އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބަލަމުން އަންނަ މައްސަލައިގައި މިރޭ 241 ކޮމެޓީގައި މަޖިލިސް މެންބަރު އަލީ ހުސެއިން ކުރެއްވި ސުވާލަކަށް ސިފައިންގެ އޮފިސަރުން ޖަވާބެއް ނުދެއްވާ ހަނު ތިއްބަވައިފިއެވެ.

އަލީ ހުސެއިން ސިފައިންގެ އޮފިސަރުންނާއި ސުވާލު ކުރެއްވީ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއަށް ސިފައިންގެ އޮފިސަރުން ވައްދާ ކަމުގެ އިހްސާސް އެބޭފުޅުންނަށް ކުރެވޭތޯއެވެ. "އަޅުގަނޑު ހިތަށް އަރަނީ އަހާލާނަމޭ ތިބޭފުޅުންނަށް އިހްސާސް ކުރެވޭތޯއޭ ސިޔާސީ ވާދަވެރިކަމެއްގައޮތް ތަޅާފޮޅުމެއްގެ ތެރެއަށް ތިބޭފުޅުން ދަމާފަވިޔަސް ޑްރޭގް ކޮށްފަ ވިޔަސް، ކޮއްޕާފައި ވިޔަސް މީގެ ތެރެއަށް ގެނެވޭ ކަމުގެ އިހްސާސް ތިބޭފުޅުންނަށް ކުރެވޭތޯއޭ؟" އަލީ ހުސައިން ވިދާޅުވިއެވެ.

އެސުވާލަށް އެއްވެސް އޮފިސަރަކު ޖަވާބެއް ނުދެއްވައެވެ.

މިރޭ މަޖިލީހަށް ވަޑައިގެން ތިއްބެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލްރަހީމް އަބްދުލްލަތީފް، ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގު، ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޒުހުރީ، ކާނަލް އިބްރާހިމް ހިލްމީ، ކާނަލް ޑރ.ޝާހިދު މުހައްމަދު، ލެފްޓިނެންޓް ކާނަލް ފާތިމަތު ތަހްސީނާ، ލެފްޓިނެންޓް ކާނަލް އަހްމަދު ޝަރީފް، ލެފްޓިނެންޓް ކާނަލް ހަސަން އާމިރުއެވެ.

އަލީ ހުސެއިންގެ ސުވާލަށް އެއްވެސް އޮފިސަރަކު ޖަވާބު ނުދެއްވުމުން ދެން ވާހަކަ ދެއްކެވީ މުގައްރިރު މުހައްމަދު އަސްލަމްއެވެ. އަސްލަމް ވިދާޅުވީ، ކޮމެޓީން ކުރާ ދިރާސާގެ ތެރެއިން އެސުވާލުގެ ޖަވާބު ލިބިގެންދާނެހެން ހީފުޅުވާ ކަމަށެވެ.

މިރޭގެ ކޮމެޓީ ބައްދަލުވުމުގައި މިނިސްޓަރ މާރިޔާ ވަނީ "އިންޑިއާ އައުޓް" ހަރަކާތަށް އަނެއްކާވެސް އިތުރު ތުހުމަތުތަކެއް ކުރައްވާފައެވެ. މާރިޔާ ވިދާޅުވީ އެހަރަކާތުގެ ސަބަބުން ނިރުބަވެރިންނަށް (ޓެރަރިސްޓުންނަށް) ހިތްވަރު ލިބިގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހުސޭނުބޭ

    ޖަވާބުދޭނީވެސް ކިހިނެއް؟ އެތިބީ އިންޑިޔާ މިލިޓަރީއަށް ރާއްޖެ ވިއްކާލައިގެން.

