މިހާރުގެ ސަރުކާރަށް ހަގީގީ ނަތީޖާއެއް ނުނެރެވޭ ކަމަށާއި ކުރާ ހުރިހާ ވެސް ކަމަކީ ޕީއާރް ޖެއްސުމަށް ކުރާ ކަންކަން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ "ސަންގު ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މީހުން ވިސްނާ ގޮތާއި މީހުން ސަރުކާރާއި ދޭތެރޭ ދެކޭގޮތް ބަދަލު ކުރުމުގެ ގޮތުން ސަރުކާރުން ކުރާ މަދު ކަމެއް ފިޔަވައި ހަގީގީ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާ ކަމަށެވެ. އަދި އެއްވެސް ކަމެއްގައި މި ސަރުކާރަށް ހަގީގީ ނަތީޖާ ނެރެވިފައިނުވާ ކަމަށެވެ.
"އަމަލީ މަސައްކަތެއް ނުފެނި ޕީއާރް ދަނީ. ޕީއާރަށް ވަރަށް ބޮޑު ހޭދައެއް ކުރޭ. މީހުންގެ ޕާސްޕެކްޓިވް، މީހުން ވިސްނާ ގޮތް، ޕާސެޕްޝަން ބަދަލުކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް ކުރެވެނީ. ހަގީގީ ނަތީޖާއެއް ނުނެރެވޭ." މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ދަތި އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެކަމުގައި ވެސް ސަރުކާރަށް ހަގީގީ މާނައިގައި ނަތީޖާއެއް ނެރެވިފައިނުވާ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުން ތިބި ދަތި ހާލަތަށް ބަލާއިރުގައި ހުޅުމާލެއިން އެންމެ 1000 ގޯތި ދިނުމަކީ ކުރެވޭ މަލާމާތެއް ކަމަށްވެސް ހަތް އަހަރު ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.
"މާލޭ ރައްޔިތުން ތިބި ދަތި ހާލަތަށް ބަލާއިރުގައި ހުޅުމާލެއިން އެންމެ 1000 ގޯތި ދިނުމަކީ ކުރެވޭ މަލާމާތެއް ނޫނިއްޔާމުން ވަރަށް ނިކަމެތި ގޮތަކަށް ޓްރީޓް ކުރެވެނީއެ. އެއީ ހުޅުމާލޭގައި އެބައޮތް މުއްސަނދިންނަށް ނޫނިއްޔާ ވިޔަފާރިވެރިންނަށް ވިއްކާފަވެސް، ބީޗް ފްރަންޓުން ނުވަތަ ވޯޓަރ ފްރަންޓުން އެ ވިއްކަވާ ގޯތިތައް ބޮޑު އަގުގައި ވިއްކަވަންވީ. ވިއްކަވާފަވެސް އެތެރެ މަގުތަކުން ހުރި ޕްލޮޓްތަކަށް ބަލާއިރުގައި މަދުވެގެން 4000 ގޯތި ނެގެން އެބައޮތް" މުއިއްޒު ވިދާޅުވިއެވެ.
ގުޅީފަޅުން ލިބޭނީ ދެހާސް ގޯއްޗެއް ނޫން ކަމަށާއި އެފަޅު އެއްކޮށް ހިއްކައިފިއްޔާ މަދުވެގެން ދިހަ ހާސް ގޯތި ދޫކުރުވޭނެކަން ފާހަގަ ކުރައްވާ އޭނާ ވަނީ ބޯހިޔާވަހިކަމުގެ ކަންކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެތަނުން ފަންސަވީސް ހާހެއްހާ ފުލެޓު ނެގޭނެ ޖާގަ އެބައޮތް ކަމަށާއި އަދި އެތަނުގައި ރަނގަޅު ރެޒިޑެންޝަލް ޓައުނެއް ހެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރާ ކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވާ ވާހަކަފުޅު އަނެއްކާވެސް ވަނީ ތަކުރާރު ކުރައްވާފައެވެ. މާލޭ ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ސަރުކާރަށް ލިބިދޭ ބާރުގެ ދަށުން ކަންކަން ކުރުމަށް ސަރުކާރުން ހުރަސް އަޅާތީ މޭޔަރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ޕީއާރު އެއީ ކޯއްޗެއް؟
ޕަބްލިކް ރިލޭޝަން ތަ؟
ޕްރެސް ރިލީޒް ތަ؟
ޕާސަނަލް ރެކޯރޑް ތަ؟
ޕްރޮޕޯސަނަލް ރެޕްރެޒެންޓޭޝަން ތަ؟
ޕްރޮމިސް ރިޖެކްޓް ތަ؟
ޕްރަބްލަމް ރިޖެކްޓް ތަ؟ އަޅެ ކޯއްޗެއްތަ؟ ޚަބަރެއް ލިޔާ އިރުވެސް އެނގެންވާނެ ދޯ އެކި މީހުންގެ ވިސްނުން ހުންނާނީ އެކިވަރަށް ކަން....
