ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވުޝޯލޫ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މެވްލުތް ޗަވުޝޯލޫ ރާއްޖެ ވަޑައިގެންފައިވަނީ ރާއްޖެއާއި ތުރުކީއާ ދެމެދު ސީދާ ދަތުރުތައް ފަށައި ގިނަ އަދަދެއްގެ ދިވެހިން ތުރުކީ އަށް ދިއުން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި މެވްލުތް ޗަވުޝޯލޫ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއެވެ.

މިނިސްޓަރ ޝާހިދުގެ ދައުވަތަކަށް އޭނާ ކުރައްވާ މި ދަތުރުފުޅުގައި މާދަމާގެ ވަގުތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވަން ވަނީ ނިންމާފައެވެ. އަދި ފޮރިން މިނިސްޓަރު ޝާހިދާއެކު ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން ބައެއް އެއްބަސްވުންތަކުގައި ވެސް ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މެވްލުތް އަކީ ތުރުކީގެ ވެރިކަން ކުރާ ޕާޓީގެ ބޭފުޅުންގެ ތެރެއިން ރާއްޖެ ވަޑައިގަންނަވާ އެންމެ އިސް އޮފިޝަލްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަދުރޭ

    މީ އަސްލުގައި ވެސް މިނިސްޓަރ ޝާހިދުގެ ޑިޕްލޮމެޓިކް ހުނަރުގެ ފެންވަރުމަތިކަން ހާމަ ވެގެންދާ ކަމެއް.

    3
    3