ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު ބައެއް މީހުން އެ ތަނުގެ ފިނިޝިން މަސައްކަތް ޒަމާނީ ފެންވަރަކަށް ނިންމައި، ދުވަހު ކުއްޔަށް ދިނުމަށް އިސްތިހާރު ކުރަން ފަށައިފިއެވެ.

މިކަން އާންމުންގެ ސަމާލު ކަމަށް ގެންނެވީ މަޝްހޫރު ގާނޫނީ ވަކީލް މަރިޔަމް ޝުނާނާއެވެ. އޭނާ އާންމު ކުރެއްވި ފޮޓޯގައި ފެންނަނީ އައިބޭގައި ދުވަހު ކުއްޔަށް ކޮޓަރިއެއްގެ ވާހަކައެކެވެ. އެ ކޮޓަރިއަކީ ހިޔާ ފްލެޓުގައި ހިމެނޭ ކޮޓަރިއެއް ކަމާއި ދުވަހު ކުއްޔަށް ނަގާ ނަމަ އަގުތަކެއް ކަނޑައަޅާފައިވެއެވެ.

އެތަނުގެ އޭސީ ކޮޓަރިއެއް ދުވާލަކު، 650ރ. އަށްދޭ އިރު، އޭސީ ނުކޮށް ހުރި ކޮޓަރި ދޫކުރަނީ 450ރ.އަށެވެ.

މީގެއިތުރުން އެ ތަނަކީ ފަރުނީޗަރާއެކު ލިބެން ހުރި ކޮޓަރިއެއް ކަމަށް ވެސް ބުނެފައިވެއެވެ. އައިބޭގައި ޖަހާފައިވާ އެ ޕޯސްޓުގައި ގުޅޭނެ ނަންބަރާއި ގިނަ މައުލޫމާތުތަކެއް ޖަހާފައި ހުއްޓެވެ.

މި ޕޯސްޓު އާންމު ކުރައްވައި ޝުނާނާ ވިދާޅުވި ގޮތުގައި މި ފެންނަނީ ސަރުކާރުން މުއްސަނދިންނަށް ފްލެޓު ދިނުމުގެ ނަތީޖާ ކަމަށެވެ. މުއްސަނދިން އެ ތަން ލަގްޒަރީ ފެންވަރަށް ތަރައްގީ ކުރުމަށް ފަހު ކުރާ ކަމަކީ ގެސްޓްހައުސް ވިޔަފާރި ކުރުން ކަން ފާހަގަ ކުރައްވައި ޝުނާނާ ވަނީ ފާޑު ވިދާޅުވެފައެވެ.

ގޭބިސީތަކުގައި ތޮއްޖެހިގެން ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް އިމާރާތްކުރި ހިޔާ ފްލެޓްތައް ލިބުނު މީހުން އެތަން އެންމެ ފުރަތަމަ ދޫކުރީ އެ މީހުންނަށް ސަރުކާރުން ފްލެޓް ދިން އަގަށް ވުރެ ބޮޑު އަގުގައި މަހު ކުއްޔަށެވެ. މި މައްސަލައިގައި މިހާތަނަށް އެޅި ފިޔަވަޅެއް ނެތެވެ.

ކުއްޔަށް ދެނީ ފްލެޓުތަކުގެ ވެރިފަރާތުން އެ ތަންތަނުގެ ފިނިޝިން މަސައްކަތް ނިންމައިފައެވެ. ބައެއް މީހުން އެތަން 13،000ރ. - 15،000ރ. އާދެމެދުގެ އަގެއްގައި ކުއްޔަށް ދީފައިވެއެވެ.

އެކަމަކު މިހާރު ދުވަހު ކުއްޔަށް ވެސް މި ތަންތަން ދޫކުރަން މި ވަނީ ފަށައިފައެވެ.

ހިޔާ ފްލެޓަށް، މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ދައްކަން ޖެހެއެވެ.

ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް ހިޔާ ފްލެޓް ކަށަވަރުވި މީހުންނަށް ވެސް އެތަނުގައި ދިރިނޫޅެ އެ ފްލެޓް ކުއްޔަށް ނުދެވޭނެ ކަމަށާއި އެއީ މަނާ ކަމެއްގެ ގޮތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އުބުޖާޑި

    އެހެންވީމަ ކުރީސަރުކާރަށް ބަވަންވީ. ފުލެޓު މަކަރާ ހީލަތުން ހޯދިމީހުންގެ ޢަދަދު 2000 މަތީގަހުރީ. ގާނޫނީގޮތުން މިކަން ކުށަކަށް ހެދުމަށް މަޖުބޫރުވެއްޖެ ނޫންތޯ؟ މިސަރުކާރުން ގެެދޮރު ހުރި މީހުންނަށް ފުލެޓް ބަހާލީމަ މިހެން މިދިމާވީ.

  2. އެމްޑީޕީ ބުރޯ

    އަވަހައް އަތުލާ !

  3. ޚަލީލު

    ތިޔަ ތަނުގެ ބޮޑުމިނަކަށް ޖަހާފައިވަނީ 1200 އަކަފޫޓް. ހިޔާ ފްލެޓެއްގެ ބޮޑުމިނުގައި 600 އަކަފޫޓު ވެސް ހަމަނުވޭ. އެހެންވީއިރު، އެއީ ހިޔާ ފްލެޓެއްކަން އެނގުނީ ކިހިނެއްބާ؟

    2
    1
  4. ގާދިރު

    ތިތަނުގަ އެބަހުރި ދުވާލަކު -/1000 ރުފިޔާ އަށް ދޭ އެޕާޓްމެންޓް ވެސް އެވެސް ހަމަ ވަންނާނެ ތަނެއް ނެތިގެނޭ ކިޔާފަ ފޯމްލީ މީހަކަށް ދީފަ ހުރިތަނެއް އޭނަގެ މާލޭ ގަ އޮވޭ ދެ ގޯތި މިއީ ހާލަތު

  5. ނިއަކަ

    ތޮޔަ އެނއމެން ހިޔާއަކާ އަޅައިގަނެގެން ނެއްޓެން ބޜމގިހެން މިއުޅެނީޔޯ؟؟ ހުރިހާ ސޯޝިއަލް ހައުސިންގ އަކާ ބަންޑާރަ ގޯތިތަށް ވެސް ކުއްޔަށް އެބަހުރި ދީފަ… ހިޔާ ފިނިޝިންގ ނުނިންމާ ލިބުނު މީހުން އަމިއްލައަށް ބޮޑު ހަރަދުކޮށްގެން ނިންމަން ދީފަ ހުރީމަތަ؟ ނޫނީ އެހެން ޝޯޝިއަލް ހައުސިންގތަކަށް ވުރެއް ދެ ކޮޓަރީގެ މަހުކުލި ބޮޑު ވީމަތޯ؟؟ ދެކޮޅު ޖައްސާމެ ގޮތެއް އެވެރިންވެސް ހޯދާނެތާ ތަން ގަދަން ނެގި ލޯނަށް ފައިސާ ދައްކާ ސަރުކާރަށް ބޮޑު ކުލި ދައްކައްޏާ..

  6. އިބްރާހިމް

    ކޮތަރުކޮށިން ރަންބިސް ލިބެންފަށައިފި.

  7. މަދަނީ………

    ޢަދިވެސް އަނގަފުޅާކޮށްފަ ފުލެޓުެގެ ވާހަކަ ދައްކާތި ފުލެޓް ޖަމުއިޔާއިން. ތިއޮތީ ވަރަށް ރަނގަޅަށް ބެލިފަ. މީހަކު އެއްޗެއް ބުނާއިރަށް ހަގީގަތް ނުހޯދާ ފުރަތަމަވެސް އެމީހަކު ކޮށާކުދިކޮށްލެވޭތޯ ބަލާ. ސިޔާސީވިއަސް ތީ ބޮޑުވަރު.

