ޗައިނާ އިން ރާއްޖޭގެ ރަށްތަކެއްގައި ހިންގި ޕްރޮޖެކްޓްތަކެއް މިސަރުކާރުން ހުއްޓުވާފައި ވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ދާދިފަހުން ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ނޫހެއް ކަމަށްވާ "އިކޮނަމީ ނެކްސްޓް" ނަމަކަށް ކިޔާ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ 16 ރަށެއްގައި އަސްކަރީ ބޭސްތައް ޗައިނާ އިން ހަދަމުން ގެންދާ ކަމަށް ނަޝީދު އެތައް ފަހަރަކު ވިދާޅުވެފައި ވެއެވެ. އެރަށްތަކަށް އިޝާރާތް ކުރައްވާ ނަޝީދު ފަހުން ވިދާޅުވެފައިވާ ގޮތުގައި "އަސްކަރީ ބޭސްތައް" ޗައިނާ އިން ހަދަމުން ގެންދަނީ ރިސޯޓްތައް ހަދަން ދޫކޮށްފައިވާ ރަށްތަކުގައެވެ.
"އިކޮނަމީ ނެކްސްޓް" އަށް ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވީ މިހާރު ސަރުކާރުން ވަނީ ޗައިނާގެ ބައެއް ރިސޯޓް ޕްރޮޖެކްޓްތައް ހުއްޓުވާފައި ކަމަށެވެ. "މިރަށްތަކުގެ ވެރިފަރާތާއި އަދި ރިސޯޓްތައް ތަރައްގީ ކުރުމާއި ގުޅޭ ގޮތުން އަދިވެސް ވަނީ ސުވާލު އުފެދިފައި." ނަޝީދު ވިދާޅުވިއެވެ.
އެއްވެސް ރަށެއްގެ ނަން ހާމަކުރެއްވުމެއް ނެތި ނަޝީދު ވިދާޅުވީ "ޗައިނާ ކުންފުނިތަކުން ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުން ގެންދިޔަ ހައެއް ނުވަތަ ހަތް ރަށެއް އޮތް." ކަމަށެވެ. "މަސައްކަތްތައް ކުރިއަށް ގޮސްފައި އޮތީ އެކި މަރުހަލާތަކުގައި. އެރަށްތަކުގެ މަސައްކަތްތައް ހުއްޓުވާފައި އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ. ރަށްތަކުގެ ވެރިފަރާތްތައް ކަނޑައެޅުން ކޯޓުގައި ކުރިއަށް ދާނެ." ނަޝީދު ވިދާޅުވިއެވެ.
ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ކުރިއަށް ގެންދާ ރިސޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުތަކެއް ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެފަދަ އެއްވެސް މައުލޫމާތެއް މިހާތަނަށް ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ނަޝީދުގެ އިންޓަވިއުގައި އިތުރަށް ވިދާޅުވީ މިއަހަރު ރާއްޖެ އިން ދައްކަން ޖެހޭ ދަރަނި ވަރަށް ބޮޑު ކަމަށާއި އެހެންކަމުން މިއަހަރަކީ ރާއްޖެ އަށް ގޮންޖެހުން ބޮޑު އަހަރަކަށް ވެގެން ދާނެ ކަމަށެވެ. "ރާއްޖެ އިން އާއްމުކޮށް އަހަރަކު ދައްކަމުން އަންނަނީ 250 މިލިއަން ޑޮލަރުގެ ދަރަނި. ނަމަވެސް މިއަހަރު އެދަރަނި ދެގުނަ ވެގެން އެބަދޭ. އެހެންކަމުން މިއަހަރަކީ އުނދަގޫ އަހަރަކަށް ވެގެން ދާނެ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ އިން ދަރަނީގެ ގޮތުގައި އެންމެ ގިނަ ފައިސާ ދައްކަން ޖެހިފައި ވަނީ ޗައިނާ އަށް ކަމަށެވެ. ނަމަވެސް ޗައިނާގެ އިތުރުން އިންޓަނޭޝަނަލް މާކެޓަށް ވިއްކާފައިވާ ބޮންޑްތައް ވެސް ދަރަނީގެ ގޮތުގައި އޮތްކަން ނަޝީދު ފާހަގަ ކުރެއްވެވިއެވެ.
