އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ޖަލު ހުކުމް ބާތިލްކޮށް މިނިވަން ކުރަން ނިންމެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކި ކުރައްވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.
ފަނޑިޔާރުންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވްއާއި ޕެޓާނިޓީ ލީވް ލިބިދެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި، އާޒިމް ވިދާޅުވީ ބައެއް ފަނޑިޔާރުންގެ އަމަލުތައް އަދިވެސް ހުންނެވީ ރައްޔިތުން ހިތްހަމަނުޖެހޭ ގޮތަކަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ އާޒިމް ފުރަތަމަ ވެސް ފާހަގަ ކުރެއްވީ ރައީސް ޔާމީން މިނިވަން ކުރަން ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމެވެ. އާޒިމް ވިދާޅުވީ، އެންމެ މަތީ މަރުހަލާގެ ކޯޓުން ނިންމެވި އެ ނިންމެވުމަކީ "އަޖައިބުވާ ކަހަލަ" ނިންމެވުމެއް ކަމަށެވެ.
"ގައިމު ވެސް އަޅުގަނޑު އަޖައިބުވެ އަންތަރީސްވާ ވަރުގެ ހުކުމެއް، ސަބަބަކީ، އެ ފަނޑިޔާރުން އެބަ އިއްތިފާގުވޭ، ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި ކަން، ފަނޑިޔާރުގޭގެ ކަންކަން މި ނިންމަނީ ބޭރު ފުށުުން ފެންނަން ހުރި އެއްޗެއް، މި ފެންނަން ހުރި އެއްޗެއް،"
އެންމެ މަތީ މަރުހަލާގެ ކޯޓުތަކުން މި ވަރުގެ ނިންމެވުމެއް ނިންމަވާއިރު، ޚިޔާނާތުގެ ބޮޑެތި ތުހުމަތު ކުރެވޭ ބޭފުޅުން މިނިވަންކޮށް ދޫކޮށްލަން ވާނެތޯ ވިސްނަވަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. މިފަދަ ނިންމެވުން ނިންމަވާ ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅަން ޖޭއެސްސީން ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން މި ގައުމުގައި ދޫކޮށްލާފައި ބެހެއްޓުމަކީ ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ކަމެއް ނޫން، ފަނޑިޔާރުން ވެސް އެބަ ޖެހޭ ވިސްނަން މި ކަންކަމާއި މެދު، ޖުޑިޝަލް ސާވިސް ކޮމިޝަނުން ވެސް ވިސްނަން ޖެހޭ، ފަނޑިޔާރުން އަމަލު ކުރީ ރަނގަޅަށްތޯ،" އާޒިމް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ނޮވެމްބަރު 28، 2019 ގައެވެ. މި ހުކުމަށް ހައި ކޯޓުން ތާއީދުކޮށް ޖެނުއަރީ 2021 ގައި ހުކުމް އިއްވިއެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ މަރުހަލާގައި ނިންމެވީ ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ ދައުލަތުގެ ފައިސާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކަށަވަރު ކޮށްނުދެވޭ ކަމަށެވެ. އެހެންވިޔަސް ޝައްކު އުފެދޭ ފައިސާކަން އެނގިވަޑައިގެން ހުންނަވައި ބޭނުން ކުރެއްވުން ގޯސް ކަމަށް އެ ކޯޓުން ނިންމެވިއެވެ.
ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލް ކުރަން ސުޕްރީމް ކޯޓުން ނިންމެވީ، ޔާމީން އެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިތާ ދެ އަހަރާއި ދެ ދުވަސް ފަހުންނެވެ. ނޮވެމްބަރު 30، 2021 ގައި ޔާމީން މިނިވަންވިއިރު، އެމަނިކުފާނުގެ މައްޗަށް އިތުރު ދެ ޝަރީއަތެއް ދަށު ކޯޓުގައި ދަނީ ހިންގަވަމުންނެވެ.
