ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގައިފި ނަމަ އަދަބު ލިބޭ ގާނޫނެއް ފާސްކުރުމަށްޓަކައި، އެގާނޫނުގެ ބިލް އެކުލަވާލައި، ބިލް މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް ވެރިކަން ކުރާ އެމްޑީޕީ އިން ފަށައިފިއެވެ.

އަންނަ ބުރާސްފަތި ދުވަހު މަޖިލީސް ޖަލްސާތައް އަލުން ފެށުމާއިއެކު މިބިލް މަޖިލީހަށް ހުށަހަޅަން އެމްޑީޕީން އަންނަނީ ތައްޔާރު ވަމުންނެވެ. މިބިލަށް ދީފައިވާ ނަމަކީ "ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" އެވެ.

ޑްރާފްޓުގައި ބުނެފައި ވަނީ ބިލުގެ މަޤުޞަދަކީ ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށެވެ.

އެފަދަ އަމަލެއް ކަމަށް ބެލެވޭނީ ގާނޫނީ އަދި ބައިނަލްއަގުވާމީ ހަމަތަކާއި ދެ ގައުމުން ބަލައިގެންފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި، ރައްޔިތުންގެ ނަމުގައި ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވަކި ގައުމެއްގެ ސަރުކާރާއި އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުން ކަމަށް ވެސް ބިލްގައި ބުނެފައި ވެއެވެ.

ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ، ސިޔާސީ އަދި އިގްތިސާދީ ބާރުވެރިކަމުގެ ދަށުގައި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ވާކަން ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގުމަކީ ވެސް މި ގާނޫނުގެ ދަށުން ކުށެއް ކަމަށް ބިލްގައި ބުނެފައި ވެއެވެ.

މިފަދަ ކަމެއް ކޮށްފި މީހަކަށް ލިބޭ އަދަބުތަކުގެ ތެރޭގައި 20،000ރ. އިން ޖޫރިމަނާ ކުރުމާއި އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭ ބަންދު ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވަނީ ހިމަނާފައެވެ.

މިހާރު އެމްޑީޕީގެ ބައެއް މެންބަރުންނަށް ބިލް ފޮނުވައި ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް "ވަގުތު" އަށް މިއަދު މައުލޫމާތު ދެއްވި އެމްޑީޕީ މެންބަރަކު ވިދާޅުވިއެވެ. އެމެންބަރު ވިދާޅުވީ ބިލް އަދި އޮތީ ޑްރާފްޓިން މަރުހަލާގެ ވެސް އެންމެ ކުރީކޮޅުގައި ކަމަށް ވާތީ ބިލަށް ބޮޑެތި ބަދަލުތަކެއް އައުން ވެސް އެކަށީގެންވާ ކަމަށެވެ.

އެމްޑީޕީން މިފަދަ ބިލެއް މިހުށަހަޅަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީން ޖަލު ހުކުމުން ސަލާމަތްވެ ވަޑައިގެންނެވި ހިސާބުން އިންޑިއާ އައުޓް ކެމްޕޭން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

57 ކޮމެންޓް

  1. ވާނުވާ

    ދީނައް ހަޖޫޖަހާ މީހުން މިނިވަންކަމުގަ
    އިންޑިއާ އައުޓް ގޮވާ މީހުނުނއައް ޖަލު ހުކުމް
    ކިހާ އިންސާފު އެރި ސަރުކާރެއް