  8. ހައްގުވެރިން

    ތިހުރީ ހައްގުވެރިންނަށް ދީފައެެއްނު. އަހަރެމެން ނިކަމެތިން ކުލި ދައްކާލަ ދައްކާލާ ތިބޭނީ މަރުވަންދެން

  9. ސސ

    ސުނާނާ ދައްކަނީ ދެކޮޅު ނުޖެހޭ ވާހަކައެއް ބަލަ ހޯމް ސްޓޭގެ ދަށުން އެއްކޮޓަރި ކުއްޔަށް ދިނުމަކީ މާލޭގައި އާންމު ކަމެއް އާމްދަނީ ނުލިބި ތަނުގެ ކުލިދައްކާނީ ކޮންގޮތަކުންތޯ ؟ ތިޔަ ފޮޓޯއަކީ ހިޔާ ފުލެޓެއްކަން އެގުނީ ކޮންގޮތަކުން ހުޅުމާލެޔާއި މާލޭގައިވެސް ކޮޓަރި ކުއްޔަށް އެބަދޭ ! މާލޭގައި މީހުން ދިރިއުޅެން ދީފައިވާ ބަންޑާރަ ބިމުގައި ގެސްޓު ހައުސް ހަދައިގެންވެސް ކުއްޔަށް ދީގެން އާމްދަނީ ހޯދަނީ އެތަން ނުފެނޭތޯ ؟

    1
    2
  10. ލލ

    ބަލަ އެޖެންޑާ 19 ގެ ނޫ އިޤުތިސާދަކީ ގޭގައި 2 ކޮޓަރި ހުރިއްޔާ 1 ކޮޓަރި ހޯމް ސްޓޭ ހަދައިގެން އާމްދަނީ ހޯދާ އިތުރުކޮށް ސީދާ ރައްޔިތު މީހާ ރީތި ތާހިރު ދިރިއުޅުމެއް އުޅެދިނުން.

  11. ކޮތަރުގުއި

    ކޮންމެ އަގަކަށް ކުއްޔައްދިނަސް ބެހޭކަމެއްނޫން. އަމިއްލަޚަރަދުގަހެދީ. ގިނަމީހުންލޯނުނަގައިގެންހެދިވެސް. ސަރުކާރުންކުރީ ޖެއްސުންދުއްތުރާ. ކުއްޔަށްތަންތަންދިނިމާ މޭކަރާބަޔަކުގެ އަތުންތަލާރިދިނި އެތަންތަން ހަދަން. ހިކުރީގިނަމީހުންއެތަންދޫކުރާނެކަމަށް.އެހެންުނުވިމާ އަދިވެސް ނިކަމެތިންގެ އަގުވައްޓާބަދުނާމުކުރަންތަބޭނުންވަނީ.ހައްގުންމިންވަރުތަމީ.ލަދުހަޔާތްކުޑަބަޔެއްމި އެމްޑީޕީއެކްޓިވިސްޓުންނަކީ.ވަޒީފާއެއްވެސްލިބެންޖެހޭނީ މިމީހުންނަށްއެކަނި. ނުކިޔަވާތިބިއެކްޓވިސްޓުންތަކެއް.

    2
    1
  12. ފިލްމީ

    ދެން އެވަރުކަމެއްތަ އެއީ. ކުއްޔަށްދިނުމާބެހޭ ގާނޫނެއްއޮވޭ. މާލޭމީހުން މި ކުއްޔަށް ދެނީ އެއާ އެއްގޮތަކަށް ނޫން. އެވެސް މަނާކަމެއް. ޓެކްސްވެސް ނުދައްކާ އެއީ މަކަރު ހީލަތް

  13. ސައްލި

    ރަންބިސް އަޅާ ކޮތަރު ތަކެއް ކޮތަރު ކޮށްޓަ ވަދެގެން މިއުޅެނީ !