ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދެ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން އަވަސްކޮށްފައިވާ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

މީގެކުރިން މި މައްސަލައިގައި ހުކުމް ކުރަން ކޯޓުން ތާވަލްކޮށްފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ހިސާބުގައެވެ. އަދި އިބްތިދާއީ މަރުހަލާ އާއި ހެކި ބަސް ނެގުމުގެ މަރުހަލާތައް މި އަހަރުގެ އެކި ދުވަސްތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ތާވަލްކޮށްފައެވެ. އެކަމަކު، ތާވަލް ބަދަލުކޮށް ޔާމީނަށް ހުކުމް ކުރުން ހަތަރު މަސް އަވަސްކޮށްފައިވާ ކަމަށް ވަކީލުން ވިދާޅުވެއެވެ.

އާރަށް މައްސަލައިގައި ޔާމީނަށް ހުކުމް ކުރުން ކުއްލިއަކަށް އަވަސް ކުރީ ކޯޓުން ކުރިން ނެރުނު ތާވަލްއާ ގުޅިގެން އެމްޑީޕީ ބައެއް މެމްބަރުންނާއި އެކްޓިވިސްޓުން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ. ޔާމީނަށް ހުކުމް ކުރުން ލަސްވެގެން މީސް މީޑިއާގައި އެ ފަރާތްތަކުން ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ދައުވާ ކުރަނީ އެ ރަށް ވަކި ބަޔަކަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެއެވެ. އެހެންވެ އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ އަހުމަދު ޝަކީލް ވަނީ މައްސަލަ ކުރިއަށްދާނެ ގޮތުގެ ތާވަލެއް ހިއްސާ ކުރައްވައިފައެވެ. މި ތާވަލަކީ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އަށް ވެސް އިންކާރު ކުރައްވާނެ ކަމަށް ލަފާކޮށް އެކުލަވާލާފައިވާ ތާވަލެކެވެ.

އިބްތިދާއީ އަޑުއެހުމުގައި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެހެން މައްސަލަތަކާ ހިލާފަށް ޔާމީންގެ މައްސަލަ ކުރިއަށް ގެންދަވާ ކަން ފާހަގަ ކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެއް ކަމެއްގެ ގޮތުގައި ޖަމީލް ފާހަގަ ކުރެއްވީ ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެ، ބަލިމަޑުކަމެއްގެ ތެރޭގައި ރާއްޖެ މިހާރު އުޅެމުން އަންނާތީ އެކަމަށެވެ.

ޖަމީލް ވިދާޅުވީ މަހްލޫފްގެ މައްސަލަ ކްރިމިނަލް ކޯޓުގައި "ކޮވިޑް ނިމެންދެން" މަޑުޖައްސާލާފައި އޮތް ގޮތަށް ޔާމީންގެ މައްސަލަ ވެސް ހަމަ އެގޮތަށް މަޑުޖައްސާލަން ޖެހޭނެ ކަމަށެވެ.

ޝަކީލް ވިދާޅުވީ ވަކި މައްސަލައަކަށްވާތީ ވަކި ބޭފުޅަކާ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި ޔާމީންގެ މައްސަލަ ވެސް އަވަސް އަރުވާލައިގެން ކުރިއަށް ނުގެންދަވާ ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރޯދަ މަހަށް ހަނދުބަލާއިރު ޔާމީން ހުންނަވާނީ ޖަލުގައި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެފައިވާކަން ފާހަގަ ކުރައްވައި ޖަމީލް ވިދާޅުވީ އެއީ ޝަރީއަތަށް ނުފޫޒު ފޯރުވަން ދެއްކެވި ވާހަކައެއް ކަމަށާއި އަމްރުގެ ވާހަކަތަކުން ކޯޓުގެ ހުރުމަތް ކެނޑޭ ކަމަށެވެ.

ގާޒީ ވިދާޅުވީ، ހުރިހާ މައްސަލައެއްވެސް ކޯޓުން ކުރިއަށް ގެންދާނީ ވަކި ފަރާތަކަށް ނުޖެހި، ހަމަހަމަކަމާއެކު ކަމަށެވެ. ކޯޓުން މައްސަލަތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ފަރާތެއްގެ ބިރަކަށް، ނުވަތަ ނުފޫޒަކަށް ނުބައްލަވާނެ ކަމުގެ ޔަގީން ކަން ވެސް ގާޒީ ޝަކީލް ވަނީ ދެއްވައިފައެވެ.

އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ފެށިއިރު، ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ވަނީ ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފައެވެ.

އާރަށުގެ މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް ޔާމީންގެ މައްޗަށް ދައުލަތުން ކުރެއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުގައި ވަނީ ހިނގަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

  1. ޖާނޭ

    ތިވާ ގޮތުން ޔާމީނަށް 2023 މާބޮޑަށް ޔަޤީން ވެގެންދާނެ

    158
    2
    • ޢަހޫ

      ޥަގުންނަކަށް ފުރުސަތެއްނެތް ކަލޯ.

      9
      106
      • Anonymous

        ޔާމީން ވަރުގެ ބެސްޓް މީހެއްނެތް. އެއީ ހަމަ ބަތަލެއް.

        64
        3
      • Anonymous

        ހާދަ ބިރެއް ގަނެއޭދޯ ރައީސް ޔާމީން ދެކެ. އެއީ ދިވެހި ގައުމުގެ ފަހުރުވެރި ބަތަލެއް.

        56
        3
        • ކެލާ އާރިފް

          ދިވެހި ގައުމުފަހުރުވެރިވަނީ ފެންފޮދަކާނުލާ ދައުލަތުގެ ހަޒާނާ ދިރުވާލީމަތޯ؟

          2
          4
        • ލޮލް

          އަހަރުމެން ހިތަކަށްނާރާ އެއީ ކަހެރިވަކެކޭވެސް. އެގޮލާއަށްވެސް އެގޮލާކުރި ކުށެއްބއޮތިއްޔާމު އަދަބުލިބެން ޖެހޭނެ. ތިޔަ ޖަމީލުދީދީއަކީ ފަހުގެ ތާރީޚެއްގަ ނުދެކޭވަރުގެ ދެކޮޅަށްދަމާ ގާޑިއަލެކޭ ތަފާތެއްނެތް. އަދިއައްނާނެ އިބޫ މާރަނގަޅޭ ކިޔައިގެން.

      • ކޮވިޑް

        ވަގުންނަކީ ކޮންބަޔެއްކަން ސާބިތުކުރަން ތަހުޤީގެއް ކުރަން ނުކެރިގެންނު އެމްޑީޕީ ވަގުން އެ އުޅެނީ ކޮބާ ރެހެންދި ފުލެޓުން ނެރުނުން 37މިލިޔަން ރުފިޔާ؟ ކޮބާ ނޭވާ ހޮޅިން ކުރި ވައްކަން؟ ކޮބާ ޒީރޯޓޮލަރެންސް؟ މޮޅު ވާހަކަ ދެއްކޭތޯ ބަލާ އެމްޑީޕީ ފާދިރީން ތައް. ރޔ. ދެކެ ހަމަ ބިރުގަންނަނީ. # އިންޑިއާ އައުޓް #

        29
  2. Anonymous

    ސަރުކާރު މިއަހަރު ތެރޭ ވެއްޓުން ވަރަށް ކައިރި.

    166
    5
    • ދާރި

      ޥަގުންގެ ބަޑަށްކިތަންމެ ވަރަކަށް ވައިއެރިޔަސް ތިކަމެއްނު ވާނެ.

      6
      65
      • Anonymous

        ހަމަވައްޓާލަނަން. އިންޝާﷲ.

        43
        2
  3. Anonymous

    ސޯލިހަށް ދުނިޔެއާ އާޚިރަތުގައި ގެއްލުމާ ހަލާކުނޫން އެއްޗެއް ނުލިބޭގޮތަށް އިންސާފާއި ހަމައިން މިހާރު ތި ބޭރުވެ ގަންނަނީ.

    139
    4
  4. Anonymous

    ރައީސް ޔާމީން ޖަލަށް ލައިފިނަމަ ތި އިންޑިޔާ އައުޓް ކެމްޕޭން 1000 ގުނަ އިތުރު ކޮށްލާނަން. އިންޝާﷲ.