    159
    3
    • ޙައްގުބަސް

      މިރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް މިރާއްޖޭގައި އިންޑިޔާ ސިފައިން ބައިތިއްބައިގެން އުޅޭ އުޅުން މިރާއްޖޭގެ ރައްޔިތުން ނިމުމަކަށް ގެންނާނެ އިރާދަކުރެއްވިއްޔާ!! މިރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ދަމަހައްޓަން މިރާއްޖޭގެ ރައްޔިތުން ކުރާ މަސައްކަތްތަކަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖްލީހުން ގާނޫނުތައް ހަދާ ރައްޔިތުންނަށް ބިރު ދައްކައިގެން ބާކީ އޮތް 18 މަސް ދުވަހު ތިބެވިދާނެ!! މިއިން ރައްޔިތުންނަށް އިތުރަށް މިއެނގިގެން ދިޔައީ ހުސްވެފައިވާ ށ.ކޮމަންޑޫގެ ގޮނޑިވެސް އެމްޑީޕީއަށް ދޭން ހެޔޮނުވާނެކަން! އިންޑިޔާއިން ބުނާހާ ގޮތެއް ހަދައިގެން ނުވިތާކަށް ރާއްޖޭގެ ރައްޔިތުންނާ ދެކޮޅަށް ގަނޫނުތައް ހަދައިގެން ނުވިތާކަށް ރައްޔިތުންގެ ބުރަކަށީގައި ހަންމުށި އަޅައިގެން އަދި އޮބި އަޅުވައިގެން ނަމަވެސް އިންޑިޔާގެ މަސްލަޙަތު ދިފާޢުކުރަން މިސަރުކަރުން ނިންމާފައިވާކަން މިކަމުން ވަރަށްސާފުކޮށް ރައްޔިތުންނަށް އެނގި ހާމަވީމި! މިއީ އަޅެ އުތުރު ކޮރެއާތަ؟ މިއީ ގައުމުގެ މިނިވަންކަން ވިއްކާލައިގެން އުޅޭ ބައެއް!! ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ވިއްކައިގެން ތިބެ ތިކުރާ ކަންކަމުން އެމްޑިޕީގެ ކޯލިޝަން ސަރުކާރު އިތުރަށް ފަޞީހަވެ ރައްޔިތުންގެ ނުރުހުން ލިބުން ނޫންކަމެއް ނުވާނެ!! ބަލިކަށިވާނެ ﷲ އިރާދަފުޅާއެކު އެމްޑީޕީގެ ކޯލިޝަން!! 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި މިރާއްޖޭގެ ރައްޔިތުން އެމްޑީޕީގެ ކޯލިޝަން ގާދޫކޮލުން ބޭރުކުރާނެ!! ގައުމުގެ ޣައްދާރުން ބޭރުކުރާނެ އިންޝާ ﷲ!!

      47
      1
    • އަހްމަދު

      ތީވަރައްރަނގަޅުކަމެއް ތިޔަބިލްވީހާއަވަހަކައްފާސްކުރޭ އޭރުން އިންޑިއާއައުޓު ހުއްޓާލައި ހުރިހާރައްޔިތުން ނުކުމެ އެމްޑީޕީއައުޓު ފެށިގެންދާނެ އެހިސާބުންފެށިގެން ﷲގެހެޔޮރަހްމަތާއެކު 2023 ޕީޕީއެމްއައް ޔަގީންވެގެންދާނެ އިންޝާﷲ

      49
      2
  2. ޖާނޭ

    އިންޑިއަން މިލިޓަރީ އައުޓް ކިޔައިގެން ޖަލުގައި ހޭދަ ކުރަން ޖެހިއްޖެނަމަ މަވެސް މިހުރީ ޖަލަށްދާން ތައްޔާރަށް

    128
    2
  3. ސޭކް

    ފުރިހަމަ ޑިމޮްކްރަސީ އަކީ އިދިކޮޅު މީހުންނަށް ވަޒީފާނުދިނުމާއި، އާސަންދަ އެޕްރޫވްކުރުން ލަސްކުރުމާއި، ހިތްހަމަނުޖެހޭގޮތަށް އެއްޗެއް ބުނެފިނަމަ ޖަލަށްލުން.
    ތިކަންކުރޭ. އެއިރުން އިދިކޮޅު ހުރިހާ މީހުން ޖަލަށްލައިގެން ތާއަބަދު ވެރިކަންކުރެވިދާނެ.

    83
    4
  4. ސަސަ

    ހާދަ ނޯތުކޮރެއާ އަދި އިންޑިއާގެ ވިލެޖްތަކުގައި ހަދާކަހަލަ ގަވާއިދަކާއި ވައްތަރޭ !