ދިވެހިފަސްގަނޑަކީ ތިކިޔާ ރީނދޫ ޕާރޓީގެ މީހުންގެ ތަރިކަމުދަލެއްނޫން ! ހޭބަލިނުވޭ .
މިފެންނަނީ މިހާރު ކްރިމިނަލް ކޯޓުގައި އޮތް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވާތަން!! ބިރު ދެއްކުން!! ފަނޑިޔާރުންނަށް ބިރު ދެއްކުން!! ކްރިމިނަލް ކޯޓުގައި ޔާމީންގެ މައްސަލަ ބަލާ ފަނޑިޔާރަށް އިންޒާރު ދިނުން!! ޔާމީނަށް ޙުކުމް ނުކުރާ އޭނާ ދޫކޮށްލައިފިނަމަ ފަނޑިޔާރު މަގާމުން ވަކިކުރާނެކަމުގެ އިންޒާރު!! ސްޕްރީމް ކޯޓުގެ ނިންމުމަށް ގޮންޖަހާ އެކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކުން!! ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޅި ކޯޓުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލުމަށްޓަކައި ފާޅުގައި މަސައްކަތްކުރުން!! މިކަމަށް ސްޕްރީމް ކޯޓުން އެކްޝަނެއް ނަގަންޖެހޭކމަށް ދެކެން!! މިމީހުން މިކުރާ ނޭއްގާނީ ކަންކަމާމެދު ބަސްބުނަންޖެހޭ! މައްސަލަތައް ބެލެންޖެހޭ!! ޖަންގަލީގެ އުސޫލަށް ފުރުސަތުދީގެން ތިބުން އެއީ އޭގެ ސަބަބުން މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް!
މިފަ ސްގަނޑުން ވަގުންނަށް މިނިވަންކަމާއެކު އުޅެވިގެން ނުވާނެ.
ވެރިކަމުގަހުރި ކަޅުދަބަ ސް ވަގާ ކަޅު ދަބަހަކަށް ދިޔާތަކެތި އެޅި މާވަގު ދެވަގާ މިދެވަގުންގެ ހިމާޔަތުގަ ތިބި ކުދި ވަގުތަކާ މިވައްކަން ފޮރުވަން ނޫ ސްތަކުގަ ކޮމެންޓުކުރާ ބޮޓު ވަގުންތަކާ އެއްކޮށް މިގައުމު ސާފުކޮށް މޑޕ ފަ ސްދާނުލެވޭ ދުވަ ސް އިންޝާﷲ ލަހެއް ނުވެ ﷲދައްކަވާށި...އާމީން.
ޔާމީނު ހަމަ އަނބުރާ ޖަލައް ލަނި
ޢަދީބުއަތުން ކަޅުދަބަހުގަ ދިޔާތަކެތި އުފުލި ވަގުން އެބަޖެހޭ ހިފާހައްޔަރުކުރަން ކޮންތާކުން ހޯދިފައިސައިން ރިސޯޓް ހޯދީ އާއިލާއަކީ ކުއިން ވަހިދު ގުޅަބަޖިޔާ ވިއްކާގެން ސައި ހޮޓަލެއް ހިންގީ ކުއްލިޔަކަށް ރިސޮޓާ ނުބައްދަލުު މުއްސަދިކަން ހޯދިގޮތް ބަލާ ސަރުކާރަށް ނަގަންޖެހޭ މިލްކިއްޔަތު ދިޔާތަކެތި އެދުވަސް އަރާ ހަމަކުރާނެ މިތަގަ ސަފޫމުގެ ފަޑިޔާރުގެތަކެއް ހަދަންވީނު އޭރަށް މުރާދޫގެ ރަސްގެފާނު ސަދޫމުގެ ހުކުން ތަށް ނެރެވެނީ ހޯހޯ 7ފެބުރުއަރީގަ ތިމީހުނގެ ވެރިކަންވައްޓާލި މީހުން އެތިބީ ތިމީހުންންގެ ބޮޑުންނަށް ނޭގިތިއްބާ ބަގާވާތެއް ފަށާފާނެ ވައްޓާލަފާނެ
ދަބަހުގައި ދިޔާތަކެތި އުފުލު ކުށް ސާބިތުވެ މީނަ ކުޑަގޮޅިއަށް ލީމާ ރަގަޅުވާނެ.
