ރައްޔިތުން މަޖިލީހުގެ ބައިއިލެކްޝަނާއި ދިމާކޮށް ސަރުކާރުގެ ފަރާތުން މަޝްރޫއުތައް "އޮހެމުން އަންނަ" ކޮމަންޑުއަށް އަނެއްކާވެސް އިތުރު އެހީއެއް ލިބިއްޖެއެވެ. ކޮމަންޑޫ ސިއްހީ މަރުކަޒުން ބުނާ ގޮތުގައި އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ކޮމަންޑޫ ސިއްހީ މަރުކަޒުގައި ލާނެ ކުލަ އާއި ދަވާދު، އަދި ފެނަކައިގެ ސީއެސްއާރްގެ ދަށުން ހަތަރު އޭސީއާއި ޓީވީއެއް ވަނީ ހަދިޔާކޮށްފައެވެ.
ކޮމަންޑޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އަބްދުﷲ މުފީދު "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެސްޓީއޯ އާއި ފެނަކަ އިން ފޯރުކޮށްދިން އެހީތެރިކަމާއިއެކު ސިއްހީ މަރުކަޒުގެ ހިދުމަތްތައް އިތުރަށް ރަނގަޅު ކުރެވިގެން ދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފެނަކަ އިން ދިން އެހީ އިން ބަލި މީހުންގެ ވޯޑް އޭސީ ކުރެވިގެން ދާނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ހުސެއިން ވަހީދު އަވަހާރަވި ފަހުން ސަރުކާރުން ވަނީ ކޮމަންޑޫ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ފަށާފައެވެ. އޭގެތެރޭގައި ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ އިތުރުން ކޮމަންޑޫގައި އައިސްޕްލާންޓެއް ގާއިމު ކުރުމާއި ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ހިމެނެއެވެ. އަދި މިއަދު ވަނީ ކޮމަންޑޫ ކައިރީގައި މަސްކަނދުފައްޗެއް ވެސް އަޅާފައެވެ.
ގިނަ މަޝްރޫއުތަކެއް އިންތިހާބު ކައިރިވެފައި ވަނިކޮށް ފަށަމުން ދަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މިވަގުތު ކޮމަންޑޫ ދާއިރާގައި މަޝްރޫއުތަކެއް ފެށުމާއި އިންތިހާބާއި ދިމާވުމަކީ އިއްތިފާގެކެވެ.
ތާއީދު ނެތް ބަޔަކު ވޯޓު ގަންނަންތާ ޖެހޭނީ. ޕީޕީއެމްގެ ކެންޑިޑޭޓް މާ ރަނގަޅު
އެސްޓީއޯ އަދި ފެނަކާ އަށް އޮތީ ހަމައެކަނި ކޮމަންޑޫތަ؟
ވަގުތުން ޓާޝަރީއަކަށް ސިއްހީމަރުކަޒު ބަދަލުކޮއްލާ ކުރީގެ މެމްބަރު އަވަހާރަވުން ދާއިރާއަށް ލިބުނު ނިއުމަތެއްތާ އެމަނިކުފާނު އަވަހާރަވުމުން އަދިކިރިޔާ ވައުދު ފުދެންފެށީ ހީހީހީހީ
ހިނި އަންނަނީ... 😂
އަހަރެމެން ރަށުގަ މިހާރު ހޮވާފަ ތިބި މީހުން ބޭރުކޮށްލާފަ އަލުން ކެމްޕޭން ޖައްސަން ވީ. ރަށަށް އަތޮޅަށް ކަމެއް ވާން އޮތީ މިގޮތަށް ވޯޓް ވިއްކާލާނެ ޗާންސެއް ލިބިގެން/
ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުން ނުކުމެ މިހާރު ހޮވާފައިވާ ގޮނޑިތައް ހުސްކޮށްލަންވީ..
އިސާހިތަކު ތަރައްގީ ތައް އަންނާނެ އޮހެމުން..
ދެން އިވޭނީ ދިވެރާއްޖޭގެ ވެރި ރަށަކީ ކޮމަންޑޫ އޭ ބުނާ އަޑުކަން ނޭންގެ. މަ ހީހީ ހަލާކު.