ހަކުރު އެތެރެއަށް ޖަހައިގެން ޖަމައިކަން މިކްސަނ މެން ރާއްޖެ އެތެރެކުރާކަން އަހަރެމެންނަކައް އޮޅިފައެއްނެތް.
ޕީރު ޖައްސާ މީހުން ރައްޔިތުންނަށް ވަރަށް ސާފު 7 އަހަރު ކަމެއް ނުކޮށްދީ މިހާރު އެވާހަކަތައް ދައްކާމީހުންވެސް ސާފު
އެއްވެސް ބަޔަކު އެއްވެސް ސަރުކާރަކުން ގޯތި ދޫކުރާ ވާހަކަ ދައްކާނެ ކަމެއް ނެތް. ބޯހިޔާވަހިކަން ހޯދައިދޭންވީ ފްލެޓް އަޅައިގެން. ފްލެޓް އަޅައިނުދެވޭނެ ބަޔަކު ވެރިކަމަށް އަންނާނެ ކަމެއް ނެތް.
ރައީސް އޮފީހުން ހިންގާ ސައިޓެެއްގައި ހުރި ޕްރެޖެކްޓްސް ތަކުގެ ސައްހަ ކަން ކަށަވަރުކޮށްދީބަލަ ވަގުތުން. އަހަރެމެން ރަށުގެ ހިންގާކަމަށް ބުނާ ޕްރެޖެކްޓްސްތަކުގެ 89އިންސަތަ މައުލޫމާތު ރަގަޅުނޫން. ތާރީހްތަކައި ޕްރެޖެކްޓް ސްޓޭޓަސް ދިމާ ރޯނުބައި
ޕީ.އާރާއި . ފާޑު ފާޑުގެ އާރު ޖައްސައިގެން ކަލޭމެންގެ ވެރިކަމުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ދީފަ ދޯ ކަލޭ ގޯތި ގެދޮރު ކަޅާކޮށްލީ ؟
މުއިއްޒުމެންގެ ސަރުކާރުގަ ވެސް ބޭބެމެން ތިބީ ދުނިޔޭގަ އަދި ހަނދާން އެބަހުރި ބޭބެމެން ރަށުގަ ވެލިފުކެއް ވަރު ކަމެއްވެސް ނުކުރޭ . ނަަމަވެސް މިހާރު ބަނދަރު ހަދާ މިސްކިތް އަޅާ ނަރުދަމާ އަޅާ ހޮސްޕިޓަލް އަޅާ ކުލާސް ރޫމް އިތުރު ކުރޭ އިންޖީނުގޭ އަޅާ ނުވީތާކަށް އައުޓް ޑޯ ޖިމާއި ކުޑަކުދިންގެ ޕާކާއި ފުޓްބޯޅަ ދަނޑުވެސް އަޅާ މިއީތަ އަނެއްކާ ޕީއާރު ޖެއްސުމަކީ. ތެދެއް ވައި18 ޖެހި ޓީސާޓު ލައިގެން ވާނުވާ ވާކުދިން މަދުވެއްޖެ
ތި ރަށުގެ ނަން ބުނެބަ ކެރެންޏާ! ނާ ތެދެއް ކަން އިގިދާނެ