ރޯމާދުވާލު ފަނޑިޔާރަކު ވަގައްނެގިމީހަކު މިނިވަންކުރަން އެންމެމަތީ ކޯޓުން ނިންމުންވެސް ރައްޔިތުންނަކައް ކަމަކުނުދޭ
ސސްޕްރީމް ކޯޓް ފުރާޅުގެ ޓިނުނަގައިގެން ނެރުނީ ކޯއްޗެއްބާ. ބާރަށު ސުޖާއުގެ ބިސްހާލިތޯ.
ނިންމުންތަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭތީކިއްޔެއްނޫން. ޑިކްޓޭޓަރ ނަޝީދު ހިއްޕުޅާ ނުވާތީ. މިގޮތައް ބިރުދެއްކިގެން ނުވާނެ
ކޯޓުތައް އުވާލާ! އަދުލު އިންސާފު ކިޔާ ބަސްވެސް ދިވެހިރާއްޖޭގައި ކިޔުން މަނާކުރޭ! މަޖްލިހުން ކަނޑައަޅާ ދިވެހިރާއްޖެއަކީ ޝައިޠާނާގެ ޤާނޫނު ހިނގާ ތަނެއްކަމަށް. މީގައި އަދުލު އިންސާފެއް ހަމައެއް ލަމައެއް ނޯންނާނެ. ރާމާމަކުނުންހެން އިންސާނުން އުޅޭތަނަކަށް މިތަން ބަދަލުކޮށްލާ
އެތާނގައި އަލީ އާޒިމް އާއި ފޮރި އާއިލާގެ މެންބަރުން ތިއްބަވަން ވީ ނޫންތޯ ތިމާ ބޭނުންވާ ގޮތަށް އޭރުން ހުކުމް ނެރެވޭނެ. މޮޔަ ފުޅުވީތޯ......
ޢަލީ އާޒިމް ވެސް ތިފައިސާ ބޭނުން ކުރި ޔާމީންގެ ހުކުމް އަންނަން ޖެހޭނެ ދޯ އިރާދަކުރެއްވިއްޔާ 2023 ގައި ތި ފޮނިކަމެއް ނުދެއްކޭނެ ޖެހޭނީ އާޒިމް މެން ޗޮކުން ދާން އިރާދަ ކުރެއްވިއްޔާ
ކަލޯ އާޒިމޫ ، އެފް.އޭ.އެމް ން ގެއްލުނު 25 ހާސް ޑޮލަރު ގެ މައްސަލަ ބަލާނެ އިގޭ 2023 ރަގަޅު ގާޒީން ކޯޓުތަކަށް ލެވޭނެ ، ޤާނޫނު ހަމަކުރާނެ ހެކި އެބަހުރި
އަލީ އާޒިމު ޕާމް ބީޗް ރިސޯޓު ގަތީ ކޮންތާކުން ހޯދި ފައިސާއަކުންތޯ؟
ކަޅުދަބަހުގައިއުފުއްލި ހަލާލުދިޔާތަކެއްޗާމެދުވެސް ރައިއްޔަތުން ހިތްހަމައެއްނުޖެހޭ! ކަޅުކޮތަޅުގައިއުފުއްލިތަކެއްޗާމެދުވެސް ރައިއްޔަތުން ހިތްހަމައެއްނުޖެހޭ! ތިންސަތޭކައެތަކެއްމީހުން ހިމެނޭލިސްޓަކުން ހަމައެކަނި ޚާއްޞަކޮށްރައީސްޔާމީނާއެކު އެންމެމީހެއްގެމައްޗަށް ދައުވާކުރާތީވެސް ރައިއްޔަތުން ހިތްހަމައެއްނުޖެހޭ! މިކަންއިސްލާހުކޮށް އެލިސްޓުގައިވާ އެންމެނަށް ދައުވާކުރަންފޮނުވަންކެރޭނެތަ؟ ރައިއްޔަތުންހިތްހަމަޖެހޭނީ މިހުރިހާމީހުނަށްދައުވާކުރީމަ ނުކުރެވޭނަމަ އިސްތިއުފާދީފަކަޅުދަބަހުގަދިޔާތަކެތިއުފުލަން ގެއަށްކަނޑާލާ އޯކޭ!!!!!!!!