ދިވެހި ސަރުކާރުން މިހާރު އިންޑިއާ އަށް ވަރަށް ބޮޑަށް ބަރޯސާ ވެފައި އޮންނާތީ އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އިންޑިއާ އަށް ރާއްޖެ އިން ވަކިބޮޑަށް ބަރޯސާ ނުވާ ކަމަށެވެ. "އިންޑިއާ އިން ދެނީ ވަރަށް ރަނގަޅު ގޮތަކަށް ލައިން އޮފް ކްރެޑިޓް. އަޅުގަނޑުމެން އޭގެ ބޭނުން މިކުރަނީ އަޅުގަނޑުމެންގެ ޕްރޮޖެކްޓްތައް ހިންގަން. އަޅުގަނޑުމެން ނުޖެހޭނެ އަނބުރާ ހުރިހާ އެއްޗެއް އިންޑިއާ އަށް ދޭކަށް." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި މަޝްރޫއުތައް ކުރިއަށް ގެންދަނީ ހުޅުވާލެވިފައިވާ ބިޑަކުން ކަމަށެވެ. "ރާއްޖޭގައި މެދުއިރުމަތީގެ ކުންފުނިތަކުން ވެސް، ވަރަށް ގިނަ ޔޫރަޕްގެ ކުންފުނިތަކުން ވެސް އަދި ސްރީލަންކާގެ އިންވެސްޓަރުން ވެސް އިންވެސްޓް ކުރަމުން ގެންދޭ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ހަމައެކަނި އިންޑިއާ އަށް ކަމަކަށް މަޝްރޫއުތައް ލިބެނީކީ. ހުރިހާ ފަރާތްތަކަކުން ވެސް އަންނަނީ ރާއްޖޭގައި އިންވެސްޓް ކުރަމުން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި ވަރަށް ގިނަ ނޫސްތަކަށް އިންޓަވިއު ދެއްވާ ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ދިފާއު ކުރައްވާފައެވެ.
ޗައިނާ މީހުން އެގެންގުޅޭ މައިންޑް ކޮންޓްރޯލުން މިގޮލާގެ ސިކުނޑިއާ ކުޅެލާ ދުވަހެއް އައިސްދާނެބާ؟
ސިކުނޑި އެއް އޮތް ނަމަތާ. ބޭރު މީހުންގެ ވާގަޑު ޖަހާފަ ހުރި ޕަޕެޓެއް. އެތެރެ ހޮއި
ހާދަހާވާ ގަދަ ކަމެކޭ ތިޔަކުރެވުނީ މޯދީބޭބެގެ ޕްރޮޖެކްޓްތައް ކުރިޔަށް އެބަދޭތަ؟ ކަލޭ ބައެއް ފަހަރު ބުނާނެ އިންޑިއާ އައުޓް ގޮވީމަ ތަރައްގީ ގެއްލޭ ވާހަކަ ޗައިނާއިން ރާއްޖޭގެ ރަށެއްގައި ހިންގާ ޕްރޮޖެކްޓެއް ހުއްޓުވުމަކީ ތަރައްގީ މެކުހައް ޖެހުންދޯ! ހަމައިން ނެއްޓޭ ގަޑި ގަޑި އިރު އިރުކޮޅު އަޔަސް ބޮޑުވަރު ލދނ ނަޝީދު ތިޔައީ ހަމަ މިގައުމުގެ ހަލާކު އިންޑިއާ މިލިޓަރީ އައުޓް މިދައްޖާލު ވެރިކަން ހިތި ގޮތަކަށް ނިމިގެންދާނެ
އަޅުގަނޑު އެންމެ ދެކެން ބޭނުން ވަނީ މީނާ މިގޮތަށް ދައްކާ ވާހަކަތައް ތަޙުޤީޤްކޮށް، މީނާއާއި މެދު ފިޔަވަޅު އަޅާނެ ދުވަހެއް..