    118
    3
  5. ބޭބެ

    2023 ގައި ތިގަވާއިދު އުވާލެވޭނެ ވާހަކަ އުފަލާއި އެކު ދަންނަވަމެވެ.
    ޖމރ އަތުން އެއަރޕޯޓް ހޯދިގޮތަށް ރާއްޖެވެސް އިންޑިއާ އަތުން އަނބުރައި ހޯދާނެކަމުގެ ޔަގީންކަން އެބައޮތް.

    76
    4
  6. ކނރގ މޮޔަސޮރު

    ރާއްޖޭގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަން ގެއްލޭގޮތަށް އަމަލު ކުރާމީހުން ޖަލަށްލާން ބިލެއް ހަދަންވީ . އެއިރުން އދ އާއްމު މަޖިލހުގެ ރައީސްވެސް ހުންނަވާނީ ޖަލުގައި، ބުއްޅަބޭ އާއި 6ފ ދިގު އނބޫވެސް.

    62
    1
  7. އިންޑިޔާ އައުޓް

    އިންޑިޔާގެ އަޅަކަށް ވެ ނިމެނީ. އިންޑިޔާ އައުޓް އޭ ނުކިޔޭންވީ ކީއްވެ؟

    71
  8. ކުޅިރިހާކުރުބބ

    ޖަލަށް ނުލާ ދޫބުރިކުރާގޮތަށް ގާނުނު ހަދަންވީނޫންތޯ؟ޖަލަށް ލިއަސް ގޮވާއެއްޗެއް ގޮވާނެ

    74
    1
  9. ބެއްޔާ

    ތިބޮނޑިބޯނީ އެމްޑީޕީން. ދެންއަންނާނީ ޕީޕީއެމްގެ ވެރިކަމެއް އެވެރިކަމުގަ އިދިކޮޅުންގޮވާނެ ޗައިނާ އައުޓް. ތާހިރުވާނެވަރަށް

    70
  10. ހަސަން

    އެމްޑީޕީ އަކަށް ދެނެއް ތާއީދެއް ނުކުރާނެ އެކަކުވެސް. އިންޑިޔާ އައުޓް ކިޔައިގެން ޖަލައްލާ ކޮންމެ މީހަކަށް، ޕީޕީއެމް ވެރިކަމުގަ ބަދަލު ލިބޭނެ. އަދި އިންޑިޔާ އައުޓް ކިޔާގެން ޖަލައް ލެވޭ، ކޮންމެ މީހެއްގެ އަދަދަށް، ނަސީދު އާ ސޯލިހު ޖަލައް، ޕީޕީއެމްގެ ވެރިކަމުގަ ލެވޭނެ.

    68
    1
  11. ޢަހުމަދު ނައީމް

    ޢެމް.ޑީ.ޕީގެ ނާތަހުޒީބު ކަމާ، އެޕާޓީގެ ޖާހިލު ކަން މި ފެންނަނީ! ރައްޔިތުންނަށް ލިބިފައިވާ ޤާނޫނީ އަދި އިންސާނީ ޙައްޤެއް ނިގުޅައި ގަތުމަކީ ޤާނޫނާ ޚިލާފު ކަމެއް!

    71
    1
  12. ނާދިރާ

    ސަރުކާރާ ދެކޮޅަށް ނުކުމެ އަޑުއުފުލަން ލާޒިމުވެއްޖެ

    72
  13. ކަރުކުރުކަޅުކިރުޅިކުކުޅު

    ކޮންމެ ބަޔަކަށްވެސް ބާރެއް ލިބުނީމަ އުޅޭނީ ތިހެން..ބާރު ނެތި ދިޔައީމަ ތިބޭނެ އަސްލު ސައިޒުގަ..

    61
  14. އަނިލް

    ތިޔަހެންވެއްޖެނަމަ ވެރިކަމަށް އެހެން ބަޔަކު އަރައިފިނަމަ ތިބައިގަނޑު މީހުން ރާއްޖެ ޓުއަރިޒަމް ބޮއިކޮޓް ކުރަން ގޮވައިފިނަމަ ތިބައި މީހުންތައް ޖަލަށްލުމަށް ހުކުމް ކުރެވޭނެ،