ކަޅުދަބަހުގައުފުލި ދިޔާ އެއްޗެއްސާ
ސަފާރީގަ މިކަލޭގެ ކުރިމަތީގަ ހުރި މޭޒުމަތީގަ ހުރި އެއްޗެތި ބޮއިގެން އުޅޭހެންހީވަނީ .އެހެންނާ ފަހެ ފާޅުގަ މި ބިރު ދައްކަނީ އަދުލް އިންސާފު ގާއިމްކުރަން ތިބޭ މީހުނަށް. ސަދޫމްގެ ހުކުމް މިއޮތީ.
ކޯޓްތަކަށް އަތް ނުބާނައި ތިބެގެން މި ބައިގަނޑު ލޮލަށް ނިދިވެސް ނާންނާނެ، ތިޔަ މަޖިލީހުން ނިންމަބަލަ ކޯޓްތަކު ފަނޑިޔާރުންނަށް ވެސް ތިބޭނީ އެމްޑީޕީ މެންބަރުންނޭ. ހީވާކަހަލަ، މީ ކަލޭމެންގެ އެކަނި ގައުމެކޭ. ބާރުކެނޑިހަފުސްވާނެ ދުވަހެއް ނާންނާނެ ކަމަށް ހީކޮށްގެން ތިޔަފައިސާގަނޑުގެބޭނުން އަބަދު ހިފޭނެކަމަށް ހީކުރުމަކީ ގޯހެއް.
ފެންވަރު އޮޅިފަ ތިހުންނަނީ // ޢާޒިމްގެ މައްސަލަތަށް ބަލަން ފެށުނީމަ ރަނގަޅުވާނެ // އެދުވަސް އަދި ފެންނާނެ // އިންޝަާﷲ //
އާޒިމް ބޭނުން ގޮތަށް ތަ ފަނޑިޔާރު ޙުކުމް ކުރަން ޖެހެނީ
އެއަށްވުރެ ކުރިން މޑޕ ގޭންގު ވަތަކުތޯޖެހި ގޭންގުގެ
އި ސް މާފިޔާއިން ހައްޔަރުކޮށް ޝަރީޢަތް ހިންގޭއެވެ
އަދި ގޭންގު ސްޓާއިން ބޭރުގައުމު ތަކުގައި ހުޅުވާފައިވާ
އެކައުންޓްތައް ފްރީޒްކޮށް މިލިއަން ބިލިއަން ޑޮލަރު
ދައުލަތަށް ނެގޭނެއެވެ އެއީ ދިވެހި ރައްޔިތުންގެ މުދަލެވެ.