    168
    7
  5. Anonymous

    ކިހާވަރެއްތަ އިންޑިޔާއިން ނަގައިގެން ކައިގެން ތިއުޅެނީ؟ ދިވެހި ރައްޔިތުންގެ ސޭވިން އިން ތި ފައިސާ ދީފަވެސް މިލޮބުވެތި ގައުމު މިނިވަން ކުރަންވެއްޖެއެއްނޫންތަ؟ ތި އިންޑިޔާގެ މުޑުދާރު ފައްޅިން އަންގާ ގޮތަކަށް ނޫނީ ސޯލިހަށް ބުރިވެސް ގުޑުވާ ނުލެވޭވިއްޔާ.

    129
    3
    • ކާފަބޭ2020

      މެމްބަރުވިދާޅުވީ 20 ބިލިއަންކަމަށް

      68
      1
      • Anonymous

        ތިދެން ކޯންޗެއް. 2 ރަށް ކުއްޔަށް ދިނަސް ތިވަރުބދީބހަލާސް ކުރެވޭނެ.
        އިބޫ ކޮށްކޯ ހިންގާ ދޯ ފައިސާކޮޅުދީފަ ޖާނު ސަލާމަތްކުރަން.

        21
        1
  6. Anonymous

    ގިޔާމަތް ދުވަހުން ތި ފަނޑިޔާރުން ނަރަކައިން ނަގައިދޭން ކެރަފާ އާއިލާ ތިބޭނެ ނަރަކައިގެ ދޮރުމަތީގަ. މަލަކަލް މައުތުގެ ފާނު ފުރާނަ ބަލައި ވަޑައިގަންނަވަންދެން މަގާމާ ފައިސާގެ ދަހިވެތިކަމުގައި އެމީހުން ބުނާގޮތަކަށް ހަދަހަދައިތިބޭ.

    106
    4
    • ރާގޮޑިރާޖަ

      ގިޔާމަތް ދު ވަހުން ބޮޑެތި ވަގުންނަށް ކިހިނެއްބާ ވާނީ،

      12
      45
      • Anonymous

        މީހުނަށް ވަގަށް ގޮވާމީހުންނަށް ވަގަކަށް ލިބޭ ވަރަށް އަޒާބު ދެއްވާނެ. އިނޮސެންޓް ޔާމީންގެ ފާފަ އެމިންވަރަށް ފުއްސަވާނެ. އެނގިއްޖެތޯ؟

        32
        1
    • Anonymous

      ވައްކަން ކުރި މީހަކު ފާޅުގަ އެނގޭއިރު، އުންސުރާ ފަންސުރު ހަމަނުވެގެން ކުޑަދޮރުން ދޫވިޔަސް ވައްކަން ވާނީ ވައްކަމަށް. މަގުމަތީ ހަރަކާތުގަވެސް މިއުޅެނީ ވަގު އަދުރޭ.

      ދެން ކޮންކަމެއް ރަގަޅަށް ދާނީ.

      5
      32
    • ގުދޯގުދޯ

      ދެން ޔާމީނު އޯ. އޭނަ ވެރިއަކަށް ހުރެ އަދީބު ލައްވަ ވައްކަން ނުކުރޭ؟ އަނެއްކާ ޕާޓީ އަށް ހެޔޮ އެދޭ މީހުން ދިން ލާރި ކޮޅުވެސް އަމިއްލަ އެކައުންޓަށް ޖަމާކޮށް އޭތި ކެއި ކަމަށް އެއްބަސްވެފަ އޮތީ. ޑިސްލައިކު ޖަހާ ލޮލަށް މިރުސް އެޅިފަ ތިއްބަސް މިއެއް ބަދަލެއް ނުކުރެވޭނެ.

      4
      35
      • Anonymous

        ކާކު އެޅުވި ފަންޏެއްތަ ތި އަދީބަކީ

        21
        • Anonymous

          ބޮއްޅަބެ

          12
        • ފަނި

          ބަލަ ސަދަގާތު ފައުންޑޭސަަން ހިންގީ އަންނިތަ؟ މިހާރު ކޮބައިތަ. ދިވެއްސަކަށް ކަމެއް ނުކޮށްދޭ. އަމިއްލަ ލާރި ނަމަ މިހާރުވެސް ކުރަންވީނު

          2
          1
    • ލޮލް

      ދެން ޔާންޓެޔޯ

  7. Anonymous

    ދިވެހިރާއްޖޭގައި މިއޮތް ސަރުކާރަށް ދިވެހިން ދޭނެ ވޯޓެއް ދެންނޯންނާނެ. އިންޑިޔާގެ ހަނޑަސް ބުރިއަށް މިލޮބުވެތި ގައުމު ހަދައިނިންމައިފި.