    62
  15. ލުޓޭރުންގެ ސަރުކާރު

    ޔާﷲ މިނުބައި އަނިޔާވެރި ވެރިކަން ނިންމަވާންދޭ..ޔާﷲ މިއަނިޔާވެރި ވެރިންނަ ﷲ ކާމިޔާބުވިޔަ ނުދެއްވާންދޭ..ޔާﷲ މިގައުމު އަޅުވެތިކަމުން ސަލާމަތްކޮއްދެއްވާންދޭ...މީ އަޅުވެތިވެފަތިބި ބަޔަކު ވެރިކަމުގަތިބިކަން ސާފުކޮށް ފެންނަން ހަގީގަތެއް...މިއީ ޔަ ހޫދީ އިޒުރޭލުގެ ސަރުކާރަށްވުރެ އަނިޔާވެރި ވާނެކަމުގެ ބިރުވެރި ސިގުނަލެ މިވެރިކަން ދެމިއޮވެއްޖެނަމަ...ދިވެ ހި ފަސްގަޑުގެ ހިމާޔަތުގަ އަޑުއުފުލުމަކީ ދިވެ ހިން ކުއްވެރިވާ ކަމަކަށް ހަދާނީ ހާދަ އަނިޔާވެރިވީމައޭ... ހުސެއިން އާދަމުގެ ފޮޓޯ ޕޯސްޓަރެއްގަ ޖެ ހީމަ ހުތުރުކަމަވާމީ ހުންނަ މިކަން ހުތުރެނުވޭ...

    65
  16. އަހުމަދު

    ހުދުމުހުތާރު ސަރުކާރު. އިބޫ އަދި ނަޝީދު އައުޓް. އިންޑިޔާ އައުޓް

    65
    1
  17. ކާފަބޭ2020

    މައުމޫނު ޔާމީނު ސޯލިހު މިތިންމީހުންގެތެރެއިން ޑިކްޓޭޓަރަކަށް މިވަނީކާކުތޯ؟😆😆😆😆😆😆😆😆😆😆😆😆😆😆😆

    47
  18. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    ތިޔަހެންވިއްޔާ ޖަލުގެ ކެޕޭސިޓީ ނުވަތަ ޖާގަ ވަރަށް ބޮޑުތަނުން އިތުރު ކުރަންޖެހޭނެއެވެ. "އިންޑިއާ އައަޓް" ކިޔާ މީހުން ޖަލަށްލާ ނަމަ، ރާއްޖޭގެ ދެބައިކުޅަ އެއްބައިތިބޭނީ ޖަލުގައެވެ.

    74
  19. ނ

    ޣައުމަށް ބޭރުގެ ސިފައިން އަރާ ގައުމު ހިފަން ގޮވި މީހުންނަށް އަދަބު ލިބޭ ގާނޫނެއް ވެސް ހަދަން ފެނޭ...ތިޔަ ހަދަން އުޅޭ ގާނޫނުގެ ސަބަބުން..އިތުރަށް އަޑު ގަދަވާނީ

    32
  20. Anonymous

    އިންސާނީބގައްގުގެ ހުރިހާ ގާނޫނަކާ ހިލާފު އެއްޗެއް ތިއުޅެނީ ހަދަން. ބައިނަލް އަގުވާމީ ގާނޫނުގައި ހުއްދަ ކަމެއްނޫން ރައްޔިތުންގެ އަނގަ ބަންދު ކުތުމަކީ. ކޮންމެ ގައުމެއްގެ ސޮވްރިން ހައްގެއް އެގައުމެއްގައި ބޭރުގެ މިލިޓަރީ ނުތިބުމަށް ނިންމުމަކީ.

    28
  21. ހިމީދު

    އިންޑިއާ މިލިޓަރީ ބޭސް އެޅުމާ ރަށްތައް ވިއްކަން އުޅޭކަން މިހާރު ޔަގީން ނޫންތޯ. ދެން ފާޅުގައި މިލިޓަރީ ބޭހެއް އެޅިޔަސް ރަށްތައް ވިއްކިޔަސް އެކަމާ ދެކޮޅަށް ދިވެހިން ނިކުންނަ އިރަށް ހަރުކަށި ހިންދޫއިން ގެ ގޮއްމުށުގެ ބާރު ދިވެހިންގެ މައްޗައް ހިންގައި ކަޝްމީރުގެ ޖަލުތައް މުސްލިމުން ލާ ފުރާލި ފަދައިން ދިވެހިން ދިވެހިންގެ ބިމުގައި ބަންދުކޮށް އަޅުވެތިކުރަން އެ އުޅެނީ. އަދި ހިންދޫއިންގެ މަސްލަހަތައްޓަކައި ދިވެހިންގެ އަތުން މަގުފޭރެން އެ އުޅެނީ. މޑޕ އަކީ ހައްދު ފަހަނަޅާފައި ވާ އަނިޔާވެރި ބައެއް.

