ނ. މިލަދޫގައި މަސައްކަތްކުރާ ފުލުސް އޮފިސަރެއްގެ ސައިކަލްގައި ރޭ ރޯކޮށްލި ކަމުގެ ތުހުމަތުގައި 3 މީހަކު މިރޭ ހައްޔަރު ކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެފައިވަނީ ރޯކޮށްލާފައިވަނީ މިލަދޫ ފުލުހުންގެ ޑެސްކުގެ އިންޗާޖު ސާޖެންޓް މުހައްމަދު އަރީޝްގެ ސައިކަލުގައި ކަމަށެވެ. ބަޔަކު މީހުން އޭނާގެ ސައިކަލުގައި ރޯކޮށްލާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން، އިންޒާރުދީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިރޭ ވިދާޅުވީ، ސައިކަލުގައި ރޯކޮށްލި މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 22 އަހަރާއި 27 އަހަރުގެ އިތުރުން 31 އަހަރުގެ މީހެއް ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅިގެން ސީޕީ ހަމީދު ވިދާޅުވީ، މިލަދޫ އަކީ އަމާންތަނަކަށް ހެދުމަށް އަރީޝް ކޮށްފައިވާ މަސައްކަތަށް ފަހުރުވެރިވާ ކަމަށާއި މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް އެއްވެސް ބަޔަކަށް ހުއްޓުވާ ނުލެވޭނެ ކަމަށެވެ.

ސައިކަލު ރޯކޮށްލި މައްސަލަ ހޯމް މިނިސްޓަރު އިމްރާން ވެސް ވަނީ ކުށްވެރި ކޮށްފައެވެ. އެގޮތުން އިމްރާން ވިދާޅުވީ، ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގާއިރު ސަރުކާރުން ބަލަން ނުތިބޭނެ ކަމަށާއި އެކަން ކުރި ބަޔަކު ހޯދައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ރަނގަޅު ޝުކުރިއްޔާ. ފުލުހުންނާއި ނުކުޅެވޭނެ ކަން އަންގައިދޭން ޖެހޭނެ
    ސާބަހޭ އަރީޝް . މިލަދޫގެ ރައްޔިތުންނާއި ފުލުހުން ފަޚްރުވެރިވާ ދަރިއެއްތީ ފާހަގަ ކުރެވޭ ކަމަކީ ވ. ކުރާހިތުން ވ. ގަޓް ހުރެގެން ފުލުހުންގެ ޚިދުމަތުގައި އުޅޭކަން. އަމިއްލައަށް އިސްނަގައިގެން ވ. ދަތިކަމާއި އުނދަގޫ ކަމާއެކުވެސް ކެތްތެރިކަމާއި އެކީކަންކަން ޙައްލުކުރަން މަސައްކަތް ކުރައްވާ ބޭފުޅެއް.
    ސެލިއުޓް ޙައްޤު. ހިތްވަރާއިއެކު ކުރިއަށް.

  2. މިތުރާ

    މަސްތުވާތަކެތި ގެ ންގުޅޭމީހު ން އުޅެ ނީ ގާ ނޫ ނަށްވުރެ ންމަތީގަ، މީހެއްގެ ގައިގަރޯކުރިޔަސް ވާނެކަމެއް ނޯނ ން ނާ ނެ،

  3. ނުރަބޯ

    ޕީޕީއެމް ބުރާންތިން ތަކަކަށްވާނީ

    1
    7