ޗައިނާ ތި އިނދަޖެހުނީ. ލަހެއްނުވެ ދެން ޗައިނާ އޮންނާނީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުގަ. ހަސަން ކުރުސީ ތިކޮށްލީ ވަރަށް މޮޅުކަމެއް.
އަދި ދާދި އަވަހަށް މީނަގޮސް ޗައިނާ އަޝްކަރީގޮތުންވެސް ކުޑަކަކޫޖައްސާލާނެ.
ހައް ހައް. ސަޅި
ބުރާންތިއަރާފަހުރި އެއްޗެއްތީ...
ޗައިނާމީހުން އަސްކަރީ ބޭސް ހެދީ ކޮން ރަށްރަށެއްގައިކަން ތަފްސީލް ކޮށްދީބަލަ ހަދަހަދައިގެން ދޮގުވާހަކަތައް ތިދައްކަނީ އިންޑިއާ އައުޓު ކިޔާތީ ލަދުންތަ.
އަޅެ އެބުނާ އަސްކަރީ ބޭސް އޮތީ ކެނެރީގޭގަޔޭ!
ގައުމުގެ ރައީސުކަން ކޮށްފަހުރި ލީޑަރަކު ތިވިދާޅުވީ ވަރަށްބޮޑު ޖަރީމާއެއް ހިންގި ވާހަކަ!! ރައްޔިތުންނަށް ފައިދާއާއި ލާބައެއް ލިބުމަށް އެދޭމީހަކު އެއްވެސް ގައުމަކުން ހިންގާ ޕްރޮޖެކްޓެއް ނުހުއްޓުވާނެ!! މަނިކުފާނަށް ރައްޔިތުންގެ ސަޕޯޓް އިތުރަށް ގެއްލިގެން ތިދިޔައީ،
އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް
ކެރަފާ ސޮރު ޗައިނާ އައުޓް ގޮވިޔަސް އޯކޭ..............
ޔާންޓޭ އިންޑިޔާ އައުޓް ގޮވީމަ ގޯސް................
މީތި ކަޑަ........
އެއްވެސް މަސައްކަތެއް ހުއްޓުވި ރަށެއް ބުނެބަލަ މުރުތައްދު ވާންވެސް ވަކިވަރެއް އޮންނާނެ..
ފަހުޒަމާނުގެ ދައްޖާލު ފާޅުވެއްޖެ.ފިތުނަ ފަސާދަ ކުރަން.
ނުބުނާ ވާހަކަ އަކީ އިންޑިއާއިން ކުޑަ އިންޓްރެސްޓްގައި ޗައިނާ އިން ބޮރޯކޮށްފަ ބޮޑު އިންޓްރެސްޓްގައި ރާއްޖެ ދީފައި ހުރި ވާހަކަ.
ފައްކާ ޓެރަރިސްޓެއް ގެ ހުކުމް ކޮފަ އޮތީ. ހުކުމް ބަތިލެއް ނުކުރެ
މީނަ ހީކުރަނީ މީނަ ދެންތިބީ ހުސްގަމާރުންކަމަށް. ބަޔަކު ނަޝީދުގެ ވާހަކަތަކަށް ގުނބޯހެދުނަސް މިގައުމު ދެކެ ލޯބިވާ މީހަކު ނަޝީދު ދައްކާ ވާހަކަތައް ގަބޫލެއް ނުކުރާނެ. ނަޝީދުގެ އޮތީ އެންމެ ޖެންޑާއެއް އެއީ ކޮންމެ ގޮތެއް ހަދައިގެންވިޔަސް ވެރިކަމަށް އައުން.
ނަސީދު ހިފާ ހައްޔަރުކޮށް އޭނާ ދައްކާފައިވާ ދޮގު ވާހަކަތައް ތަހްގީގު ކުރުމަށް ސަރުކާރަށް ގޮވާލަމެވެ.
ކަލޭ ކުރަންވީމަ ރަނގަޅު ރައްޔިތުން ކުރީމަ ގޯސް.. ނަސީދޫ ކަލޭމެން ކިތައްމެ ދެރައެރިޔަސް ރައްޔިތުން ދެނެއް ނުހުއްޓުވޭނެ.. #އިންޑިޔާއައުޓް
ވައްތަރު ވައްތަރު ޖައްސާނެކަމެއް ނެއް އިންޑިއާ އައުޓްކޮއްލާނީ ކަލޭޔާވެސް އެކީގަ!! މި ފަސްގަނޑައް ބޭނުން މީހެއްނޫން ތީކީ!!!!