    32
  22. ގަނޭޝް

    ތިއިންއަސަރުކުރާނީ ބިލްހެދި އެމްޑީޕީއައް ދެންއޮތީ 1 އަރުނިމެން އެމީހުނަކީ ރާއްޖެއާބޭރުގައުމުތަކާބޭހޭގޮތުން ހަޅޭއްލަވަބަޔަކީއަބަދު ވެރިކަމުންވެއްޓުނީ ފާސްކުރޭ އެއްމެފުރަތަމަވެސް ރީނދޫބޮސް ޖަލައްދާންޖެހެނީ ތިގާނޫނުއިން ތާއަބަދަކުނުތިބެވޭނެ ވެރިކަމަކު ތިގާނުނުހަދަނީ ރައްޔިތުންގެ މަންދޫބުންނަމަ ދަރުއަމަވުމުން ވޯޓްހޯދަން ދާނީއިންޑިއާމީހުން ކާރިއަށްތަ މަޖުލީސްއިންތިހާބުގަ

    24
  23. ޢިއްތިހާދު

    ނުވާނެތިކަމެއް 1 ޢެއްލައްކަމީހުން ނުކުމެގޮވީމަ ލާނީކޮންތަނަކައް ހަރަދުކޮބާތިކަމުގެ އިޒްރާއިލްގެ ޖަލުތަކުގަ ފަލަސްތީނުރައްޔިތުން ތިބިހެން އަމިއްލަގައުމުގެ ޖަލުގަތިބޭނީދިވެހިންތޯ ކަޝްމީރު ރައްޔިތުން އިންޑިއާ މިލިޓަރީޖަލުތަކުގަތިބިހެން އެއްވެސްގައުމެއްގެ ބާގީންތަކަކައް ބާރުލިބިއްޖެނަމަ އެމީހުންއެފުރުސަތުގެ ބޭނުންކުރާނެ ރާއްޖެއައްވެސް ވަނީހަތިޔާރާއެކު ބާއީދިވެހިންތަކެއް ހަނގުރާމަކޮއް އެތައްދިވެހިނެއްޝަހީދުކޮއްފަ މީތާރީހުންފެއްނަކަމެއް.

    29
  24. ހގފދ

    ސުއްބޫހުން ގުއްދޫސުން. ގައުމު ވިއްކާ ނިންމާފަ މިއޮތީ!!!!ސަރުކާރުގެ އިސް މީހުނަށް އެބަހުރި ބީޖޭޕީ ސަރުކާރުން ރިޝްވަތު ނެގިފަ.

    31
  25. Anonymous

    އިންޑިޔާ އެންބަސީން މިވަނީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންއާ ހިލާފުވެ މަޖްލިސް މެންބަރުންނަށް ރިޝްވަތު ދީފަ.

    32
  26. ސޭކް

    އެހެން ކިޔާމީހުން ފޮނުވާލަނީ އިންޑިއާ ޓްރެވެންޑްރަމްގައި މިހާރު ހަދަމުންދާ ޖަލަކަށް.
    ޖަލުގެ ކަންކަން ބަލަހައްޓާނީ ދިވެހި ފުލުހުން.
    ޖަލުގެ ބޮޑުމިނަކީ އައްޑޫ ވަރުގެ ބިމެއް.
    ދަނޑުގޮވާންކޮށްލަ ކޮއްލާ ތިބެވޭވަރުގެ ތަނެއް.