    68
    1
  2. ދޯސްތީ

    ޙުރިހާސުވާލަކައް ޖަވާބުދިނީ މާރީ އޮޅުވާލުމައް އެބޭފުޅުންގެނައީ ޓީވީތަކުން ދައްކާތީވެ ޒިއްމާއެއްނެއް ވެރިކަންވެއްޓުނީފިލާތިބޭނީ ބޭނުންއެއްޗެއްކިޔާފަ މާކަނާހަސަންދީވެސް ބުނެއެއްނުން އަސަރެއްކުރާނީ އެއަސަރުމިކުރަނީ ގުނަމުންދަނީ 5 ހަމަވަނީ ޔާމިން +5 ދޭނެކަންއެގޭ ވޯޓުން ތިމައްނަމެން ކުރިމަތި ލާންޖެހެނީ ފިނިމޫސުންތަކާކަން އެތަންތަނުންު ތެލުލި ފަތާރިހާކުރުނުލިބޭނެކަންވެސް މިމީހުންތިބެނީ ޔޫކޭގަ ނިކަމެތިން އިންޑިއާގަ މިތަން ވިއްކާފަމިކިއަނީ 2 ކޭސް ގެރިކިޜުދަޅޭ އިންޑިއާއިން ރާއްޖެ ހިފަން ގޮވިމީހުނއް މިއަދުމިޖެހެނީ އޭތިދިފާއުކުރަން ނުހިފާ އަތަކުފަޔަކު ޕިދަނަތަކެއްހިފީ ބިސްއަޅަނިކޮއް ހިނިއައްނަނީ

    45
    1
  3. އުގުރި

    އަމިއްލަ ގައުމަށް ގައްދާރުވެފަ ތިބި ބަޔަކު ދައްކާނެ ވާހަކައެއް ނެއް..

    66
    1
  4. މާލް

    މިތިބަ ގައްދާރުންތަކެއް. މި މިނިވަން ގައުމުގެ މިނިވަންކަމުގެ އައްޑަނަ ނަގައިގެން މި ފަސްގަނޑުގެ ދިފާއުގައި ތިބި ދިވެހި ސިފައިން އިންޑިޔާ އާއި އެމީހުންގެ އައުވާނުން ބޭނުންވާ ކަހަލަ ސުވާލުކޮށް އޮރިޔާން ކުރާ ކަހަލަ ސުވާލު ކުރާއިރު ކަލޭމެން ހީކުރަނީ އެއަށް ދިވެހި ސިފައިން ޖަވާބް ދޭނެކަމަށްތަ؟ މިވެރިން އައީމަ ސިފައިންނާ ފުލުހުންނަށް ދުއްތުރާ ކުރުން ނޫންކަމެއް ކުރޭތަ

    48
    5
  5. ކަލްދޯބަޖޭންގާ

    އިންޑިއާ އައުޓް.އެއް ނުކިޔޭނެ އެކަމަކު އިންޑިއާ މަސްޓް އައުޓް އިންޑިއާމަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާމަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓްއިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް.އިންޑިއާ މަސްޓް އައުޓް. ކިއިދާނެނޫންތޯ ޑިމޮކްރަސީ ޔަކީ މީނޫންތޯ

    51
    1
  6. ކޮއްޔާ

    ދޭނެ ޖަވާބެއް ހަމަ ނެތީބާ ؟؟ ބުއްދީގެ ބޭނުން ކުރީބާ ؟؟

    42
    1
  7. ސސ

    ބައްލަވާ މާރިޔާ ދީދީ ކަމަނާ މެންގެ އަމަލުގެ ސަބަބުން ނުންތޯ ރުޅިވެރިކަން އުފެދެނީ، ކަންނަށްނޫރު ސިފައިން މިތާ ނުތިބޭނަމަ ޔަޤީނުން ވެސް ރައްޔިތުން ނިކުމެ މިގޮވާ އިންޑިޔާ އައުޓު ގޮވާކަށް ނުޖެހުނީސް ނުންތޯ ؟

    56
    1
  8. Anonymous

    ފޮޓޯއިން ފެންނަ ގޮތުގައި އަބްދުއްރަހީމްގެ ޖަވާބު ވަރަށް ސާފު. ސިފައިންގެ އޮފިސަރުން ތިބީ ހިތްދަތި ކަމާއި ހާސްކަމާއިއެކު ކޮމާންޑް ފޮލޯކުރަން މަޖުބޫރުވެފަ. އޮފިސަރުން ތިބީ ކުރި ހުވަޔާއި އަސްކަރީ ރަރުބިއްޔަތާއި، ކޮމާންޑް އާއި މެދުގައި ތާށިވެ ގޮތް ހުސްވެފައި.