ޢިންޑިއާ އަށް އެއްޗެއް ދޭކަށްނުޖެހޭ އަނެއްހެން. ދިވެހިންގެ ބިންކޮޅާ ލޭކޮޅ ބޯލާނީ
ތިޔަ މީހާ ނަހަދާނެ ތެދެއް، ދޮގެއް ހެދެން އޮތިއްޔާ. ނިކަން ތި ރަށް ތަކުގެ ނަންތައް ވެސް ކިޔާލަބަ.
ކަލޯކުރާނެކަމެއްނެތިގެންތަތިއުޅެނީމަރުފަލިޖެހިއަސްޗައިނާއާއަރާހަމަނުކުރެވޭނެނިކަންދަށްކަބަލަފަސްއަހަރުތެރޭބުރިޖުއަޅާފައިފަސްމިލިއަންއަހަރުވިއަސްނޭޅޭނެކިހިނެއްވެގެންތަތިއުޅެނީޗައިނާމީހަކާކަލޯއިނދެބަލަރޯނުއެދުރު
ނަޝީދު ގެ ޕްރޮޖެކްޓް ނުހުއްޓުނީޔާ ވެދާނެ
މިކަލޭގެ އަކީ މިޤައުމަށް ކުރިމަތިވި އެންމެ ބޮޑު މުސީބާތް.
މި މަކަރުވެރި ނުލަފާ ކަލޭގެ ހިފާހައްރުކޮށް އަނދަގޮޑި
ޖެހުމަށް މުުއައްސަސާތަކަށް ގޮވާލަމެވެ މީނަގެ ފަރާތުން
ރާއްޖެއަށާއި ރައްޔިތުން ލިބެމުން މިދާ ގެއްލުމާއި ހަލާކު
ހުއްޓުވައި މި މީހަގެ އަތްދަށުން ސަލާމަތްވުމަށް އެންމެހާ
ދިވެހިން އަތާއި އަތްގުޅާލައި އެކުވެރިވާން ވެއްޖެއެވެ.
ބޯގޯސް.
ނައިފަރުގައި ކުރިޔަށްގެންދިޔަ 9 ކުލާސްރޫމާ ސްޓާފްރޫމު ޕްރޮޖެކްޓާއި ، ނައިފަރުގައި ހެދި 100 ހައުސިނޔުނިޓަކީ ރައީސް ޔާމީން ބަޖެޓް ދީ ފައްޓަވާފަހުރި މަޝްރޫޢުތައް . އެ މަޝްރޫޢުތަކަށް ފައިސާ ދިނީ ޗައިނާ ސަރުކާރުން. ކަލޭމެން ވެރިކަމަށް އާސް މި މަޝްރޫޢުތައް ހުއްޓުވާ ، އަލުން ފަށާ ނިންމިޔަސް އެއީ ކަލޭމެންގެ މަސައްކަތަކަށް ނުވާނެ! އަދި ލޯނު ދިނީ ޗައިނާއިން ނޫންކަމަކަށްވެސް ނުވާނެ! މާބޮޑަށް ތިޔަ އަގަ ބޮޑުވަނީ މިހާރު
ކަލޭ މާވަރުގަދަ މީހަކަށްވެގެން ތިއުޅެނީ ތިއީ ދޮގުހެދުމުގެ ރަސްގެފާނުކަން ނޭނގޭ ބައެއްކައިރީގައި. ތިއީ މޑޕގެ ހާޑްކޯރ މީހުންވެސް މިހާރު ބަލައިގަންނަ މީހެއްނޫން.
