ހުޅުމާލެ ސަހަރާގޯތި ތެރޭގައި ފާހާނާ ބަރިއެއް ހަދަން ނިންމައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކައުންސިލުން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ހުޅުމާލެ ސަހަރާގޯތި ތެރޭގައި ހަތަރު ފާޚާނާ ހަދަން ބޭނުންވާތީ، ތައްޔާރުކުރެވިފައިވާ ކުރެހުމާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ހަތަރު ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރިން ކުރި އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް އަލުން، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް އިއުލާނުގައި އެދިފައި ވެއެވެ. މިމަސައްކަތުގެ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ ފެބްރުއަރީ 02 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލް އިދާރާ ހިންގަމުން އަންނަ އެމްޑަބްލިއުއެސްސީ ކަސްޓަމަރ ސާވިސް ބިލްޑިންގްްގައެވެ. އަގު ހުށަހެޅުން އޮންނާނީ ފެބްރުއަރީ 07 ވަނަ ދުވަހު އެވެ.

މިމައްސަލަތައް އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައި ވެއެވެ.

ކޮވިޑް-19 ގައި ނިޔާވާ މީހުން ހުޅުމާލޭގެ ސަހަރާގައި ވަޅުލާން ނިންމުމުން މިހާރު އެންމެ ގިނަ މީހުން ވަޅުލާ އެއްސަހަރާ އަކަށް ވެފައި ވަނީ ހުޅުމާލޭ ސަހަރާއެވެ. އަދި ކުރިއަށް އޮތްތަނުގައި މާލޭގައި ނިޔާވާ މީހުން ވެސް ވަޅުލުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ސަހަރާގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑެސްޕޯ

    ފޯ ދަ ޑެޑް؟

  2. ތެބެލިނާ

    ހުޅުމާލޭ ވަލުތެރޭގައި ދިރިއުޅޭ ބަންގާޅީންނަށް މުއީޒުކޮށްދޭ ކަމެއްދޯތީ

  3. މޫސާ

    ސަހަރާގަ ވަޅުލާފަ ތިބި މީހުން ފާހާނަ ކުރާން ތޯ.