ތިބޭފުޅާއާ ޤާނޫނު އަރާ ހަމަކޮށްފާނެތީ ވަރަށް ބިރުންދޯ ތިޔަހުރީ؟ އެދުވަސް އެބައާދޭ އިންޝާއަﷲ
ކޯޓުތަކާއި ފަޑިޔާރުންގެ ނިންމުންތަކަށް މިގޮތައް ބިރުދައްކާ އިންޒާރުދެމުންދާއިރު ސުޕުރީމުކޯޓު މިގައުމުގައި އެބައޮތްބާއޭ ހިތަށްއަރާތީ ހަމައަހާލީ. އަޅުގަޑުއަހާގޮތުގައި ކޯޓަކުން އަދި ފަޑިޔާރަކުނިންމާ އެއްވެސްނިންމުމަކައްފާޑުކިއުމަކީ ޤާނޫނީ ކުށެއް. އެކަމައް އަދަބުވެސް ކަޑައެޅަ ފައިވޭ
އެމްޑީޕީގެ މަތިފަޑީގައި ގިނައީ ޒާތީ ތައައްސުބުން ފުރިފައި ތިބޭ މީހުން. އެމީހުންގެ ރަދީފުގައި އަދުލު އިންސާފު މާނަ ކުރަނީ އެމީހުންގެ ހަވާ ނަފުސު ގޮވާ ކަންތައްތައް. އަދުލު އިންސާފަށް ހުތުރު އަރުވަން މެމްބަރުކަން ދީފައި ތިބި ބައެއް މިހާރު މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރަނީ.
ސިފައާ އަޚްލާގު އިންތިހާއަށް ހުތުރު ދިޔައި ޑޮލަރު ލީ ކަޅު ދަބަސް.
ދަށުކޯޓުގައި ޔާމީންގެ މައްސަލަބެލި ފަނޑިޔާރު ފޮޅައިލިގޮތާ ދަށުކޯޓުން ޢަލީރަޝީދުކިޔާ މުޑުދާރަކު ޔާމީނަށް ޙުކުމްޖެހިގޮތާ ، ޙުކުމް ޖެހުމަށް ޢަލީޒާހިރު ކިޔާމީހަކު ދެއްކިބިރާ ، ހައިކޯޓުގެ 3 ފަނޑިޔާރުންގެ ރައުޔުގއި ލިޔެފައިއޮތް އެއްޗަކާ ، ޝާރީޢަތުގެ މަޖްލިސްތަކުގައި ދައުލަތުގެ ވަކީލުން އޮރިޔާންވީގޮތާ ، އަދީބާއި ޒިޢަތުގެ ދޮގު ހެކިބަސް ތަކަށް ރިޢާޔަތްކުރިޔަސް ޔާމީންމައްޗަށް އުފުލި ދަޢުވަގެ ބާޠިލްކަން ކަށަވަރުވެއެވެ. ޢަދުލުވެރި ކޯޓުތަކެއް އޮތްނަމަ މިވަގުތުން މިވަގުތަށް ޢަލީޢާޒިމް މިކިޔާ ކަލޭގެޔާމެދު ފިޔަވަޅުއަޅާނެއެވެ.
ޔާމީނު ދޫކުރީ ކޮންމެވެސް ބޮޑެތި ބަޔަކު އަޑިހައި ތިބެގެންކަމަށް ރަށުތެރޭގައި އެބަކިޔާ! އެމީހުންވެސް ބޭރުކުރަން ޖެހޭނެ!
ފިރުއައުނު ހެދިގެން ތިޔަހެން އުޅެވޭނީ ކިހާ ދުވަހަކު؟
13 އަހަރަށް ޖަލަށް ހުކުމް ކުރީމަ ފިލައިގެން އުޅޭ ޓެރަރިސްޓެއް ގެ ފަހަތުން ދުވާ ސޮރެއް
ބަލަގަ ޢާޒިމްބެ އަކީވެސް އެމްއެމްޕީއާރުސީގެ ކަޅު ފައިސާ ލިބުނުމީހެއް. އެހެންވީމާ ޢާޒިމްބެގެ މައްސަލަ އިހަށް ބަލަން ވީނޫންތަ…؟
