް ބިންދާލި އިރު، ކޮވިޑް މެނޭޖް ކުރާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

"އަޅުގަނޑުމެން ދެ އަހަރުގެ ތެރޭގައި މި ކަމުގެ ތެރޭގައި އުޅުނީ، އެކަމަކު، ދަސްވި އެއްޗެއް ނެތް, ހުރިހާ ސަމާލު ކަމެއް ހުރީ އެހެން ކަންކަމަށް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް އެ ގޮތަށް ވިދާޅުވީ ތިނަދޫން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ރޭ އެކަނި ވެސް 56 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކޮވިޑް-19 ގެ ނުރައްކާތެރި ވޭރިއަންޓް، އޮމިކްރޮން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންނެވެ. ރާއްޖޭގައި ވެސް މި ވޭރިއަންޓް ފެނި ބާރު ދުވެއްޔެއްގައި ބަލިމަޑުކަން ދަނީ ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނާ

    ހާލަތު ބަދަލުކޮއް އިތުރު ތަރައްގީ ބޭނުންވާނަމަ ދާއިރާގެ މެމްބަރު އިސްތިއުފާދެއްވާފަ ބައި އިލެކުސަނަކައް ވަޑައިގަންނަވާށެވެ.ކޮމަންޑޫދާއިރާއިން އިބުރަތްހާސިލްކުރާށެވެ.

  2. ލާމު

    ދަސްވިއެއްޗެއް ނެތް. ޓެސްޓުކުރަން އަދިވެސް މާލެއަށް. ހެލްތު ސެކްޓަރގެ ގޮތްނިންމަން ތިބި މީހުން އަދިވެސް ބޭނުންވަނީ ޕެނަޑޯލް ގުޅަ ގަންނަންވެސް މާލެއަށް މީހުންދާގޮތަށް ކަންކަން ބާއްވަން.