މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕެއިނަކީ މި ޚާއިނުންގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހި ގައުމު އަޅުވެތި ކުރަން ހިންގަމުން ގެންދާ ކެމްޕެއިން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދަޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ގައުމު އަޅުވެތި ކުރަން ހިންގަމުން ގެންދާ ކެމްޕެއިން މި ނުރައްކާތެރި ކެމްޕެއިންގެ އެންމެ އިސް އެއް މޭސްތިރިޔާ އަކީ ޑިފެންސް މިނިސްޓަރ މާރިޔާ ކަމަށެވެ. މިނިސްޓަރ މާރިޔާ އަކީ އެންމެބޮޑު އެއް ޣައްދާރު ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ނުރައްކާތެރި ކެމްޕެއިނަކީ މި ޚާއިނުންގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހި ގައުމު އަޅުވެތި ކުރަން ހިންގަމުން ގެންދާ ކެމްޕެއިން. މާރިޔާއަކީ މި ނުރައްކާތެރި ކެމްޕެއިންގެ އެންމެ އިސް އެއް މޭސްތިރިޔާ. އެންމެބޮޑު އެއް ޣައްދާރު." އަދުރޭ ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕޭންގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގައި ރޭ މާރިޔާ ވިދާޅުވީ އިންޑިއާ އަކީ އެންމެ ގިނައިން ދިވެހިން ބޭސްފަރުވާއަށް ދާ ގައުމު ކަމަށް ވާއިރު އަދި ގިނަ ކާބޯތަކެތި އެ ގައުމުން ރާއްޖެ އެތެރެކުރާއިރު އެ ގައުމާ ދެކޮޅަށް ރައީސް ޔާމީން ދައްކަވާ ވާހަކަތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އާންމު ރައްޔިތުންނަށް ކަމަށެވެ.

"ހުރިހާ ބޭފުޅުން ވެސް އިއްތިފާގުވޭ ރައީސް ޔާމީންގެ އިންޑިއާ އައުޓް ކެމްޕެއިނަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް،" މާރިޔާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައި އޮތް ފަސް އަހަރުގެ ޖަލު ހުކުމުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންނެވުމާއިއެކު "އިންޑިއާ އައުޓް" ހަރަކާތް ވަނީ ވަރަށް ބޮޑަށް ފުޅާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝޮކްތެރަޕީ

    ދިވެހިން މަޑަކުން ނުތިބޭނެ އިންޑިޔާ ޖެހޭނީ ފައިބަން އިންޑިޔާ ސިފައިން ބާލުވާނަން އިންޝާﷲ

    21
    7
  2. ނަންނުގަތި

    އެންމެ ނުރައްކަލީ މި ބޮޑެތި ވަގުންނަށް ބައިތުލްމާލް ގަ އަތްލެވޭވަރު ވެދާނެތީ...

    15
    11
  3. އެމެރިކާ

    އެމްޑީޕީ އަކީ ޣައްދާރުން ތިބި ޕާޓިއެއް

    19
    11
  4. Anonymous

    މިސަރުކާރުގަ ހަމަ ނެތިއްޔޭ ހާއިނު ގައްދާރެއްނޫނީ!

    11
    6
  5. ސެންޗޯ

    އޮތުންމޮޅު ކޮންމެ ވެރިކަމަކަށް މަތިންދެއްވާނެ ގަދަބާރު

  6. ބޯބުރާންތި

    ކަލޭގެއަނގަ ސާފުތާހިރު ކޮށްދެއްވައި ބަސްމަގުރީތިކޮށްދެއްވާށި. ޢާމީން

    4
    5
  7. އާދަނު

    އެންމެ ނުރައްކަލީ ޔާމީންއަށް އެންމެ އަނިޔާދިން މިހާ ލިސްޓެއްގަ ނަމެއް ޖަހާލީމަ އޭނާ ގާތަށް ގޮސް ކުޑަކަކޫ ޖެހިމީހާ.