ނާއިންސާފުން ހިންގި ޝަރީއަތެއްކަން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެގޭނެ އެޝަރީއަތް އިންސާފުން ނިންމި ފަނޑިޔާރުންނާއިމެދު ދިވެހިރާއްޖޭގެ ރައްޔިތުން ހިތް ހަމަޖެހޭ އޑޕއަށް ނިސްބަތްވާ ސަދޫމުގެ ވެރިކަމަށް ލޯބިކުރާ ބަަޔަކު ހިތްހަމަ ނުޖެހުނަސް އެއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްހަމަ ނުޖެހުމެއް އޮތްކަމެއް ނޫން އެހެންވީމަ ދިވެހިރައްޔިތުން ބަދުނާމު ކުރަން އުޅޭނެ ކަމެއްނެތް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަކީ އޑޕގެ މެނިފެސްޓޯއެއް އެއީ ރައްޔިތުން ދަންނަ ކަމެއް އޑޕ މީހުންނަކީ އިންސާފެއް އިޙްތިރާމެއް ކަރާމާތެއް އަބުރެއް ޢިއްޒަތެއް ވާކަން ދަންނަބައެއް ނޫން މިއީ ފެންނަންހުރި ހަގީގަތް އޭގެން މީހެއްގެ މޫނުމަތިންވެސް އުޖާލާކަމެއް ނުފެންނާނެ ނުލަފާ ބޯހަރު ވައްތަރު ޖަހާނެ އަންހެނަކަސް ފިރިހެނަކަސް
އަހަރެމެންނަށް މާކުރިންވެސް އެނގޭ ތިކަން ތިހެންވާނެކަން ސްޕްރީމްކޯޓުގެ ބެންޗް ބަދަލުކުރީ ކަލޭމެން ބޭނުންވާހާގޮތަށް ޙުކުމްތައް ކުރުމަށްކަން! އެކަން އެހެންނުވީމާ އެފަނޑިޔާރުން ކަލޭމެންނަށް ކަމުނުދާނެކަންވެސް އަހަރެމެންނަށް މާކުރިންވެސް އެނގޭ!
މަށައްފެނޭ ހުރީހާ ކޯޓްތައް އުވާލަން ހުރިހާ ހުކުމެއްވެސް އިންވާނީ އެމްޑީޕީ ހަރުގެތައްކަމުގައިހަދަން
ތިހާވަރަށް ފަނޑިޔާރުން ބިރުގަންނަ ބައިގެން އަދުލުވެރި ޝަރިއަތެއް ކުރާނީ ކިހިނެއް މިވަރުގެ ނާއިންސާފުން ކަންތައް ތައް ދިވެހިރާއްޖޭގައި މިހާ މައްޗަށް ހިންގާ ދުވަސް ވަރެއް އަހަރެންގެ ހަޔާތުގައި ވެސް ނުދެކެން
ސުބހާނައްލޯހި ހަސަދަވެރިކަން މިވަރަށް ދުއްވާލާކަށެއް ހެޔޮނުވާނެ އަމިއްލައަކަށް ދުނިޔެއަށް އައި އެކަކުވެސް ނެއް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
ސސްޕްރީމް ކޯޓް ފުރާޅުގެ ޓިނުނަގައިގެން ނެރުނީ ކޯއްޗެއްބާ. ބާރަށު ސުޖާއުގެ ބިސްހާލިތޯ.
ސުޕްރިމް ކޯޓުން ފަސްޖެހުމެއްނެތި މީނާގެ ފިޔަވަޅު އަޅަންޖެހޭ ހަދާނެހާ އެއްޗެއް ކުރާނެހާ ކަމެއްކުރަން ފުރުޞަތުދީގެން ނުވާނެ.
ކޯޓުގެ ބާރުވެރިކަން އޮންނަންޖެހޭ.
މީތަ މިރީދޫ މީހުން މިކިޔާ ނުގެނެވިގެން އުޅުނު 3 ބާރުވަކިވެފައި އޮންނަ ޑިމޮކްރަސީއަކީ. ކަނޑަ އެޅިގެން ރޯމާ ދުވާލު މިގޮވަނީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަން
އާޒިމު މިހާރު ތިހުރީ ކުއްވެރިވެފަ.ތިގޮތަށް އެހެންމީހުން ބިރެއް ނުދެއްކޭނެ.