    58
    1
  9. އަޙްމަދު

    މާރިޔާ ބުނީ އިންޑިޔާއިން ބޭނުންކަމަށް ވަންޏާ ރާއްޖެ ހިފިދާނެ ބުނިބުނުން މާފްކޮށް ނިމިއްޖެކަމަށް! ނިމިފައި ހުރި ކަންކަމުގެވާހަކަ މުޅިން ދެއްކީ! ރައީސް ޔާމީން ގޯސްކޮށް ކަންކުރީމާ ނޫންތޯ ވެރިކަން ބަދަލު ވީ! ދެންއެހެންވީމާ އެއޮތި އެނާކުރި ގޯސްކަމެއްކަމަށް ވަންޏާ ނިމިފައި ނޫންތޯ! ބޭކާރު ވާހަކަ ނުދައްކާ އިސްތިއުފާދީ!!!

    މީޑީއާގައި ދައުރުވާ ސިޓީއަކީ ޙާޤީގަތެއްނަމައޭ!!!!!!!!! ކޮންނަމައެއްތަ! އެގޭޙަޤީޤަތް ހާމަނުރެވެންވީކީއްވެ!!!

    އޮފިސަރުން ވާހަކަ ދެއްޖީ މަޖްބޫރީ ޙާލަތުގައި ކަމަށް ލަފާކުރެވެނީ!

    37
  10. ޢަލިބެ

    ތިއެންމެން ތިތިބީ އިންޑިޔާގެ އަޅުންނަށް ވެފަ

    37
  11. އިންތި

    އުމުރަށް ޖަލަށް ލާން ޖެހޭނެ

    31
  12. ވަރަށް ދެރަ

    އިންޑިއާ ސިފައިން ވަނީ އުތުރު ތިލަފަޅު ވެސް ހިސާރަކޮށްފައި، އެތަނަށް ދިވެހި ސިފައިނަންވެސް އެރެނީ 5 ދުވަސްކުރިން ހުއްދަ ހޯދާގެން، އެގޮތުން ހުއްދައަށް އެދޭއިރު ދިވެހި ސިފައިން އެރަށަށް އަރަންޖެހޭ ސަބަބާއި އެރަށުން ފައިބާދުވަސް ވެސް ހިމަނަށްޖެހޭ، މިވަރަށް ކަންތައް ދާނަމަ ކުރިމަގުގައި އަޅުގަނޑުމެން އުޅަނޖެހޭ ހާލު ސިފަވެގެންދޭ! އަޅުގަނޑުމެންގެ އަމިއްލަ ވަޒަނުަގައި އަޅުގަނޑުމެންމިވަނީ އަޅުވެތިވެފައި.
    ވަރަށް ސަލާމާއި ޘުކުރު

    41
  13. އަހުމަދު

    މީގެން މިއެގެނީ އަލީ ހުސޭނުމެން މެންބަރު ކަމަށް ތަސަށްރަފް ނުފުދޭކަން، ފުރަތަމަ ކަމަކީ މިލިޓަރީ އޮފިސަރުންނާ ސިޔާސީ ސުވާލު ކޮއްގެން ނުވާނެކަން، އެމީހުންނަކީ ސިޔާސީ މީހުނެއްނޫ އެމީހުން ނުޖެހޭ ސިޔާސީ ސުވާލުތަކަށް ޖަވާބުދޭންވެސް.

    2
    16
  14. ރާއްޖެތެރެ

    ރައްޖެ ކުރިއަރަމުންދަނިކޮއް އިންޑިޔާ ވަދެ ރިސްވަތު ބެހީ. އެމްޑީޕީ ކަޑަ ޕާޓީއެއް

    20
  15. Anonymous

    ޣައްދާރރު މާރިޔާ، އުމުރަށް ޖަލަށް ލާން ޖެހޭ

  16. އޮޅުވާލި ވޯޓު

    އަމިއްލަ އަބިދަރިންނާ މުޅިގައުމު އިންޑިއާޔައް ވިއްކާލާފަ ތިބިބަޔަކު ދޭނެ ޖަވާބެ ނޮއޮއްނާނެ ހަދާނީދޮގު