    114
    1
  8. ޢހ

    ހަދަން އުޅޭ ގާނޫނާއި އެކު ސަރުކާރު ވެއްޓޭނެ. ސްޕުރީމް ކޯޓު ވިސްނާތި މި ނާގާބިލް ސަރުކާރާއި ދޭތެރޭ.

    113
    1
    • ލޮލް

      އެހެންތަ؟ އަންނަ ވޯލްޑް ކަޕް ކާމިޔާބު ކުރާ ގައުމު ވެސް ބުނެލަބަލަ

      6
      48
      • Anonymous

        ކީއްކުރަން؟ އަހަރެމެން ބަލާނީ ހާއިނުންގެ ކިބައިން ގައުމު ސަލާމަތް ކުރެވޭނެ ދުވަހެއް

        26
  9. ސާދުނާ

    މިފަހަރު ޖަލުގަ އޮވެގެން އައުޓް.
    މައިތިރިވެގެން ހުރިނަމަ މާ ރަނގަޅުވީސް

    11
    108
    • ރަދީފް

      މަމެންގެ ވެރިކަމެއްގަ ކަލެއަށް އޮތީ ހުރަގެ.އޯކޭ ތަ؟؟ ހެހެހެހެހ

      44
    • Anonymous

      ޕޯޗް ގީޒުންގެ އަތްދަށުވެ މިގސއުމު ނިމުނުނަމަ މާ ރަނގަޅެއްނުވާނެބާ؟

      14
      1
  10. ވިސްނާލުމަށް އެދެމޭ

    ދެން ވެސް މީޑިޔާތަކާ ސިޔާސީ ވާދަ ވެރިން ބުނާނެދޯ ރޔާމީނަށް ކުރަނީ އިންސާފު ވެރި ހުކުމެކޭ..ސީދާ ހިސާނީ ހުކުމެކުރަން ފަޑިޔާރު ތެޅިފޮޅެނީ..މަގާމުގަ ކޯޓުފަޓުލޫނުގަ ތާއަބަދަށް އިނުމުގެ ހު ވަފެނުގަ..ﷲ މި ވެރިކަން ނިންމަ ވާންދޭ ރައްޔިތުންގެ މައްޗަށް އަނިޔާ ވެރި ވަމުންދާ މި ވެރިކަން ނިންމަ ވާންދޭ..

    112
    2
  11. Anonymous

    ދެން ތިވަރަށް މީހަކު ދެކެ ބިރު ގަންނާނީ ބަޔަކު. 😆

    65
    1
  12. ރަދީފް

    އިންޑިޔާއިން އަންގާ ގޮތަށް ފަނޑިޔާރުން މަސައްކަތްކުރަން ޖެހުނީމަ ދެން ގައުމުގެ މިސްރާބް ވަރަށް ސާފް. #އިސްތިއުފާ #ހޮލޯމޭންއިސްތިއުފާ

    65
  13. ބަފާ

    ބަލަ މޮޔައިންނޭ، ކޯޓަކުން ނޮވެމްބަރ އަކަށް ތާވަލެއް ނުކުރެޔޭ. އަމިއްލަޔަށް ނޫހަށް އެހެން ކިޔައިގެން އޮޅުވާލައިގެން ވަގުން ކިޔައިދިނީ. އެހެން ނޫނަސް ޔާމީނަށް ހުކުމް ކުރަންވީމަތަ ކޮވިޑް އަންނަނީ. އިހައް ދުވަހު މަރު ހުކުމެއްވެސް ނިންމައިފި. އެމީހުންނަކަށް ވޭދަނަ އަކާއި ކޭދަނަ އެއް ނާދޭ. 2023 އޮޅާލާ. ޔާމީނު އޮންނާނީ އިރާދަކުރެއްވިއްޔާ ޖަލުގަ ވެރިކަން ކުރަން. އެއީ އަނިޔާވެރި ކެހިވެރި ހީލަތްތެރި މަކަރުވެރި މީހެއް.