    19
  27. ސަޑުހަސަނު

    ކިތައް މީހުން ޖަލަށް ލެވިދާނެ ބާ؟. ގާނޫނު ހަދައިގެން އިދިކޮޅުގައި ތިބި އިސްމީހުން ޖަލަށް ލީމަ އަޑުކެނޑޭނެ ކަމަށްތަ ހީވަނީ؟.

    30
  28. ަލަކީ

    ޙެހެ. ކޮން ދީނެއްގެ ވާހަކަ ތި ދައްކަނީ ރޭގަވެސް ފަތިސްނަމާދުގެ އެއްންމެ ސަފެއް ނުފުރޭ އެކަމަކު ނަމާދު ނުކޮށް ގޭގަ ތިބެފަ މިބުނަ ނީ ދީނޭ ދެން ތިބުނަނީ މިނިވަން ކަމޭ ކޮން މިނިވަން ކަމެއް ނެތިގެން ތިއުޅެނީ

    5
    24
  29. ހަގީގަތް

    ތި ބިލަކީ މިވެރި ކަމުގެ ނިމުން

    36
    1
  30. އޭކުމެ

    އކަމައް ބޭނުންވާ އުރިހާއެހީތެރިކަމެއް އިނޑިއާއިން ފޯރުކޮށްދޭގޮތަށޯ

    20
  31. ބެރިންމަދު

    ހުސެން އާދަމްގެ ފޮޓޯއެއް ބޭނުން ކުރީމަ ގޯސް އަމިއްލަވަންތަކަމާ މިނިވަންކަމުގެ ދިފާއުގަ އަމިއްލަ ގައުމުގަ ބަސްބުނެ އިއްވުން ކުށަކަށް ހަދާއިރު ރަންގަޅު.ސިކުނޑި އަށް ތެޔޮއެރިޔަސް މިދެންބޮޑުވަރު.

    35
  32. ޔަމަން

    ފުރަތަމަވެސް ޔާނު ގޮޅިޔަށް ،ކަޑަ ދޯ. އެއިރުން ޕީ ކުދިންނަށް ކިހިނެއް ވަޒީފާދޭނީ ( .. ޕީ)

    5
    27
  33. ވާނުވާ

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    35
  34. ރިޔާޒު

    ގޮވާނެ ގޮވާނަން، ޖަލަށް ކީއްކުރަން ވަރިހަމަ ހަނދަށް ފޮނުވާލިޔަސް ގޮވާން.

    38
    1
  35. ރައްޔިތުމީހުން

    ކޮބާތަ އެއްކަލަ ފްރީޑަމް އޮފް ސްޕީޗް؟

  36. އަބްދޫ

    މި ކަމަށް ގާނޫނު ހެދިޔަސް އެ ގާނޫނު ވާނީ އުފެދުމުގާވެސް ބާތިލް ގާނޫނަކަށް އެއްވެސް މީހަކަށް އަނިޔާވެރި ނުވެ ޖިނާއީ ކުށެއްނުކޮށް އިސްލާމްދިނާއި ގާނޫނުއަސާސިއާ ހިލާފް ވުމެއްނެތި މީހެއްގެ ދުލުން އެއްވެސް މީހަކާއި މުހާތަބު ކުރުމެއްނެތި ބުނާބުނުމެއް އެއީ ކުށެއްކަމަށް ކަނޑައަޅާކަނޑައުން ގާނޫނުއަދސާސީގެ ހައްގުތައް ކަށަވަރުކުރާ ބާބާއި ހިލާފު ވޭ. ގާނޫނއަސާސީގަ ބުނޭ ގާނޫނެއްވިޔަސް ގާނޫނުއަސަސީގެ ހައްގުތައް އުނިކުރެވޭކުރުން ބާތިލް ކަމަށް.