ﷲގަންދީ ބުނަން. އެއްއިރެއްގައި އަހަރެން ކަލޭ ޖަލްސާއަކަށް ވާހަކަ ދައްކަން އަރާތޯ އިންތިޒާރުކުރިން. ނަމަވެސް ޖމރ އަށް އެއަރޕޯޓްދީ، އެތަނުގައި ތިބި ދިވެހިން ބޭރުކޮށް ޑިޕާރޓްމެންޓް ހެޑުން ގޮތުގައި މަސައްކަތް ކުރި މީހުންނަށް ސްޓާފުން ކުރިމަތީ އިންޑިއާ މީހުން ބަވަން ފެށިހިސާބުން ކަލޭ މަތިން ފޫހިވެއްޖެ.
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
މޮޅިއްޔާ އިންޑިޔާގެ ޕްރޮޖެޖްޓްތައްވެސް ހުއްޓުވާލަބަލަ..
ހުސް ދޮގު ހަދާމީހެއްމިއީ
މި ކަލޭގެ ބުނި ޔާމީން 16 ރަށް ޗައިނާއަށް ވިއްކާލި ވާހަކަވެސް. މާބޮޑަށް މީނަގެ ޕޮޕިއުލަރިޓީ ދަށްވާތީ ސަމާލު ކަން ހޯދަންވެގެން އަނބުރާ ގޭސްގަނޑެއް ތިޔައީ.
ޖާހާ ސަކަރާތެއް ޖާހާ ނުދެވި އޮތް ގައުމަކަށް ސަރުކާރު ހަރަދުގަ ދޭ ދެން ބާކީ އޮތީ 2އަހަރު ރަތް ޔިތުން މިފަހަރު ގުބޯ ނުހެއްދޭން
ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ހަދަމުންދާ އަސްކަރީ ބޭސް ހުއްޓުވާ ޗައިނާއިން އުފައްދަމުން ދިޔަ ނިއުކްލިއަރ ހަތިޔާރުތައްވެސް ހުއްޓުވާ އެތަކެތި އަތުލިކަމަށްވަނީ
އިންޑިއާ މީހުން ހައްލަން ވެގެން މީނާ މިއުޅެނީ
އެމީހުން ތިބޭނޭ މީނާ ދައްކާ ކަނޑިކޮސްވާހަކަ އަށް ހެއްލިފަ
ބޭރުގައުމެއްގެ ބައެއްގެ އަތުން ބޮނޑިއެއް ނުލިބެނީ ތި މޮޔަ އަންނި މިގައުމުން ބޭރުކުރަން ޖެހޭ
އިންޑިއާ ރުއްސަން ހުސްހޮޅިވާހަކަ ދައްކަނީ.
ޖެސުއިޓް ދޮހޮއްތު މިކަހަކަ ހަޑި ހާވަން ފެށީމައޭ އިންޑިއާއިން ރާއްޖޭގައި މިލިޓަރީ ބޭސް ހަދަން ޝައުޤުވެރިވީވެސް ކިއޭ ނުކިއޭ އެއްޗެއް ނޭނގެ . ތަރައްޤީ ނުވެގެން މިއުޅެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނޯ! މީހަކު ޢަޖައިބެއް ނުވާނެ އަޅެ؟
މި ކައްޒާބު ކޮންމެސް އަނގައެއް ތަޅާނެ
ނަސީދު، އިބޫކަޓުވާލާފަ މޯދީގެ ކެނޑިޑޭޓައްވޭތޯ މިހުރިހާ ދޮގެއްމިހަދަނީ!
މޯދީ ބޭނުންވަނީ އިބޫނަގަން.
އެއީ ނަސީދުގެ ރެކޯޑުގަ ވެރިކަންލިބި އަމިއްލަޔައް އިސްތިއުފާދީފައޮތީ ފިނޑިކަމުން!
މޯދީއައް އެނގޭ ނަސީދު ނަގައިފިއްޔާ ވާނީ އަފްގާނުގެ ކުރީގެރއީސް ފިލިގޮތައް، .. ކަމެއް ދަމެއްބޮޑުވާއިރައް އިސްތިއުފާދީފަ ފިލާނެ.
އަމާކައިރީ އެއްޗެއްބުންޗަސް ސަތޭކަ ދޮގުނުހަދާ ހުއްޓާނުލާތި؟
ތެދެއް ހެދި ހަނދާނެއް ނުވެ އެވެ. އެހާ ބޮޑު ލޯން ތަކެއް ދައްކަން އޮއްވަ އެތައް ބިލިއަން ދަރަނި ލޯން ނަގަނި އެވެ.