    2
    34
    • އަމާ

      ކަލެއަށްދޯ އަނިޔާވެރި ކެހިވެރި ހީލަތްތެރި މަކަރުވެރިން އިނގެނީ. ބަފާ މައިތިރި ވެގެން ހުރެވޭތޯ ފުރަތަމަ ބަލާބަލަ.

      22
  14. ދަތްދޮޅި އާދަނު

    ކޮންޕުރެސަރެއް ކިޔާކަށް، އަނިޔާވެރި ފަސްއަހަރުގެ ވެރިމީހާގެ ޕުރެސަރަށް 17 ދުވަހުން މައްސަލަބަލާ ހުކުމްކުރިއިރު ތިބުނާމީހުންތިބީ ކޮންތާކުތޯ؟ އަނިޔާވެރި 5އަހަރުގެ ވެރިމީހާ ސްޕްރީމްކޯޓްގެ އަމުރު ބޮލާލާ ޖަހާ ކޯޓްގެ ފުރާޅުން ޓިނުނަގައިގެން ފަނޑިޔާރުން ހައްޔަރުކުރިކަން ހަނދާންނުވޭތޯ، އަދިވެސް މިވެރިމީހާއަށް ހުކުމްކުރުންލަސް، 24ގަޑިއިރު ކޯޓް ހުޅުވައިގެންވެސް އަވަހައް ހުކުމްކުރަންވީ، ރައްޔިތުންގެ ފައިސާ އަދިވެސް ދައުލަތާ ހަވާލުނުކޮށް އަމިއްލަގެ ބުރިބުރިއަށްއެނަގަނީ

    2
    28
  15. މީނަގެ

    ޥަގުންނަށްދޭނެ ވޯޓެއްވެސް ނެތް.

    9
    42
    • Anonymous

      ވެންޓިލޭޓަރު ވަގަށްތަ؟ 37 މިލިއަން ދަބަހުގަ ގެންދިޔަ ވަގަށްތަ؟ ނޫނީ ޖީއެމްއާރަށް އެއަރޕޯޓް ވިއްކާލާފަ 86 މިލިއަން ޑޮލަރު ދިތުވާލި ބޮޑުވަގަށްތަ؟

      32
      • ދަތްދޮޅި އާދަނު

        ރާއްޖޭގަ މިހާތަނަށް ހިންގި އެންމެބޮޑުވައްކަމުގެ ބޮޑުވަގައް، ވެރިކަން ނިމުމުން އަމިއްލަގެ ބުރިބުރިއަށްނަގާ ވަގައް، މިލިޔަން މިލިޔަން ޑޮލަރު އަމިއްލަ އެކައުންޓައް ޖަމާކުރި ވަގައް، ބެންކޮކުންހޯދަނީ ހިލޭއަންހެނުންނެއް ނޫނޭބުނި ބޮޑުވަގައް، ރައްޔިތުންނަށް އަފިހުންދޭންބުނި ބޮޑުވަގައް، ހަރާމެއް ހަލާލެއް އަނބިމީހާވެސް ނުބަލައޭބުނި ބޮޑުވަގައް. ސާފުވެއްޖެތޯ

        5
        14
        • Anonymous

          ރައްބިއެއް ރަސޫލުން ވަކިކުރަން ނޭނގިގެން އުޅޭ ފަހުޒަމާނަށް އައިސްގެން އުޅޭ ދައްޖާލުންތަކެއްގެ ވާހަކަ މިދައްކަނީ ސާފުވެއްޖެތޯ

  16. އަހްމަދު

    މިކަމުންދޭހަވަނީ މިސަރުކާރުބަދަލުވާހިސާބުން ޝަކީލުގެ މައްސަލަވެސްބަލަންޖެހޭނެކަން ޝަރުޢީދާއިރާއަކީ ވަކިބާރަކަށްވާއިރު ސަރުކާރުގެނުފޫޒައް ބޯލަނބާ ގާޒީންގެކަންކަން ބެލެންޖެހޭ

    20
  17. ހާމިދު ޝާހިދު

    ޕްރެޝަރ ބޮޑުވެގެން ކިތަންމެ ވަރަކަށް ހުކުމް އަވަސް ކުރިއަސް ދެނެއް ރައީސް ޔާމީނުގެ އިސްތަށިފުޅުގައި އެނުލަފައި ބައިގަނޑަކަށް އަތެއް ނުލެވޭނެ. އެމަނިކުފާނުގެ ވަކީލުން، ﷲ ގެ ވާގިފުޅާއެކު އެމަނިކުފާނު މިނިވަނެއްގެ ގޮތުގައި، ނެރެދެއްވާނެ.