  37. ދެބޯގެރި

    ވެރިކަން އަތްމަތިން ބީވާން ކައިރިވާކަމުގެ އަލާމާތްތައް ތިޔަ ފެންނަނީ ޢަލްހަމްދު ލިﷲ އަމިއްލަ އަތުން ކައްވަޅު ތިޔަ ކޮންނަނީ ޤާނޫނު ހަދައިގެން ރައްޔިތުންނަށް އަދަބުވެސް ދެވިދާނެ ޖުރުމަނާވެސް ކުރެވިދާނެ އެކަމަކު ﷲގެ ކުޅަދުންވަންތަކަން މާ ބޮޑު އެކަލާންގެއީ ހުރިހާ މަކަރުވެރިންގެ މަކަރާ ހީލަތްތައް މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ ވެރިކަމަކީ ﷲ ދެއްވާ އަމާނާތެއް ގަދަބާރުން ވެރިކަމެއް ނުކުރެވޭނެ އެކަން 2012 ވަނަ އަހަރު ވަރަށް ސާފު ގަދަބާރުރު އޮޅުވާލައިގެން މަކަރާ ހީލަތުން ވެރިކަން ފޭރިގެން 3 އަހަރު ނުވަނިސް ވެރިަމުން ފައިބައި ޖަލަށްދާންޖެހުނީ މިހުރީ ފެންނަންހުރި އިބުރަތްތައް

  38. ޫހުސެން

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައު

  39. ރަބަރޭ

    އޭތިޔައީ ވަރަށްމޮޅު ކަމެއް އަވަހަށް ބިލްފާސްކުރޭ އެމްޑީޕީ އަށް ތާއީދު ނެތްކަށް މިފަހަރު 5 ފެބުރުއަރީ ގައި އޮންނަ ވޯޓުން އެނގިގެން ދާނެ އޭރުން ޖެހޭނީ އެމްޑީޕީ ސަރުކާރު އިސްތިއުފާ ދޭން އޭރުން މަވެސް ގޮވާނަށް އިސްތިއުފާ އަށް

  40. ވަ

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައު

  41. ނޯޕާޓީ

    އެއްވެސް ޕާޓީ އަކަށް ނުދާނަން އެކަމަކުވެސް އިންޑިއާ އައުޓް!!

  42. އަހްމަދު

    މިއޮތީ އެމްޑީޕީއައް ވޯޓުނުދެންވިސަބަބު ގައުމުވިއްކާލުމުގެކޮޅުމަތި މިފެންނަނީ ހެޔޮނުވާނެ މިމީހުންނައްވޯޓުދޭން މިގައުމައްލޯތްބެއްހުރި ރައްޔިތަކުނަމަ މިމީހުންނައް ވޯޓެއްނުދޭތި

  43. މުގުރާން

    އިންޑިއާ އައުޓު އިބޫ އިސްތިއުފާ

  44. 😡😡😡

    އިންްޑިޔާ މިލިޓަރީ އައުޓް

  45. އަހުމަދު

    އެހެންތަ ހީކުރީ؟ އިންޑިއާ އައުޓް/// އަދިތަ؟ އިންޑިއާ އައުޓް // ދެން ހަދާއެއްޗެއް ހަދާބަލަ. ޖަލުދެކެ ބިރުގަންނާނީ ޖަލަށްލީމަ ބަލިވެގެން ބޭސްކުރަން އިނގިރޭސިވިލާތަށް ގޮސް ފިލާތިބޭ މީހުން. އެނގިއްޖެ؟ އިންޑިއާ އައުޓް

  46. ހާލުފޮޅި

    ޖަލަށްލާން ޖެހޭ މީހުން މިނިވަންކަމުގަ، އިންޑިޔާ އޭ ބުނާ ކޮންމެ މީހަކު ޖަލަށް... މީގެންވެސް މި އިނގެނީ އިންޑިޔާގެ ދަށުވެފަ ރާއްޖެ އޮތްވަރު .. ލަދުން ބޯހަލާކު، ރާއްޖެއެއް ވާ ނެތް

  47. ހާދީ ނަސީމް

    ބިލު ހެދިއަސް އުލުބެއިންދިއަސް ކިޔާނަން. އިންޝާﷲ ނުހުއްޓުވޭނެ. މަުއުމޫނު ބޭލީ ޚުދުމުޚުތާރުކަމުންނޭ ކިޔައިގެން ކެނެރީގޭ ނަޝީދު ނާޗަރަންގީ ކުޅެގެން. މިވަރުގެ ޚުދުމުޚުތާރު ވެރިކަމެއް އަދި ނުދެކެން

  48. ބުއްޅަބޭ

    "ބާރަތު ބާގޯ" ދެން ގޮވާނީ...

