ތުރުކީގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގަންނަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ތުރުކީގެ ފޮރިން މިނިސްޓަރ ވްލޫޓް ޗަވުޝޮގްލޫ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށެވެ. ތުރުކީގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދެއްވި ދައުވަތަކަށެވެ.

މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ އަދި މިނިސްޓަރ ޗަވުޝޮގްލޫގެ މި ދަތުރުފުޅުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންމިނިސްޓަރ ޝާހިދާ އެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެކަމަށާއި ރާއްޖެއާއި ތުރުކީއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ދަތުރުފުޅަކީ ތުރުކީގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    މަރުހަބާ. އަވަހަށް ވަޑައިގަންނަވާ.

    11
  2. ފީރޯޒު

    މިނިސްޓަރު ޝާހިދުގެ ރޭވުމުގެ ދަށުން އެކުލަވާލަންއުޅުނު ވަކި ދައުލަތެއްގެ ގޮތުގައި ފޮރިންސާރވިސް އެކްޓު އަދި ކާމިޔާބެއްނުވޭ.

  3. އާދަމްމަނިކު ފުނަމާ

    ޝާހިދު އަކީ ބޯވައެއް