ނ. މިލަދޫގައި މަސައްކަތްކުރާ ފުލުސް އޮފިސަރެއްގެ ސައިކަލްގައި ރޭ ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 3 މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފިއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 22 އަހަރާއި 27 އަހަރުގެ އިތުރުން 31 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. މިއެންމެންނަކީ ވެސް ދިވެހިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 27 އަހަރުގެ މީހާއާއި 31 އަހަރުގެ މީހާ ދޫކޮށް 22 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ރޯކޮށްލާފައިވަނީ މިލަދޫ ފުލުހުންގެ ޑެސްކުގެ އިންޗާޖު ސާޖެންޓް މުހައްމަދު އަރީޝްގެ ސައިކަލުގައި ކަމަށެވެ. ބަޔަކު މީހުން އޭނާގެ ސައިކަލުގައި ރޯކޮށްލާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން، އިންޒާރުދީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލަދޫ އަކީ އަމާންތަނަކަށް ހެދުމަށް އަރީޝް ކޮށްފައިވާ މަސައްކަތަށް ފަހުރުވެރިވާ ކަމަށާއި މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް އެއްވެސް ބަޔަކަށް ހުއްޓުވާ ނުލެވޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތު މީހާ

    މަހިތަށް އަރާ އެމީހުން ހައްޔަރު ކުރަނީ ކީކުރަންބާއޭ

    • ބަލާއެއް

      ތީ ކޮންމެވެސް ރޭވުމެއް!!! އިންތި އައް ވޯތު ހޯދަން ކުރާކަމެއް.....