  49. Anonymous

    އެންމެ ފުރަތަމަވެސް މަޖިލީ ހުގެ ރައީސް ހައްޔަރު ކުރާނީ...ޗައިނާ އާއި ބެ ހހވަެުން

  50. ހާމިދު ޝާޙިދު

    އިންޑިއާ އައުޓު ގޮވާނަން އަނދަގޮނޑީގައި ބާއްވާފައި އޮތަސް. ތިފަދަ ބިލެއް ހަދައިފިނަމަ އެކަންވާނީ، ކަނޑައެޅިގެން ޑިމޮކްރަސީއާ ހިލާފު ޢަމަލަކަށް. އިންޑިއާގެ ޕްރެޝާގައި އެމެރިކާޣެ ބްލެސިންގ ލިބިގެންނަމަވެސް، ޤަވާޢިދާ ހިލާފަށް މިގައުމުގައި ބައިތިއްބައިގެން އުޅޭ އިންޑީއާ ސިފައިން ބޭރުކުރުމަށް ކުރެވެމުންދާ ސުލްހަވެރި އިހުތިޖާޖު ކުރިއަށް ގެންދިއުމުގެ ފުރުޞާތު މިހާރުގެ ސަރުކާނުން ނުދޭނަމަ، ބުނެވޭނީ ސަރުކާރު ނޭވާ ހޮޅިއަށް އެޅިފައިވާ މިންވަރު. ތިފަދަ ބިލަކުން ސަރުކާރެއްގެ ހުދުމުހުތާރުކަން މިދޭހަވަނީ. އެއްބަސްވުންތައް ހާމަކުރަން ނުކުޅެދިފައި ތިބި މިންވަރު މިހާމަވަނީ. ބައެއްގެ ތައްޕާހަށް މާލީ އަމިއްލަ މަންފާއަކަށް ވެއްޓިގެންފައިވާ މިންވަރު މީގެން މިދޭހަވަނީ. އިންޑީއާއަކީ މިރީޖަންގެ ހުރިހާ ގައުަމަކަށް ނޮހޮރުއްޕާން ކުރަމުންދާ، "ޝިރުކު" ގެ ބޮޑު ބިމެއް.
    އިންޑީއާ އައުޓް، އިންޑީއާ އައުޓް، އިންޑީއާ އައުޓް، އިންޑިއާ އައުޓް.

  51. އަފީ

    އިސްލާމްދީނަށް ފުރަށްސާރަކުރާ މީހުންނަށް އޮތީ ފިނި ކޮޓަރި
    އިސްލާމްދީނާ ގައުމު މިނިވަންކަމުގައި އަޑު އުފުލާ މީހުންނަށް އޮތީ ކުޑަ ގޮޅި

  52. އަލީ

    އިންޑިއާ އައުޓް// އިންޑިއާ އައުޓް// އިންޑިއާ އައުޓް.

  53. Anonymous

    އެމްޑީޕީ އިން އުޅެނީ ރާއްޖޭގައި އަހުލީ ހަނގުރާމައެއް ފަށްޓަން. އެމީހުން ބޭނުންވަނީ ތުނބުޅިލީ ސަލަފު އެންމެންގެ ބޮލަށް ބަޑިޖަހަން. އަދި އިދިކޮޅު ޕާޓީތަކުގެ ބޮޑުން ޖަލަށްލާން.

  54. Anonymous

    ޥިސްނާ ފިކުރުކޮށްލުމަށް..
    އަމިއްލަ ޤައުމުގެ މިނިވަންކަމުގެ ޙައްޤުގައި އަޑު އުފުލުން މަނާކޮށް ދުނިޔޭގެ ތާރީޚުގައި ބަޔަކު ފާސްކުރާ ފުރަތަމަ ޤާނޫނު

  55. އެމް ޑީ ޕީ

    އިންޑިޔާ އިން އަންގާ ގޮތަށް ހުރިހާ ކަމެއްވެސް. އިދިކޮޅު އެންމެން ލެވޭ ވަރުގެ ޖަލެއް ހަދަން ފެނޭ ފުރަތަމަ. މަޖާ ކަމެއް ވާ