ފަނޑިޔާރުން ނަށް ބިރުދެއްކުން އެއީ ކޮންކަހަލަ ކަމެއްބާ؟
ވަޒީފާގެ ބިރު ތިދައްކަނީ.. 3 ބާރު ވަކިވާންޖެހޭ އެބަ..
ދިރި އޮތް މަހެއް އެއްގަމަށް އެއްލާލުމުން ތެެޅޭގޮތަށް ތެޅިބާލަނީ ދަބަހުގަިހުރީ ޒަމް ޒަމް ފެންތޯ ބަލާދުވަސް ކައިރިވާތީ
އާޒިމް އަސްލުވެސް ގަމާރެވެ. މީނާއަކަށްނޭގޭ މީހެއްގެ އެކައުންޓުގައި ފައިސާތަކެއް އޮތުމަކީ ސުޕްރީމްކޯޓުން ބަލަންޖެހޭކަމެއްނޫންކަމެއް. ބަލަ އާޒިމޫ އެކަންބަލަންޖެހެނީ ފުލުހުންނަށެވެ. ފުލުހުން ތަހުގީގުކޮށް ޕްރޮސެކިއުޓާޖެނެރަލް މައްސަލަ ކޯޓަށްވެއްދީމަ ކޯޓުންބަލަންޖެހޭނީވެސް
މިވަރު ބޮޑު ޚާއިނެއް މިދިވެހި ގައުމަކު ނެތް. ގައުމަށްހުރި ނުރައްކަކެއް މީ. މިސީބާތެއްމީ. މީނަ ހިތްހަމަ ޖެހޭގޮތަށް ގައުމުގެ ކަންތަށް ހިންގަން ބާރުގެ ބޭނުން ނަހަމަގިތުގަ ހިފަންއުޅޭ ޚާއިނެއްމީ.
އާޒިމް ކަލޭ ކަލަކުވޮޑިގެންވާކަން ގަބޫލުކުރަންތަ؟ މީހަކާއަޅައިގަތަސް ނުވަތަ ހިތާވިޔަސް ތީތަންކޮޅެއް ބޮޑުވަރު ވެދާނެ ކަޅުދަހުގެ ބިރުއޮތީ ކަމައްވެސް ތިހެން ބޮޑާކަމާ ކިބުރުވެރިކަމާއެކު ދުނިޔޭނެ އުޅުނު ފިރުއައުނަކާ ހާމާނަކާ ޤާރޫނަކާ ނަމްރޫދެއްވެސް ކޮބާތަ އެއާރާބާރު ކަލޭ ހަމަބިމައް ފައިބަބަލަ ތިޔަހުރިހާ ތަދުބީރަކައްވުރެން މާތްﷲ ގެ ތަޤުދީރު މާވަރުގަދަ ކޮސްނުގޮވާ މައިތިވާނީ ކޮންދުވަހަކުން؟
އާޒިމް ގެންދިޔަ 8މިލިއަން ޑޮލަރު ގެ ވާހަކަ ދެއްކިއްޔާ މާތާހިރުވާނެ ލަދުގެ ހަޔާތުގެކަންފުޅެއްވެސް މޑޕ މީހުން ގެ ނުހުރެ އޭ ސީސި ގެ ރިޕޯޓް ގައާޒިމްގެ ނަން އޮތް ފަހުން މަޖްލިސް އަށް ގެންގޮސް ކަލޭމެން ބޭނުން ބަޔަކު އުނިކޮށް ބޭނުން ބަޔަކު އިތުރުކުރީ މޑޕ ގަބޮޑުން ގެ އެންމެން ވަނީ އެމް ެ ަ
ޢާޒިމުއަށް ނުއެގުނުކަމަކީ ދައުލަތުން ކޯޓުތައް ދަރަޖަކޮއްފައިހުންނަނީ ތިރިން މައްޗަށް އަރާގޮތަށް އަޒިމުއަށް އެގެނީ އެއްމެކަމެއް ދަބަހުގައުރީ ކަރުދާސްނޫންކަމާއި ދިޔާއެއްޗެއްކަން