ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ރަސްމީ ދަތުރުފުޅެއްގައި އަބޫދާބީއަށް ފުރާވަޑައިގެންފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިނިސްޓަރ މާރިޔާގެ މި ދަތުރުފުޅަކީ މި މަހުގެ 21 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫމެކްސް އެންޑް ސިމްޓެކްސް 2022" ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

ޔޫމެކްސް އެންޑް ސިމްޓެކްސް ނުވަތަ އަންމޭންޑް ސިސްޓަމް އެގްޒެބިޝަން އަދި ސިމިއުލޭޝަން އެންޑް ޓްރެއިނިންގ އެގްޒެބިޝަން އަކީ، އަބޫދާބީ ނޭޝަނަލް އެގްޒެބިޝަން ކޮމްޕެނީއާއި ތަވާޒުލް އިކޮނޮމިކް ކައުންސިލާއި އެ ޤައުމުގެ މިނިސްޓްރީ އޮފް ޑިފެންސާ ގުޅިގެން އިންތިޒާމްކުރާ ކޮންފަރެންސެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާރިޔާގެ މި ދަތުރުފުޅަކީ، ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެފެއަރޒް، ހިޒް އެކްސެލެންސީ މުޙައްމަދު އަޙްމަދު އަލްބަވަރުދީ ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަނެއްކާ ދުބާއިގެ އަސްކަރިޔާ އާމީންގެ ގޮއްޕެއް މިގައިމުގެ ކަންކޮޅުތަކުގައި އިންދަން ހަމަޖެއްސުމަށްވަޑައިގެންނެވީތޯ؟؟

  2. ޕޮއްޕަޓް ޒޮއިސް އިބްރާހިމް

    އަނެއެްކާ ވަށަފަރު އަބޫ(ދާބީ)ބާ؟؟

  3. ހަވާސާ ހަމީދު

    ދެން މިދަތުގައިބެނަންވީނުން އަބޫދާބީއަކީ މުއްސަދި ގައުމަކަށްވާތީ އެމީހުން ބޭނުންނަމަ ދިވެހިރާއްޖެ ހިފިދާނެޔޭ! މިވަރުގެ މޮޔަ ޑިފެންސް މިނިސްޓަރަކު ނުދެކެން އަމިއްގައުމަށް ޣައްދާރުވެފައިވާ އަދި ވަމުންދާ މީހެއް މީނާއަކީވެސް!

  4. ބިސްދައިތަ

    ބިސް ގަންނަންތަ؟