ސަރުކާރުގެ ކުންފުނިތަކުގެ ބަޖެޓް ސިޔާސީ ކެމްޕޭނުތަކުގެ ބޭނުމައް ބޭނުން ޖެހިލާއިރައް ހޭދަކުރެވޭ ގަވާއިދެއް އޮންނަނީތޯ.؟ މިކަން ޝަރީއަތައް ހުށައަޅަންފެނޭ. އޮޑިޓާރ ޖެނެރަލް މިކަމާއިމެދު ބުނަނީ ކީކޭތޯ.
ހުރިހާކަމެއްވެސް އެންމެމޮޅަށް ދެކެދެނެވޮޑިގެންވާ ﷲގެ ހުސްطاهر ވަންތަކަމާ(.) އެބުނާ އިއްތިފާގު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ سُبْحَانَهُ وَتَعَالَى ކަންކަށަވަރު(.) މަކަރުވެރި ނުބައިރޭވުން އޭގެ އަހުލުވެރިންނަށް މެނުވީ ނުޖެހެތެވެ(.) Allah Almighty speaks the (.)truth
ﷲގެ އިރާދަ ފުޅާއި މިންވަރު ފުޅުން ޕީ ޕީ އެމްގެ ކެނޑިޑޭޓަށް ކާމިޔާބު މިންވަރު ކޮށްދެއްވާށި. އާމީން!!
ކޮންމެވެސް ގޮތަކުން އަހަރުމެންގެ ދާއިރާ، އައްޑޫގެ ގޮނޑި ހުސްވެ އަލުން އެގޮނޑިތަކަށް މެމްބަރުން ހޮވުމަށް އިންތިހާބެއް ބާއްވަން ޖެހޭނެފަދަ ހާލަތެއް މެދުވެރި ކުރައްވައިފާންދޭވެ. އާމީން.
ގިނަ މަޝްރޫއުތަކެއް އިންތިހާބު ކައިރިވެފައި ވަނިކޮށް ފަށަމުން ދަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.! އިދިކޮޅެއް ރަގަޅު ކޮޅެއް ކިޔާނެ ކަމެއް ނެތް ތީ ޝައްކެއްވެސް ނެތި %100 ޔަގީން ކަމެއް! އިޙްލާސްތެރި ކަމެއް ވާނަމަ އިންތިހާބުގެ ފަހުން، ވޯޓްގެ ނަތީޖާ ލިބި ގޮނޑި ލިބުނު ފަރާތެއް އިޢުލާން ކުރުމުން ތިޔަ ކަންކަން ކުރި ނަމަ ރައްޔަތުމީއަށް ވެސް ޤަބޫލު ކުރެވޭނެ، މިކަމަކީ މީ ވަކި ވޯޓެއް އޮވެގެން ކުރާކަމެއް ނޫންކަން! މިހާރަކު ނެތް 2 ގަނޑެތިވެސް، ދިމާއަށް ރޮލާއޮތީ!
އެހެން ދާއިރާތަކުން ތަރައްޤީ ބޭނުންނަމަ ހުރި މެމްބަރުގެ ނަމުގެ ކުރިއަށް ޖެހޭނީ މަރުހޫމު ޖަހަން އޮތަ؟
މިފަހަރު މި މީހުންނަށް ވާ ގޮތް ބަލަންވެސް ހޮވަންވީ ހަމަ ޕީޕީއެމް. އެހެންޏާ ދުވަހަކު ނޫޅޭ ވަރަށް މި މީހުން މި ގޮނޑި ހޯދަން އެބަ އުޅޭ. ދެން ތީތި ވަރަށް އޮޑު!! ސޮރީ ދިސް ޓައިމް
ވޯޓް ލުމެއް އޮތީމާ ބައިތުލް މާލު އެއްކޮށްގޮސް އެތަނަކަށް އަޅާ ހުސްކޮށް ލަނީ ! ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް !
މިއީ މިހާތަނައް މިދިވެހިރާއްޖޭގަ އުފެދުނު އެންމެ ލަދުކުޑަ ޚޮދުމުޚުތާރު ސަރުކާރު