ބާކީ ދޮޅު އަހަރު. އިންޑިއާ އައުޓް + ނަޝީދު އައުޓް = އޯލް އައުޓް
ނަޝީދު ހީކުރައްވަނީ ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ހުއްޓުވައި ވަޒީފާތައް އުފެއްދުމަށް ހުރަސް އެޅީމަ އެއީ ރައްޔިތުން ނަޝީދުއަށް ދަނާކިޔައި ތާއީދު އިތުރުވާނެ ކަމެއްކަމައްތަ.؟..
އިންޑިއާ އައުޓު. އިންޑިއާ އައުޓު. މީގެ ކުރިންވެސް މި ނަޝީދު އަނގަ އަރވނިކޮށް، ޗައިނާ އެމްބެސެޑަރ ވަނީ މީނާއަށް އަޅާ ލާފައި. ދޮގާއި މަކަރާއި ހީލަތުގެ ވެރިއަކަށް އިތުބާރު ކުރުމެއް މިހާރަކު ނެތް. އިނގޭ ކަމަކީ އިންޑިއާގެ ނޭއްގާނީކަން މާ ބޮޑުކަން. ﷲ އިރާދަފުޅުން ތިބައިމީހުންގެ ވެރިކަން ނިމި ދެން އަރާ ވެރިކަމަކުން މިގައުމު މިނިވަން ކޮށްދީ، އިޤްތިޞާދީ އުޖާލާކަން ގެނުވައިދޭނެ.
ކޮންފަދަ މުސީބާތެއް މިއޮތީ އިންޑިޔާގެ ދުލުން ވާހަކަ ދައްކާ ޕަޕެޓެއް މިކަލޭގެ މުޅީ ގައުމު ފުޑައިފި އަދި މީނަގެ ފަހަތަށް އަރައިގެން އުޅޭ ސޭޓުމެން 2023ގައި ރައްޔިތުންނޭ ފަޅޮލޭ ދިމިގްރާތީއޭ ފެންފޯއް ރުކޭ ކިޔަމުން ރައްތަކަށް އަންނާނެ މިބައިގަޑު އެއްކޮށް ފެއިލްވާނެ ކަލޭ ގޮސް އިންޑިޔާގައި އުޅެބަލަ އެތަނުން ކޮންމެވެސް މަގާމެއް ހޯދައިގެން ކިހާ ބޮޑު ބަލާވެރިކަމެއް މިއޮތި އަހަރެމެންނަށް ޖެހިފައި
ކޮން ހައިސިއްޔަތަކުން މީނަ މިވާހަކަދައްކަނީ؟ މަޖިލިހަށް ޕްރޮޖެކްޓު ހުއްޓުވުމާއި ލޯނު ދެއްކުމާ ކަންކަން ބެލުމުގެ އިހްތިސާސްއޮވޭތަ؟ ހުރިހާތަނަކަށް ބޭނިގަނެގެން އުޅޭނީ. އެއިރުން އެއޮތީ ޑިމޮކްރެޓިކްވެފަ.
ތިޔަކީ ކެނެރީ އައްޓަމަސް އިންޑިއާ އައުޓް.ސަލާމް ސަލާމް ސަލާމް
ހުއްޓުވި މަސްރޫއު ތަކުގެތެރޭގަ ތިލަމާލެ ބްރިޖް މަސްރުއާއި ހުޅުމާލޭގަ ދެވަނަ ފިޔަވަހީގަ އިމާރާތް ކުރަންފަށާފަ ހުރި 4000 ފްލެޓް ގެ މަސްރޫއު ހިމެނޭ.
ޅ.އަތޮޅުގަ ޗައިނާކުންފުންޏަކުން ހިނގަންއުޅުނު 200 މިލިޔަންޑޮލަރުގެ ޕްރޮޖެކްޓްއެއް ހުއްޓުވީ ސީދާ އިންޑިޔާއެންބަސީއިން އަންގައިގެން