    26
  18. ފަޔާޒު

    މިފެންނަނީ ސަރުކާރު ނޭވާ ހޮޅިއަށް އެޅިފައިވާ ކަމުގެ ހެކި. ވަރަށް ބޮޑަށް ގޮތް ހުސްވެއްޖެ ސަރުކާރަށް. ސަލާން ވަރަށް.

    25
  19. ޏަމް

    ސޯލިހަށް ގެއްލުމާއި ހަލާކުހުއްޓެވެ ސޯލިބޭއަށް ޖަލުހުކުމް ވެރިކަމުން ވެއްޓުމާއި އެކު ފަށާނެ އިންޑިއާއަށް ފިލާކަށް އެދުވަހު ނުފުރޭނެ ގައުމުއެލާޓަށް ގެންނާނެ ފުލުހުންނާއި ސިފައިން އެދުވަހު ސޯލިހުހަށްޔަރުކުރާނެ

    21
  20. ނާރެސް

    ފަނޑިޔާރު ވިދާޅުވިގޮތައް ﷲފިޔަވައި އެހެންފަރާތަކައް ބިރުނުގަނެ ބުނިބަހުގަ އިތުބާރު ބަހައްޓައިގެން ޝަރީއަތް ހިންގަވައިފިނަމަ ހިޔެއްނުވެ ކިތަންމެ ބޭނުންވިޔަސް ރައީސްޔާމީން ޖަލައްލެވޭނެހެންނެއް ނުލެވޭނެ ޖަލަކައް

    22
  21. އިބްރާހިމް

    ސަދޫމްގެ ކޯޓްތަށް ރާއްޖެއަށް އެމްޑީޕީން ތަޢާރަފްކުރަނީ.

    25
  22. ޕީ ޕީ ޢެމް މީހާ

    މިވެރިން ޔާންޓޭ ދެކެ ހާދަ ބިރެއް އެބަގަނޭ ދޯ!ކެކެކެ.

    25
  23. ހުސައިން

    އަވަސްކުރޭ

    1
    19
  24. ނާދިރާ

    ޔަހޫދީންގެ އެހީގައި ވޯޓުން ވައްކަން ކޮށްގެން ވެރިކަމަށް އައި ބާޣީ ހާއިނުންގެ ޢަދުލުވެރިކަމެއް ނޯންނާނެ.

    20
  25. ރަން ރީނދޫ

    އަވަސް ކުރިވަރެއް އޮތީ. ހަމަ ހުނޅުބު ދާނީ.މި ފަހަރު ކުރިން ވީވަރު ވެސް ނުވާނެ. ސަރުކާރު ޗޮކުން ދާނީ.

    15
  26. އިބްރާހިމް

    އިންޑިއާ އައުޓްވާދުވަސް ކައިރިވަނީ. ﷲ އިރާދަކުރެއްވިއްޔާ އިންޑިއާގެ އަތްދަށުން ވ އަވަހަށް ސަލާމަތްވާނެ. އަދި ރާއްޖޭގައިތިބި އެންމެހައި ޣައްދާރުން ޖަލައްލައި ޙައްޤު އަދަބުދެވިގެންދާނެ.

  27. ކެޔޮޅު

    ތަމަޅަ ޓައިގަރުން ހައްޔަރު ކުރިގޮތަށް ސޯލިހު ހަށްޔަރުކޮށް ލައިވު ޝަރީއަތް ރާއްޖޭގެ ހުރިހާރަށަކަށް ފެންނަގޮތަށް ހަދާނެ އަދި ބާގީންނޭ ދަންނާށޭ ދަންނާށޭ ދަންނާށޭ މިލަވަ ކިޔާ މަގުތަކުގަ ރަށްޔަތުންހިނގާނެ.

    3
    1